ކުރަނގި އޮޕަރޭޝަނުން އެނގިފައި ވަނީ ރާއްޖޭގައި 178،000 އަށް ވުރެ ގިނަ ބިދޭސީން އުޅޭ ކަން ކަމަށް ރައީސް ވިދާޅުވި.
ދުވާފަރުގައި ހިންގި އޮޕަރޭޝަނުގައި ބިދޭސީންތައް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ.-- ފޮޓޯ: އިމިގްރޭޝަން
21 ސެޕްޓެމްބަރ 2025 - 09:05
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް އިތުރުވެފައި ވާތީ އެ ވިޔަފާރިތައް ހުއްޓުވަން މިއަދު ބޮޑު އޮޕަރޭޝަނެއް ފަށައި ވަގުތުން އެ ތަންތަން ބަންދުކޮށް، ބިދޭސީން ޑީޕޯޓު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ފ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު އޮތް ގޮތް އޮޅުންފިލުއްވައި ދެއްވައިފަ އެވެ.
ރައީސް ވިދާޅުވި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
ރައީސް މުއިއްޒު: ރާއްޖޭގައި ދެ ލައްކައެއްހޭ ބޭރު މީހުން އުޅޭ ކަމަށް ވިދާޅުވި.
ބިދޭސީންގެ މައުލޫމާތުތައް އެއްކޮށް، އެއީ ކާކު ކަމައި ކޮން ގައުމެއްގެ ރައްޔިތެއްކަން ދެނެގަތުމަށް މި ސަރުކާރުން ފަށާފައިވާ ކުރަނގި އޮޕަރޭޝަން ޕްރޮގްރާމުން އެނގުނު އެއް ކަމަކީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިދިޔަ ދެ އަހަރުގެ ތެރޭގައި 178،982 ބިދޭސީން ރާއްޖޭގައި އުޅޭ ކަމެވެ.
"މިއީ ވަރަށް ބޮޑު އަދަދެއް. މިހާރު އެބަ އެނގޭ ރާއްޖޭގައި ދެ ލައްކައެއްހާ ބޭރު މީހުން އުޅޭކަން. މި އޮތް ހުރިހާ ދުވަސްވީއިރު މިކަން ނޭނގޭ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ އެއްގޮތަށް އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ވެސް ކުރަނގި އޮޕަރޭޝަންގެ ތެރެއިން ވަނީ އެއްކޮށްފައި ކަމަށެވެ.
ރައީސް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މީގެ ކުރިން ޑީޕޯޓު ކުރަނީ ނަމަކަށް ކަމަށެވެ. އެކަމަކު މި ސަރުކާރުން ކުރި މަސައްކަތުން، މިހާތަނަށް 8،609 މީހުން ޑީޕޯޓު ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި ވެސް ވަރަށް ބޮޑު މަަސައްކަތެއް. އަދިވެސް ގިނަ މީހުން އަޅުގަނޑުމެން މައުލޫމާތު އެއްކޮށްގެން މި ފޮނުވައިލަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް: ރައީސް ރޭ ވިދާޅުވީ މިހާތަނަށް ބިދޭސީން ރިޕޯޓު ކުރަމުން އައީ ނަމަކަށް ކަމަށް.
އެ މަނިކުފާނު ވިދާޅުވީ ބައެއް ބިދޭސީންތައް ވިޔަފާރި ކުރަމުން ދަނީ މަގުތައް މަތީގައި ކުދިކުދި ތަންތަން ހުޅުވައިގެން ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.
އެފަދަ ވިޔަފާރިތައް ވަރަށް ބޮޑަށް އިތުރުވެފައި ވާތީ، މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިފަދަ ތަންތަން ދެނެގަނެ، ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތައް ބަންދުކޮށް، އެ ކަމުގައި ޝާމިލުވާ މީހުން ވަގުތުން ޑީޕޯޓު ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ބިދޭސީން ހިންގާ ގަވާއިދާ ހިލާފު ވިޔަފާރި ހުއްޓުވުމުގެ ބޮޑު އޮޕަރޭޝަން މުޅި ރާއްޖޭގައި މިއަދުން ފެށިގެން ހިންގާއިރު ރައީސް ވިދާޅުވި ގޮތުގައި ބޮޑެތި އާބާދީތަކަށް ހާއްސަ ސަމާކަމެއް ދޭނެ އެވެ.
އެ މަނިކުފާނު ވިދާޅުވީ، ބިދޭސީން ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުމުގެ ނަތީޖާއަކީ ވިޔަފާރީގެ ފުރުސަތު ދިވެހިންނަށް ފަހިވުން ކަމަށެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ކަންބޮޑުވުމާ އެކު، ވިދާޅުވި އެއް ކަމަކީ ގަވާއިދާ ހިލާފު ވިޔަފާރިތަކަށް ބާރު ދިނުމުގައި ކޮންމެވެސް ވަރަަކަށް ދިވެހިންގެ އެހީތެރިކަން ދޭ މައްސަލަ އެވެ. އެހެންވެ، އެ މަނިކުފާނު ގޮވައިލެއްވީ އެކަން އެ ގޮތަށް ނުކުރުމަށެވެ.
މިހާރު ޑީޕޯޓު ކޮށްފައިވާ ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންނާއި އެކިއެކި ކުށްތަކަށް އަރައިގެންފައިވާ ބިދޭސީން ހިމެނެ އެވެ. އެގޮތުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އާއި ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލުވާ ބިދޭސީން ވެސް އެ އޮޕަރޭޝަނުގައި ޑީޕޯޓް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދޮރޭ
23 September 2025
މިކަން އަވަސް ކުރައްވާ. މިއަށްވުރެ ވަކި މުހިއްމު އެހެންކަމެއް އޮތްކަމަކަށްވެސް ނުފެނޭ. މުޅި ގައުމުގެ މިނިވަންކަމާ ގުޅިފައޮތް ކަމެއް މީ. ގަވާއިދާޚިލާފަށް އުޅޭ އެންމެން ޑީޕޯރޓް.
ހޮޓްކިންގ
22 September 2025
ރައީސް މުއިއްޒަށް އަދިކިރިޔާ އެނގުންވިޔަސް މިރާއްޖޭގައި ހިތުހުރިގޮތަކަށް އުޅޭ ދެލައްކައަށްވުރެން ގިނަ ބިދޭސީން އުޅޭކަން ގިނަމީހުނަށް އެނގޭ. މިހާރު މި ވެރިކަމުގާ ކޮންމެ ދުވަހަކު ހައެއްކަ ސަތޭކަ ބިދޭސީ މަސައްކަތްތެރިން މުޅިން އަލަށް އެތެރެވާކަމާއި އެއީ ކޮންމަސައްކަތެއްކުރާ ބައެއްތޯ ބަލާނެ ވެރިއަކުނެތް. މިވެރިކަން އައިފަހުން އަށްހާސް ބިދޭސީން ޑިޕޯޓްކުރިކަމަށް ރައީސްގާތު މިނިސްޓަރު ވިދާޅުވެ ބޮޑު ދޮގެއްހަދައި ރާސްލާފައި އެތައްބިދޭސީންނެއް ވައްދަމުން.
ޢަރުތަ
22 September 2025
ތިކަންވާނެބާ! ފައިސާ ކަނޑަން ކައުންޓަރުގަ ބިދޭސީން ތިބުމަކީ މަނާކަމެއް، ހުއްޓުވުނުބާ އޭރުވެސް ހުރީ މިނިސްޓަރު ސައީދު، މިހާރުވެސް އެހެރީ ހަމަ ސައީދު، ފައިސާ ކަނޑަން އެތިބޭ ހުރިހާ "ބޭފުޅުން" ދިވެހިންގެ ގޮތުގަ ކަނޑައެޅީބާ!
ހަސަންބެ.
22 September 2025
މާފަންނު ކަލާލޭންޑް ކުރިމަތި ހުރި ނީލަން ފިހާރަ,އިއްޒުއްދީން މަގު ކޮކާކޯލާ ގުދަން ކުރިމަތި ދެ ފިހާރަ, އެމަގު އުރީދޫ ކުރިމަތި ދެފިހާރަ, ހަމަ އެމަ ގު އިތުރު 3 ފިހާރަ, އަދި އެމަގުން އައިޖީި އެމް އެޗް ކުރިމަތި އަޅާލާއިރުވެސް ދެފިހާރަ އެބަ ހުރި މީ އަދި ވަރަށް ކުޑަ ސަރަހައްދެއް , މިގަުމު ފޭރަނުން ދަނީ.
ގޮނުއަނގަ
21 September 2025
ބޭރު މީހުން މާލޭގަ އަތް ގަދަކުރީ ކިހިނެއްކަން ބުނެދީފާނަން. މާލޭގެ މީހުން ލޯނު ނަގައިގެން ދިހަ ބާރަ ބުރިޔަށް ގޯތި ނަގާގެން ގެ ކުއްޔަށްދީފައި ލިބޭ ނަފާގައި އަތްފައިއުރާލީ. ދަރިންނަށްވެސް ބޭނުންހާ ކަމެއް ކޮށްދޭން ބޭނުންވީ. އެހިސާބުން ކުދިން މަސައްކަތެއް ނުކޮށް ފައިސާ ލިބެނީ ވިއްޔާ ގެންގުޅޭ ބަންގާޅީ މީހާއަށް އަމިއްލަ ވިޔަފާރި ދިނީ ތަނުގެ ވެރިން ނިވާ ފަތް ގަނޑަކަށް ވެގެން ތިބެގެން. މަގޭ ވިޔަފާރި. ބަންގާޅިން މުދާ.
އޮނަރަބްލް އަފީފު ދީދީ
21 September 2025
މަޤްސަދު ޙާސިލްކޮށް، ބޭކާރު މަސައްކަތަކަށް ނުވާނެހެން މިކަން ކުރުމަށްޓަކާ އީޔޫގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ރަޝިޔާ، ސިންގަޕޯރ، ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ސައުތުއެފްރިކާ ޗައިނާ، އިންޑިޔާ، ލަންކާ ނޫން އެހެން ޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެ ނާދެވޭގޮތަށް ހަދާފައި ތިޔަ މަސައްކަތާއިގެން އުޅުން ބުއްދިވެރި.
އޮނަރަބްލް އަފީފު ދީދީ
21 September 2025
މަތީގައިދެންނެވި ޤައުމުތައް ފިޔަވާ އެހެން ޤައުމެއްގެ އޯޑިނަރީ ޕާސްޕޯޓް ހޯލްޑަރުންނަށް އެޑްވާންސް ވީސާ ނެތި ރާއްޖެ ނާދެވޭގޮތަށް އިމިޤްރޭޝަން ޤަވާއިދުތަކަށް ބަދަލުގެނެސް އަދި މިދެންނެވި ޤައުމުތަކުގެ އޯލްޑިނަރީ ޕާސްޕޯޓް ހޯލްޑަރުންވެސް ހިމެނޭގޮތަށް "ރާއްޖެއަށް އެތެރެވާ ޑިޕްލޯމަޓިކް އިނާޔަތް ލިބޭ ފަރާތްތައް ފިޔަވާ، އެހެން އެންމެން ރާއްޖެ އައުމުގެ ކުރިން ޕެއިޑް ހޮޓެލް ބްކިންސް ހުށަހަޅައި Electronic Travel Authorization ނަގާން ޖެހޭގޮތަށް ހަމަޖައްސަވާ.
އޮނަރަބްލް އަފީފު ދީދީ
21 September 2025
މިކަން ހުއްޓުވުމަށް ބޭނުންނަމަ، އިމިޤްރޭޝަން ޤާނޫނާއި ޙިލާފް ބިދޭސިން ރާއްޖެ އެތެރެވުމަށް އޮތް މަގު ބަންދުކުރުމަށް މަތީގައިދެންނެވި ފަދަ ޤަވާއިދު ތަކެއްގެ ތެރެއިން ބޯޑަރ ކޮންޓްރޯލް ނިޒާމްތަކެއް ކަޑައެޅުމަށް ފަހު، މިހާރު ރާއްޖޭގައި ވަގަށް މަސައްކަތް ކުރަމުންދާ މީހުން މަސައްކަތުގެ މާހައުލުން އަތުލައިގަތުމަށް އޮޕަރޭޝަންތައް ހިންގާ އެފަދަ ބިދޭސިންނާއި މަސައްކަތް ޙަވާލުކުރާ ދިވެހިންނާއި ކުންފުނިތައްވެސް ޖޫރުމަނާކޮށް ޝަރީއަތަށް ވެސް ފޮނުވަން ޖެހޭ.
ޢަރުތަ
22 September 2025
އެބޭފުޅުން ވިޔަފާރި ހިންގި ނަމަވެސް އަޑީގަ ސަރުކާރުގެ އިސްވެރިން އަބަދުވެސް ތިބޭކަމީ ހަގީގަތެއް.
އޮނަރަބްލް އަފީފު ދީދީ
21 September 2025
ބިދޭސިން މަސައްކަތުގެ މާހައުލުން އަތުލައިގަތުމަށް ފަށައިފިނަމަ އިމާރާތެއްގެ ޝީޓްއަޅަން ނުވަތަ ގެއެއްގެ ފާހާނާ މަރާމާރުކޮށް ނޫންނަމަ ގޭގެ މުށި ޖަހަމުންދަނިކޮށް މަސައްކަތްކުރަން ހުންނަމީހާ ގެންދިއުމުން އެމަސައްކަތްކުރާ ކޮންޓްރެކްޓް ގުރޫޕަށް ނޫންނަމަ އިމާރާތުގެ ވެރިފަރާތަށް އިއާދަނުކުރެވޭނެ އެތައް ގެއްލުންވާނެތީ، މިފަދަ ބިދޭސިންލައްވާ މަސައްކަތްކުރުވަންވެސް މީހުން ޖެހިލުންވާނެ. އެކަމަކު މިގޮތަށް މިކަންކުރެވޭނީ އިމިޤްރޭޝަނާއި ފުލުހުން މިކަންކޮށްގެން.
ބިދޭސީމީހާ
21 September 2025
މަހީކުރީ ތި އެންމެން ފޮނުވައިލައިފި ކަމަށް!