ރައީސް ޑރ. މުހައްމަދު މުއިއްޒު ކުނބުރުއަށް ވަޑައިގަތުމުން ޒުވާނުންތަކެއް އެމަނިކުފާނާ އެކު ސެލްފީއެއް ނަގަނީ. -- ފޮޓޯ | ރައީސް އޮފީސް
08 އޮކްޓޯބަރ 2025 - 11:32
ރާއްޖޭގެ ރައީސަކު އދ. ކުނބުރުދުއަށް ވަޑައިނުގަންނަވާތާ 16 އަހަރު ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މި ރަށަށް ވަޑައިގެންފި އެވެ.
އާބާދީގައި 600 މީހުން ދިރިއުޅޭ މި ރަށަށް އެންމެ ފަހުން ރައީސަކު ވަޑައިގަތީ 2009 ވަނަ އަހަރެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އދ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ވަޑައިގެން މި ރަށުގެ ރައްޔިތުންނާ މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ. ރައްޔިތުން ބޭނުން ސުވާލެއް ކުރެއްވުމުގެ ފުރުސަތު ވެސް ދެއްވި އެވެ.
ރައީސާއި މިނިސްޓަރުންނާ ސުވާލު ކުރުމަށް ފުރުސަތު ހުޅުވާލައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ފުރަތަމަ ވާހަކަ ދެއްކެވީ ކައުންސިލް ރައީސް މުހައްމަދު ޔަޒްމީ އެވެ.
އޭނާ ވިދާޅުވީ 2009 ވަނަ އަހަރު ފަހުން ތިން ވެރިކަމެއް ބަދަލުވި އިރު، ވެސް އެ ރަށަށް ރައީސަކު ވަޑައިނުގަންނަވާ ކަމަށެވެ. އޭގެ އަހަރުތަކެއް ފަހުން ރައީސް މުއިއްޒު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ އެ ރަށަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވަން ރައްޔިތުން ނުކުމެ ބަނދަރުމަތީގައި. -- ފޮޓޯ | ރައީސް އޮފީސް
"ރައީސް ކަމުގައި ހުންނަވައި، މި ރަށަށް ވެރިއަކު ވަޑައިނުގަންނަވާތާ 16 އަހަރަށްފަހު ރައީސަކު ކުނބުރުދޫއަށް މި ވަޑައިގެންނެވީ،" އޭނާ ވިދާޅުވި އެވެ.
ރައީސްގެ ބައްދަލުވުމުގައި ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ވަނީ ހުށަހަޅައިފަ އެވެ.
ކުނބުރުދޫގެ ޒުވާނުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ވެސް މިއަދު ވަނީ ހަގީގަތަކަށް ވެފަ އެވެ. ޒުވާނުން ބޭނުންވި ފުޓްބޯޅަ ދަނޑު މިއަދު ވަނީ ހުޅުވައިފަ އެވެ. މިއީ، 10 އަހަރު ވަންދެން ފުޓްބޯޅަ ނުކުޅެވި ތިބުން ނިމުމަކަށް އައުން ކަމަށް ވެސް އެ ޒުވާނުން ފާހަގަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮންއާދަންބެގެކަޅުޗީ
08 October 2025
ހާހުން ދަށުގެ އާބާދީއުޅޭ ރަށްރަށުން މީހުން އަތޮޅުގެ އެމެންމެބޮޑު އަދި ބޮޑުކުރެވެންއޮތް ރަށެއް ބަލާ އާބާދުކޮށް ބޯހިޔާވަހިންކަންދީ ދިރިއުޅުމުގެ ވަސީލަތްތަކާއިއެކު ބަދަލު ކުރަންޖެހޭ.ކޮންމެ ރަށެއްގައިކައުސިލެއް، އެއާޕޯޓު ފަޅުހިއްކުން ބަނދަރު، ސުކޫލް ހޮސްޕިޓަލްތައް އެޅުމުގެ ބޮޑުހަރަދު ނުކޮށް ފަސޭހަކަމާއިއެކު ދިރިއުޅެވެން އޮތްހައްލަކީމިއީ. ވަސީލަތްއޮތް ތަނަކަށް މީހުން ބަދަލުވާނެކަމީ ޔަގީންކަމެއް. ރައްޔިތުންނަށް ހެވަކަށް މިނޫނީ ކުރެވޭނެ ކަމެއްނެތް.
ހަންނާނު
08 October 2025
ރައީސް މުއިއްޒު އެ ގެންދަވަނީ ދިވެހި ރާއްޖޭގެ ތާރީޚް ބަދަލު ކުރައްވަމުން، ރައީސްގެ ހައިސިއްޔަތުން ރަށްރަށަށް ޒިޔާރަތްކޮށް ރައްޔިތުންގެ ބޭނުންތައް ބައްލަވާ އެ ބޭނުންތަކާއި އެއްގޮތަށް ސިޔާސަތުތައް ބަދަލުކޮށް ތަންފީޒު ކުރައްވަމުން
އައުޒަމް މުހައްމަދު އަނީސް
08 October 2025
ފެނިގެން މިދަނީ އަސްލު ދިވެހި ރައްޔިތުން ދެކެ ލޯބިވާ ރައީސުން. ދިވެހިންގެ ހައްގުގައި ހުންނާނެކަން. މަރުހަބާ ކުބުރުދޫ ރައްޔިތުން
މޫސާ ޔައިޝް
08 October 2025
ހާގީގީ ރައްޔިތުންގެ ރައީސް އަކީ މިއީ.
ސަލީމު އިދުރީސް
08 October 2025
ވަފަރު މޮޅަދޫ އެއެއީ ބޮޑުރަށެއްނޫ ކީއްކުރަންތޯ ވަކި ރައްތަކެއްގަ ދިރި އުޅެންވީ މިއައަވުރެ ދަތި ދުވަސްވަރުވެސް ޖަޒީރާކޮން އުޅެވުނު! ތިބުނާ ތަހުޒީބާ އިގުތިސޯ ގެންނައް ވަކި ރައްކެއްގަ ދިރި އުޅެގެން ފައިދާނުރާނެ އިގުތިސޯ އުފެއްދެނީ ރީތި ރައްތަކުގަ އިގުތިސޯދީ ވަސީލަތް ތަކުގަ ހުޅުޖަހިގެން އިގުތިސޯދު ނޫފެއްދޭނެ އެގޭދޯ އައްޑޫގަ ހުރި ގުދުރަތީ ވަސީލަތް ތަކުގަ އަމިއްލަޔައް ހުޅުޖަހަމުން ދާއިރު
އޮނަރަބްލް އަފީފު ދީދީ
08 October 2025
އާބާދީގައި 500 މީހުން ހަމަނުވާ އެތައް ރަށަކާއި އެކު 187 ރަށުގައި މީހުން އުޅުމުގެބަދަލުގައި މުސްތަޤުބަލުގައި ރާއްޖޭގައި މީހުންއުޅޭނީ ކެލާ، ފިއްލަދޫ، އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ހަނިމާދޫ، މާލެ ސަރަޙައްދާއި، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ.ގުޅިފައިވާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ގަން، ވިލިގިލި، ފަރެސްމާތޮޑާ، ފުވައްމުލައް އަދި އައްޑޫސިޓީކަމަށް ކަޑައެޅުން ރަނގަޅުވާނެ.
މާ މޮޅޭ ދޯ
08 October 2025
އޭ މިހިރަ ...! ކަލެއަށް އާބާދީ ތޮއްޖެއްސީމަ ނިކުންނަ ނަތީޖާ މާލެ ސަރަހައްދުން އެބަ ފެނޭތަ؟ ކުއްކުރުން އިންތިހާ ދަރަޖައަށް ގޮސް ކެތް ނުވެފަ މި ކުޑަ ކުޑަ އާބާދީގަ އޮތީ! ސުނާމީ ގަ އެއްރަށު މީހުން އަނެއް ރަށައް ބަދަލުކޮށްގެން އުޅުނު ހާލު އެ ރަށްރަށު މީހުންނަށް ފެނިފަ ވާނީ. ތަޅާ ފޮޅުމާ ތަންތަނަށް ގެއްލުން ދިނުން އިންތިހާ.