ފައެނާ އާއި އޭނާގެ ފިރިމީހާ އަޒްހާދު ރޭ ހައްޔަރު ކޮށްގެން ގެންދަނީ: ސީނިއާ ސްޓޭޓް ކައުންސެލް ފައެނާގެ އަތުން ޑްރަގްސް ނުފެންނަ ކަމަށް އެނގިފައިވޭ---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
08 އޮކްޓޯބަރ 2025 - 16:00
އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒާއި އޭނާގެ ފިރިމީހާ އަހުމަދު އަޒްހާދު ޑްރަގް އޮޕަރޭޝަނެއްގައި، ރޭ ހައްޔަރުކުރި ނަމަވެސް ބަންދުގެ މުއްދަތު ޖަހަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާ އެކު، ފައިނާ ދޫކޮށްލައި އޭނާގެ ފިރިމީހާ 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުޅުމާލޭގައި ރޭ ހިންގި ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން ފިރިހެންމީހާ [އަޒްހާދު] އެ މައްސަލައިގެ ތަހުގީގަށް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކޯޓުން އަންގާފައިވާ ކަމަށެވެ. އަދި އުމުރުން 33 އަހަރުގެ އަންހެންމީހާ [ފައެނާ] ޝަރުތުތަކާ އެކު ދޫކޮށްލާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފައެނާ އާއި އަޒްހާދު އުޅުނު އެޕާޓުމަންޓު ކޯޓު އަމުރެއްގެ ދަށުން ފާސްކުރިއިރު، އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، އެ މީހުންގެ އެޕާޓްމަންޓުން ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ. އެ އެޕާޓްމަންޓެއް ފާސްކޮށް، އެ ދެ މީހުން ހައްޔަރުކޮށްގެން ގެންދަނިކޮށް ވަނީ ފެނިފަ އެވެ.
ފައެނާ އާއި އޭނާގެ ފިރިމީހާ އަޒްހާދު ރޭ ހައްޔަރު ކޮށްގެން ރޭ ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ނަމަވެސް އޭޖީ އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާގެ އަތުން މަސްތުވާތަކެތި ނުފެންނަ ކަމަށް އެނގިފައި ވެ އެވެ. ޑްރަގަށް ޕޮޒިޓިވްއެއް ވެސް ނޫނެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ އެޕާޓުމަންޓުގެ މޭޒުމަތިން ފެނުނީ 33 ގްރާމްގެ ޑައިމޯފިން އެވެ. އެއީ ޑްރަގް ޓްރެފިކިން އަށް ފެތޭ މިންވަރު ކަމަށް ވާއިރު ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އުމުރުން 33 އަހަރުގެ ފައެނާ އަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާ އެވެ. އޭޖީ އޮފީހުން މި ވެރިކަމުގައި އުފެއްދި ސިވިލް ރައިޓްސް އޮފީހުގެ ވެރިޔަކަށް ވެސް ނޮވެމްބަރު 2023 ގައި ވަގުތީ ގޮތުން ފައެނާ ހަމަޖެއްސި އެވެ.
ފައެނާ އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރަން ފެށީ ސެޕްޓެމްބަރު 12، 2013 ގައި ޑެޕިއުޓީ ސްޓޭޓް އެޓާނީއެއްގެ ގޮތުގަ އެވެ. އޭގެ އަހަރެއް ފަހުން 2014 ގައި އޭނާ ވަނީ ސްޓޭޓް އެޓާނީގެ މަގާމަށް ބަދަލުކޮށްފަ އެވެ. އަދި 2019 ވަނަ އަހަރު ސީނިއާ ސްޓޭޓް ކައުންސެލްގެ މަގާމަށް ޕްރޮމޯޓް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސައިބޯނި
10 October 2025
ހާލަތަކީ މީ އަދުލުއިންސާފު އޮތް ހިސާބު އެބަ ދޭހަވޭ
ހަމްދާ
08 October 2025
ވަކި ބަޔަކަށް ވަކި ގޮތެއް
ޒ×
08 October 2025
ގައުމުގެ ހާލަތު ދައްވާ ވަރަކަށް ހަކުރު ހިމެނޭހެން ކާޑުގެ ބާވަތް ތަށް ވިއްކަން ހުރިހައި ފަންތިއެއްގެ މީހުން އުޅޭނެ. ފާއިތުވި ހަފްތާގެ ހެޑްލައިން ތަކުން އެކަން ސާފު ވާނެ.
ކޮރަލް
08 October 2025
ޑްރަގް އޮޕަރޭޝަން ގައި ތަން ބެލި އިރު އުޅޭ ތަނުން ޑްރަގް ފެނުން އެއީ މައްސަލަ އެކެވެ. ޑްރަގް ނުވިއްކިއަސް ނުބުޔަސް އެތާ އެހުރެގެން ނުވާނެ އެވެ.
މިޝަން
08 October 2025
ދެން، އެމީހައަށް ނޭނގި ޑުރަގު ޕުލާންޓުކޮއްފިއްޔާ،އޯ؟؟؟ އެވެސް މިގައުމުގައި ހިގާ ކަންކަން
ޖުމޭ
08 October 2025
މަ ބުނީ.. މާލެއާ،ހުޅުމާލޭގެ އެކި ހިސާބުތަކުގައި ބޮއެގެން މޮޔަގޮވަމުން ދުވާ ޑުރަގު ކުދިން ހަމަ،ފުލުހުންނަށް ނުފެނޭ؟؟ އަނެއްކާ،އަމުދުން ދުވަހަކުވެސް ތިއެއްޗެއް އެތެރެ ކުރާ،މީހެއްގެ ގެޔަކަށް ފުލުހުން ވަންނަ ކަމަކަށް ނުވޭ.. ކޯޓުން އޭގެ މީހުންނަށް ދެނީ މާފު! ގޭގޭ ތެރެއިން ތިގޮތައް އެއްޗިސް ފެނި މީހާ ޕޮޒިޓިވު ނުވީމަ ތީގަ ގޯހެއް އެބައުޅޭ،
މަންމަނު މިޔާ
08 October 2025
ދޮން ކަލޯގެ ވެރިކަމުގައި އެތި ކޮޅު ހާދަހާ ތިޔާގިވެ އަތްފޯރާ ފަށަށް އަތުވެއްޖެއޭ ދޯ؟
ބަދަލު ހިފުމެއް؟؟!
08 October 2025
ފައިނާ ޑުރަގަށް ޕޮޒިޓިވް ނުވާ ހިނދު އޭނާގެ އަގުވައްޓާލުން،ނޫން ނިޔަތެއް،ނެތް ތި ހައްޔަރުގައި. ބަދަލު ހިފުމެއް ކަމަށް ބެލެވެނީ!! މަގުމަތީ ބޮއެގެން ބިތްޖެހި މޮޔަގޮވާ ސޮރުން ފުލުހުން ލޮލުގައި އަޅައިމުގަނޭ ޢަންތަރީސް!!!!
ސިކުނޑި
08 October 2025
ނިކަން ތިޔަ ސިކުޑިން ވިސްނާފަައި ބުނެބަލަ...އެން އޮތް ތާކަށް މަސް ދުވާ ފަދައިން ސަޕްލައި ކުރާ މީހުން ހުއްޓުވީމާ ނޫންތަ ބޯމީހުން ހުއްޓޫވޭނީ!
ޕަކަޗޭ
08 October 2025
ދެމީހުން ދިރިއުޅޭ އެޕާޓްމެންޓެއްގެ މޭޒުމަތީގަ ޑްރަގްހުރޭތަ އަނެކަކަށްނޭގި؟. އެވެސް ކުޑައެތިކޮޅެއްނޫން 33 ގުރާމް.
ޒާލު
08 October 2025
ޑްރަގް ޓްރެފިކިންގްއަށް ފެތޭ ވަރަށް ޑްރަގް އެޕާޓްމެންޓުން ފެނުން އެއީ މައްސަލައެއްނޫންތަ؟ މަގުމަތީގައި ބިއްޖެހިފަ ތިބި ކުދިންނަށް ޑްރަގް ވިއްކާ މީހުންނަށް ފިޔަވަޅު އަޅާކަށް ނުޖެހޭތަ؟
ސްޕްލަޔަރު އިޒް އިން ކޯޓުފަޓުލޫން
08 October 2025
ސިކުނޑި،،، ކަލޯ އަސްލު އެތެރެކުރާ ގަބީލަަގެ ވެރިން ތިބޭނީ ކޯޓުފަޓުލޫނު ލާފަ.. ލާހިކެެއްނޫން އެގޮލާތަކާ ކައިރިވާކަށް،،، ނުވެސް ވާނެ!!!
ޕޮއް
08 October 2025
އާނމުކޮށް ދެމަފިރިން ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ފެނިއްޖެއްޔާ ދެމީހުން ހައްޔަރުކޮށްގެން މުއްދަތު ޖަހާ ހަބަރު ލައްކަ ގިނައިން ފެނޭ. މިއަދު ކްރިމިނަލް ކޯޓުން މި ނިންމީ އަންހެން މީހާއަށް ނޭގޭނެއޭ. ފުލުހުން ކިހިނެއްބާ ހަދާނީ މިފަހަރު
ހާހަ
08 October 2025
ކޮބާ މަގް ފޮޓޯ؟ ސަރުކާރު ބައި މީހުން ވީމާ ވަކި ގޮތެއް ދޯ. ބަރާބަރު. ރެސްޕެކްޓް.!! ކެމްޕޭން!