ގާސިމް އިބްރާހިމުގެ ހާލުކޮޅު ރަނގަޅުވެ ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައި.
28 ސެޕްޓެމްބަރ 2025 - 15:32
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމްގެ ހާލުކޮޅު ގޯސްވެ، އައިޖީއެމްއެެޗުގައި ފަރުވާދޭން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ.
ގާސިމްގެ ގާތް ބޭފުޅަކު ވިދާޅުވި ގޮތުގައި ގާސިމަށް ހޮސްޕިޓަލުގައި ފަރުވާދޭން ފެށީ ސަން އައިލެންޑް ރިސޯޓުގައި ހުންނަވަނިކޮށް "އުނދަގޫތަކެއް" ވެގެންނެވެ.
އެހެންވެ، ޕްރެޝަރު ބޮޑުވެދާނެ ކަމުގެ ބިރަށް ލޯންޗުގައި މާލެ ވަޑައިގެން، އައިޖީއެމްއެޗަށް ވަޑައިގަތުމުން އެޑްމިޓްކޮށް ފަރުވާދީފަ އެވެ. އެކަމަކު ހާލުކޮޅު ސްޓޭބަލްވުމުގެ ސަބަބުން މިހާރު ގާސިމް ވަނީ ގެއަށް ދޫކޮށްލައިފަ އެވެ.
ގާސިމަކީ ހިތުގެ އާލާސްކަންފުޅާ އުޅުއްވާތީ ކުރިން ވެސް ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
މީގެކުރިން 2017 ވަނަ އަހަރު ވެސް ގާސިމްގެ ހިތުގެ އާލާސްކަންފުޅަކާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ފަރުވާ ދީފައިވެ އެވެ. އަދި އޭރު އެކަމަށް އިތުރަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރާއި ޖަރުމަނަށް ވެސް ވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެޑްމުންޑޯ
29 September 2025
ގާސިމް އަށް ފުރިހަމަ ސިއްޙަތަކަށް އެދެން ، ހިތުގެ މައްސަލަ ހުންން ބޭފުޅެއްވީމާ ، މަޖްލިސް މިންބަރުކަމުން އިސްތިއުފާދީފައި މަސައްކަތްތަކާއި ކުޑަކޮށް ދުރުހެލިވުން ބުއްދިވެރި ، މަޖްލިސް ތެރޭ ސީދާ ހިތަށް ، ސިކުނޑިއަށް އަސަރުކުރާ ސިއްޙީގޮތުން އަދި ނަފްސާނީގޮތުން ވެސް ވަރަށް ނެދެވޭ ބަހުސްތަށް ހިގަމުންދާ ތަނެއް މަޖްލީހަކީ ، އުމުރުން ދުވަސްވި މީހަކު އެމަޖލިސް ގައި އިންނަ ނަމަ ލޭގެޕްރެޝަރ މައްޗަށް ދާވަރުކޮއްލާ ތަނެއް އެއީ .
ބަދީއުބެ
28 September 2025
އުމުރުން 70 އަހަރުން މައްޗައްދިއައިމަ ފާޑުފާޑު ބަލިދިމާވަނެ. ކެއްސާލީމަ ޔޫރިން ލީކްވާ މައްސަލަ، ފުއްޕާމޭ ބަލިކަށިވު ގުދުވެފައި ތެދުވީމަ ގޭސްގަޑެއް އަރައިގަތުން މިކަހަލަ އެކިކަންކަންކަން އިންތިހާއަށް ބޮޑުވާނެ. އެހެންވީމަ ކެއިންބުއިން ރަގަޅުމިންގަޑެއްގައި ހިފަހައްޓައި ސްޓްރެސްއިން ދުރުވެވޭތޯ ބަލަންޖެހޭނެ. އަމުދުން ގާސިމުންކަހަލަ މުއްސަދިންގެ ފެމެލީ ޑޮކްޓަރެއް 7 × 24 ހުންނަންޖެހޭނެ.