ޚަބަރު / އިސްލާމިކް މިނިސްޓްރީ

ސައުދީގެ އިސް މުފްތީ އަވަހާރަވެއްޖެ

ޝައިހު އަބްދުލްއަޒީޒް.

23 ސެޕްޓެމްބަރ 2025 - 14:49

4 comments

ސައުދީ އަރަބިއްޔާގެ އިސް މުފްތީ އަދި އިލްމުވެރިންގެ މަޖިލީހުގެ ރައީސް ސަމާހަތުއްޝައިހް އަބްދުލްއަޒީޒް ބިން އަބްދުﷲ އާލް ޝައިހް މިއަދު އަވަހާރަވެއްޖެ އެވެ.

މުފްތީ އަވަހާރަވުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ޝެއިހު އަބްދުލްއަޒީޒަކީ އިސްލާމްދީނަށް ވަރަށް ބޮޑަށް ހިދުމަތްކުރެއްވި އިލްމުވެރިއެއް ކަމަށެވެ. އެ މަނިކުފާނު ވަނީ އެތައް އަހަރެއް ވަންދެން އަރަފާތު ބިމުގައި ހައްޖު ހުތުބާ ވެސް ދެއްވައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުފްތީއަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކުރަން ނިންމާފައިވާ ކަމަށެވެ. ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.

އުމުރުން 82 އަހަރުގައި އަވަހާރަވި ޝައިހު އަބްދުލްއަޒީޒް ވަނީ ޖެނެރަލް ޕްރެޒިޑެންސީ އިސްލާމިކް ރިސާޗް އެންޑް އިފްޓާގެ ޗެއާމަންކަން ފުރުއްވައިފަ އެވެ. އެ މަގާމުގައި އެ މަނިކުފާނު ހުންނެވީ މިނިސްޓަރުކަމުގެ ފެންވަރުގަ އެވެ.

ކުޑައިރު ބައްޕާފުޅު އަވަހާރަވުމުން ޔަތީމު ހާލުގައި އުޅުއްވަމުން ވެސް އެ މަނިކުފާނު ވަނީ ގުރުއާން ހިތުދަސްކުރައްވައިފަ އެވެ. އެއަށްފަހު، ޒުވާން އުމުރުފުޅުގައި ލޮލުގެ ފެނުން ގެއްލުނު ނަމަވެސް ތައުލީމް ހާސިލްކުރެއްވުމަށާއި ދީނަށް ހިދުމަތް ކުރެއްވުން ކުރިއަށް ގެންދެވި އެވެ.

މުފްތީ މިއަދު އަވަހާރަވި އިރު މިއަދަކީ ސައޫދީ އަރަބިއްޔާ އުފެއްދިތާ 95 އަހަރު ފުރުނު ގައުމީ ދުވަހެވެ.

4 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 78%
icon angry icon angry 0%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގިނި

23 September 2025

34 ފަހަރު ޢަރަފާތު ޚުޠްބާ ދެއްވި ކޮންމެ 3 ދުވަހަކުން ޚަތިމު ކުރައްވާ. އުއްމަތަށް ކޮށްދެއްވި އަގުހުރި މަސައްކަތް ﷲ ތަޢާލާ ގަބޫލުކުރައްވައި މަތީ ދަރަޖައިގައި ލައްވާށި.

The name is already taken The name is available. Register?

ހުސައިން

23 September 2025

إنا لله وإنا إليه راجعون. اللهم اغفر له وارحمه واسكنه فسيح جناته. ﷲ ތަޢާލާ، ޝައިޚްގެ ފާފަތައް ފުއްސަވައި ހެޔޮ ރަޙްމަތް ލައްވާށިއެވެ! އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ! އަދި ޝައިޚް އިސްލާމް ދީނަށްޓަކައި ކުރެއްވި މަސައްކަތްތަކަކީ ޤަބޫލުވެވިގެންވާ ޢަމަލުތަކެއް ކަމުގައި ލައްވާށިއެވެ! Aameen

The name is already taken The name is available. Register?

raajje

23 September 2025

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ "Indeed, we belong to Allah, and indeed, to Him we will return" verse from the Quran (2:156)

The name is already taken The name is available. Register?

ސުވަރުގޭގެ މަތިވެރި ނިއުމަތްދެއްވާށި

23 September 2025

ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތްދެއްވާށި. އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454