ދަރުމަވަންތަ ހޮސްޕިޓަލް: ޑަބްލިއުއެޗްއޯ އިން އިއުލާނުކުރި ގޮތުގައި އެޗްއައިވީ އާއި ސިފިލިސް އަދި ހެޕަޓައިޓިސް-ބީ މައިންގެ ގައިން ތުއްތުދަރިފުޅަށް އެރުން ރާއްޖޭން މިހާރު ވަނީ ނައްތާލާފައި.---ފޮޓޯ: މިހާރު
13 އޮކްޓޯބަރ 2025 - 15:50
މައިންގެ ގައިިން ތުއްތު ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ނުފެތުރޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އިއުލާނުކުރި ގޮތުގައި އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ މައިންގެ ގައިން ތުއްތުދަރިފުޅަށް އެރުން ރާއްޖޭން މިހާރު ވަނީ ނައްތާލައިފަ އެވެ. މީގެ ތެެރެއިން އެޗްއައިވީ އާއި ސިފިލިސް މައިންގެ ގައިން ތުއްތު ދަރިންނަށް އެރުން ހުއްޓުވާފައިވާކަން ޑަބްލިއުއެޗްއޯ އިން 2019 ވަނަ އަހަރު ވަނީ ބަލައިގެންފަ އެވެ.
މައިންގެ ގައިން ތުއްތު ދަރިންނަށް ތިން ބައްޔެއް އެރުން ހުއްޓުވި ފުރަަތަމަ ގައުމަށް ރާއްޖެ ވީ، ހެޕަޓައިޓިސް-ބީ އެގޮތަށް ފެތުރުން ހުއްޓުވުނުކަން ޑަބްލިއުއެޗްއޯއިން ބަލައިގަތުމާ އެކުގަ އެވެ.
ރާއްޖޭގެ މިކާމިޔާބީއަށް ތައުރީފުކުރައްވައި ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރިޔޭސުސް ވިދާޅުވީ މައިންނާއި ތުއްތު ކުދިންގެ ސިއްހީ ހާލަތު ރަނގަޅުކުރަން ރާއްޖޭގެ ޕޮލިޓިކަލް ވިލް ވަރުގަދަ ކަމަށާއި އެކަމަށް ރަނގަޅަށް އިންވެސްޓްކޮށްފައިވާ ކަމަށެވެ.
"މި ތާރީހީ ކާމިޔާބީ ވެފައި މި ވަނީ މި ލަނޑުދަނޑިއަށް މަސައްކަތްކުރާ އެހެން ގައުމުތަކަށް އުއްމީދަކަށް އަދި ހިތްވަރަކަށް،" އޭނާ ވިދާޅުވި އެވެ.
މައިންގެ ގައިން ތުއްތު ދަރިންނަށް ބަލިތައް ފެތުރުމަކީ ކޮންމެ އަހަރަކު އެތައް މިލިޔަން ކުދިންނަކަށް އެކި ބަލިތައް ފެތުރޭ ގޮތެކެވެ. ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތައް ދައްްކާ ގޮތުން، ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އެކަނި، ސިފިލިސް ޖެހިފައިވާ 23،000 މައިން ވިހޭ އިރު، އެ މީހުންގެ ފަރާތުން 8،000 ކުއްޖަކަށް އެ ބަލި ޖެހުނެވެ. އަދި އެޗްއައިވީ ހުރި 25،000 އަންހެނަކު ވިހޭ އިރު ކުދިންނަށް އެބަލި ފެތުރުނެވެ. އަދި ހަމަ މި ސަރަހައްދުގައި ހެޕަޓައިޓިސް-ބީ 42 މިލިޔަން މީހަކަށް ޖެހިފައިވެ އެވެ.
ޑަބްލިއުއެޗްއޯ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެެކްޓަރު ޑރ. ކެތަރިން ބޮއިމީ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކާމިޔާބީ އަކީ އެންމެންނަށް ރަނގަޅުފެންވަރުގެ ސިއްހީ ހިދުމަތްދޭން ރާއްޖޭން މަސައްކަތްކުރާ ކަމަށް ހެކިދޭ ކާމިޔާބީއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
بل ބަލި
14 October 2025
އެައަރޕޯަޓް ކުރެޱިޓް ނަގަންއުޅުނުހެން މިކަމުގެ ކުރިޱިޓް ނަގާނީ ކޮން ރައީސްއެއްތޯ؟ އެއްވެސްކަމެއްގަ ރައްޔިތުންނަށް ޝުކުރުއަދާނުރާތި.
ސަންސް
14 October 2025
މަރްހަބާ
އަބްޑޫޅް +
14 October 2025
ކިހުނުބަލި އަދިވެސް ޖެހޭ ދޯވ؟
ތިންބަލި
13 October 2025
ތިން ބަލި ކޮންޓްރޯވި އިރު ކޮންޓްރޯލް ނުވާވަރަށް އެއަށްވުރެ މާބޮޑު ތިން ބަލި މިތިބީ ފަތުރައިގެން. އަނެއްކާ އެބަލި ޖެހިފައި ހުންނަކަންވެސް ރޭކާނުލާ. ގައިންގަޔަށް އަރަނީވެސް އެހާ އަވަހަށް. އެ ތިން ބައްޔަކީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ.
ކޮބާ
13 October 2025
ސިފިލިސް ނެތްކަން ނަސީބެއް.
ގައުމުގެ ދޫ
13 October 2025
މިރީތިނަން ކޮންމެގޮތެއްހަދައިފައިވެސް ހިފޭއްޓޭތޯ ބަލަންވާނެ.
މޭރާ ޚެޔާލް
13 October 2025
ތީ ކުރީ ސަރުކާރުގެ ކަންތައް