އެޗްޑީސީ: އެމްޑީޕީ ވެރިކަމުގައި 200 މިލިއަނަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެޗްޑީސީން މައްސަލަ ދަނީ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަމުން.
02 އޮކްޓޯބަރ 2025 - 20:49
އެމްޑީޕީގެ ވެރިކަމުގައި އެޗްޑީސީގެ ބިމާއި މުދަލާއި ހިދުމަތްތަކުން 200 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއް ތަހުގީގުކުރަން ކަމާބެހޭ ފަރާތްތަކަށް އެ ކުންފުނިން ހުށަހަޅައިފި އެވެ.
އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ 2019 އިން 2023 އާ ދެމެދުގައި އެ ކޯޕަރޭޝަނުގެ މިލްކިއްޔާތުގައިވާ ބިމާއި މުދަލާއި ހިދުމަތުން 200 ވަރަކަށް މިލިއަން ރުފިޔާއަށް ބައެއް ފަރާތްތަކުން ހިޔާނާތްތެރިވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ، އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ކަމާބެހޭ އިދާރާތަކަށް އެ ކޯޕަރޭޝަނުން ހުށަހަޅަމުންދާ ކަމަށް ބުންޏެވެެ.
އެކަމަކު އެކަމުގައި ބައިވެރިވަނީ ކޮން ބައެއް ކަމެއް އެޗްޑީސީން ހާމައެއް ނުކުރެ އެެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ ހިޔާނާތުގެ ތެރޭގައި އެ ކޯޕަރޭޝަނުގެ މުދަލުން ވައްކަން ކުރުމާއި ކޯޕަރޭޝަނުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ކޯޕަރޭޝަނުގެ ބިންތައް ކުއްޔަށް ދިނުން ފަދަ މައްސަލަތައް ހިމެނެ އެވެ. އަދި އެތަނުގެ އިޖުރާއަތްތަކާއި އުސޫލުން ބޭރުން ބިން ވިއްކާފައި ހުރިކަން ވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އެހެންވެ، އެކަން ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކޯޕަރޭޝަނުން އެއްބާރުލުން ދޭނެ ކަމަށް ވެސް ބުންޏެވެ.
އެޗްޑީސީން ކޮރަޕްޝަނުގެ މައްސަލަތަކެއް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅިއިރު އެމްޑީޕީގެ ވެރިކަމުގައި ފެނަކަ އާއި ވެމްކޯ ފަދަ ކުންފުނިތަކުގައި ހިންގި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް އޮޑިޓްތަކުން ހާމަވެ، އެ މައްސަލތައް ކަމާބެހޭ އިދާރާތަކުން ދަނީ ބަލަމުންނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޜަމީމާ
03 October 2025
ޢެޗް ޑީސީއަކީ ސިޔާސީ ބޭނުމަށް ހިންގާ ތަނެއް. ޙުޅުމށލެއަށް ބޭނުންވާ ކަންކަން ފޯރކުރުމުގައި ސްޕީޑް ނުހުއްނަނީ މިހެންވެ. ޢިންތިހާއަށް ބޮޑު މުސާރަދީ އަދި އަޅާ ލަގްޒަރީ ފްލެޓން ފްލެޓު މުވައްޒަފުންނަށް ރިޒާވްކުރަމުންދާއިރު މުވަޒަފުން ތިބެނީ ލޯމަރާލައިގެން. ޙުޅުމާލޭން އެންމެފަހުން ބެހި ގޯތިތަކަކީވެސް ދައުލަތަށް ބޮޑެތި ގެއްލުމުގައި ދިންތަންތަން. ޑައުލަތުން އެޗްޑީސީގެެ އަމިއްލަ ބިންތަކުގެ އަގު އަދާކުރަންޖެހޭ.. މިކަހަލަ ގާނޫނީ ކަންކަން ހިންގަނީ ނޭނގިތަ؟
ހާފިޒް ރަސާދު
03 October 2025
ވެރިކަން ވެއްޓިދާނެހެން ހީވީތަ ތިވާހަކަ ގޮވާލީ.
ނައުލާދު
03 October 2025
ނާޑު ކިޔާ ކުންފުންޏެއްގެ ވެރިޔަކު ތިތަނުގެ ޑިރެކްޓަރުންގެ ބޯޑުގައި ހުރެ ހުޅުމާލެއިން ވަނީ ބޮޑު ބިމެއް ގަނެފައި. ނާޑު އަކީ އެމެޑީޕީ ވެރިކަމަށް 2019 އައުމުގެ ކުރިން އެއްވެސް ކަމެއް ކުރި ކުންފުންޏެ ނޫން.
ކޮސް
03 October 2025
މިއުޅެނީ ވެރިމީހާއަށް އެރި ކޮށިގަނޑު ނުފިލައިގެން.މިއަދުގެ ކަންތައް ގަނޑާހެދި ވެގެންއުޅަެ ގޮތެއް މިއީ. އިރުއިރުކޮޅާ ނެރޭ ބަޔާންތަކުން ރައްޔިތުންނަށް އިތުރަށް ސާފުވަނީ , މިސަރުކާރުގެ ކަންތައް މިދިޔަ ސަރުކާރަށްވުރެ 80% ގޯސްކަން.
އޮޅިއްޖެ
03 October 2025
އެޗް ޑީ ސީ އަމިއްލައަށް މިބުނަނީ އެޗްޑީސީން ރައްޔިތުންގެ ލާރިއަށް ހިޔާނަތްވީމޭ؟ ކޮންމެސަރުކާރެއް އަޔަސް، އެމްޑީ ބަދަލުވިޔަސް ތިޔަ ކުންފުނީގައި މަސައްކަތްކިރަން ޑިޕާޓްމަންޓްތަކުގައި ތިޔަބުނާ ހިޔާނާތައް މަގުފަހިކުރަން ތިބެނީ ހަމަ އެއްބަޔަކު. ޕްރޮކިއުމަންޓް އާ ފައިނޭނސް އަދި ޕްރޮޖެކްޓް ސެކްޝަންގެ ސްޓާފުން ބައިވެރިނުވެ އެމްޑީއަށް ކުންފުނީގެ ލާރިއަށް ހިޔާނާތްވެވޭނެތަ؟ ތިތާ ޕްރޮޖެކްޓްސް ޑިޕާޓްމަންޓެ ސްޓާފުންގެ ކިތައް ލަގްޒަރީ އެޕާޓްމަންޓް ހުރިތޯބަލާބަލ
raajje
03 October 2025
ބޮޑެތިވަގުންނާ ގާނޫނާގަވައިދާ ހިިލާފަށްކަންކަން ކޮށްފައިވާ، ކުރަމުންދާމީހުނާމެދު ގާނޫނުތަންފީޒުނުކޮށް ދޫކޮށްލާފައިތިބުމުގެ ނަތީޖާއެއްގެގޮތުން މިރާއްޖޭގައިމިހާރު މަތީމަގާމެއްލިބޭއިރަށް ކޮންމެމީހެއްގެވެސް ޖެންޑާގެކުރީގައި މިއޮންނަނީ ވައްކަންކަންކުރުން، ބޮޑުމުސާރަދީގެން ހިންގާ އޯޑިޓުއޮފީހެއްހުރިއިރު އެމީހުންގެ ރިޕޯޓުތައްއެއީ ސީރިއަސްއެއްޗެއްކަމަށް ބަލައިގެން އޮޑިޓުރިޕޯޓުތަކާގުޅިގެން ނަގަންޖެހޭއެކުޝަންނުނަގާނަމަކޮބާ އޮޑިޓުއޮފީހެއްގެބޭނުމެއް؟
ފަރަންޖީ
03 October 2025
ތިމައްސަލަ މުހިންމު ކަމެއްގެ ގޮތުގައި ބަލަން ފެނޭ.. ހަމަ މިގޮތަށް ރަސްމާލެ ހިއްކަން "ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް" އަދި "އިޖުރާއަތްތަކާއި އުސޫލުން ބޭރުން" ބިލިއަނުން ވެފަހުރި ގެއްލުންވެސް ދެން އަންނަ ސަރުކާރެއްގައި ބަލަންޖެހޭނެ. ބަލައިގެން މިކަންކަން ފާޅުކޮށްގެން މިކަން ހަމައަކަށް އެޅޭނީ.
އަސް
03 October 2025
އެޗްޑީސީ އިން ވައްކަން ކުރިކަމަށް މި ސަރުކާރުގަ މައްސަލަ ޖެހިގެން ކަޑާލި ފަޒުލް އެއިންނަނޫ ޕނސ ޖަލްސާގެ ކުރީ ގޮޑީގަ، އެހެން ވީމަ ދައްކާ ވާހަކަ ދިމާ ނުވޭ. ހަމަ ގައިމުވެސް ބަލޭނެ ކަމެއްނު އެއީ ކީއްވެ ނުބަލަނީ. އެއްބައި ކުދިން ވީމަ ހުދު ފޮތި ކޮޅަކަށް މިހަދަނީ ހުރިހާ މީހުން ވެސް.
ގަބޫލުކޮށްފިން
03 October 2025
މިމީހުނަށް ހީވާކަހަލަ މިމީހުން ކިޔާ ކޮންމެއެއްޗެއް ދިވެހި ރައްޔިތުން ގަބޫލުކުރެޔޭ!
ޓޯޕޭ
03 October 2025
ބުނާތީ އަހަން “ކެޔޮކޭ ވަރު އެނގޭނީ ބިތު ފަންގި ނެގީމައޭ” އިންތިޒާރު ކޮށްލަން ޖެހޭނީ ދެންއަންނަ ސަރުކާރަކުން ވެސް މި ފަސް އަހަރުގެ ހިޔާނާތުގެ ވާހަކަ ދައުރު ނިމެންދެން ޅެން ބައިތެއް ހެން ގޮވާ އަޑު އަހަން. ކޮންމެ ސަރުކާރެއް ވެސް މި އަންނަނީ ކުރީ ސަރުކާރު ޙިޔާނާތްތެރި ވެ ޤައުމު ދަވާ ލައި ކޮށްފަ ހުރި އެތައް ކަމެއް ކަމު ނުގޮސްގެން އެކަން ކަން ރަނގަޅު ކުރަން. ޢެކަމު ކަންވާ ގޮތަކީ ކުރީ ފަސް ޢަހަރަށް ވުރެން ނުބައި ބޮޑު މަޤާމްތައް ނަގާ ކެވުނުގޮތަކަށް ކަނީ