އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައީސް ޔާމީންގެ ފޮޓޯފުޅު ހަރުކުރަން އެޗްޑީސީން ހެދި ބޯޑެއްގައި، އިދިކޮޅު ކެންޑިޑޭޓާއި ރަނިން މޭޓުގެ ޕޯސްޓަރެއް ހަރުކުރުމުން އެޗްޑީސީގެ ދެ މުވައްޒަފަކު އެ ޕޯސްޓަރު ނައްޓާލަނީ. --ފޮޓޯ/ސޯޝަލްމީޑިއާ
17 އޮކްޓޯބަރ 2018 - 11:33
ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ކުރި ކެމްޕޭނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހޭދަ ކުރި ކަން ފަޅާއެރުމާ އެކު، އެކަމުގެ ހެކިތައް ނައްތާލަމުންދާ ކަމުގެ ތުހުމަތާއެކު، އެ ތަނުގެ އިސް ވެރިންނަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.
ކޮރަޕްޝަންގެ އެ މައްސަލަ ވީ އެންމެ އަވަހަކަށް ބަލައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ސޯޝަލް މީޑިއާގައި އަންނަނީ ގޮވާލަމުންނެވެ.
ރައީސް ޔާމީންގެ ކެމްޕޭންގައި، ހުޅުމާލޭގައި މައި ޖަގަހައެއްގެ ގޮތުގައި އެޗްޑީސީން އިމާރާތް ކުރަމުން އަންނަ ޕްރީ ސްކޫލް ބޭނުން ކޮށްފައިވާ އިރު، މިލިއަނުން ފައިސާ ހޭދަކުރި ކަން ވެސް އެ ކުންފުނީގެ ލިޔެކިޔުންތަކުން ވަނީ ފަޅާއަރައިފަ އެވެ. މި ވާހަކަތައް މީޑިއާ އިން ރިޕޯޓް ކުރަން ފެށުމުން، އެ ޖަގަހައިގައި ހުރި "ކުނިތައް" ނައްތައިލުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށައިފަ އެވެ. ނައްތައިލާ ތަކެތީގެ ތެރޭގައި، ކެމްޕޭނަށް އެޗްޑީސީގެ ބަޖެޓުން ކުރި ހޭދައާ ގުޅޭ ލިޔެކިޔުންތައް ހިމެނޭ ކަމުގެ ތުހުމަތު ދަނީ ސޯޝަލް މީޑިއާގައި ކުރަމުންނެވެ.
އެކަމަކު، ހެކި ނައްތައިލުމުގެ ތުހުމަތާ ގުޅިގެން އަދި އެޗްޑީސީން ރައީސް ޔާމީންގެ ކެމްޕޭނަށް ކުރި ހޭދައާ ގުޅޭ ގޮތުން ވެސް އެ ތަނުން ވާހަކައެއް ނުދެއްކި އެވެ. މި ތުހުމަތުތައް، މިހާތަނަށް ދޮގުކޮށްފަައި ނުވާ އިރު، އެޗްޑީސީން މިހާރު ވަނީ އަމިއްލަ އޮޑިޓެއް ވެސް ފަށައިފަ އެވެ.
ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ތުހުމަތުކުރެއްވި ގޮތުގައި، ޕީޕީއެމްގެ ޖަގަހައިގައި ހުރި ލިއުންތައް ނައްތާލަން، އެ ތަނުން ބޭރުކޮށް އެހެން ގުދަނަކަށް ވަނީ ވައްދައިފަ އެވެ. ހެކި ހުރި ކަމަށާއި އެއީ ބަލާނެ މައްސަލައެއް ކަމަށް ނުސީދާކޮށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
Hulhumale Preschool ga HDC inn hingi PPM jagahaiga huri liunthah vee enme avahakah nahthaalan vegen MSO gudhan thereah vahdhaifi.
— Ahmed Mahloof (@AhmedMahloof) October 17, 2018
Vahkankoh adhi Rayyithunge faisaa inn PPM ge campaign hingi vazeerunnai kunfuni thakuge verinnah egenvee alhugandumen athuga heki ebahurikan.@PoliceMv
އެޗްޑީސީގެ ހެކިތައް ނައްތާލުމާ ގުޅޭގޮތުން އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓް.
ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކަށް، ނުވަތަ ކެންޑިޑޭޓެއްގެ ކެމްޕޭނަށް ވިޔަސް ދައުލަތުގެ ބަޖެޓުން ހޭދަކޮށް، މުދަލާއި ވަސީލަތްތައް ބޭނުން ކުރުމަކީ ކޮރަޕްޝަންގެ އަމަލެކެވެ. މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޔާމީނަށް ތާއީދު ހޯދަން، އެޗްޑީސީގެ ވަސީލަތްތައް ބޭނުންކުރުމުގެ އިތުރުން މުވައްޒަފުން ލައްވައި ވެސް ވަނީ މަސައްކަތް ކުރުވައިފަ އެވެ.
މީގެ ދެމަސް ކުރިން، ޕީޕީއެމްގެ ހުޅުމާލެ ކެމްޕޭން އޮފީސް ހުޅުވި ހިސާބުން ފެށިގެން އެ ތަނުގެ ވެސް ހުރިހާ ޚަރަދެއް ކުރީ އެޗްޑީސީން ކަމަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ހެކިވެ އެވެ. އެ މައްސަލައިގައި އެޗްޑީސީގެ އިސް ވެރިން ޒިންމާދާރުކުރުވަން މުއައްސަސާތަކަށް އަންނަނީ ގޮވާލަމުންނެވެ.
Hope those who misused public funds will be punished according to law. https://t.co/QVeJPbUS4U
— Husnu Al Suood (@hsuood) October 16, 2018
ޕީޕީއެމްގެ ކެމްޕޭނަށް އެޗްޑީސީގެ މުދާ ބޭނުންކުރުމާ ގުޅޭގޮތުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ކުރައްވާފައިވާ ޓުވީޓެއް.
HDC ge faraathun ppm ge campaign ah kharadhu kuri 30 million RF akee rayyithunge faisaa. @PoliceMv Vaguthun thahugeegu koh fiyavalhu alhan jehey.
— Ahmed Abdulla (@AhmedAbdhula) October 16, 2018
އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަހްމަދު އަބްދުﷲ ކުރެއްވި ޓުވީޓެއް.
މި މައްސަލައިގައި ފިޔަވަޅު އެޅުން ލަސްވާތީ، މުއައްސަސާތަކަށް ވެސް ދަނީ ފާޑުކިޔަމުންނެވެ. އެޗްޑީސީގެ ކޮރަޕްޝަނަށް އިޝާރާތްކޮށް ޓުވިޓާގައި، "ފެންފޮދަކާ ނުލައި އެޗްޑީސީ ދިރުވާލި އިރު" ފުލުހުންނަށް އިންޓެލިޖެންސް ރިޕޯޓެއް ނުލިބޭތޯ އެކަކު ސުވާލު ކޮށްފައިވެ އެވެ. އިންޓެލިޖެންސް ރިޕޯޓާ ގުޅުވައި ފުލުހުންނަށް ފާޑުކިޔަނީ، ހެއްކެއް ނެތަސް ސިޔާސީ ފަރާތްތައް ބަންދުގައި ބައިތިއްބަން ކޯޓަށް ހުށަހަޅާ އިންޓެލިޖެންސް ރިޕޯޓަށް އިޝާރާތް ކޮށެވެ.
HDC fen fodhakaa nulaa dhiruvaali iru evves intelligence eh nulibey tha ?@PoliceMv
— Azwar®🇧🇷 (@axvastaine7) October 16, 2018
އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް.
އެހެން މީހަކު ތުހުމަތު ކުރި ގޮތުގައި، ނުއަގުގައި ހުޅުމާލެ އިން 400 ގޯތި ވިއްކަން އުޅެނީ އެޗްޑީސީ ހުލިއަރުވާލާފައި އެކަން ނުދައްކަން ވެެގެންނެވެ.
HDC huli aruvaafa ekan nudhahkan vegen gothi vihkaa kolhah jahan mi ulheny 🤦♂️ https://t.co/wJBVkJ7BEh
— Shuaib Thuhthu (@thuhthuna) October 16, 2018
ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 400،000ރ.ގެ ރޭޓުން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން ސަރުކާރުން ނިންމީ، އެޗްޑީސީ އަށް މާލީ ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށެވެ. މި ހާލަތަށް ކުންފުނި ވެއްޓުނީ، އެ ކުންފުނިން ހިންގަމުން އައި މަޝްރޫއުތަކުގެ އިތުރުން، ޕީޕީއެމްގެ ކެމްޕޭނަށް ގަވާއިދާ ޚިލާފަށް ކުރި ހޭދަތަކާ ހެދި ކަަމަށް ތުހުމަތު ކުރާ މީހުންގެ ތެރޭގައި ކުންފުނީގެ އިސް މުވައްޒަފުން ވެސް ހިމެނެ އެވެ.
ރައީސް ޔާމީންގެ ކެމްޕޭން ތެރޭގައި، އެޗްޑީސީގެ ޚަރަދުގައި ޖަގަހަ ހަދައި އެ ކުންފުނީގެ މުވައްޒަފުން ލައްވައި ވަނީ މަސައްކަތް ކުރުވައިފަ އެވެ. އެ މީހުންގެ އިތުރު ގަޑީގެ ގޮތުގައި، އެޗްޑީސީން ބޮޑު އަދަދެއް ހޭދަކުރަން ޖެހުނު އިރު، ކެމްޕޭންގެ މަސައްކަތް ކުރަން ވަގުތީ މުވައްޒަފުންގެ ގޮތުގައި ވެސް ގިނަ ބަޔަކު ނަގާފައިވެ އެވެ. އެ އެންމެންގެ ކެއުމާއި އުޖޫރަ އަށް އެޗްޑީސީން ހޭދަ ކޮށްފައިވާ އިރު، ދުވާލަކު ކެއިންބުއިމަށް ވެސް 40،000-50،000 ރުފިޔާ ހޭދަވާ ކަމަށް އެ ކުންފުނީގެ ބައެއް ލިޔެކިޔުންތަކުގައިވާ ކަމަށް އެ ތަނުގެ ބައެއް މުވައްޒަފުން ބުނެ އެވެ.
އެޗްޑީސީ އަށް ގެއްލުންވަމުންދާ ގޮތަށް ކުންފުނި ހިންގަމުންދާތީ، މުވައްޒަފުންތަކެއް ވަނީ އޭސީސީ އަށް ވެސް މައްސަލައެއް ވައްދައިފަ އެވެ. އެ ކޮމިޝަނުން މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤާނޫނާޙިލާފުން
18 October 2018
ހެޗްޑިސީ އަކަށްނޫ އެތާނގެ ޤާނޫނާޙިލާފުން އަމަލުކުތި ހުރިހާ މުއަޒަފުން!
ސިލީ
18 October 2018
އަޅެ ނުފެނޭތަ މަހުލޫފް ފުލުސް ކޮމިޝަނަރަކަށް ލާން؟ ގައުމުގެ ހުރިހާ ދިމާއެއްގަ ވާކަމެއް އޭނައަށް އެނގޭ.
ޒުންނޫރާން
18 October 2018
ބަލަގަ ކޮއިފުޅުމެންނޭ އެއީ ކަފާލާތު ކިޔާ އެއްޗެއްގެ ދަށުންނޯ އެބޭފުޅުން ދޫކުރެއްވީ!!
އަމާ
18 October 2018
ހުޅުމާލޭގަ އެޅި ޕްރީ ސްކޫލަކީ އަމިއްލަމީހަކު އެޅިތަނެއް. އެޗްޑީސީއަކުން ނޫން. ޚަބަރެއް ހަދާލައިގެން ލިޔެވުނީމާ އެކަންވީ. ހެޔޮވާނެ ކޮންމެ އެއްޗެއް ލިޔެވުނަސް. މީއަދި އެންމެ ރަނގަޅު މޮޅުކަމަށް މުޅި ދުނިޔެއިންވެސް ހޮވާލެވޭ ނޫހޯ؟ އެޗްޑީސީގައުޅުނީވެސް ފައިސާނެގީވެސް ގިނަވާނީ އެމްޑީޕީގެ މީހުން. މިހާރު ވާގޮތަކީ ބަދަލުވާއަތަށް އަޅާލީމާ އެހެންބަޔަކުކުރިކަމަށް ދައްކަންވެގެން ނިކުމެގެން އުޅެނީ
ޤައުމު
18 October 2018
އެޗް ޑީ ސީ ކޮރަޕްޝަނުން ބަނގުރޫޓު ކޮށްލާފަ ފައިސާ މި ހޯދަނީ އަނެއްކާވެސް ރައްޔިތުންގެ މުދާ ވިއްކާފަ. އެފައިސާ ހޯދަން ޖެހޭނީ ވައްކަން ކޮށް އެކުންފުނި އެހާލަތަށް ގެންދިއުމުގަ ޒިންމާވާ އިސްފަރާތްތަކުގެ އެސެޓްސް ވިއްކައިގެން. އަނެއްކާވެސް އަގު ދައްކަންޖެހޭނީ ރައްޔިތުންނެއް ނޫން.
ދޮން އާމިރު
17 October 2018
ކޮބާ ޕޯސްޓަރު ދެލިމީހުން.
ދީދީ
17 October 2018
ޥައްކަމުގެ ތެރެއިން ދިން ބިންތަކާ ފުލެޓުތަކާ ގަތް ގޯތިތައް ބަދަލަކައި ނުލާ ދައުލަތައް ނެގެންޖެހޭ
ހަޑިގިއްލާ
17 October 2018
މިހާހިސާބަށް ކަންކަންދިޔައިރު ފުލުހުންގެ ދައުރު ކޮބާތޯ؟ އިދިކޮޅު ސިޔާސީމީހެއްގެ ފަހަތުން ކަޅުފޮއްޓާއި، ޕެންޑްރައިވާއި، އިންޓެލްޖެންސް ރިޕޯޓް ހިފައިގެން ތަހިގީގުތައް ހިންގިއިރު ހީވަނީ އެހެންފަދަކަމެއްހެން! އެކަމަކު އަނެއްބަޔަކު ޓްރަކްތަކުގަ އޮފީސްތަކުން 'ހަގީގީ ކަޅުފޮށިތައް' ބަރުކޮށްގެން އެއްގުދަނުން އަނެއްގުދަނުންގޮސް ޗާޓަރު ފުލައިޓްތަކުގަ އުފުލަމުންދާއިރުވެސް ފުލުހުންގެ ފުރިހަމަ ހިމާޔަތުގަ! ބަހެއްވެސް ބުނެލަން ނުކެރިފަ! ޕިސްޕިސް
އައްޔު
17 October 2018
ޒަމާންބަދަލުވެ ކުރާ ކޮންމެ ޓްވީޓަކީ ޚަބަރަކަށް ވެއްޖެ ހައްހައް
ޓަކިބެ
17 October 2018
ވަގަށްދީފައިވާ ފުލެޓުތަށް އަތުލަންޖެހޭ. މިއީ އެންމެ ކޮރަޕްޓް އެއްތަން..
ހަމްދާ
18 October 2018
ތީ ހަމަ 100 ގެ ވަަހަކައެއް. ތާޢިދު ކުރަން.