ކަނޑިންމަ ރިސޯޓުގައި ބެހެއްޓި ޑީކޮމްޕްރެޝަން ޗެމްބަރު ބޭނުން ކުރާ ގޮތް، އެ ރިސޯޓު ކްލިނިކުގެ ޑޮކްޓަރެއް ކިޔައިދެނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
26 ސެޕްޓެމްބަރ 2025 - 00:05
މި ސަރުކާރުގެ ވައުދާ އެއްގޮތަށް ފުރަތަމަ ޑީކޯ ޗެމްބަރު ތ. ގުރައިދޫގައި މާދަމާ ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ފީނާއިރު ޑީކޮމްޕްރެޝަން ނުވަތަ ޑީކޯވާ މީހުންނަށް ފަރުވާދޭ ޗެމްބަރުގެ ހިދުމަތް އެކި ރަށްތަކުގައި ގާއިމްކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އެ ހިދުމަތް ފަށަން ނިންމި ރަށްތަކުގެ ތެރެއިން ފުރަތަމަ ޗެމްބަރެއް ބަހައްޓަނީ ގުރައިދޫގަ އެވެ.
ޖަޕާން ސަރުކާރުން ހަދިޔާކޮށްފައިވާ އެ ޗެމްބަރު އޮޕަރޭޓްކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ސެނެހިޔާ ހޮސްޕިޓަލުގެ ބެލުމުގެ ދަށުންނެވެ.
ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިރޭ ވިދާޅުވީ މާދަމާ ހިދުމަތް ފަށާ ޑިކޯ ޗެމްބަރަކީ މަސްވެރިންނާއި ޑައިވްކުރާ މީހުންގެ ފުރާނަ ސަލާމަތްކުރަން މުހިއްމު ހިދުމަތެއް ކަމަށެވެ.
ރައީސް މުއިއްޒު ގުރައިދޫގެ ރައްޔިތުންނާ މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
"ވަރަށް ޒަމާނީ ވަރަށް ފުރިހަމަ އިކުއިޕްމަންޓެއް. 100 މީޓަރު އަޑިން ޑީކޯ ވިޔަސް ޓްރީޓްމަންޓް ދެވޭ ފެންވަރު މީގައި އެބަހުރި. އޭގެ އިތުރަށް ވެސް އޮކްސިޖަން ތެރަޕީ އާއި މިފަދަ އިތުރު އެހެން ކަންކަމަށް ވެސް ކަމާ ބެހޭ ޑޮކްޓަރުންނަށް އެ ޗެމްބަރުގެ ބޭނުން ހިފޭނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވައުދުވެވަޑައިގަތް ރަށްތަކުގައި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ޗެމްބަރުތައް ބަހައްޓައި ނިމޭނެ އެވެ.
ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެއީ މާލެ އާއި އއ. ރަސްދު އާއި ގއ. ވިލިނގިއްޔާއި ގދ. ތިނަދޫ އަދި އައްޑު އާއި ފުވައްމުލަކެވެ.
ޑީކޯވުމަށް މެދުވެރިވަނީ ޑައިވް ކުރުމުގައި އަޑިއަށް ދިއުމަށް ފަހު, މައްޗަށް އަރަން ޖެހޭ ދުވެއްޔަށް ވުރެ މާ އަވަހަށް މައްޗަށް އެރުމުންނެވެ. އެހެންވުމުގެ ސަބަބުން ހަށިގަނޑުގައި އޮކްސިޖަން ދައުރު ވުމުގައި މައްސަލަ ދިމާވެ އެވެ. އަދި ހަށިގަނޑުގެ ލޭގެ އެތެރޭގައި، އެކި ތަންތަނުގައި ގޭސް ބޮކިތަކެއް އުފެދެ އެވެ.
ރައީސް މުއިއްޒު ގުރައިދު އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ ބޮކިތައް ގޮސް ހަށިގަނޑުގެ ކޮންމެވެސް ގުނަވަނެއްގައި ހަރުލަ އެވެ. އަދި އެ ތަނަށް ލޭ ދައުރުވާ މިންވަރު މަދުވެ އެވެ. ޑީކޮމްޕްރެޝަނަކީ އެ އުފެދޭ ބޮކިތަކެވެ.
ގާނޫނުގައި ބުނާ ގޮތުން ޑައިވަރުންނަށް އެންމެ އަޑިއަށް ދެވޭނީ 30 މީޓަރަށެވެ. ނަމަވެސް, ބައެއް ފަހަރަށް ޑައިވަރުން ވެސް އެއަށްވުރެ އަޑިއަށް ދެ އެވެ. ހާއްސަކޮށް މަސްވެރިން އެން ހޯދުމަށާއި ލަނޑާ ނެގުންފަދަ ކަންކަމަށް 30 މީޓަރަށްވުރެ އަޑިއަށް ފީނަ އެވެ.
ރާއްޖޭގައި ފުރަތަމަ ޑީކޯ ޗެމްބަރެއް ބެހެއްޓީ 1993 ވަނަ އަހަރު ބަނޑޮސް މޯލްޑިވްސްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޯސް
26 September 2025
ޑީކޯވުމަށް މެދުވެރިވަނީ ޑައިވް ކުރުމުގައި އަޑިއަށް ދިއުމަށް ފަހު, މައްޗަށް އަރަން ޖެހޭ ދުވެއްޔަށް ވުރެ މާ އަވަހަށް މައްޗަށް އެރުމުންނެވެ. އެހެންވުމުގެ ސަބަބުން ހަށިގަނޑުގައި އޮކްސިޖަން ދައުރު ވުމުގައި މައްސަލަ ދިމާވެ އެވެ. އަދި ހަށިގަނޑުގެ ލޭގެ އެތެރޭގައި، އެކި ތަންތަނުގައި ގޭސް ބޮކިތަކެއް އުފެދެ އެވެ. މައުލޫމާތު ބޮޑުތަނުން ގޯސް. ވާނުވާ އެގިގެން ލިޔޭ. މިހާރު ފާސް ކުރެވިފައިވާ ގާނޫން އަކަށް ނުފެތެ
އެކަމަކުވާ...
26 September 2025
100 މީޓަރަށް ފީނަނީ ކީއްކުރަންތޯ... މައުލޫމާތު އެގިގެން ވާހަކަ ދައްކަވާ
ހަލިމް
26 September 2025
ބަލަ ހުވަދު އަތޮޅުގައި 2 ޗެމްބަރު ބަހައްޓާއިރު، އުތުރުގެ އަތޮޅުތަކުގައި ޑީކޯ ޗެމްބަރެއް ނުބަހައްޓާ؟؟؟؟؟
ބިއުތީ
26 September 2025
ޑީކޯ ޗެމްބަރެއް ބަހައްޓަން މިހާރަށް އެންމެ ރަނގަޅު ލޮކޭޝަނެއް ބ އަދި ދ އަތޮޅުވެސް. މިދެއަތޮޅު ގައި މިފެސިލިޓީ މިހާރު އެބަހުރިބާ ތ. ގުރައިދޫގައި ބަހައްޓަން ނިންމި ސަބަބަކީ ކޮބާބާ ؟
ޑެބީ
26 September 2025
ކޮންއިރަކުތޯ ސަރުކާރުން ކިއްލި ގޮށްޓާއި ހަނާކުރި ފޯށްޕެކެޓާއި ސަނާމުގު ކުދިޕެކެޓު ވިއްކަންފަށަނީ؟ މިތަކެތި ފިހާރަތަކުން ލިބުން ދަތިކަމުން ހަމަ އަހާލެވުނީ
ފެކްޓްް
26 September 2025
ލޮލް... ދައުލަތުގެ ފައިސާގައި އެއް ނޫނެއްނު. ޖަޕާނުންތަ ވައުދުވީ އަޅާދޭން... ޖަޕާނު ސަފީރެއްނު ފޮނި ކަނޑަންވީ. ދެން ޓެކްސްތަކާ ފީތަކުން ލިބޭ ފައިސާތަކަށް ކީއްތަ މިކުރަނީ. އަތްގާތްކޮށްދޭ ކުދިންކޮޅަށް މުސާރަދީފާ ހަމަ ނޯވޭދޯ ލާރިފޮއްޗެއްހާ ހިސާބުވެސް. ރާއްޖޭގައި ކަމެއް ވިއްޔާ ވާނީ ކޮންމެވެސް ބޭރު ޤައުމަކުން ދިން ހިލޭ އެހީއެއް ނޫނީ ލޯނެއް. ދެރަވަރު