އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަޔަންޔާހޫ (ވ) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު އިއްޔެ ވައިޓް ހައުސްގައި: ވައިޓް ހައުސް އިން ބުނި ގޮތުގައި ނަތަންޔާހޫ ވަނީ ހަމަލާގެ މައްސަލައިގައި ގަތަރުގެ ކިބައިން މާފަށް އެދިފައި. -- ފޮޓޯ: އޭއެފްޕީ
30 ސެޕްޓެމްބަރ 2025 - 10:53
ގަތަރަށް ދިން ހަމަލާގެ މައްސަލައިގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސްގައި އިނދެ ގަތަރުގެ ބޮޑުވަޒީރަށް ގުޅައި މާފަށް އެދިއްޖެ ކަމަށް އެމެރިކާއިން ބުނެފި އެވެ.
ވައިޓް ހައުސް އިން ނެރުނު ބަޔާނުގައި ބުނީ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އާލް ތާނީއަށް ނަތަންޔާހޫ ގުޅައި، މި މަހުގެ ނުވަ ވަނަ ދުވަހު ދިން ހަމާލެ މައްސަލައިގައި މާފަށް އެދި ދެން އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި އުޅުއްވާ ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ވައިގެ މަގުން އިޒްރޭލުން ދިން ހަމަލާތަކުގައި ގަތަރުގެ ސަލާމަތީ ބާރުތަކުގެ މެންބަރަކު މަރުވެފައި ވާތީ އެކަމަށް ވަކި ހާއްސަކޮށް މާފަށް އެދި ނަތަންޔާހޫ ވާހަކަ ދެއްކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރަން ވައިޓް ހައުސްގައި އިނދެ ކަމަށް ބަޔާނުގައިވެ އެވެ.
"ރަހީނުން ސަލާމަތްކުރުމަށް މަޝްވަރާ ކުރިއަށް ދަނިކޮށް، ގަތަރުގެ އިސްތިގުލާލަށް އަރައިގަނެ ހަމާސްގެ ލީޑަރުންނަށް ދިން ހަމަލާއާ މެދު ހިތާމަކުރާ ކަމަށާއި އެފަދަ ހަމަލާއެއް ކުރިއަށް އޮތް ތަނުގައި ނުދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައި،" ނަތަންޔާހޫގެ ފޯން ކޯލާ ބެހޭ ގޮތުން ވައިޓް ހައުސް އިން ބުންޏެވެ.
ވައިޓް ހައުސް އިން ބުނީ ނަތަންޔާހޫ އާއި ގަތަރުގެ ބޮޑުވަޒީރު ވަނީ މައްސަލަތައް ހައްލުކުރުމުގައި އެއްބަޔަކު އަނެއް ބަޔަކު މުއާސަލާތުކުރުމަށާއި އެކަމުގެ އިންތިޒާމުތައް މިހާރަށްވުރެ ރަނގަޅަށް ހަމަޖެއްސުމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައި ކަމަށެވެ.
ނަތަންޔާހޫ ގަތަރުގެ ކިބައިން މާފަށް އެދިފައި މި ވަނީ މީގެ ކުރިން އެ ހަމަލާތައް ދިފާއުކޮށް ހަރުކަށިކަމާ އެކު ވާހަކަ ދައްކަމުން ދިއުމަށް ފަހުގަ އެވެ. ހަމާސްއަށް ގަތަރުން ހިމާޔަތްދީ ޓެރަރިޒަމަށް އެހީވާ ކަމަށާއި ގަތަރުން ފިޔަވަޅު ނާޅާ ނަމަ އިޒްރޭލުން އިސްވެ ފިޔަވަޅު އަޅައި ހަމާސްގެ ވެރިން ނައްތާލާނެ ކަމުގެ އިންޒާރު ވެސް އޭނާ ކުރިން ދީފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޯިސްޕިސް
30 September 2025
އަނެއްކާވެސް ޔަހޫދީންގެ ބަހަށް ހެއްލުނީ. އެމީހުންނަކީ ވައުދެއް ވެއްޖިއްޔާ އެ ވައުދާ ޚިލާފުވާ ބައެއް. ފާއިތުވިތަނުގައި އެކަންވާނީ މުސްލިމުން ތަޖުރިބާކޮށްފައި.
އަލްފަންސޫރު
30 September 2025
ޕްރެޝަރަށް އެމެރިކާ ރާވާލި މަކަރުވެރި ރޭވުމެއް. ސަބަބުތައް - އެކުވެރި ހުނޅަގު ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރަން ފެށުމާއި އިޒުރޭލުގެ އަނިޔާވެރިކަމާއި ދެކޮޅުވުން - އަރަބި އިސްލާމީ ގައުމުތަކުން ޤަތަރު ހަމަލާޔާއި ގުޅިގެން އެއްގަލަކަށް އަރާ އީރާނާއި ސައުދީ ގުޅިދާނެ ހެން ހީވުން - ބަސްވިކޭ ގައުމުތަކުގެ ޢާއްމުން އިޒުރޭލާއި ދެކޮޅު ހަރަކާ ހުއްޓާނުލުން. - ފުލޮޓެއްލާ ފުލީޓްގެ ޕްރެޝަރ - ޓްރަމްޕަށް ނޯބަލް އިނާމަށް މަކަރުވެރިކޮށް މަގުކޮށުން.
އަފްރާސިޔާބު
30 September 2025
ކޮން ޕްރެސަރެއް؟ ރޭވިފައިވާގޮތަށް ކުރިއަށްދަނީ. ބައެއްފަހަރު ރާވާރޭވުން ކާމިޔާބު ނުވެހިނގައިދާނެ. މުޅި އަރަބި އުންމަތަކީ އެމެރިކާ ބޭނުންގޮތަށް ކުޅެން އޮންނަ ބޯޅައެއް. ބައެއް ފަހަރު ކީޕަރު ބަދަލުވެދާނެ. ގުޅިގެން ހިންގާ ޖަރީމާކަން އެނގޭނެ އޯ އައި ސީ އިން ބޭއްވި ކުށްވެރިކުރުމުގެ ޖަލްސާއިންވެސް. ލުއިގޮތަކަށް ހުއްދަނެތި އެއަރސްޕޭސް ބޭނުންކުރިވާހަކަ އެކަނި ބުނެލައި މިނިވަން ގައުމެއްގެ ސިޔާދަތަށް އެރީއޭ ބުނުންފިޔަވައި ޗުއްޕުވެސް ބުނެފައެއްނެތް.
ގޮސްފައި
30 September 2025
ހުސް ދޮގު. މާފަކަށް ނޭދޭ. ތީ ދޮގު ހަދާ ދޮގުވެރިން ތަކެއް. މުނާފިގު ބައެއް. ىاﷲ މި ނުބައި ނުލަފާ ޝައިތާނުން ގެ ކިބައިން ފަލަސްޠީނާއި، ޣައްޒާ އަދި މުޅި އިސްލާމީ އުންމަތް ސަލާމަށް ކުރައްވާ ފާނދޭވެ.
ޒުވާނީ
30 September 2025
މިކަހަލަ ޔަހޫދީ ވިސްނުމަށް މީގަ ދެރައީ އަރަބި އިސްލާމީ ލީޑަރުން މިކަމަށް އަދިވެސް ބަހެއް ނުބުނާތީ.. މިއީ އެއްބަސް ވުމެއްނޫން އެމެރިކާއިން ގާޒާ އަޅުވެތި ކުރުން، ކޮލޮނައިޒު ކުރުން އެމެރިކާޔަށް އެތަނުގެ ވެރިކަން ހިންގުމުގެ ބާރު ދިނުން.
އަފްރާސިޔާބު
30 September 2025
ކޮބައިތަ އިސްލާމީ ލީޑަރުންނަކީ. ލީޑަރުންނަކީ ރައްޔިތުން އޮޅުވާލާ މީހުންކަމުގައިވާނަމަ އަރަބި ގައުމުތަކުގައި ތިބީ ތިކަހަލަ ލީޑަރުން. އިސްލާމީ ގޮތް ބޮޑަށް ދައްކައިގެން ރައްޔިތުން ހެއްލުންތެރިކުރުވަން ތިބީ އުރުދުގާން، ކަހަލަ ކިތައް ލީޑަރުން.
މަ ހީހީ
30 September 2025
ދެން މަޢާފު ކުރިތަ؟؟
ކުރަފިދާދާ
30 September 2025
ތި ރަނގަޅަށް ވިއްޔާ ޓުރަމްޕު އާދޭސް ކުރާވަރުން ބޮލަށް އުނދަގޫވެގެން ގަތަރުގެ ބޮޑުވަޒީރަށް ގުޅާ މާފަށް އެދޭނީ..އެހެން ނޫނީ ތިޔާ ކަލޭގެއަކީ ކަހާތަން ހިރުވާ ނުލާން ހުންނަ ހިލަ ބޮލެއް.
ނުރަބޯ
30 September 2025
ކުޑަކުއްޖަކަށް ވެސް އެނގޭނެ އިސްރާއީލުން ގަތަރަށް ދިން ޢުދުވާނީ ޙަމަލަ އެއީ އެމެރިކާގެ ހުއްދައާއި އެކު އަދި އެމެރިކާ އިން ވިލަރެސް ކޮށްދީގެން ދިން ޙަމަލައެއް ކަން.
ރަދީފްއޮފިޝަލް - ބަތަންޔާހޫގެ ބޯލް
30 September 2025
ކުޑަ ވަގުތު ކޮޅަަކަށް ނަމަވެސް ބަތަންޔާހޫ ސައިޒަށް ކެނޑިއްޖެ.ހުރިހާ ނުބައެއްގެ ބަފަޔަކީ އެމެރިކާ.އެމެރިކާ ބޭނުންނަމަ އިޒްރޭލް ސައިޒްކުރެވޭނެ 90 މިނިޓުން.އެތައް ބަޔަކު މަރުވެ ގެދޮރު ހަލާކުވިފަހުން ހަނގުރާމަ ނިމެނީއޭ ކިޔައިގެން ކޮސް ގޮވަން ޓްރަމްޕް ނިކުތީމަ ސަޅިއެއް ނޫން.