އެމްޑީޕީގެ މުޒާހަރާގެ ތެރެއިން: ފުލުހުންނާ މެދު ނަފްރަތު އުފައްދައި ދިރިއުޅުމަށް އަސަރުކުރާ ގޮތަށް އަމަލުކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުންގެ އިދާރާއިން ދޭ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
06 އޮކްޓޯބަރ 2025 - 23:17
އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ގާނޫނާ ހިލާފަށް އަމަލުކުރަން ފެށުމުން އެކަން ހުއްޓުވަން އުޅުނު ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް ނިސްބަތްކޮށް ނަފްރަތު އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތަށް އެކަން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ އިދާރާ އިން ދީފި އެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން އިންތިޒާމުކޮށްގެން ބޭއްވި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނުކުމެ، އޭގެ ތެރެއިން ބައެއް މީހުން ވަނީ ފުލުހުންނާ ކުރިމަތިލައި ގާނޫނާ ހިލާފު ހަރަކާތްތަކެއް ހިންގާފައި ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމަށް މަސައްކަތްކުރި ވަކިވަކި ފުލުހުންނާއި އެ މީހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމު ކުރަމުން އެބަދެ އެވެ.
ފުލުހުން ބުނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފުން ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން، ވަކިވަކި އޮފިސަރުންނާއި އެ މީހުންގެ އާއިލާއަށް ނަފްރަތު އުފެދޭ ގޮތަށް އަމަލުކުރުމާއި އެމީހުންގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ގޮތަށާއި އެ މީހުންނަށް ބިރު ހީވާ ގޮތަށް އެއްވެސް އަމަލެއް ހިންގާ ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ އިދާރާ އިން ބުނީ ފުލުހުންގެ ރަސްމީ ވާޖިބަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަ ނޫން އެއްވެސް އަމަލެއް ކޮށްފި ނަމަ، އެ އަމަލަކާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
"ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ މާއްދީގޮތުން ހުއްޓުވައިގެން އަދި އެ ނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރި ނަމަވެސް ގާނޫނީގޮތުން ފިޔަވަޅު އެޅޭނެކަންކަން ކަމުގައި ދަންނަވަމެވެ." ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެެ.
ފުލުހުން އެފަދަ އިންޒާރެއް ދިންއިރު މުޒާހަރާގައި ތޫނު އަޑު ފޮނުވާ ހަތިޔާރު ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރި ފުލުސް މީހާގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް އޭނާއަށް ދަނީ ވަޒީފާގެ ބިރު ދައްކަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލުބްލާ2025
08 October 2025
ފުލުހުންނާ މެދު ނަފްރަތު އުފައްދަނީ ފުލުހުން އަމިއްލައަށް. އުޅުން ރަނގަޅުކޮއްބަލަ.
ރާވެރިބެ
07 October 2025
އަހަރުމެން ފުލުހުން ދެކެ ވަރަށް ލޯބިވޭ. އެބޭކަލުންނަށް ވަރަށް ބޮޑަށް އިހްތިރާމް ކުރަން. ހަމަ އެގޮތަށް ފުލުހުން ވެސް ޖެހޭނެ ރައްޔިތުންނަށް އޯގާތެރިވާން.
މީ އަސްލަކީ ދެއްތޮ؟
07 October 2025
7 ފެބް އަށް ފަހު ގައުމުގެ ދެބައިކުޅަ އެއްބަޔަށް ޖެހޭނީ ތިއަދަބު ދޭން.
ރަދީފްއޮފިޝަލް /
07 October 2025
މިސަރުކާރަށް 1 އަހަރު ފުރުމާ ދިމާކޮށް ސާވޭއެކޭ ކިޔާފަ 2 ފުލުހުން ކުޑަކުދިންގެ ބަގީޗާގަ ތިބި ގިނަ ބަޔަކާ ސުވާލުކުރިއިރު މަށާވެސް ކުރި.ފުލުހުން ރަނގަޅު ކުރަން ޖެހެނީ ކޮންކަންތައްތަކެއް ތޯ އާއި ފުލުހުން ރައްޔަތުންނާ މުހާތަބްކުރަނީ ރީތިކޮށް ތޯ ވެސް އެހި.ދެން އަހަރު ފުރުވަން ނިކަން މަށާ ސުވާލުކޮށްބަލަ.ވަރަށް ރަނގަޅަށް ރީތިކޮށް ފޮނިކޮށް މާތްކޮށް ފަށުވިކޮށް ޅެންކޮށް ރައިވަރުކޮށް ޖަވާބު ދޭނަން.ލަދު ކޮބާ؟؟ ވ.ވެދުން
މަތީނު
07 October 2025
ފުލުހުންނަށްވެސް އެޅޭނީ ޤާނޫނުގައި އޮތް ފިޔަވަޅެއް. އޭގެ ބޭރަކުން ފިޔަވަޅު އެޅުން ވާނީ ޣައިރު ޤާނޫނީ ކަމަކަށް. ޤާނޫނުގައި އޮތް ފިޔަވަޅެއް ވިއްޔާ އެނގޭނެ. ކޮންމެހެން ބަޔާންތައް ނެރެގެން އިންޓިމިޑޭޓް ކުރާނެ ކަމެއް ނެތް.
ރަންދެލި
07 October 2025
ރައްޔިތު މީހާ ފުދުންތެރި ވެގެން މެނުވީ ދިވެހިންގެ ޑީއެންއޭ ގައި ހުރި އަޅުވެތިކަމުގެ ވިސްނުން ފިލުވައެއް ނުލެވޭނެ. ކަރުދާހުގައި ލިޔެ ގާނޫނު ހެދިޔަސް މިރާއްޖޭގައި އަދިވެސް ވެރިކަން މި ހިނގަނީ ރަސްކަމުގެ ސިފަތަކަށް. އެހެންްވީމާ މިތާ އުޅޭނީ ރަސްގެފާނާއި ރަސްގެފާނުގެ އަޅުން. ސިފައިން/ފުލުހުން/ހަގު ބޭކަލުން ވިޔަސް، އެބައިމީހުންގެ ކަމަކަށް އޮންނާނީ ކުރެވުނު ގޮތަކަށް ރަސްގެފާނު ހިމާޔަތް ކުރުން. ވިލިގިނލީ ޖަލުން ފެށިގެން އަދާ ހަމަސަށްވެސް މިކަން ފެނޭ!
ާއުނިމާ
07 October 2025
މަޖީދީ މަގުން އެންމެ މީހަކަށްވެސް 1000 މީހުނަށްވެސް ދެވޭނެ ، ދެވެންވާނެ ! ރައްޔިތުން މަގުތަކުން ހިނގައިގަތީމާ، ބެރިގޭޑް ޖަހާ ބެރިކޭޑުން ކޮށްޕާ ގަޅުވާ،، މޫނަށް ޕެޕާ ސްޕުރޭ ޖަހާ، ކަންފަތް ބީރުވާފަދަ ބާރު އާޑު ހަތިޔާރު ބޭނުންކޮށް ރައްޔިތުން ޕްރެޝަރަށް އަރުވާފަ ލިބޭނީ ކޮން އިޙްތިރާމެއްތޯ ! ދުނިޔޭގެ މީހުން ރެލީ، ހިގާލުން ، ޑެމޮންސްޓރޭޝަން ބާއްވަނީ ބަލަ ބޮޑެތި މީހުން ހިނގާބިގާ މަގުތަކުގައޭ ! ހުއްދަ ހޯދާކޮަށް ނުވެސް ޖެހޭ ! ފުލުހުން ތިބެނީ ބަލަށޭ !
ބޭފުޅާ
07 October 2025
ދުނިޔޭގެ ގައުމުތަކުގައި ކަން ހިނގާ ގޮތް އަދި ތިބޭފުޅާއަކަށް ނޭނގޭ ހެން ހީވަނީ
ރަދީފްއޮފިޝަލް /
07 October 2025
މަގޭ ސައިކަލް ނަގަން ހަރަކާތްތެރިވި ފުލުސް މީހާއާއި ވަރަށް ގިނައިން ދިމާވޭ.ގައިމު އޭނަ ފެނުނީމަ އަހަރެން ހިތުގަ ފުލުހުންނާ މެދު އޮތް ރުޅިވެރިކަން އިތުރުވޭ.މިއީ އެންމެ މީހެއްގެ އަމަލުގެ ސަބަބުން މުޅި އިންސްޓިޓިއުޝަނާއި މެދު ރައްޔަތު މީހާ ދެކޭނެ ގޮތް.ދެން ވެސް އުފެދެންވީ ލޯބި ތޯ ނަފްރަތު ތޯ ކިޔުންތެެރިން ނިންމަވާ.ވ.ވެދުން
މުލޭ
07 October 2025
ފުލުސް އޮފިސަރުގެ މަޢުލޫމާތު ޢާންމުކޮށް އޭނާއަށް ބިރުދައްކައި ފުރައްސާރަކުރުމުގެ ޢަމަލުތަކަކީ ވަރަށް ނާތަހުޒީބު ޢަމަލުތަކެއް. އޭނާ އަދާކުރީ އޭނާގެ ވާޖިބު. އެމްޑީޕީ ވެރިކަމުގައި އޮވެ ޕީއެންސީން މުޒާހަރާ ކުރިޔަސް އޭނާގެ ވާޖިބު އޭނާ އަދާކުރާނެ އެގޮތަށް. ވޭތުވެދިޔަ ތަނުގައި އެކަން ވެފައި ހުރީވެސް އެބީދައިން. ތަހުޒީބުކަމަށް ދެއްކެން އުޅުނަސް ތަހުޒީބު ނުވާކަން އެނގެނީ މިކަހަލަ ކަންކަމުން. ކަންކަމުގައި ޙުދޫދެއް އޮންނަންޖެހެނީ މިހެންވާތީ.
ރަދީފްއޮފިޝަލް / ސިންދްބާދް ދަ ސެއިލާ
07 October 2025
ނަފްރަތު އުފައްދަން ފުރުސަތު ދެނީ ވެސް ތި ބޭކަލުންގެ ތެރެއިން މަދު ބައެއް.ކުޑަ މިސާލެއް.ސައިކަލް މާޒިޔާ ޓްރޭޑާސް ކުރިމަތީ ބަހައްޓާފަ ފިހާރައަށް ވަދެފަ ނިކުތްއިރު ފުލުހުން މަގޭ ސައިކަލް ޕިކަޕަށް އަރުވަން ތައްޔާރުވަނީ.ކާކު ސައިކެއް؟ މަގޭ ސައިކަލޭ ބުނީމަ ވަރަށް އަޑުހަރުކޮށްް ފުލުސް ބުނީ "ކަލޭ މިތަނުގަ ޕާކް ކުރީ ކީއްވެހޭ.އިބާރާތް ހުރީ ވަރަށް ހަޑިކޮށް.އޯކޭ ޕާކް ކުރުން ގޯސް.އެކަމަކު ފުލުހުން ޑީލް ކުރަން ޖެހޭނީ ރީތިކޮށް ދޯ.ދެން އުފެެދޭނީ އިހްތިރާމް ތޯ؟