ރައީސް ވިދާޅުވީ، ބޭރުގެ ދަރަނިތައް ދެއްކުމުގައި ވެސް އެއްވެސް ހާސްކަމެއް ނެތް ކަމަށް. އަދި ރާވާފައިވާ ގޮތަށް އެކަން ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވި.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މިރޭ ބޭއްވި ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން އެ މަނިކުފާނުގެ ސަޕޯޓަރުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
01 އޮކްޓޯބަރ 2025 - 23:39
މި އަހަރުގެ ތެރޭގައި މާލޭގައި އިތުރު 3،000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ސަރުކާރުން ފަށާނެ ކަމަށާއި އިގުތިސާދުގެ ދުވެލި ވެސް ހުރީ ރަނގަޅު ސްޕީޑުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭއްވި ޖަލްސާގައި އެ މަނިކުފާނު އިއުލާން ކުރެއްވި ގޮތުގައި، އެއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އިމާރާތް ކުރަން ނިންމާފައިވާ 4،000 ހައުސިން ޔުނިޓުގެ ބޭރުން ހަދަން ނިންމާފައިވާ 3،000 ޔުނިޓެވެ.
"އިރާދަކުރެއްވިއްޔާ އެ ކަމަށް ބޭނުންވާ [3،000 ހައުސިން ޔުނިޓު އިމާރާތް ކުރުން] ހުރިހާ ކަމެއް ނިމެމުން މިދަނީ. އަޅުގަނޑު ރައްޔިތުންނަށް ވީ އެންމެ ބޮޑު އެއް ވައުދު ބޯހިޔާވަހިކަން މިއީ. އިރާދަކުރެއްވީތީ ކުރިން އަޅުގަނޑު ވައުދުވި ގޮތަށް ރައްޔިތުންނަށް ލިބިފައި ހުރި ގޯތިތަކާއި ފްލެޓުތައް ވެސް މިދަނީ އެއްވެސް ބަދަލެއް ނުގެނެސް ހަވާލު ވެސް ކުރަމުން،" ވަރަށް ގިނަ އަދަދެއްގެ ބަޔަކާ އެކު ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދުތަކެއް މުޅި ސަރުކާރާއި ޕީއެންސީގެ ސަޕޯޓަރުންގެ އެހީތެރިކަމާ އެކު މިހާރު ވެސް ގެންދަވަނީ ފުއްދަވަމުން ކަމަށެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެތައް މަޝްރޫއެއް ފަށައިގެން ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.
"މީގެ ތެރޭގައި މި ހުރީ އެތައް ޒަމާންތަކެއް ވަންދެން އެ ރައްޔިތުން ނިކަމެތިކޮށް އަޅާނުލައި ދޫކޮށްލުމުގެ ސަބަބުން ނުވެފައި ހުރި ކަންކަން. އެހެން ނަމަވެސް އަޅުގަނޑުމެންނަކީ ރައްޔިތުންނަށް ތަފާތު ކުރާނެ ސަރުކާރެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް މުހިންމު މި ސަރުކާރަށް މުހިންމު ހަމަ ކޮންމެ ރައްޔިތެއް ވެސް. އެއީ އެންމެ ކުޑަ އާއިލާ، އެންމެ ކުޑަ އާބާދީ އޮތް ރަށުގެ ރައްޔިތެއް ކަމުގައި ވިޔަސް އަދި ކޮންމެ ރަށެއްގައި ހުރި ރައްޔިތެއް ކަމުގައި ވިޔަސް ހުރިހާ ރައްޔިތުން ހަމަހަމަ."
ރައީސް ވިދާޅުވި ގޮތުގައި އެ ހުރިހާ ކަމެއް ކުރަނީ "ހަލާކުވެފައި، ވަޅުޖެހިފައި" އޮތް އިގުތިސާދު ނަގައި ކޮޅަށް ޖަހަމުންނެވެ. ނަމަވެސް މިހާރު ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރީ ރަނގަޅު ސްޕީޑުގައި ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ. އަދި ކަންބޮޑުވެ، ހާސްވާން ޖެހޭ ކަމެއް އިގުތިސާދީ ގޮތުން މިހާރު ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މިރޭ ބޭއްވި ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން އެ މަނިކުފާނުގެ ސަޕޯޓަރުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އަޅުގަނޑުމެން ދައްކަން ހުރި ދަރަންޏެއް ވިއްޔާ ދައްކަމުން އަދި އަޅުގަނޑުމެން އެކުވެރި ގައުމުތަކުން، އިއްޔެގައި ޗައިނާ ސަރުކާރުން، ޗައިނާގެ ނޭޝަނަލް ޑޭގައި އެ ބޭއްވި ޖަލްސާގައި އިއުލާން ކޮށްދެއްވީ ޗައިނާ އިން އަޅުގަނޑުމެން ދައްކަން ހުރި ދަރަނި ރިލީފްގެ ހުރިހާ އެގްރީމަންޓުތަކެއްގައި ސޮއިކޮށް ނިމިގެން، ހަމަޖެހިގެން ނިމިގެން ހިނގައްޖެ ކަން ވެސް،" ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން އިއްޔެ ބޭއްވި ޖަލްސާގައި ސަފީރު ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެ އިން ދައްކަންޖެހޭ ދަރަނިތައް ކަންބޮޑުވުމެއް ނެތި ދައްކަމުން ދާނެ ކަމަށެވެ. އެ ކަން ކުރަނީ ޕްލޭނަކާ އެކު ކަަަމށް ވެސް ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ނެތިން ރައްޔިތުން ބިކަ ހާލުގައި ޖައްސާކަށް. ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދަމުން އަޅުގަނޑުމެން ދާނީ، ބޭރުގެ ދަރަނި ދައްކަމުން ރައްޔިތުންގެ އެތެރޭގެ ދަރަނިތައް ވެސް ދައްކަމުން، އަދި އިރާދަކުރެއްވިއްޔާ ފައިސާ ޗާޕުނުކޮށް،" ރައީސް ވިދާޅުވި އެވެ.
މިރޭގެ ފޯރިގަދަ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ރިޔާސީ ކެމްޕެއިންގައި އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ހަނދުމަފުޅުގައި އެބަހުރި ކަމަށެވެ. އަދި މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ، ރައްޔިތުންނަށް ކަންކަން ކޮށްދެއްވަން އެ މަނިކުފާނު ވައުދުވެވަޑައިގަންނަވަނީ އިހުލާސްތެރިކަމާ އެކު ކޮށްދެއްވުމަށް ކަަމަށެވެ.
ރައީސް ވިދާޅުވީ، ކޮންމެ ދުވަހަކު ކަހަލަ ގޮތަށް އިތުރު ކަންކަން ސަރުކާރުން ފަށަމުން އަދި ނިންމަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެކަން އިތުރަށް ފެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނު ގަބޫލުފުޅު ކުރައްވަނީ މާނަހުރި، ދެފުށްު ފެންނަ އަދި ދުރުރާސްތާ އަށް ވިސްނައިގެން ތަރައްގީ ގެނައުމެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާރު ބަދަލު ހިފުމުގެ ރޫހެއް އަދި އިންސާފުން ބޭރުން ކަންކަން ކުރުމުގެ ރޫހެއް ވެސް ނެތް ކަަމަށެވެ. ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރާނީ އަދުލުވެރިކަމާއި އިންސާފުން ކަމަށެވެ.
"މި ސަރުކާރަކީ ރައްޔިތުންނަށްޓަކައި ގާނޫނުގައި އޮންނަ ގޮތަށް ގާނޫނީ ވެރިކަން ކުރާނެ ސަރުކާރެއް. އިރާދަކުރެއްވިއްޔާ މި ގައުމުގައި ހަމަޖެހުމާއި ތަރައްގީ އާއި އަމާންކަން މި ސަރުކާރުން ޔަގީން ކޮށްދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާޑުވާ
03 October 2025
ސްޕީޑް ދެން އިތުރަށް ބާރު ނުކުރާތި. ތިޔަ އިޤްތިސާދީ ދުވެލި ބާރުވާ ވަރަކަށް ޑޮޅަރު ރޭޓް އަރަނީ މައްޗަށް. ތިޔަ ސްޕީޑު މެކުހަށް އެރީމަ ރައްޔިތުން ތިބެންޖެހޭނީ ބަނޑަށް.
ތަހާނު
03 October 2025
ދިވެހި ރައްޔިތުން ގަމާރުކަން ފިލުވައި މިހާރު ހަމަ ބުއްދިން ވިސްނަން ވެއްޖެ، އެމްޑީޕީ އިދިކޮޅުގައި އޮވެ އަބަދުވެސް އުޅެނީ. އިގްތިސާދު ފުނޑާލަން ކަން
ލީސާ
03 October 2025
އެމްޑީޕީއިން އެހާ އަވަހަށް މުޒާހަރާ އަށް ނިކުންނަން ނިންމީމަވެސް އެނގިއްޖެ އެ އުޅެނީ އިގްތިސާދު ހަމަޔަކަށް އެޅޭތީ ގައުމު ހަލަބޮލިކޮށް އިގްތިސާދު ފުނޑުފުނޑު ކޮށްލުމަށް ކަން. އެއީ އަބަދުވެސް އެމީން ތެޅޭ ވައްތަރު
އިއްބެ
03 October 2025
ދިވެހިރައްޔިތުންގެ އަތްމަތި ތަނަވަސް ވާން އެމްޑީޕީ ބޮޑުން ނޭދޭނެ، އޭގެ ތެރޭ ގިނައީ މާލޭ ކުލީ ގެދޮރު ވެރިން
ރަމީސާ
03 October 2025
ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން މިހާރު އިގްތިސާދު މިވަނީ ހަމަ މަގަށް އެޅިފައި، ރައްޔިތުންނަށް އެކަން ދަނީ އިހުސާސް ވަމުން
ޖަމްހަރު
03 October 2025
ބައެއް މީހުނަށް ހީވަނީ އިގްތިސާދު ދުޅަހެޔޮކުރުމަކީ ވަރަށް ފަސޭކަމެއް ކަމަށް، އެހެން ހިކޮށް އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕް ކުރީ އެކަމެއްގެ ސަބަބުން މިރާއްޖޭގެ އިގްތިސާދު މިހާބޮޑަށް ފުނޑުނީ، މިހާރުގެ ވެރި މީހާގެ ކުޅަދާނަކަމުން މިހާރުވެސް މިހާ އަވަހަށް އިގްތިސާދު ހަމަޔަކަށް އަޅުވާލެވުނީ
ފަރީދާ ތުލުސްދޫ
03 October 2025
ހަލާކުކޮށް ސުންނާފަތި ކޮށްފައިވާ އިގްތިސާދު ކޮޅަށް ޖެހުނީ ރައީސް މުއިއްޒުގެ މިންނެތް މަސައްކަތުން
ކަތްދައްތަ
02 October 2025
ދިރާގުންވެސް ވަތަނިއްޔާވެސް ބުނަނީ އެމީހުންގެ ނެޓްގެ ސުޕީޑުވެސް ހުރީ މިސަރަޙައްދުން އެންމެ މަތީގައޭ. ނަމަވެސް އެއްޗަކަށް ވާހަކަލަ އެއްްޗަކަށް ޖައްސާފަ އޮބޯލީމާ ބޮޅު އެބުރެންފަށަނީ ބޮޅެއް. ސްޕީޑު ރަގަޅުކަމުން އެބުރޭލެއް ބާރުވެގެން ނުފެންނަނިއްޔެއްކަމެއް ވާގޮތެއް ނޭގެ. މަސްނިމޭތަނުން އަންނަނީ ބިލް. ގައުމުގެ އިގުތިސޯދުވެސް އެފާޑަށް އެބުރެނީ.އެއީ ތޯއްޗެއް އެބުނާ ބުޕީޑަކީ
އަބްދުﷲ
02 October 2025
އިގްތިސާދީ ދުވެލި ހުރި މިންވަރު ނޭގިގެނެއް ބަޔަކު ނޫޅޭ. މުސާރައަށް މަހަކު 15420ރ ލިބޭ މީހާއަށް މީގެ ކުރިން ރަސްމީ ޑޮލަރު ގަންނަ ރޭޓުން 1000ޑޮލަރު 15420ރ އަށް ގަނެވޭނެ. ނަމަވެސް މިހާރު ޖެހެނީ 20020ރ އަށް 1000 ޑޮލަރު ގަންނަން. އެއީ %31 މަތިވުމެއް. ވިޔަފާރި ވެރިން މުދާ އެތެރެ ކުރުމަށް ޑޮލަރު ގަންނަން މިޖެހެނީ %31 ބޮޑޮކޮށް ޑޮލަރު ގަނެގެން. އެމުދާ ވިއްކޭނީ ވެސް ކުރީގެ އަގަށް ވުރެން %31 ބޮޑުކޮށް. އިންފްލޭޝަން މިއުޅެނީ %25 މަތިކޮށް. ވަރަށް ސަލާމް.
އަލީކް
02 October 2025
ސްޕީޑު ރަނގަޅޭ މިއަދު ބުނެފަ މާދަމާ ކަމެއްނުވެގެން ރައްޔިތުން ބަވަންފެށީމަ ބުނާނެ ކުރީސަރުކާރާހެދި ކަމެއް ނުކުރެވިގެނޭ މިއުޅެނީ...