ޚަބަރު

އޮޅުހިޔާގައި ބައްޔެއް ފެތުރި، ބުޅާތައް މަރުވެފައިވާ މައްސަލަތަކެއް!

މި ރިޕޯޓާ ގުޅޭ ގޮތުން އެނިމަލް ވެލްފެއާ މިނިސްޓްރީން އަދި ވާހަކައެއް ނުދައްކާ

އޮޅުހިޔާގައި ގެންގުޅުނު ގިނަ އަދަދެއްގެ ބުޅާ މަރުވެފައިވާތީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި --

މާލޭ މަގުމަތީ އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ހެދި "އޮޅުހިޔާ"ގައި ބައްޔެއް ފެތުރި މަހެއްހާ ދުވަހުގެ ތެރޭގައި 51 ބުޅާ މަރުވެފައިވާ ކަމަށް ބައެއް ޖަމިއްޔާތަކުން ބުނެފި އެވެ.

ހުޅުމާލެ 2 ގައި ހިންގާ އޮޅުހިޔާގެ ހާލަތު ބެލުމަށް ހަތަރު ޖަމިއްޔާއަކުން އެ ތަނަށް ޒިޔާރަތްކޮށް ރިޕޯޓެއް އެކުލަވާލައި ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން މިދިޔަ 20 ދުވަހުގެ ތެރޭގައި 51 ބުޅާ މަރުވެފައި ވެ އެވެ.

ރިޕޯޓްގައިވާ ގޮތުން އޮޅުހިޔާގައި ބުޅަލުގެ އެކި ބަލިތައް ފެތުރުމުގެ މައްސަލަ ބޮޑެވެ. އޭގެ ތެރޭގައި މައިކޮޕްލާސްމާ ފެތުރެމުންދާ ކަމަށް ރިޕޯޓްގައި ވެ އެވެ.

ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބުޅާތައް މަރުވި ސަބަބުތައް އެ ތަނުގެ އޮފިޝަލުންނާއި މުވައްޒަފުންނަށް ބުނެ ނުދެވުނު ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.

ރިޕޯޓްގައިވާ ގޮތުން މިދިޔަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮޅުހިޔާގައި 127 ބުޅާ ގެންގުޅުނުއިރު، އިތުރަށް 8 ބުޅާ ގެންގޮސްފައި ވެ އެވެ. ނަމަވެސް، މި ވަގުތު އޮޅުހިޔާގައި އޮތީ 84 ބުޅަލެވެ. ނަމަވެސް، ތަނުގައި ގެންގުޅޭ ބުޅާތަކުގެ ޖިންސެއް އަދި ޅަ ބުޅަލުގެ އަދަދެއް ވެސް ނޭނގެ އެވެ.

ޖަމިއްޔާތަކުން ފާހަގަކުރާ ގޮތުގައި އޮޅުހިޔާގައި ގެންގުޅޭ ބުޅާތަކެއް ވެސް ބައިތިއްބާފައި ހުންނަނީ އެއްކޮށެވެ. ސިއްހަތު ރަނގަޅު ބުޅާތައް ވެސް ވައިރަލް އަދި ފަންގަލް އިންފެންޝަންތައް ހުންނަ ބުޅާތަކާ އެއް ތަނެއްގައި ގެންގުޅޭތީ ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ. އަދި ފިރިހެން ބުޅަލާއި އަންހެން ބުޅާ ވެސް އެއް ތަނެއްގައި ބައިތިއްބާ ކަން ރިޕޯޓްގައި ފާހަގަކޮށްފައި ވެ އެވެ.

މައިކޮޕްލާސްމާ ބާރުމިނުގައި ފެތުރެމުންދާ ކަން ފާހަގަކުރެވޭއިރު، އެ ތަނުގައި މަސައްކަތް ކުރާ ބުޅަލުގެ ޑޮކްޓަރަށް އެކްސެސް ވެވެނީ ސެކަންޑް ޗޮއިސްގެ އެންޓިބަޔޮޓިކްއަކަށް ކަމަށް ރިޕޯޓުގައި ބުންޏެވެ. އަދި އެ ޑޮކްޓަރު އެ ތަނުގައި މަސައްކަތް ކުރަން ފެށީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށް ވާތީ ކުރިން ބުޅާތައް ބެލެހެއްޓި ގޮތާއި ވެކްސިނުގެ ތަފްސީލެއް ނޭނގޭ ކަމަށް ރިޕޯޓްގައިވެ އެވެ.

އޮޅުހިޔާ ސާފުކުރަން އުޅޭ މުވައްޒަފުން އެކަން ކުރުމުގައި ކޮންމެ ކޭޖެއްގައި ވެސް އެއް އަންގި އާއި ބްރަޝް ބޭނުން ކުރާ ކަމަށާއި އޭގެ ސަބަބުން ކަރަންޓީން ކޭޖްތަކުގައި ކްރޮސް ކޮންޓެމިނޭޝަންގެ ނުރައްކާ އޮންނާނެ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކުރި އެވެ. ކަރަންޓީނު ބުޅާތަކަށާއި އައުޓްޑޯ ކެނެލްތަކުގަައި ތިބި ބުޅާތަކަށް ކާން ދޭން ގެންގުޅެނީ ވަކި ސްކޫޕެއް ކަމަށް މުވައްޒަފުން ބުނި ކަމަށްވީ ނަމަވެސް، އެކަން ކަށަވަރު ނުވާ ކަމަށް ވެސް ރިޕޯޓްގައި ވެ އެވެ.

ލިޓަރިން ބޮކްސްތަކާއި ފަރުނީޗަރުތަކުގައި ނަޖިސް ހޭކިފައި ހުރި ކަމަށް ރިޕޯޓްގައި ބުންޏެވެ.

ރިޕޯޓްގައި ފާހަގަކުރި ކަންބޮޑުވުންތަކާ އެކު، ޖަމިއްޔާތަކުން ވަނީ އޮޅުހިޔާ ރައްކާތެރިކޮށް، ސާފުތާހިރުކޮށް ބޭއްވޭނެ ގޮތްތަކުގެ ލަފާތައް ހިއްސާކޮށްފަ އެވެ. އަދި ބުޅާތަކުގެ ސިއްހީ ކަންކަން ރަނގަޅަށް ބަލަހައްޓައި، އެ ކަންކަން އާންމުކުރަމުން ގެންދިޔުމަށް ޖަމިއްޔާތަކުން ގޮވައިލާފައި ވެ އެވެ.

54 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 37%
icon angry icon angry 23%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު

12 October 2025

މާ ރަނގަޅު ގޮތެއް.. ހުރިހާ ބުޅަލެއް ތިޔަ ބަލި ހާއްޔަށް ވެއްދުން އެދެން..

The name is already taken The name is available. Register?

ސޮބީހާ

11 October 2025

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގަ ކަންކުރާހެން ކުރަންހިތާ ނުވާވަރުން ކަންކުރަން އުޅުނީމަ ވާނީތިހެން, ޕަބްލިކްތަންތަނުގަ ކާންދިނުން މަނާކުރަންވީ, ބުޅަލައް ނުރައްކާތެރި ބަލިޖެހި އަދި ވަކިވަކި ބުޅަލުގެ އުނދަގޫ ބޮޑު ވައްޏާ އެ އެއްޗިހި މަރާލެވޭނެ ނިޒާމެއް ހަމަޖައްސަންވީ, އިސްލާމިކް މިނިސްޓްރީ އާއި ފިގުހު އެކަޑަމީގެ ބަހެއް ހޯދަންވީ,

The name is already taken The name is available. Register?

ކެޓް އައިލެންޑް

11 October 2025

ހުރިހާ ބުޅާތައް ވަކިން ފަޅުރަށަކަށް ގެންގޮސް ޖަޕާނުގަ އޮންނަ ކެޓް އައިލެންޑް ކަހަލަ ތަނެއް ހަދަންވީ. ޓުއަރިޒަމަށްވެސް ފައިދާވާނެކަހަލަ ވައިރަލްކޮށް މާކެޓްކުރެވޭނެކަހަލަ ސްޕޮޓެއް ހެދިދާނެ އޭރުން. ދުނިޔޭގެ ހުރިހާތަނެއްގަވެސް ވައިލްޑްލައިފް ކޮންޒަވޭޝަން އެންމެ ރަނގަޅަށް ހިނގަނީ އަބަދުވެސް އެއިން މާލީގޮތުން ފައިދާވާނެ ގޮތެއް އޮތިއްޔާ. ހުސް ހަރަދު ކުރަންޖެހެންޏާ އެކަމެއް ދާނީ ތިގޮތަށް.

The name is already taken The name is available. Register?

އައިމިނާ

11 October 2025

ތިޔަ ބުޅާހިޔާގެ ސަބަބުން އިންސާނުންނަށް ސަލާމަތުން ތިބެވޭނެކަމުގެ ކިހާވަރެއްގެ ޔަގީންކަމެއް އެއޮތްތޯ. ބަލިތައް ނުފެތުރޭނެކަމުގެ ޔަގީންކަމެއް އެބައޮތްތޯ. ދުނިޔޭގަ ދޫނިރޯގާ އާ އޫރު ރޯގާއާ މިކަހަލަގެ ކަންކަން އުޅޭތާ އެހެންވެ.

The name is already taken The name is available. Register?

އަލި

11 October 2025

ތިޔަ ޖަމިއްޔާތަކުގެ އަސްލު މަގުސަދަކީ ކޮބާ؟. ކީއްކުރާ ބައެއް؟.

The name is already taken The name is available. Register?

ކަތްދައްތަ

11 October 2025

ތަނެއްގައި ބަންދުކޮށްގެން ގައިދީން ތަކެއްގޮތަށް ގެންގުޅުމަކީ އެކަމުގެ ޒިންމާ ބޮޑުކަމެއް. ކާކަށް ނުދެވޭނެ. ބޯކަށް ނުދެވޭނެ. ބޭހެއް ނުކުރެވޭނެ. ނަމަވެސް ތިޔަ ބުޅާތައް ރާއްޖޭގެ ފަޅު ރަކަށް ގެންގޮސް އެތަނަށް ދޫކޮށްލިނަމަ، ރިޒުގު ހޯދާނެ. ބަލިޖެހުނީމާ އެއެއްޗެއްގެ ނިޒާމުގެ ތެރެއިން އޮންނަ ގޮތަކަށް ބޭސްކުރާނެ. ނޭޗަރ އަކީ އެތަކެތީގެ ޑޮކްޓަރު. ބަޔަކު ބަޖެޓު ކާލަން ޖަނަވާރުތަކެއްގެ މަރާޙަވާލުވާން ކޮންކަމެއްތޯ؟ އިހުމާލުން މަރުވިއްޔާ ސުވާލު ކުރެވޭނެ ނޫންތަ؟

The name is already taken The name is available. Register?

2025

11 October 2025

މިރާއްޖޭގަ މިއޮތީ އަދިވެސް އެތަަށް ފަޅުރަަށެއް ތިހުރިހާ ބުޅާ އެތަނަށްލާބަލަ..... ފޭސް 2 ގަ ބޮޑުތަނެއްހަދާގެން މުވައްޒަފުންނާ ޑޮކުންނާ. ނާސްލާގެން....... ބޮއިހަލަކި

The name is already taken The name is available. Register?

ކަޑަބޮއް ސައީދު

11 October 2025

ތިޔަށްވުރެން ރަނގަޅު ވީސް އެސޮރުމެން މަގުމަތީގައި އުޅެން ދޫކޮށްލުން އާދަމް އާޒިމަށް

The name is already taken The name is available. Register?

ބުޅާ ފެސިލިޓީ

11 October 2025

ތިޔަ ޖަމުއްޔާ ތަކުގެ ގިނަމީހުންނަކީ ބުޅާގޭގަ ގެންގުޅޭ މީހުން. ބުޅާ ބަލިވީމަ ޙަދާގޮތަކީ ޑޮކުޓަރައް ދައްން ބޮޑު ހަރަދެއް ހިގާތީ މަގުމައްޗައް ދޫކޮއްލަނީ. ދެން އޭތިދުވާނެ މުޅި މަގަށާ ގޭގޭ ދޮށުންޑަސްބިން ކާން. މީ މިކަން ހިނގާގޮތް

The name is already taken The name is available. Register?

ބައު

11 October 2025

މުޖުތަމަައުގެ ފެންވަރު އެންމެ ރީއްޗަށް ފެންނަ އެއްކަންތައް، އަޅާލުން ބޭނުންވާ ޚުލްޤުތަކާމެދު އެ މުޖުތަމައަކުން އަމަލު ބަހައްޓާގޮތް އެއީ. މިތާ ކޮމެންޓުތައް ކިޔާފަ ދެރަވެސް ވެއްޖެ. އަހަރުމެންގެ މުޖުތަމައުއަށް ހެޔޮމަގު ދައްކަވާ، ހިތްތަކުގައި ކުލުނު އިތުރުކުރައްވާށި. އާމީން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454