22 ސެޕްޓެމްބަރ 2025 - 13:52
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް އިއްޔެ ފެށި ބޮޑު އޮޕަރޭޝަނުުގައި މިހާތަނަށް 24 މީހުން އަތުލައިގަނެފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
ރައީސް ޑރ. ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް މި ހަފުތާގައި ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު އޮތް ގޮތް އޮޅުންފިލުއްވައި ދެއްވައިފަ އެވެ. ރައީސް ވިދާޅުވި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެއާއެކު، ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރި ވެސް އިތުރުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، އެ ވިޔަފާރިތަކުގައި އުޅޭ މީހުން ހޯދައި ވަގުތުން ޑީޕޯޓުކުރަން އިއްޔެއިން ފެށިގެން އޮޕަރޭޝަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އިދާރާގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔަ 24 މީހުން ފުރުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ރައީސް ވިދާޅުވީ ބިދޭސީން ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުމުން ވިޔަފާރީގެ ފުރުސަތު ދިވެހިންނަށް ފަހިވުން ކަމަށެވެ. ބިދޭސީންގެ މައުލޫމާތު އަދާހަމަކުރުމަށް މި ސަރުކާރުން އަންނަނީ "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ވެސް ގެންދަމުންނެވެ. އެ އޮޕަރޭޝަނުން އެކަނި ވެސް ރާއްޖޭގައި 178،982 ބިދޭސީން އުޅޭކަން އެނގިގެން ދިޔަ ކަމަށް ރައީސް މުއިއްޒު މި ހަފުތާގައި ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރުމުގެ ތެރެއިން މި ސަރުކާރުން ވަނީ 8،600 އަށް ވުރެ ގިނަ މީހުން ފޮނުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުރުދޮށި
23 September 2025
ތި އޮޕަރޭޝަން ތިޔަ ނިމުނީ!! އިމިގްރޭޝަން ކޮންޓްރޯލަރ މަޖިލިސްގެ ކޮމެޓީޢެއްގައި ބުނި އެއްފަހަރާ ހައިޔަރު ކޮށްގެން ގެންގުޅެވެން އޮތީ އެންމެ 24 މީހުންގެ ޖާގައޭ! މިހާރު ހައިޔަރު ކުރި މީހުން ތިޔަބުނާ ޑީޕޯޓެއް ކުރަން އަދި ނަގާނެ ތިންމަސްވަރު. ގިނަމީހުން އަތުގައި ޕާސްޕޯޓަ‘ ވެސްއޮތްކަމަކަށް ނުވާވެ. އަދި ޓިކެޓްނަގަން ޑިޕޮޒިޓް ލާރި ކޮޅުވެސް ފިނޭސްހަމަޖެއްސޭނީ ލައްކަވަރުން.
އަބަދަށްފެހި
22 September 2025
އަބަދަށް ފެހި މަގުގައިވެސް ކެފޭ، ފިހާރަ، ގެސްޓު ހައުސް މުޅިންހެން ހިންގަނީ ތިމީހުން. ދިވެއްސެއްގެ ނަމުގައި ރަޖިސްޓްރީ އޮންނާނީ.
ނަރަކަ ފަރީދާ
22 September 2025
ކުރީގެ ސްޓާރ ސިނަމާ ކުރިމަތިން ކަހަލަ ގޮތަކައް ހުންނާނެ ފުރިޖު ޓީވީ ދޮންނަ މެށިންވިއްކާ ފިހާރައެއް ބޭރުގަ ހުންނާނެ ސެމްސަން ބުރޭންޑު އިޟްތިހާރު އެމީހުން ބުނާނެ ތިމަންނަމެންނަކީ އެބުރޭންޑުގެ އޮތޮރައިޒް ޑީލަރޭ އެވިޔަފާރިއަކީ ދިވެއްސެއްގެ ނަމުގަ ލަންކާ ކޮންޕެނީއަކުން ކުރާ ވިޔަފާރި ފިހާރަގެ ސޭޓުން މަސައްކަތު މީހުން ލަންކާމީހުން މާލޭގެ އެކި ސަރަހައްދުގަ މާލޭ މީހުންނަމުގަ ބޮޑެތި ވިޔަފާރި އެބަހިންގާ މިކަމައް ހައްލެއް ލިބޭނީ މީރާ އިމިގްރޭޟަން އިކީ ނިކުމެ
ހިމް
22 September 2025
ބޮޑު އޮޕަރޭޝަންގައި މި އަތުޖެހެނީ ކުދި ކުދި ވިޔަފާރިވެރިން. ބޮޑެތި ބިދޭސީ ވިޔަފާރިވެރިން ތިބީ ބޮޑެތި ސިޔާސީ މީހުންގެ ހިމާޔަތުގެ ދަށުގައި.
އަފްރާސިޔާބު
22 September 2025
ތިވާހަ ނުދައްކާ. ތިބުނީ ބޮޑެތި މީހުންގެ ހިޔަލުގައި ތިބި ބައެއްގެ ވާހަނުން.
ޖަގޭ
22 September 2025
ފުރުވާލަނީ އަނެއްކާވެސް 3 މަސް ފަހުން އަންނަނީ، ....
އޮނަރަބްލް އަފީފު ދީދީ
22 September 2025
މަޤްސަދު ޙާސިލްކޮށް، ބޭކާރު މަސައްކަތަކަށް ނުވާނެހެން މިކަން ކުރުމަށްޓަކާ އީޔޫގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ރަޝިޔާ، ސިންގަޕޯރ، ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ސައުތުއެފްރިކާ ޗައިނާ، އިންޑިޔާ، ލަންކާ ނޫން އެހެން ޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެ ނާދެވޭގޮތަށް ހަދާފައި ތިޔަ މަސައްކަތާއިގެން އުޅުން ބުއްދިވެރި.
އޮނަރަބްލް އަފީފު ދީދީ
22 September 2025
މަތީގައިދެންނެވި ޤައުމުތައް ފިޔަވާ އެހެން ޤައުމެއްގެ އޯޑިނަރީ ޕާސްޕޯޓް ހޯލްޑަރުންނަށް އެޑްވާންސް ވީސާ ނެތި ރާއްޖެ ނާދެވޭގޮތަށް އިމިޤްރޭޝަން ޤަވާއިދުތަކަށް ބަދަލުގެނެސް އަދި މިދެންނެވި ޤައުމުތަކުގެ އޯލްޑިނަރީ ޕާސްޕޯޓް ހޯލްޑަރުންވެސް ހިމެނޭގޮތަށް "ރާއްޖެއަށް އެތެރެވާ ޑިޕްލޯމަޓިކް އިނާޔަތް ލިބޭ ފަރާތްތައް ފިޔަވާ، އެހެން އެންމެން ރާއްޖެ އައުމުގެ ކުރިން ޕެއިޑް ހޮޓެލް ބްކިންސް ހުށަހަޅައި Electronic Travel Authorization ނަގާން ޖެހޭގޮތަށް ހަމަޖައްސަވާ.
އޮނަރަބްލް އަފީފު ދީދީ
22 September 2025
މިކަން ހުއްޓުވުމަށް ބޭނުންނަމަ، އިމިޤްރޭޝަން ޤާނޫނާއި ޙިލާފް ބިދޭސިން ރާއްޖެ އެތެރެވުމަށް އޮތް މަގު ބަންދުކުރުމަށް މަތީގައިދެންނެވި ފަދަ ޤަވާއިދު ތަކެއްގެ ތެރެއިން ބޯޑަރ ކޮންޓްރޯލް ނިޒާމްތަކެއް ކަޑައެޅުމަށް ފަހު، މިހާރު ރާއްޖޭގައި ވަގަށް މަސައްކަތް ކުރަމުންދާ މީހުން މަސައްކަތުގެ މާހައުލުން އަތުލައިގަތުމަށް އޮޕަރޭޝަންތައް ހިންގާ އެފަދަ ބިދޭސިންނާއި މަސައްކަތް ޙަވާލުކުރާ ދިވެހިންނާއި ކުންފުނިތައްވެސް ޖޫރުމަނާކޮށް ޝަރީއަތަށް ވެސް ފޮނުވަން ޖެހޭ.
އޮނަރަބްލް އަފީފު ދީދީ
22 September 2025
ބިދޭސިން މަސައްކަތުގެ މާހައުލުން އަތުލައިގަތުމަށް ފަށައިފިނަމަ އިމާރާތެއްގެ ޝީޓްއަޅަން ނުވަތަ ގެއެއްގެ ފާހާނާ މަރާމާރުކޮށް ނޫންނަމަ ގޭގެ މުށި ޖަހަމުންދަނިކޮށް މަސައްކަތްކުރަން ހުންނަމީހާ ގެންދިއުމުން އެމަސައްކަތްކުރާ ކޮންޓްރެކްޓް ގުރޫޕަށް ނޫންނަމަ އިމާރާތުގެ ވެރިފަރާތަށް އިއާދަނުކުރެވޭނެ އެތައް ގެއްލުންވާނެތީ، މިފަދަ ބިދޭސިންލައްވާ މަސައްކަތްކުރުވަންވެސް މީހުން ޖެހިލުންވާނެ. އެކަމަކު މިގޮތަށް މިކަންކުރެވޭނީ އިމިޤްރޭޝަނާއި ފުލުހުން މިކަންކޮށްގެން.