އެމްޑީޕީގެ ރައީސް ޝާހިދާއި ޗެއާޕާސަން ފައްޔާޒް: އެ ޕާޓީން ދަރަނި ނުދައްކާތީ މޯލްޑިވިއަންއިން ވަނީ އެ ޕާޓީގެ އެކައުންޓް ފްރީޒްކުރަން ކޯޓުގައި އެދިފައި --- ފޮޓޯ/މިހާރު
02 އޮކްޓޯބަރ 2025 - 20:20
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގައުމީ އެއާލައިން މޯލްޑިވިއަންގައި އެމްޑީޕީން ކުރި ދަތުރުތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ އެ ޕާޓީގެ އެކައުންޓުތައް ފްރީޒްކޮށްގެން ފައިސާ ހޯދަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.
ކެމްޕެއިން ތެރޭގައި މޯލްޑިވިއަންގެ ފްލައިޓްތަކުން އެމްޑީޕީން ކުރި ދަތުރުތަކަށް ލިބެންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ނުލިބި އޮތް 3.6 މިލިއަން ރުފިޔާ އެއް މަސް ތެރޭގައިި ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ ޖުލައި މަހު ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު އެ ފައިސާ އަދިވެސް ދައްކާފައެއް ނުވެ އެވެ.
އެހެންވެ، އައިލެންޑް އޭވިއޭޝަން ކުންފުނިން އެދިފައިވަނީ ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ދިން ފައިސާގެ ތެރެއިން އެ ފައިސާ އުނިކުރުމަށްފަހު ކޯޓު މެދުވެރިކޮށް ހޯދުމަށެވެ.
އެގޮތަށް އެދުނުއިރު 10،000 މީހުން ހަމަވާ ސިޔާސީ ޕާޓީތަކަށް ބަޖެޓު ދޫކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެމްޑީޕީއަށް 8.45 މިލިއަން ރުފިޔާ ޖަމާކުރަން ފޮނުވާފައިވާ ކަމަށް މިދިޔަ މަހުގެ ކުރީކޮޅު އީސީން ބުނެފައިވެ އެވެ. އެ މައްސަލާގައި ކޯޓުން ވަނީ މިއަދު ހަވީރު އެ ޕާޓީއަށް ނޯޓިސް ފޮނުވާފައި ކަމަށްވެ އެވެ.
އެ މައްސަލާގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ ކޯޓުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި އަދި ކޯޓުން ހުކުމާ އެއްގޮތަށް ވެސް ޕާޓީން ފައިސާ ދައްކާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ދުވަސްވެއްޖެ މިކޮޅަށް ލިބެން ހުރި ފައިސާގެ މައްސަލަ ކޯޓުގައި އޮންނަތާ. ކޯޓުން މިއޮތީ އެ ފައިސާ ދައްކަންޖެހޭ ކަމަށް ހުކުމްކޮށްފައި. 30 ދުވަސްވީއިރު ވެސް ފައިސާ ނުދެއްކީމަ ތަންފީޒީ ފިޔަވަޅެއް އެއީ. އިތުރު ކަމެއް އައިސްގެން އުޅެނީއެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މާދަމާ ރޭ އެމްޑީޕީން މާލޭގައި ބޮޑު އެއްވުމެއް ވެސް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައި އެކަން ހިނގުމަކީ ހަމަ އިއްތިފާގެއް ކަމަށް ވިދާޅުވެ، އިޔާސް ވިދާޅުވީ އެއީ ސީދާ އެ ޕާޓީއަށް ދަތިކުރަން ކުރާ ކަމެއް ނޫން ކަމަށެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުންޏާއި އެމްޑީޕީއާ ދެމެދު މިދިޔަ އަހަރު ސެޓްލްމަންޓް އެއްބަސްވުމެއް ހެދީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ޕާޓީން ކުރި ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ކޮންމެ ހަ މަހަކުން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން ދައްކާ ނިންމާ ގޮތަށެވެ. ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް މިއަހަރު ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ އައިލެންޑް އޭވިއޭޝަނުން ނިންމީ އެ އެއްބަސްވުން އުވާލައި، އެ ހުރިހާ ފައިސާއެއް އެއްފަހަރާ ހޯދުމަށެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ކުރިން ކުރި ހުކުމްގައި ބުނީ ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ދެ މިލިއަން ރުފިޔާ އެމްޑީޕީން މިހާތަނަށް ދައްކާފައިވާއިރު، ބާކީ 3.6 މިލިއަން ރުފިޔާ ނުދެއްކެނީ އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކަމަށް އެމްޑީޕީން ބުނާ ކަމަށެވެ. އެ ފައިސާ ދައްކަން އިތުރު ފުރުސަތަކަށް އެމްޑީޕީން އެދުނު ނަމަވެސް، އައިލެންޑް އޭވިއޭޝަނުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ސެޓްލްމަންޓް އެއްބަސްވުން ބާތިލްކޮށް، ބާކީ ހުރި 3.6 މިލިއަން ރުފިޔާ މިދިޔަ ޖުލައި 29 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން އަންގާ ކަމަށް ހުކުމުގައިވެ އެވެ. އެކަމަކު އެ ފައިސާ ދައްކާފައިނުވާތީ އެ މައްސަލަ ކޯޓަށް ހުކުމް ތަންފީޒު މައްސަލައެއް މިހާރު ވަނީ ހުށަހަޅަައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖޖޖޖޖ
03 October 2025
ފައްޔާޒު އަތުގަ އިނީ ސައިކެއް އެކަންޏޯ! މަޖިލިސް މެންބަަރުކަމާ މިނިސްޓަރުކަމާ ބިގް ކުންފުނީގެ ހިއްސާ ދާރުކަމުން ލިބުނު ހުތިހާ ފައިސާއެއް ތަޅާ ބުރުވާލީތަ؟ މުދާ ރައްކާކޮށް އިތުރުކުރަން ނެނގޭ ބަޔަކަށް ހެޔޮނހވާނެ ގައުމު ހަވާލު ކުރާކަށް. ވެރިކަން ނިމުނު އިރު ގައުމުގަ އެއްވެސް މުދަލެއް ނެތް ސަބަަބަކީ ގައުމުގެ ވެރިންނަށް ތިބި މީހުންގެ އިގްތިސާދީ އޮއްޓަރެއް ނެތީމަކަން މިއަދު މިއެނގުނީ.
ޖީހާން ހަސަން
03 October 2025
ޒީރޯ ޓޮލަރެންސް ގެ ހަގީގަތް މި ފެންނަނީ
ނާނީ ލާމް
03 October 2025
މުޒާހަރާއަކާ ގުޅިގެން މިވަރު ވާންޖެހޭތަ. 2 އަހަރު މިވީ. މިކަންކަމެއް ނުފެނޭ. އެހެންވީމަ މިވާގޮތް އެންމެނަށް ސާފު. ވެރިކަމުގެ ގޯސްތައް ފޮރުވޭތޯ. ވެދިޔަތަނަށް ވުރެ މިއަދާ މާދަމާ ސަލާމަތްކުރުން އަހަރެމެނަށް މުހިންމު. މައުމޫނު ދައުރުއްސުރެ ގޯހޭ، އަމީން ދީދީ އިރުއްސުރެވެސް ގޯހޭ. އެކަމަކު އަހަރެމެން ގައުމު ތާއަބަދަށް ލޫޓުވަން ފުރުސަތެއް ނުދެވޭނެ.
ވާނުވާ ބަލާބަލަ
03 October 2025
ކަލޯ އެމްޑީޕީ ވިޔަސް ތީ ބޮޑުވަރު. ބަލަ އައިލެންޑް އޭވިއޭޝަނުން ތި ހޯދަން އުޅޭތާ ކިތަންމެ ދހުވަހެއް.. ސަހަރޯ ހީވެ މި އެޕްޑޑީޕީ އާ... ހެދި
ހިތްވަރެއް
03 October 2025
އެއީ ރައްޔިތުންގެ ޕާޓީއެެއް. މީގެކުރިންވެސް ބަޔަކު ފައިސާ ނުދީ ހިފަހައްޓައިގެން އުޅުނު. ތިކަމުން ރައްޔިތުންނަށް ލިބޭނީ އިތުރު ހިތްވަރެއް.
ހުރި
03 October 2025
ރަނގަޅަށް ރަނގަޅަށް ނިންމި ނިންމުން
ވައްސަލާމް
03 October 2025
އަހްމަދު ރަޝިދު ގާޒީ ސެކްސަންގަ އަހަރުމެންލި މައްސަލަ އޮންނަތާ 1 އަހަރުވީ. ވީކަމެއްނެތް. ވެރިކަން ހިންގާ މީހުން މިއަދުލި މައްސަލަ މިއަދު ނޯޓިސްދީ ހާދަ އަވަސްކޮށް ހިންގާލަނީ. ހަމަހަމައެއނޫން
ޑރ ވާންޗޯ
02 October 2025
ޕާޓީގެ ހުރިހާ ބޮޑުންވެގެން ކައިހުސްވެފައޮތް އެކައުންޓެއް ފްރީޒްކުރިޔަސް ނޫނީ ދިޔާކުރިޔަސް ވާނެކަމެއް އޮންނާނެތަ؟.
މހއމ
03 October 2025
އާނ. ކަމެއް ވާނެތީ ދޯ އެވަރަކުން އެއުޅެނީ؟
އަންކަލް
02 October 2025
ފައިބަިއގެން ދިޔައީ ލޫޓްވާލާފަ، ދެން މި ކިޔަނީ ލޫޓުވާލިޔޭ
މަރުކަބު
02 October 2025
ހަމަ އިއްތިފާގެއް . ލޮލް
ލަދުު
02 October 2025
މިކަމުގައިވެސް އެމްޑީޕީން މިއޮތީ ލޫޓުވާލައިފަ. ދަރަނިބޯ ހެދިގެން ތިބެ ރައްޔިތުންނަށްޓަކައި އޭ ގައުމަށްޓަކައި އޭ ކިޔާނެކަމެއް ނެތް. ދައުލަތަށް ވަންނަންހުރި ފައިސާއަކީ ރައްޔިތުންގެ ކަންކަމަށް ހަރަދުކުރަން ހުރި ފައިސާ. އެ ފައިސާކޮޅުވެސް ނުދައްކާ ތިބެ ކޮން ގައުމެކޭ ރައްޔިތެކޭ ގޮވާކަށް. ލަދެއްވެސް ނުގަނޭ ދޯ
މހއމ
03 October 2025
ނޫން. އެއީ ވަކި ބައެއްގެ އަންބޮނޑިއަށް ވައްނާނެ ފައިސާ.