ޝަންގްރިއްލާ ވިލިނގިލި ރިސޯޓް: އެތަން މިއަހަރު ނިމުމުގެ ކުރިން އަލުން ހުޅުވާނެ ކަމަށް ސަރުކާރުން ބުނޭ --- ފޮޓޯ/ޝަންގްރިއްލާ
30 ސެޕްޓެމްބަރ 2025 - 12:54
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންދުކުރި ގޮތަށް މިހާތަނަށް ވެސް ނުހުޅުވާ އޮތް އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މި އަހަރު ނިމުމުގެ ކުރިން ހުޅުވުމަށް އެ ރިސޯޓު ހިންގާ ކުންފުނިން އެއްބަސްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގަ ބުނީ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް މި އަހަރު ނިމުމުގެ ކުރިން އަލުން ހުޅުވަން އެ ރިސޯޓް ހިންގާ އައްޑޫ އިންވެސްޓްމަންޓުން އެއްބަސްވީ ސަރުކާރުން އެ ކުންފުންޏާ އެކު ކުރި މަޝްވަރާތަކަކަށް ފަހު ކަމަށެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް 2021 ވަނަ އަހަރު ބަންދު ކުރީއްސުރެ އެ ރިސޯޓް އަލުން ހުޅުވަން ސަރުކާރުން އައީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ. އެ ރިސޯޓް އަލުން ހުޅުވަން ބާރު އެޅުމުގެ ގޮތުން، އެ ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލަން ވެސް ކުރީގެ ސަރުކާރުން އެއްބަސްވި އެވެ.
މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށް އިބްރާހީމް ފައިސަލް ހުންނެވިއިރު އޭނާ ވިދާޅުވެފައިވާ ގޮތުގައި ޝަންގްރިއްލާ ރިސޯޓް އަލުން އޮޕަރޭޝަނަލް ކުރަން ހިނގާ މަރާމާތަށް 25 މިލިއަން ޑޮލަރު ހޭދަވާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޝަންގްރިއްލާ އަލުން ހުޅުވަން ޝަންގްރިއްލާ އާއި އައްޑޫ އިންވެސްޓްމަންޓުން އެެއްބަސްވެފައިވާތީ އެ ދެ ކުންފުންޏަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެ ރިސޯޓަކީ އެތަން ބަންދުކުރުމާ ހަމައަށް 500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރި ރިސޯޓަކަށް ވާތީ، އެތަން އަލުން ހުޅުވުމުން އައްޑޫގެ އިގުތިސާދަށް ކުރިއެރުން އަންނާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާއަކީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ފަސް ވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ރިސޯޓެކެވެ.
އެތަން ފުރަތަމަ ހުޅުވިއިރު އެ ތަން މަޝްހޫރުވީ މުއްސަނދި ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެއްގެ ގޮތުގަ އެވެ. ޝަންގްރިއްލާ ހިންގި ދުވަސްވަރު އައްޑޫގެ އިގްތިސާދު ވެސް ރަނގަޅުވެ، ވަރަށް ގިނަ ޕްރައިވެޓް ޖެޓްތައް ވެސް އައްޑު އަށް ދަތުރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިލްދާރު
01 October 2025
ރާއްޖޭގެ އެކިކަނކޮޅުގައި ރިސޯޓު ހަދައި، ހުޅުވައި، މަރާމާތުކޮށް ބަންދުކޮށް އަލުން ހުޅުވާ، ރައީސް ކުރާކަމަކަށް ނުވޭ..ތިޔަ ހެރެތެރެއަށް ދައުލަތުން ކިހާ ބައިވަރެއް ހަރަދުކުރެވިއްޖެ؟ ޓެކްސް ނުނަގާ، ބިމިކުލި ޖުނަގާ އެތައް ލުޔެއް ދިނީމަވެސ ނުހިންގާ، ދެން ހަދަންވީ ގިތަކީ ތިޔަތަނަށް ދާނެ މީހުންވެސް ސަރުކާރުން ހަރަދުކޮށްފަ ޓިކެޓާ ކޮޓަރި ކުލިވެސް ސަރުކާރުން ދީފަ ތިތަން ހުަލުވަންވީ؟
ސަމަދްް
01 October 2025
ސާބަހޭ ރައީސް މުއިއްޒު. ވައުދުތަށް ރަނުން ރަނަށް ފުއްދަވޗާނެ ހަމަ ސއެކަނި ރައީސަކީ ތިއީ.
އަލްސަންް
01 October 2025
މި ރިސޯޓް ހުޅުވުމުން އައްޑޫއަށް އިންތިހާ ފައިދާ ލިބިގެންދާނެ. މިހެން ހުއްޓިފަ ހުންނަ ތަންތަން ސަރުކާޜުން އިސްވެ ނަގާ ކޮޅަށްޖަހާތަން ފެނުމީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނުވައިދޭ ކަމެއް.
އަންސާމްް
01 October 2025
މިއީ ރައީސް މުއިއްޒުގެ ވައުދުފުޅެއް، ޝުކުރިއްޔާ ރައީސް މުއިއްޒު.
މަ ބުނީ
01 October 2025
ޓުއަރިޒަމް މިނިސްޓްރީ އާއި ރިޒޯޓް ޝަންގިރިއްލާރިޒޯޓް އޮފީހުން ތިކަން ހާމަކުރުމުން އަހުރެން ހިތާމަ ކުރަމެވެ. އެހެނީ ކުރެޑިޓް ކާޑުގެ ލިމިޓު ބޮޑުވިކަން އިއުލާނު ކޮއްދިނީ ރައީސްއެވެ. އެއީ ބޭންކުގެ ތަރުޖަމާނުގެ ހައިސިއްޔަތަކުންނޫނެވެ. ރައީސްގެ ހައިސިއްޔަތުންނެވެ. ވީމަ ރިޒޯޓު މެނޭޖަރަން ނުވިއަސް ރައީސް ގެ ހައިސިއްޔަތުން މިކަށް ސީދާ ރައީސް އަދިވެސް އިއުލާންކޮއްލަދިނިމަށް އަހުން އާދޭހާއިއެކެ އެދެމެވެ.
އައްލާ ބެއްޔާ
30 September 2025
ރާއްޖޭގެ އެތަކެއް ރިސޯޓެއް މަރާމާތަށް ބަންދުކޮށް ހުޅުވާ ހަދާ އަދި ރިސޯޓް ވިއްކާ އަލަށް ގަންނަ މީހުން ވެސް ރިސޯޓް ރީބްރޭންޑްކޮށް ހަދާ. ދުވަހަކުވެސް ސަރުކާރަކުން އެއިން ރިސޯޓެއް ހުޅުވާ ދުވަސް އިއުލާން ކުރަން ނޫސް ބަޔާނެއް ނުނެރޭ.ތީ ހަމަ ސިޔާސީ ސްޓަންޓެއް. ތި ބުނާ ދުވަހަކަށް ތި ރިސޯޓެއް ނުހުޅުވޭނެ. ރިސޯޓް ހުޅުވާނަމަ ހުޅުވާ ދުވަސް އިއުލާން ކޮށް ރިސޯޓް އިޝްތިހާރުކޮށް ބުކިން ހުޅުވާނީ ޝަންގްރިއްލާއިން. ސަރުކާރަކުން ނޫން. އައްޑޫ މީހުން ތިހާ ގަޅިއެއްނޫން.
އޮނަރަބްލް އަފީފު ދީދީ
30 September 2025
ރިޔާސީ އަދި މަޖިލިސް އިންތިޙާބަށް އެތައް އަހަރެއްފަހުން ރައީސް އައްޑުއަށް ވަޑައިގަންނަވާއިރު "އައްޑޫ ރައްޔިތުންގެ ވޯޓްހޯދަން އެމީހުނަށްވިއްކި އައްޑޫ ބުރިޖްގެމަތިން ހަދާން ނައްތާލާފައި" ބޭރުބަޔަކު ނަގައިގެންއުޅޭ ރަށެއްގައި 10 ކޮޓަރި ހަދާވާހަކަ އުފާވެރި ޙަބަރެއްގެގޮތުގައި ދިނުމަކީ "ބުރިޖްގެމަސައްކަތާއި ގުޅުންހުރި ކަމެއްނޫން" ކަން ރައީސަށް އެގިވަޑައިގަންނަވަން ވާނެ. އައްޑޫމީހުން ޕީއެންސީއަށް ވޯޓްދިނީ ހުޅުމީދޫ ހިތަދޫ ގުޅާލާ ކޯއްޓޭބުރިޖް ބޭނުންވެގެން.
އޮނަރަބްލް އަފީފު ދީދީ
30 September 2025
އާމްދަނީގެގޮތުގައި ދައުލަތަށް ލޯލާރިއެއްވެސް ނުލިބޭ އަދި އެއްބަސްވުމާއި އެއްގޮތަށް މަހުންމަހަށް ދައްކާންޖެހޭ އިންސްޓޯލްމަންޓް ފައިސާވެސް އެތަންތަން ލިބުނުމީހުން ނުދައްކާ ހުޅުމާލޭގެ ފުލެޓްތައް އެޅުމަށް ދައުލަތްދަރަނިކޮށް އެތައްބިލިޔަން ރުފިޔާގެ ލޯނުނަގައިގެން ހަދާ ފުލެޓްތަކަށްވުރެން GAN International Airport ގަައި މިދެންނެވިފަދަ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށްފިނަމަ ލިބޭފައިދާ ބޮޑުވާނެ. އަދި މިފަދަކަންކަމަށް ލޯނުހޯދަންވެސް ފަސޭހަވާނެ.
އައްޑޫކޮއްޔާ
30 September 2025
މައުމޫނުގެ ވެރިކަމުގައި ވެސް ކޮންމެ އަހަރަކު 1 ފަހަރު ވިލިނގިލި (މިހާރުގެ ޝަންގްރިއްލާ) ހުޅުވާނެ. ކޮވިޑްގެ ފަހުން އެތަން ބަންދު ކުރިގޮތަށް މުޅިތަން އެއޮތީ ވީރާނާވެފަ. އެތަން 1 މަސްތެރޭ އޮޕަރޭޝަނަށް ގެނެވޭނެ ކަމަކަށް ނުފެނޭ. އެހެންވީމަ ދެންވެސް ކޮންމެވެސް އެހެން ގޭމެއް ޖައްސަންފެނޭ. ކޮބައިތަ ހަންކެޑެ. އެވެސް އަބަދު "ކަލް 2ބަޖޭ" ގަ އުޅޭ ރަށެއް. ހަންކެޑެ ގައި މެޑިކަލް ފެސިލިޓީއެއް ހަދަންވީ ނޫންތޯ؟ އޭރުން އައްޑޫގެ އެންމެނަށް ޚިދުމަތް ދެވޭނެތާ!
އޮނަރަބްލް އަފީފު ދީދީ
30 September 2025
ޝަންގްރިލާޒް އާއި، ހެރެތެރެރިސޯޓް އަދި ސައުތުޕާމް ގެ އިތުރަށް އީކްއޭޓަރވިލެޖް ހިންގުމަށްވުރެން ހުރިހާގޮތަކުންވެސް އައްޑޫރައްޔިތުނަށާއި، ދައުލަތަށް މަންފާހުރިގޮތަކީ އައްޑޫގެ ފަތުރުވެރި ކަމުގެ ސިނާއަތު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކާ GAN International Airport ގައި ⭐️ ⭐️ ⭐️ ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށް، މިފަދަ ހޮޓަލެއް ހިންގޭނެ މާލީތަނަވަސްތަކާއި ތަޖުރިބާހުރި ކުންފުންޏަކަށް ދީގެން ގޭން އެއަރޕޯޓްގައި ޓްރާންސިޓް ހޮޓަލެއް ހިންގުން.