ރިޔާޒު މަޖިލީހުގެ ކޮމިޓީގައި: އޭނާ އަނެއްކާވެސް މިއަދު ފުލުހަށް ހާޒިރުކުރާނެ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 މާޗް 2017 - 12:56
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ރޭ ފުލުހަށް ހާޒިރުކޮށް، ފޯނު އަތުލީ އިސްލާހީ މަސައްކަތް ސަރުކާރަށް ހަޖަމުނުވެގެން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ކަން ކުރައްވާ ރިޔާޒްގެ ފޯނު އަތުލީ ރޭ އޭނާ މަގުމަތިން ވަޑައިގަންނަވަނިކޮށް އޭނާ ހުއްޓުވައި، ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު އެވެ. އެ މައްސަލާގައި އިތުރަށް ސުވާލުކުރަން މިއަދު ހަވީރު އޭނާ އަލުން ފުލުހަށް ހާޒިރުވާން ވެސް ވަނީ އަންގައިފަ އެވެ.
ރިޔާޒް "މިހާރު" އަށް ވިދާޅުވީ އޭނާގެ މައްޗަށް ފުލުހުން ކުރަނީ ފިތުނަ އުފެެއްދުމާއި ހަގީގަތާ ޚިލާފް ވާހަކަ ދެއްކުމުގެ ތުހުމަތު ކަމަށާއި އޭގެ ތަފްސީލެއް އަދި ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު ދުވަހަކު ވެސް ގާނޫނާ ޚިލާފް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިއީ އިދިކޮޅު ފަރާތްތަކުގެ އިސްލާހީ މަސައްކަތްތައް ހަޖަމް ނުވެގެން ބިރު ދައްކަން ސަރުކާރުން ކުރާ ކަމެއް ކަމަށާއި އެކަމާ ޖެހިލުންވެ ވަޑައިނުގަންނަވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ސަރުކާރަށް އަޅުގަނޑުމެންގެ މަސައްކަތްތައް ހަޖަމް ނުވެގެން ފުލުހުން މެދުވެރިކޮށް ބިރު ދައްކަން ކުރާ ކަމެއް މިއީ. އެކަމަކު އަޅުގަނޑު މިހިިރީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން މާތްﷲ ގަންދީ ހުވައެއް ކޮށްގެން. އެ މަސައްކަތުގައި އަޅުގަނޑު ދެމިހުންނާނަން. އެއްވެސް ފަސް ޖެހުމެއް ނާންނާނެ މި ކަމަކުން،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މިއަދު އެގޮތަށް އަމަލު ކުރަމުން ދަނީ ފުލުހުންނާއި މިނިވަން މުއައްސަސާތަކުގެ ކޮންޓްރޯލް ސަރުކާރުގެ އަތުގައި އޮތުމުންނެވެ. މުއައްސަސާތަކުގެ ކޮންޓްރޯލް އޮތުމުން، އިދިކޮޅު ފަރާތްތަކަށް ބިރު ދައްކައި، އިސްލާހީ މަސައްކަތްތައް ހުއްޓުވަން މަސައްކަތް ކުރަނީ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުންމަތީގެ ޑޮކްޓަރު
28 March 2017
އިސްލާހީ މަސައްކަތަކީ މެންބަރުން ގިނަ ކުރަން އެ މީހުންގެ ޖީބުތައް ފުރައިދިނުން ކަމަށްވާނަމަ ތިޔަހަރަ ކުރެވެނީ ނަމޫނާ އިސްލާޙީ މަސައްކަތެވެ. ދޮންކެޔޮ ގަނޑެއް ދޮންވެފައި ހުރި މިސާލުން ކުނޫޒުގައި ދޮންކެޔޮ ގަނޑެއް ދޮންވެ ފައްކާވެފައި އެބައޮތެވެ. އުފުރުނު މީހަކު އުފުރަންވީއެވެ.
ކުރި
28 March 2017
މިހާރު އެބަ އެއްޗެއް ވިސްނޭ ދޯ. ރިޔާޒްވެސް ކަންތައް ކުރިގޮތަށް މިހާރު ރިޔާޒާދޭތެރޭ މިހާރުގެ ޕޮލިސް ކޮމިޟަނާ ކަންތައް އެކުރަނީ
ޕޮއްޕަޓްލާލް
28 March 2017
އެ ގަތުލުގެ ސިއްރު ތައް ކޮބާ؟
ޗިކުސް
28 March 2017
އެއްވެސް ކުޝެއް ނެތި ފުލުސް އޮފީހަށް ހާޒިރު ކުރުމަކީ ވެސް ހަމަ ޓެރެރިޒަމް އަމަލެއް . ދައުވާ ކުރެވެން ޖެހޭނެ.
އިދިކޮޅު
28 March 2017
އިދިކޮޅު ފަރާތްތަކުން ސަރުކާރު ފެއިލްވީއެ ގޮވާތާވެސް 4 ވަނަ އަހަރު ސަރުކާރާކަށް ހިޔެއްނުވެ ކަމެއް ވާހެންވެސް އިދިކޮޅު ފަރާތުން ސަރުކާރު ފެއިލް ވީއޭ ބުނީމަ އެމީހުން ހިތުން ސަރުކާރު އެ ފެއިލްވީ އެކަމަކު އިދިކޮޅުފަރާތުގެ ކޯލިސަނުތިބީ 26 މެންބަރުން ސަރުކާރުގެ ކޯލިސަނު އެބަތިބި 58 ދެންކޮންގޮތަކުން ސަރުކާރު ފެއިލްވަނީ ކިހިނެއް ކިޔާނެއެއްޗެއް ނޭންގުނީޔަ ކިޔާބަ އިދިކޮޅު ފަރާތުން ކުރިހާކަމެއް އަތަށެ ގޮވި
ސުވާދީބުކަލޯ
28 March 2017
މޮޔަވާހަކަ ނުދައްކާ ސަރުކާރަށް އަބަދުވެސް ހަޖަމްވާނެ ހަޖަމުނުވާނީ އަމިއްލަ ފައިދާއަށް އުޅޭ ސީޔާސީ ތާކުންތާކު ނުޖެހޭ މީހުންނަށް
މަންސޫރު
28 March 2017
ތިޔަ ކިޔޭ އެއްޗެއް އިނގޭތަ؟ ސަރުކާރުގައި ހިންގަން ތިބީ ސިޔާސީ މީހުންނެއް ނޫންތަ؟ ފާފު ވިއްކާލައި އެހެނިހެން ރަށްތަކޢީ ފަޅުތައް ވިއްކައިގެން ޝޯ ބާއްވައި ހަވާ އެރުވީ ސިޔާސީ މީހުންނެއް ނޫންތަ؟ އެކަންތައް ކަލޭ ތިޔަ ރުޅި އަންނަ މީހުންތަ؟ ނޫން ދޯ؟ ކަލެޔަށް ހެޔޮ ދެއްތޮ؟ އަމިއްލަ ފައިދާ ދަސްވެއްޖެ؟
ހެހެހެހެ
28 March 2017
ކަލޯ އަށް ވެސް ހަޖަމް ނުވޭ.....ހައްހައްހައްހާ
ތަރާދު
28 March 2017
ތިގޮތަށް ގެންދިއުން ހުއްޓިދާނޭ ގޮތަކީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ އެކައުންޓް ތައް ފްރީޒް ކުރުމާއި ޓްރެވަލް ބޭންފަދަ ހަރުކަށިފިޔަވަޅު ބައިނަލް އަގްވާމީ ފަރާތްތަކުން އަޅައިގެން.
އަލީ
28 March 2017
07 ފެބްރުއަރީ 2012 ގައި މިރާއްޖޭގައި ބަޣާވާތުގެ އަމަލެއްހިންގާފައިވާކަން އެނގޭކަށްނެތް. ވަޒީފާތަކުން އިސްތިއުފާ ދީފާ އެއީ ބަޣާވާތެކޭ ނުކިޔަނީ ކީޢްވެގެން.ބަޣާވަތާއި އިސްތިއުފާ ދިނުމާއި މިއީ ދެކަމެއް
ސުވާލު
28 March 2017
ބޮޑުވަރު. ޕޮލިސްކޮމިޝަނަރ ޢަރީފްއާއި މެދު ސުވާލުކުރެވޭނެ ދުވަހެއްވެސް އަންނާނެ.
ފެބް ސެވެން
28 March 2017
އިންފުލުއެންޒާވެސް ނުޖެހޭ ވަރުގެ މޮޅު މީހުން ކިހިނެތް މަރުވާނީ ! މަރުވީމަ އެއްނޫ ސުވާލު ކުރެވޭނީ ދޯ ކޮމިސް ސޯ ؟
މުހައްމާ
28 March 2017
ބަގާވާތުގެ އަހުލުވެރިންގެ ތެރެއިން މިހާރު ސަލާމަތުން ހުރީ ސަން ޝިޔާމް އެކަނި. ބަގާވާތަކީ ހާދަހާވާ ހިތި އެއްޗެކެވެ.
މަންސޫރު
28 March 2017
ޔާމީނޯ؟ އޭނާވެސް މައިދާނަށްގޮސް ޔުނީފޯމުގައި ތިބި މީހުންނަށާއި އާންމުންނަށް ސަރުކާރު ވައްޓާލަން ހިތްވަރު ދިންތަން ފެންނަ ވީޑިއޯ އެބަހުރި.