މި ހުކުމާ އެކު ބައްސާމްގެ މައްޗަށް ޖުމްލަ ނުވަ އަހަރުގެ ޖަލު ހުކުމް ވަނީ އައިސްފައި
ބައްސާމް އަދީލް ޖަލީލް ޝަރީއަތުގެ އަޑުއެހުމެއްގައި: އޭނާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް މިއަދު ވަނީ އިއްވާފައި
30 އޮކްޓޯބަރ 2025 - 16:03
އެފްއޭއެމްގެ 10،000 އެމެރިކާ ޑޮލަރަށް ހިޔާނާތްވެ، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ކުށް ސާބިތުވެ ވެސް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ސާބިތުވެ އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި، 154،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާއަށް ހިިޔާނާތެރިވި ކަމުގެ ކުށް މީގެ ކުރިން ބައްސާމްގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
އެ ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް މި މަހުގެ 8 ވަނަ ދުވަހު އިއްވާފައިވާއިރު، މިއަދު ބައްސާމްގެ މައްޗަށް ސާބިތުވީ އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ އެވެ.
ދައުލަތުން އެ ދައުވާ ބައްސާމްގެ މައްޗަށް ކުރީ އެ ފައިސާ، މާރުކުރުމުގެ ބަދަލުގައި އޭނާގެ ރެހެންދި ފްލެޓަށް ކުލި ދައްކަން ބޭނުންކުރި ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ކުރެއްވި ހުކުމްގައި ވަނީ ޑޮލަރު މާރުކުރުމުގެ ނަމުގައި އެފްއޭއެމުން އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާ ބައްސާމް ބޭނުންކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ. އަދި އެއީ ހިޔާނާތުގެ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ވެސް ސާބިތުވާ ކަމަށެވެ.
އެ ފައިސާއިން ބައްސާމްގެ އަމިއްލަ ހަރުދަތައް ކުރުމަށާއި އެހެން މީހުންނަށް ހަރަދު ކުރަން ބޭނުންކޮށްފައިވާ ކަން ދައުލަތުން ސާބިތުކޮށްދީފައިވާ ކަމަށް ހުކުމްގައިވެ އެވެ.
އެހެންވެ، މަނީލޯންޑާ ކުރުމުގެ ކުށުގައި ސާބިތުކުރަން ޖެހޭ ރުކުންތައް ސާބިތުވެފައިވާ ކަމަށް ކަނޑައަޅައި، ބައްސާމް ކުށްވެރިވެއްޖެ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ. އެއަށް ފަހު އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނެވެ.
ދައުލަތުން އެދުނީ ބައްސާމްގެ މައްޗަށް އެންމެ ބޮޑު އަދަބު އިއްވުމަށެވެ. އެއީ 15 އަހަރަށް ޖަލަށްލުމާއި 50،000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. ބައްސާމްގެ ފަރާތުން ވަނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުން އެންމެ ކުޑަ އަދަބު ދިނުމަށް އެދިފަ އެވެ.
އެ ވާހަކަތަކަށް ފަހު ގާޒީ އިއްވެވީ ބައްސާމް ފަސް އަހަރަށް ޖަލަށްލުމާ އެކު، ލޯންޑާކުރި އަދަދު ކަމަށްވާ 154،000ރ. އިން ޖޫރިމަނާކުރުމަށެވެ. ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވެސް އޭނާގެ މައްޗަށް އަމުރުކުރި އެވެ.
މި މައްސަލާގައި ލޯންޑާކުރި 10،000 ޑޮލަރު، ބައްސާމްގެ އަތުން ނަގައިދިނުމުގެ އަމުރަކަށް ވެސް ދައުލަތުން އެދިފައި އޮތެވެ. ނަމަވެސް، އެ ފައިސާ ބައްސާމްގެ އެކައުންޓްގައި ހުރިކަން ދައުލަތަށް ޔަގީންކޮށްދެވިފައިނުވާތީ، ގާނޫނުގައިވާ ގޮތުން އަމުރު ނެރެދެވެން ނެތް ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.
އެފްއޭއެމްގެ އިތުރު ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ކުރެ އެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ. އެ މައްސަލަގައި، ބައްސާމް ގަނެފައިވާ ޕެންޓްހައުސްއެއް ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަންމާ.
01 November 2025
"ވަގަކަށް ހާސް ދުވަސް، ވެރިއަކަށް އެއް ދުވަސް"............ވަރަށް ވެދުން.
ބައިރޯ
01 November 2025
މުއްދަތު ހަމަވަންދެން މިކަލޭގެ ޖަލުގައި ހުންނާނެބާ؟؟؟؟؟
އަބްޑޫޅް +
01 November 2025
ވަގުން ވައްކަން ކުރުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން. އަހުރެން ކުޑައިރު، އަހުރެންގެ ގެޔަށް، ފާރުމަތީން ވަގަކު ވަނީމަ ސިފައިންގެ ގެޔަށް ފޯނުކުރީމަ އަޖައިބެއްހާ އަވަހަށް ސިފައިންގެގޭ ކުދިންކޮޅެއް އައި އިރު، ވަގުކަލޭގެ އިނީ، ގަތްގަތް ބިރުން، ކުންނާރުގަސްދޮށަށް ޕުއްޕު ލާން. ޕުއްޕު ލާ ނުނިމެނީސް، ސިފައިންގެގޭ ކުދީންކޮޅު، ވަގުކަލޭގެ ބިޑިއަޅައިގެން ގެންގޮއްސި. މި އޮފަރޭޝަންގެ ތާރީފު ދިޔައީ، ސިފައިންގެގޭ ތިން ލަންބަރު ސަރުދާރު، ކދ އަހަންމަދަނިކު އަށް.
ސައނީސް
31 October 2025
ބޮޑު ހުކުމުގެ ތެރެއަށް ކުޑަ ހުކުން ވަނީމަ ކިހިނެއް ވާނީ!
ރާވެރިބެ
31 October 2025
މިހާރު މިއިއްވި ހުކުމް ހިމެނީމަ ފުދޭވަރުވޭ. ދެން ތިކުރާ ދައުވާތަކުގެ ތެރެއިން ކުރިޔަށް ގެންދަން މަށަށް ފެންނަނީ 2 ލަގްޒަރީ އެޕާޓުމެންޓް ޢެފްއޭއެމް އަށް ނަގަން ކުރާ ދައުވާ. އެޔަށް ވުރެ ބޮޑުވަރު ބައްސާމަށް ވީތީ ކޮށްލާކަށް ރާވެރިބެ އަށް ނުފެނޭ. އެއީ މިހާރު އެހެން ބޮޑެތޔި މައްސަލަތިކުގެ ނިސްބަތުން މިހާރު މިއިއްވި 8 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކޮށްފިއްޔާ ފުދޭވަރެއްގެ އަދަބަކަށްވާނެތީ. އެކަމަކު ގެޔަށް ބަދަލުކޮށް މިކަހަލަ ކަމެެއް ނުކުރާނަމަ.
ޢަހުސަން ފަލީ
31 October 2025
މިސޮރުހީކުރީ ތޯއްޗެއް އަދިވެސް ރަން 30 އަހަރު ނުނިމޭ ކަމަށް
raajje
31 October 2025
15 އަހަރުގެޖަލުހުކުމެއް އިއްވޭފަދަކުށެއްކުރީމާ 5 ގެ ޖަލުހުކުމެއްއިއްވުމަކީ އެންމެރަނގަޅުގޮތްކަމަށްނުދެކެން، އެއީ ބައްސާމުވި ހިޔާނާތުގެއިތުރުން ވައްކަމުގެއިތުރުން އޭނާއެކަންކުރިގޮތުން އެއީ އަދަބު ބޮޑުވާންޖެހޭކަމެއް، ވެރިއެއްގެމަގާމުގާހުރެ ތިމާގެބެލުމުގެދަށުގައިވާ ރައްޔިތުންގެއަމާނާތަށް ހިޔާނާތްތެރިވީދޯ، މިއީ ރިހާކުރުފުޅިއެއްވަގަށްނެގުންފަދަ ވައްކަމަކާ ތަފާތުވައްކަމެއް، 7 އަހަރުގެ ހުކުމެއް މަދުވެގެންއަންނަންވާނެކަމަށްދެކެން، ދެއަދަބުއެއްކޮށްލީމާ 11
ޔެސް އައި ވޯންޓް ކޭޝް
30 October 2025
ދިވެހި އަންހެން ކުދިންނަށް ލާރި އޮތިއްޔާ ނިމުނީ.
ގުދުގުދާބެްޔާ
31 October 2025
އެހެންވެ މަމިއުޅެނީ ބޭރުކުއްޖަހާ އިދެގެން! ހުޅުމާލެއިން ލަގްޒަރީ އެޕާރޓްމަންޓްގަނެގެން! މިޗާންސް ދިވެއްސަކަށް ދޭން ބޭނުމެއްނޫން! ކައިރީގަ ހުންނަ އިރު މާސަޅި! މާބޮޑައް ކެއަރ ކުރޭ! މިހާރު މިވީ 7 އަހަރު.! ހަމަ ބެސްޓޭ!
މިޔޯލަ
30 October 2025
ކުރީ ފަހަރު 4 އަހަރޭ ކިޔާފަ، ހުރިހާ ގޮތަކަށް ކަނޑާފަ އަސްލު 4 މަސްދުވަސް ގަޒިއްޔާގައި ޖެހީމާވެސް ނޫސްވެރިން ހަމަ ހެޑްލައިނު ޖަހާފަ ކަންނެތް ކަމާއެކު 4 އަހަރޭ ކިޔާފަ ރިޕޯޓުކުރީ. މިފަހަރު އަނެއްކާ ކިތައް މަސްތޯ ބަލާދީބަލަ.
ހާނޖީ
30 October 2025
ޑޮލަރުތަށް ބޮޑުއަގުގައި މާރުކޮށް ބަޑީވެގެން އެކުގައި އޭރުއުޅުނު ރަށްޓެހިން މިއަދު ކޮބާ ...