މިއަދުގެ އަޑުއެހުމަށް ބައްސާމް ކޯޓަށް ހާޒިރުވަނީ: އޭނާ ހަތަރު އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
08 އޮކްޓޯބަރ 2025 - 14:42
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލާގައި އޭނާ ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާކުރީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ. އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖްތައް އުނިކުރުމަށްފަހު ކަމަށްވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހުކުމް އިއްވަން ބޭއްވި މަޖިލީހުގައި އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުންނާއި ބައްސާމްގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށެވެ. އަދި އެއީ އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން ލިބެންޖެހޭ އެލަވަންސްގެ ފައިސާ ކަމަށް ބައްސާމްގެ ފަރާތުން ބުނި ނަމަވެސް، އެ ފައިސާ ޖަމާވުމުގެ ދުވަސްކޮޅެއް ކުރިން، ރައީސްގެ އެލަވަންސްގެ ފައިސާ އެފްއޭއެމްއިން ޖަމާކޮށްފައިވާތީ އެ 9،999 ޑޮލަރަކީ އެލަވަންސްގެ ގޮތުގައި ލިބުނު ފައިސާ ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ޝަފީއު ވިދާޅުވި ގޮތުގައި ބައްސާމްއާ ހަވާލުކޮށްގެން ޑޮލަރު މާރު ކުރުމުގެ އެކި މުއާމަލާތްތައް އެފްއޭއެމްއިން ކުރިން ވެސް ހިންގާފައިވާއިރު، އަދި އެ މައްސަލާގައި ހުށަހެޅި ހެކިތަކުން ވެސް އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން އެނގޭއިރު، އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަނބުރާ ލިބިފައިނުވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އެ ޑޮލަރުތައް ބައްސާމްގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާކަން ހެކިތަކުން އެނގޭތީ ބައްސާމްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅުއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
ކުށް ސާބިތުވާ ކަމަށް ނިންމުމަށްފަހު، އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުން ބުނީ އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުން ކަމަށް ވިޔަސް، އަދަބުގެ ދަރަޖަ އެންމެ މަތިކޮށް، ހަތަރު އަހަރުގެ ޖަލު ހުކުމެއް ބައްސާމްގެ މައްޗަށް އިއްވުމަށް އެދޭ ކަމަށެވެ. އެއީ އޭނާ އެ އަމަލު ހިންގާފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެގެން ކަމަށްވާތީ ކަމަށް ދައުލަތުން ބުންޏެވެ.
މިއަދުގެ އަޑުއެހުމަށް ބައްސާމް ހާޒިރުވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ނަމަވެސް ބައްސާމްގެ ވަކީލް އެދިވަޑައިގަތީ އޭނާގެ ކުށުގެ ރެކޯޑެއް ކުރިން ނެތުމުން އަސާސީ މިންގަނޑަށް ވުރެ އަދަބުގެ އެއް ދަރަޖަ ދަށް ކުރުމަށެވެ. އަދި އަދަބާ ބެހޭގޮތުން އެއްޗެއް ބުނުމުގެ ފުރުސަތު ބައްސާމަށް ގާޒީ ދެއްވުމުން އޭނާ ބުނީ އެއްވެސް އެއްޗެއް ބުނަން ނެތް ކަމަށެވެ.
އަދަބު ކަނޑައަޅުއްވަމުން ގާޒީ ޝަފީއު ވިދާޅުވީ އެ ފައިސާ މިހާތަނަށް ވެސް ބައްސާމް އަނބުރާ ދައްކާފައި ނުވާއިރު، އެ ފައިސާ ޖަމާވި ދުވަސްވަރު ސިންގަޕޫރުގެ އެކި ތަންތަނުން އަގުހުރި ތަކެތި ގަނެފައިވާކަން އެނގޭ ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެކި ފަރާތްތަކުން ރާއްޖެއަށް ދޭ ފައިސާ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެގެން ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ބޭނުން ކޮށްފައިވާތީ ދައުލަތުން އެދުނު ގޮތަށް އެ ކުށަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެހެންވެ، ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކުރެއްވީ ކަމަށް ގާޒީ ޝަފީއު ވިދާޅުވި އެވެ.
އެ މައްސަލާގައި މަނީ ލޯންޑްރިންގެ ދައުވާއެއް ބައްސާމްގެ މައްޗަށް ދައުލަތުން ކުރި ނަމަވެސް މައްސަލާގެ ހުކުމް މިއަދު ނީއްވަ އެވެ. އަދި އެފްއޭއެމްގެ އެހެން ފައިސާތަކެއްގެ މައްސަލާގައި ވެސް ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ދައުލަތުން ކުރެ އެވެ. ނަމަވެސް އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޮނުއަނގަ
10 October 2025
ތިކަން ތިޔަ ނިމުނީނު. ދެން ރައިސަށް ލިބިދީފައިވާ ބާރުން މާފު ކުރީމާ ހުރިކާނކަމެއް ނިމުނީނު. ހަމަ މިގޮތަށް ޔާމެން ގެ ކަންކަވެސް ނިމިދަަނެނު
raajje
09 October 2025
މަގާމުގެހައިސިއްޔަތުން ތިމާގެ ބެލެހެއްޓުންތެރިކަމުގެދަށުގައިވާ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ހިޔާނަތްތެރިވާބޮޑެތިވވ ދެވޭއެންމެބޮޑު އަދަބަކީއެންމެ 4 އަހަރަށްޖަލަށްލުންކަމަށްވީމާ ތީޖޯކެއް، މިފަދަލުއިއަދަބުތަކުގެސަބަބުން މިފަދަ ޖަރީމާތައްތަކުރާރުވަމުން ދިއުމަށްމަގުފަހިވޭ! ބައްސާމުޖަލުގައޮވެ ވިސްނާއިސްލާހުވުމަށްގޮވާލަން، ހެދޭމިސްޓޭކުތަކުންއިބުރަތްހާސިލުކޮށް އިސްލާހުވާނީބުއްދިވެރިން މިހާރުރަހުމަތްތެރިންނެއްވެސްނުތިބޭނެ މީދުނިޔޭގެއާދަދޯ
އަދި ނުނިމޭ
09 October 2025
އަދި 2 ޕެންޓްހައުސްގެ ވައްކަން އޮތީ
ރާވެރިބެ
09 October 2025
ބައެއް އަދަބު މިޒަމާނަށް ވަރަށް ކުޑަ. އެމުރު ދުވަހަކީ 25 އަހަރު މީ ޖޯކެއް! އުމުރު ދުވަހަކީ މަދުވެގެން 50 އަހަރުގެ ޖަލު ހުކުމަކަށް ހަދަން ޖެހޭ. ކޮރަޕްޝަން އާ ދައުލަތުން ކުރާ ވައްކަމަށް އަދަބު ފެށެންވީ 15 އަހަރުން. ބައްސާމަށް އެވަރުގެ ހުކުމެއް އަންނަން ޖެހޭ.
ރާވެރިބެ
09 October 2025
ބޮޑެތި ޙިޔާނާތާ ދައުލަތުން ވައްކަން ކުރުމަށް މިހާރު ގާނޫނުގަ ހުރި އަދަބު މާ ކުޑަ. ފެނަކަ ސައީދު އަށް އެންމެ 4. އަހަރުގެ ހުކުމެއް. ބައްސާމަށް ވެސް 4 އަހަރު. މިޔޯ އެންމެ ބޮޑު އަދަބު! ފެނަކަ މައްސަލާގަ 20 އަހްރު އަދި ބައްސާމަށް 15 އްހަރުގެ ޖަލު ހުކުމެއް އަންނަން ޖެހޭ ކަމަށް ދެކެން. ގާނޫނު ޖެހެނީ އިސްލާހު ކުރަން.
މައްކުއޮޑިޓަރ
09 October 2025
އާދޭސްކޮށްފަ ދަންނަވަމަވެ. ދުނިޔޭގެ ޤައުމުތަކުގެ އިންސްޓިޓިއުޝަން ނޫނީ ކޯޕަރޭޓް ފްރޯޑް ހިންގާ ފަރާތްތަކަކީ އެންމެބޮޑު އަދަބު ދެވޭ ކުށްތަކެވެ. މިއީ ވެރިން ކުށްތަކަށް އެރުމުން ދެވޭ އަދަބަކީ 'އެމީހެއްގެ ޕޮޒިޝަން' އެބިއުޒް ކުރުމުންދެވޭ އަދަބެވެ. ކުޑަކުދިންނަށް ދެވޭ އަދަބުގަވެސް ދަރިން ބަލަހައްޓާ މީހާ ކުށްތަކަށް އެރުމުން ބޮޑު އަދަބުދެވެއެވެ. ހަމަ މިބީދައިން އެމީހެއްގެ މަޤާމްގެ ޕޮޒިޝަން އެބިއުޒް ކުރާ ފަރާތްތަކަށްވެސް ހަމަ ބޮޑެތި އަދަބު ދެވެންޖެހެއެވެ.
ވަގުންނެ ރާއްޖެ
09 October 2025
ތިކަހަލަ ރަމްޒީ ހުކުމް ކުރިޔަސް ޤައުމަށްވާ ފައިދާއެއް ނެތް. އަދީބުވެސް ދައުލަތް ލޫޓުވި. ކޮބާ އަދީބު؟ ކޮބާ އެ ފައިސާ؟ ކޮބާ ރައްޔިތުންނަށް ލިބުނު ގެއްލުން؟ އަނެއް ވަގު ޤައުމުގެ ފުޓްބޯލާ ހަލާކުކޮށް ހުރިހާ ފައިސާއެއް ދިރުވާލީމަ 4 އަހަރުގެ ހުކުމެއް؟ ވަގަށް ނެގި ފައިސާއާއި، އެ ފައިސާ ހަލާލުކުރަން އަންހެނުން ނަމުގަ ހިންގާ ވިޔަފާރިތައް ދައުލަތައް ނުނަގައި ވަގު ގެންގޮސް ޖަލުގަ ބޭއްވީމަ ދައުލަތުން ކާންދީ ބޯންދީ ބަލަންވެސް ޖެހޭ. މިކަން ދެކޮޅެއް ނުޖެހޭ
އިހްސާސް
08 October 2025
ކީއްވެބާ ވައްކަމަކަށް ނުވީ؟
ހަމަ ބުނެލީ އިނގޭ
09 October 2025
އެއީ ރައްކާތެރި ގޮތުގައި ފޮރުވާފައި ހުރިއެއްޗެއް އެހެން މީހަކަށް އެނގުމަކާ ނުަލައި އެނަގާފައި ނުވާތީ. އެމިހެއްގެ ބެލުމުގެ ދަށުގައި ހުރިއެއްޗެއް ނަގާ ބޭނުން ކުރުން ވާނީ ހިޔާނާތަށް. އެހެންވެގެން
އިއްޕަޓޭ
08 October 2025
މަށަށް ހަމަ ޔަގީން މާދަމާ މީނަ ސިޔާސީ ޕާޓީއަކަށް ވަދެފަ އަޑުގަދަކުރަންފަށާއިރަށް މިއުޅޭ ބޯގޯސް އެކްޓިވިސްޓުންތައް މީނާގެ ދިފާއުގަ އުޅެންފަށާނެކަން. މިއީ މިއަދު ދިވެހިންގެ ހާލަތަކީ.
އަހުސަން ފަލީ
08 October 2025
ރަގަޅު ހުކުމެއް. ވ ތާއިދު މުއިއްޒަށް ވެސް. ބައްސާމް ހީކުރީ ކަންނޭގެ އަދިވެސް މައުމޫނުގެ ވެރިކަން ނުނިމޭ ކަމަށް