މާލެ ސަރަހައްދުގެ އާ ކޮމާންޑަރު އާސިމް (މ) މީޑިއާއާ ވާހަކަ ދައްކަވަނީ..---ފޮޓޯ: މިހާރު
03 އޮކްޓޯބަރ 2025 - 19:33
ފުލުހުންގެ މާލޭ ސަރަހައްދުގެ ކޮމާންޑަރަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު އާސިމް އަބްދުﷲ އެ މަގާމުން އިއްޔެ ވަކިކޮށް އެހެން އޮފިސަރަކު ހަމަަޖައްސައިފި އެވެ.
ފުލުހުންގެ އިސް އޮފިޝަލަކު "މިހާރު" އަށް މިރޭ ވިދާޅުވީ މާލެ ސަރަހައްދުގެ އާ ކޮމާންޑަރަކަށް ހަމަޖެއްސީ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ޝަރީފް އެ މަގާމަށް ހަމަޖެއްސީ އިއްޔެ އެވެ.
"މީގެ ދެ ދުވަސް ކުރިން ޝަރީފް މާލެ ވަޑައިގަތީ. އެ ހިސާބުން މަގާމު ހަވާލުކުރީ،" އޭނާ ވިދާޅުވި އެވެ.
މާލެ އޭރިއާގެ ކޮމާންޑަރަކަށް ހަމަޖެއްސެވުމުގެ ކުރިން ޝަރީފު ހުންނެވީ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑްގެ މަގާމުގަ އެވެ.
މާލެ އޭރިއާގެ ކޮމާންޑަރު ބަދަލުކުރިއިރު އިިދިކޮޅު އެމްޑީޕީން ރާވައިގެން މާލޭގައި މިރޭ ބޮޑު އެއްވުމެއް ބާއްވަން އޮތީ ނިންމައިފަ އެވެ. އެ އެއްވުން ބާއްވަނީ މިރޭގެ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ.
އެއްވުމާ ގުޅިގެން މާލެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް މިއަދު ހަވީރު ފަށައިފަ އެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންދާއިރު މާލޭގެ ބައެއް މަގުތައް އެކި ގަޑިތަކުގައި ބަންދު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
04 October 2025
އެހެންތާވާނީ. އެބޭފުޅަކު ހުރީވެސް ރައްޔިތުންނާ އެއްކޮޅުކަން ދައްކަންވެއްޖެއްޔާ.
ކަލީމް މާނީ
03 October 2025
އެތެރޭގެ ރޭވުން މާ އަވަހަށް ފަޅާ އަރައިގެން މިކަމެއް ނުވާނެ. ކޮރަޕްޓް އޮފިސަރުން ލިޔަސް ވެއްޓެންވިމަ ވެއްޓޭނެ
އާފްކހީލް
03 October 2025
ބޮޑަށް ހީވަނީ މުޒާހަރާ ގުޅިގެން ފުލުހުންނާއި ސިފައިންގެ ވަރަށް ގިނަ ބަޔަކު ދޮގު މަޢުލޫމާތު ސަރުކާރުގެ އެކި މީހުނަށް ދީގެން ސިޔާސީ މީހުން ހާސް ކޮށްލަނީ ހެން. ދެން ކޮންމެ ފުލުހަކުވެސް ބުނަނީ ދެން ހުންނަ ފުލުސް މީހާ އަކީ އެމްޑީޕީ މީހެކޭ. ދެން ބޭނުންވަނީ ޕްރޮމޯޝަން. އަދީބް ފައިލް ސް އިން ފާހަގަވީ ކަންކަން.
އޮޅާލާއޮޅާލާ
03 October 2025
އެމްޑީޕީ ބޭނުން ގޮތެއް ފުލުހުންނާއި ގުޅިގެން ނުކުރެވޭނެއޭ އެއީ ވާނޭ ކަމެއް ނޫނޭ އެމްޑީޕީ މަހަށްދޭބަލަ މިރޭވެސް ދާނީ ޗޮކުން ކަން އެއީ މަމެންނަށް ޔަގީންވާ ކަމެކޭ އެމްޑީޕީ މަހަށްދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ ލޫޓުވާލި އެއްވުން އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ...
ރަދީފްއޮފިޝަލް /
03 October 2025
ޕަޕެޓެއް.އެޅިހާ ބަތަކަށް ރިހަ އަޅާނެ.