ކްރިމިނަލް ކޯޓު: ކުއްޖަކަށް ރައްކާތެރިކަން ދިނުމުގައި އިހުމާލުވުމުން 3 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
06 އޮކްޓޯބަރ 2025 - 12:05
ކުއްޖަކަށް ރައްކާތެރިކަން ދޭންޖެހޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ ސިއްހަތަށް ގެއްލުންވާ ކަމެއް ކުރި އަންހެނަކު ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއްގެ ގޮތުގައި ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަމެއް އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށް ސާބިތުވި އަންހެނަކު ތިން އަހަރަށް ޖަލަށްލާން ހުކުމްކުރީ މިދިިޔަ އަންގާރަ ދުވަހު ކަމަށެވެ.
އެއީ ކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި އެ މައްސަލައިގެ ރިޕޯޓު އަޕްލޯޑެއް ނުކުރެ އެެވެ. އަދި އެއީ ކޮން ހާދިސާއަކާ ގުޅިގެން ދައުވާކުރި މައްސަލައެއް ކަމެއް ވެސް ކޯޓުން ހާމައެއް ނުކުރެ އެވެ.
ކުޑަކުދިިިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން، ރައްކާތެރިކަން ދޭންޖެހޭ މަގާމެއް ކަމަށް ބަލަނީ މައިންބަފައިން ނުވަތަ ބެލެނިވެރިންނާއި ކުއްޖާ ބެލެހެއްޓުން ހަވާލުވެފައިވާ ނަމަ އެވެ. މިއީި 2020 ވަނަ އަހަރު އަމަލުކުރަން ފެށި އެ ގާނޫނުގެ ދަށުން އެފަދަ އަދަބެއް ދިން ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަބަރުފުލުސް
06 October 2025
03 އޮކްޓޯބަރ ދުވަހުގެރޭ ހެންވޭރު މަޖީދީ މަގުގައި މިތިބަ ގޭގައި ނިދާފަ ތިބި ކުދިންނަށް އެލިބުނު ގެއްލުމަށް ފުލުހުން ޒިންމާދާރުކުރުވާނީ ކާކުތަ؟
ތާކިހާ
06 October 2025
ތިކަހަލަ ޖަރީމާތަކައް އަދަބުދޭން އެންމެ މޮޅުވާނީ ރައީސް ޔާމީނު. މޫނެން ކަނދުރާއެއް އުޅޮނބޮއްޓަކައް ބެލުމެއް ނޯންނާނެ.