ބިލެތްފަހީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެ ތަން ހިންގުމުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ އެމްޑީ ޝަރީފު އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުޝާމް މިއަދު ސޮއިކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
13 އޮކްޓޯބަރ 2025 - 18:23
ށ. ބިލެތްފަހީގަައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ އަމަލީ މަސައްކަތް އެމްއޭސީއެލާ ހަވާލުކޮށް، މަސައްކަތް މިއަދު އަލުން ފަށައިފި އެވެ.
ބިލަތްފަހީ އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެމްޓީސީސީއާ ހަވާލުކުރި ނަމަވެސް އެ ވެރިކަން ނިމުނީ ނަތީޖާއެއް ނުފެނި އެވެ.
ބިލެތްފަހީގެ އެއާޕޯޓަށް ބޭނުންވާ ހިން ހިއްކުމުގެ މަސައްކަތް މިއަދު ފަށަނީ.---ފޮޓޯ: ރައީސް އޮފީސް
އޭރު ބިލަތްފަހީ އެއާޕޯޓު އަޅަން ނިންމީ ކްރޮސް ސަބްސިޑީ އުސޫލުންނެވެ. ބިން ހިއްކައި އެއާޕޯޓުގެ އަމަލީ މަސައްކަތް އެ ދައުރުގައި ފަށަން މަސައްކަތް ކުރި ނަމަވެސް އެ ކަމެއް ނުކުރެވުނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދުގެ ހަތަރު ވަނަ ރަށަކަށް ވަޑައިގަތީ ބިލެތްފައްސަށެވެ.
ބިލަތްފަހީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު މިއަދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ދަތުރުފުޅުގެ ތެރެއިން ބިލެތްފަހީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެ އެއާޕޯޓު ހިންގުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުޝާމް އަލީ އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ.
އެ އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޝަރީފާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ބިލެތްފަހި ކައުންސިލް ރައީސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަދަ
13 October 2025
ގިނަ މީހުން ދިރިއުޅޭ ސަރަހައްދު ތަކަށް އަޅާނުލާ ފަސް ސަތޭކަ މީހުން ހަމަ ނުވާ ރަށްރަށުގަ ބިލިޔަނުން ޙަރަދުކޮށް އެއާޕޯޓު މި އަޅަނީ. ދެން ފެންނާނީ ރައްޔިތުން ކައި ބޯ އުޅޭ އެއްޗެއް ނެތިގެން އުޅޭއިރު ކަނޑުއަޑީގަ ޓަނަލް އަޅާތަން.
ސުރުޚީ
13 October 2025
ލޮލް! ތި ނުން ކަމެއް ހަމަ ނެތީ! ތިޔަށް ވުރެން މާ މުހިއްމު ރިޒޯޓް ތަކުން ދިވެހިންނަށް ވަޒީގެ ފުރުސަތު ލިބޭނެ ގޮތް ހެދުން! ރޫމްބޯއި ވެއިޓަރުން ނަށް ވެސް މިހާރު ބޭރު މީހުން ނަގަނީ ! ހާދަ ކަޑަ ސަރުކާރު ތަކެކޭ މީ! އެކަކު ދެކަކު ހިތްހަމަ ޖައްސަން ކޮންމެ ގެއެކާ ބަދިގެ ދޭތެރެ ވެސް އެއަރޕޯރޓް! ކޮބާ ޕުލޭނެއް!
ޓިނު
13 October 2025
އަޅަންފެށިފަކުރިތަންތަން ކުރިއަށްނުދާއިރު ތިތަންތަށް ކިހެނެއްހަދާނީ
އަސް
13 October 2025
ސާބަހޭ އެގްރީމެންޓް ސޮއި ކުރުމާ މަސައްކަތް ފެށުމާ އެކު އެކީގަ.