ލޯގަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި: ފެނަކަ ކޮރަޕްޝަނުގެ އަޑިއަށް ފީނައި ޝާމިލުވާ އެންމެންގެ މައްސަލަ ބަލަން ވަނީ ގޮވާލައްވާފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
27 ސެޕްޓެމްބަރ 2025 - 14:39
އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި ދައުލަތުގެ ޔޫޓިލިޓީ ކުންފުނި، ފެނަކަ ކޯޕަރޭޝަނުން 2.24 ބިލިއަން ރުފިޔާގެ ވައްކަން ކޮށްފައިވާކަމަށާއި އެއީ ހަމަައެކަނި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދު އެކަނި ކުރި ކަމެއް ނޫން ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ފެނަކައިގެ 2021-2023 ހާއްސަ އޮޑިޓު އާންމުކޮށްފައިވާއިރު އޭގައި ކޮރަޕްޝަނުގެ ގިނަ އަދި ބޮޑެތި މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ.
އެ މައްސަލާގައި އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އެމްޑީޕީ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ މައްސަލަ އާއި ފެނަކައިގެ ކޮރަޕްޝަނާއި ވެންޓިލޭޓަރުގެ ކޮރަޕްޝަނުގެ މައްސަލަ" ވެސް ސަރުކާރުގެ ސަމާލުކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރުކަމުގައި ހުންނެވިއިރު ގެންނެވި ކަމަށެވެ.
އެކަމަކު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރާއި އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހާއި މިނިވަން މުއައްސަސާތަކުން ވެސް އެކަމަށް އަޅައެއްނުލި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ފެނަކައިން އެހާ ބޮޑެތި ވައްކަންތައް ކޮށްފައިވާއިރު އެއީ ސައީދު އެކަނި ކުރި ވައްކަންތަކެއް ކަމަށް ބެލެވެން ނެތް ކަމަށާއި އެކަމުގައި ހިމެނޭ އެންމެނަށް ފިޔަވަޅު އަޅައި ގެއްލުނު ފައިސާ ހޯދަންޖެހޭ ކަމަށެވެ.
"އެމްޑީ ސައީދު އެކަނި މިވަރުގެ ބޮޑެތި ވައްކަންތައް ނުކުރެވޭނެ. ވަރަށް ގިނަ މީހުންނަށް ބައި އެޅިކަން މިހާރު މިދަނީ ފަޅާއަރަމުން،" އޮޑިޓް ރިޕޯޓުގައިވާ ކަންކަމަށް އިޝާރާތްކުރައްވަމުން އާދަމް ޝަރީފް ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ޒިންމާއަކަށް ވާންޖެހޭނީ ހަމައެކަނި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި، އެކަމުގައި ޝާމިލުވާ އެންމެންނާ މެދު އިންސާފުވެރި ތަހުގީގެއް ހިންގައި ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ.
އެފަދަ ކޮރަޕްޝަނުގެ މައްސަލަތަކަށް މިހާ ދުވަސްވީއިރު އަޅާނުލައި ތިބި މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ. އަދި ވިދާޅުވީ ގައުމު ސަލާމާތްކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެން ކަމަށެވެ.
MVR 2,239,640,958/- ge vakkan! Dhaulaiy lootuvun!
— Adam Shareef Umar (@Adamshareefz) September 27, 2025
MDP sarukaarun mulhi dhaulaiy lootuvamundhaa massala, @Fenakamv, adhi ventilator ge corruption ge massala @mvpeoplesmajlis ge samaalukamah eyru alhugandu genain. MDP sarukaarun, MDP super majority oiy Majlis akun ves adhi minivan…
ފެނަކައިގެ ދަރަނި 2023 ވަނަ އަހަރު ނިމުނުއިރު 379 ޕަސެންޓް އިތުރުވެފައިވާއިރު އެއީ އެ ކުންފުންޏަށް ލިބުނު އާމްދަނީ އާއި ޓެރިފްލޮސްގެ ގޮތުގައި ދައުލަތުން ދިން ފައިސާ އިން ފޫނުބެއްދިގެން ވީ ގޮތެއް ނޫން ކަމަށް އޮޑިޓުގައިވެ އެވެ.
ރިޕޯޓުގައި ބުނީ މާލީ ހާލަތު ގޯސްވީ މުދަލާއި ހިދުމަތް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ގިނަ މުއާމަލާތްތަކެއްގެ ސަބަބުން ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފެނަކައިން އާ އިންޖީނުގެތަކާއި އޮފީސް އިމާރާތްތައް އަޅަން 2023 ވަނަ އަހަރު ނިމުނު އިރު، ކޮށްފައިވާ ހަރަދާއި ނުނިމި ހުރި މަސައްކަތަށް ދޭން ޖެހޭ ފައިސާ އެއްކޮށްލުމުން، އެ ޕްރޮޖެކްޓްތަކަށް، މާކެޓް ރޭޓަށް ވުރެ އިތުރަށް 767.3 މިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އަދި ފެނަކަ އަށް ޖަނަރޭޓަރާއި ކޭބަލް އަދި ޓްރާންސްފޯމަރު ގަންނަން ހެދި އެއްބަސްވުންތަކުން، އެ ތަކެތި ހޯދަން ހަގީގަތުގައި ހޭދަވާނެ ފައިސާ އަށް ވުރެ އިތުރަށް 287 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އޮޑިޓު އޮފީހުން ބުނި ގޮތުގައި ފެނަކައިން ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އުސޫލުން ބޭރުން، ބީލަމަށް ނުލަ އެވެ. އަދި ސައީދުގެ އާއިލީ ތިން ކުންފުންޏަކަށް 49.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓް ދީފައިވާ ކަަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
ފެނަކައިގެ ބޮޑެތި ކޮރަޕްޝަންތަކެއް ހިމެނޭ ރިޕޯޓެއް އޮޑިޓުން ނެރުނުއިރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކައިގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ވެސް ގެނަ އެވެ.
ފެނަކައިގެ މައްސަލަތަކުގެ ތެރެއިން، ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ސައީދަށް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ދައުވާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޟމމމ
29 September 2025
ބަލަންޖެހޭ ބަލާ ފިޔަވަޅުއަޅަންޖެހޭ. އަދި ކުރީގެ އެމް.އެމް.ޕީ.އާރު.ސީ ގެ މައްސަލަވެސް ދޯ/!
އަސްލަމް ވަހީދު
28 September 2025
އަސްލުވެސް. ތި ހުރިހާ ވަގުން ހައްޔަރުކުރަން ޖެހޭ.
ހވުޔހު
28 September 2025
ކަންކަން އިސްލާހުކުރަން ދޯ ތިމީހުން އައީ..ފެންނަނީ އެހެން މަންޒަރެއް
ތައުފީޤްް
28 September 2025
މުޅި ގައުމު ބަނޑަށްޖެހުނު ދުވަހު މުޅި ގައުމު ބޮޑު ވަބާއަކާޖެހުނު ދުވަހު ރައްޔިތުން ބިކަ ކޮށްފަ އެމްޑީޕީއިން ފެށީ ވވ ކުރަން. ލަދު
ޝިރްމީނާ
28 September 2025
މައްސަލަ ބަލާ ފިޔަވަޅުއަޅާ ދައުވާވެސް ކުރަންވީ. ދުވަސް ނިމޭއިރު ފެނަކަ ސައީދު އޮންނަންޖެހޭނީ ކުޑަ ގޮޅީގަ.
ސާހިލްް
28 September 2025
ފެނަކަ ވައްކަންކުރި ހުރިހާ އެންމެނަށް ދައުވާ ކުރަންޖެހޭނެ.
ޓިނު
28 September 2025
މިހާރުވެސް ކެނަކައިންކުރަނީ އެކަން؟
ޖީހާންް
28 September 2025
ނުކުރޭ. ރައީސް މުއިއްޒު އެފަދަ ކަންކަމަކަށް ޖާގައެއް ނުދެއްވާނެ.
އަބްޑޫޅް +
28 September 2025
ވައްކަމަކީ ޖާގަ ލިބިގެން ކުރާ ކަމެއް ނޫނޭ. ވައްކަމެއް ވައްކަމަކަށް ވަނީ ޖާގަ ނުނަގާ، ވަގަށް ކުރީމަ.
ހޔ6ހބުޖ8ު
28 September 2025
މިހާރު ނުކުރާނެ، ގާތް ވާކަށްވެސް ނުކެރޭނެ..ހެހެހެހެހެހެ
ބަބޫ
27 September 2025
އަޅަން ޖެހޭ. އެކަމަކު އަޅާނެތަ؟ ނާޅާނެ. ގިޔަ އެއްޗެއް ނެރެގެން ތިތެޅެނީ މިއަންނަ މަހު އޮތް މުޒާހިރާޔާހެދި. ތިވާހަކަތައް ބޮޑެތި ސުރުހީތަކުގަ ހަފްތާއަކު ތެޅުމަށްފަހު ދިވެހިން ހަނދާން ނެތޭނެ. އަދި ޕީޖީއިން ނިންމާނީ ދައުވާކުރެވޭނެ ވަރަކަށް ހެކި ނެތް ކަމަށް. ވޭރުވެދިޔަ 10 އަހަރު ތެރޭގައި ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ދައުވަަ ކުރީ ހަމައެކަނި ޔާމީނަށް. ދެން އެހެން މީހަކުގެ މައްސަލަ ކޯޓަހަމަޔަށްވެސް ގޮސްސަނެތް.
ނަގޫ
28 September 2025
އަދީބާ ޒިޔަތު ނުދަންނަންދޯ؟ އެނގެނީ ޔާމީނުދޯ؟
އައްޗި
27 September 2025
އެކަމަކު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރާއި އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހާއި މިނިވަން މުއައްސަސާތަކުން ވެސް އެކަމަށް އަޅައެއްނުލި އެވެ. މި ޖުމްލަ ރަނގަޅުކޮށްލަމާ. މިހާރު އޮތް ޕީއެންސީ ސަރުކާރާއި އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހާއި މިނިވަން މުއައްސަސާތަކުން ވެސް މިހާރު މިހިންގާ އެއްވެސް ވައްކަމަކަށް އަޅައެއްނުލާ. ދޯ؟
މުންޖިދު.
27 September 2025
ލޫޓުވީމާ ފިޔަވަޅު އަޅަނީ؟ އަޅަނީ ކިތަކެއް ފިޔަވަޅު ކަމެއް އަދި ނޭގޭ
ކަޓޭ
28 September 2025
ލޫޓުވީމަ އަޅާ ފިޔަވަޅަކީ އެއަށް ވުރެ ބޮޑަށް ލޫޓުވުން.