އެލްޖީއޭގެ ބައްދަލުވުމެއްގައި ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް.-- ފޮޓޯ: ލޯކަލް ގަވަނެންސް މިނިސްޓްރީ
07 އޮކްޓޯބަރ 2025 - 12:39
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުގެ ދަށުން ކައުންސިލްތަކުގެ ފަހު އަހަރު މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގެ އުސޫލު ހަދައި އިއްޔެ އާންމުކޮށްފި އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ލޯކަލް ކައުންސިލުގެ އުމުރު ހަމަވުމުގެ އެއް އަހަރު ނުވަތަ އެއަށް ވުރެ ކުރު މުއްދަތުގައި، ކައުންސިލްތަކުން މުވައްޒަފުން ހޯދުމާއި ކައުންސިލުގެ އިހުތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދު ކުއްޔަށް ދޫކުރުމާއި ދިނުމާއި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކުން އަމަލުކުރާނެ ގޮތުގެ އުސޫލު ހަދައި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފަ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އެވެ. މި ސަރުކާރުން ގެނައި އެ އިސްލާހުގައިވާ ގޮތުން، ކައުންސިލްތަކުގެ ފަހު އަހަރު ކައުންސިލްގެ އިދާރާތަކަށް މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ހުއްދަ ހޯދަން ޖެހެ އެވެ.
އެ އިސްލާހުގެ ދަށުން އެލްޖީއޭ އިން ހެދި މި އުސޫލުގައި ވަނީ އެ ހުއްދަތައް ހޯދަން ކައުންސިލްތަކުން އެ އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ލިޔެކިޔުންތަކާއި ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތްތައް ތަފުސީލުކޮށް ބަޔާންކޮށްފަ އެވެ.
އެލްޖީއޭ އިން މި އުސޫލު އާންމުކުރީ އެ އުސޫލު ހަދަން ކަނޑައެޅި މުއްދަތު ފަހަނައަޅާ ދިޔައިރު ވެސް އުސޫލު އާންމުނުކުރާތީ ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ލާމަރުކަޒީ ގާނޫނަށް މިފަހަރު ގެނައި އިސްލާހުގައިވާ ގޮތުން ރަށްރަށުގެ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް 10 މިލިއަން ރުފިޔާއަށް ވުރެ ދަށުގެ ވިޔަފާރިތައް ނުކުރެވޭނެ އެވެ. އެ އިސްލާހާ ތައާރަޒުވާ ގޮތަށް މިހާރު ވިޔަފާރިއެއް ހިންގާ ނަމަ، އިސްލާހަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެކަން ހުއްޓާލަން ޖެހޭނެ އެވެ.
އެ ގާނޫނަށް ދެން ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ފެނާއި ކަރަންޓު ކަހަލަ އަސާސީ ބޭނުންތަކަށް ދޫކުރާ ބިންތަކާއި އިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނުނެގުމާއި ކައުންސިލްތަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކުން ސަރުކާރަށް ޓެކްސް ދެއްކުމާއި ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާގެ މައުލޫމާތު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން އެދިއްޖެ ނަމަ ދޭން ލާޒިމްކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީބެ
08 October 2025
ރިޔާސީ ފަހު އަހަރުވެސް ކަޑަޖެހުމާ ބިންތައް ބަހައި ވިއްކާ ޕްރޮޖެކްޓް ހިންގުން މަނާކޮށްލީމަ އަސްލުތީހަމަ ތެދުނިޔަތުގާ ކުރާކަމެއްކަން ފެންނާނީ.
ގޮނުއަނގަ
07 October 2025
މިފަދަ ޤާނޫނެއް ހަދަންޖެހޭ ފުރަތަމަ މީހަކީ ރައީސުލް ޖުމްހޫރިއްޔާ. އެއްވެސް އިންތިޚާބަކާ ދިމާކޮށް ރަށްރަށަށް ކޮށްދޭނެ ކަންކަން އިޢުލާނު ނުކުރުންވެސް މިމާއްދާގައި ހިމެނެން ޖެހޭނެ.
ވަންޑޭކަޕް
07 October 2025
ތިއިސްލާހްގަ ކީއްވެތަ ނުހިމެނީ ކައުންސިލް ފަހު އަހަރުގަ އެހެން އަހަރުތަކާ ހިލާފަށް ކުޅިވަރު ހަތަކާތްތައް ނުބޭއްވުމަށާއި ތަޖުތިބާ ދަތުރުރޭ ކިޔައިގެން ހިންގާ ޕިކްނިކް ޗުއްޓީހޭދަކުރުމުގެ ބޮޑުއިސްރާފް ދަތިރުނުކުރުމަށް. ބައެއްކައުންސިލްތަކުން މުޅިން ބްލޮކްގްތާންޓް އިސްރާފްކިރަނި މިފަދަ ކަންކަމަށް. އެއްވެސް ކަމެއް ރައްޔިތަކަށް ނުކުރެ. އަދި ސަރުކާރުގެ ވެރިންނަށް ބައްދަލުކިރަން ދަތުރުހަދައިގެން އަނބިދަރިން މާލޭގަ ބައިތިއްބައިގެން އިރުއިރުކޮޅާ މާލެވެސްދޭ
ާބޮޑުބެގެ ބެއްޔާ
07 October 2025
މީ އެއްވެސް އިންސާފެއްނޫން. އެހެންވިއްޔާ ސަރުކާރުވެސް ނިމުމުގެ 1 އަހަރުތެރޭ، ހަމަ މިގޮތަށް ކަންތައްތައް ކޮންޓްރޯލް ކުރަންޖެހޭ. މީގެންވެސް އެނގެނީ، ސަރުކާރުގެ ނިޔަތް ރަނގަޅުނޫންކަން މިކަމުގަ.
ބަރާބަރު
07 October 2025
މިއީ ކޮންމެހެންވެސް ކޮންޓްރޯލް އޮންނަންޖެހޭ ކަމެއް. ބައެއް ކައުންސިލުތަކުން ތިބީ އިންތިހާބާ ދިމާކޮށް ވަރަށް ޗަރުކޭސް ކުޅެން ތައްޔާރުވެގެން. އިންތިހާއަށް ވަޒީފާތައް ބަހާލަން ރެޑީވެގެން. މީ އެންމެންނަށް އެނގޭ ބޮޑު ސިއްރެއް. ދެން ހަދަންވީ ގާނޫނަކީ ރިޔާސީ ދައުރުގެ ނިމެން ކައިރިވީމާ އެއިރަކު އެ ހުންނަވާ ރައީސަކު ކުރައްވާ ނާޖާއިޒު ކަންކަން ނުކުރެއްވޭނެ ގާނޫނެއް. ނިމިދިޔަ ދައުރުގައި އޮތީ ހައްދުން ނެެއްޓިފަ. ދެންވެސް އެހެންވެދާނެ.
ގޮނުއަނގަ
07 October 2025
މަވެސް އެފަދައިން އަމަލުކުރަން ބޭނުންވާނެތާ ވޯޓުގެ ބާރުވެރިކަން ގުޅިފައިވަނީ މިފުރުށަތު މަށަވެސް އޮވެގެންކަމަށްވާތީ ޢަޤާނޫނު އެގޮތަށް އޮތުން މަވެސް ބޭނުމީ.