ބިލެތްފަހީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެ ތަނުގެ އަމަލީ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު ބައްލަވައިލައްވަނީ .---ފޮޓޯ: ރައީސް އޮފީސް
13 އޮކްޓޯބަރ 2025 - 22:07
ށ. ބިލެތްފަހީގައި މިއަދު އަމަލީ މަސައްކަތް ފެށި އެއާޕޯޓުގެ މަސައްކަތް ދެ އަހަރާއި ހަ މަސް ތެރޭގައި އެއްކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ބިލެތްފަހީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގެ އެއާޕޯޓަކީ މުޅި އަތޮޅަށް ވެސް ވަރަށް މުހިންމު މަޝްރޫއުއެއް ކަމަށެވެ.
މިއަދު ހަވީރު އެއާޕޯޓު އެއްބަސްވުމުގައި ސޮއިކޮށް ވަނީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވެސް ފަށައިފަ އެވެ.
ރައީސް ވިދާޅުވީ އެއާޕޯޓު މަސައްކަތް އެމްއޭސީއެލާ ހަވާލުކުރީ، އެ ކުންފުނިން އިންވެސްޓު ކޮށްގެން އެ ތަން އަޅައި، އޮޕަރޭޓް ކުރާ ގޮތަށް ކަމަށެވެ.
ބިލެތްފަހީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެ ތަން ހިންގުމުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ އެމްޑީ ޝަރީފު އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުޝާމް މިއަދު ސޮއިކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އެމްއޭސީއެލުން ބިން ހިއްކުމުގެ މަޝަރޫއު ފެށިއިރު އެއީ ޖުމްލަ 36 ހެކްޓަރުގެ ބިން ކަމަށް ރައީސް ވިދަޅުވި އެވެ.
"މިއަދުން ފެށިގެން 8 މަސް ދުވަސް ތެރޭ ބިން ހިއްކައި ނިންމާނެ. ހުރިހާ މަސައްކަތެއް މިއަދުން ފެށިގެން ދެ އަހަރާއި ބައި ތެރޭ، 30 މަސް ދުވަސް ތެރޭ ނިންމައި ހުޅުވާނެ. ބިން ހިއްކުން ނިމޭއިރަށް ދެން ހުރި މަސައްކަތް ބާރު ސްޕީޑުގައި ފެށޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވަނީ ފުއްދައި ދެއްވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އެގޮތުން ހުރިހާ މަޝްރޫއުއެއް ވެސް އެއްވެސް މަޑުޖެހުމެއް ނެތި ވަރަށް ފުރިހަމަކަމާ އެކު، ކުރިއަށް ގެންގޮސް ނިންމައި ދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
ބިލެތްފަހީގެ ފެނާއި ނަރުދަމާގެ މަސައްކަތް ވަރަށް އަވަހަކަށް ފެށޭނެ ކަމަށާއި ނިމޭހާ އަވަހަކަށް އެ ރަށު މަގު ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭގެ ފަހުން ބަނދަރު މަސައްކަތް ފައްޓައި ނިންމައި ދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާލުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ރަށެއްގެ ރައްޔިތުންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"ބިލެތްފަހީ ބަނދަރު މައްސަލަ އަށް ދާއިމީ ހައްލެއް އަންނަން ޖެހޭ. ބަނދަރު ހެދުމުގައި ރައްޔިތުންނާ މަޝްވަރާކޮށް، ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ދާނީ. މިހާރުން ފެށިގެން އަންނަ ފެބްރުއަރީ އަށް ބަނދަރު މަސައްކަތް ނިންމާނެ،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ސްކޫލު މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ ކަމަށާއި ސިއްހީ މަރުކަޒުން ދޭ ހިދުމަތް 16 ގަޑިއިރަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
- ބިލެތްފަހީގައި މިސްކިތެއް ބިނާ ކުރުމަށް މި މަހު ހަވާލުކުރާނެ
- ކުނި މެނޭޖް ކުރުމުގެ މަސައްކަތް ހަވާލުކުރާނެ.
- ބިލެތްފަހީގައި ހޭންޑްބޯޅަ ކޯޓަކާއި ވޮލީ ބޯޅަ ކޯޓެއް އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ. އަދި އެ ރަށުގައި ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޮޅިދަމާ
14 October 2025
މީގެ މަހެއްހާ ދުވަސް ކުރިން ބ. ގޮއިދޫ އަށް އައިސް ވެފަ ދިޔަ ވައުދުތަށް ވީގޮތެއް އަދި ނޭނގެ ވީ ހިސާބެއް ވެސް. ބ.ތުޅާދޫ އެއާރޕޯޓްގެ ސްޕީޑް ބާރުކަމުން އެތާ މަސަތްކަތް ކުރަން ގެނާ ސާމާނުތައް ވެސް ދިޔަ ތަނެއް ނޭނގެ.
21/2
14 October 2025
ދެއަހަރާބައި ވާއިރު ބިންހިއްކޭނެ ކަމަށް މިބަލަނީ. ދެން ރިޔާސީ އިންތިހާބު ކެންޕޭނުގަ ވަޑައިގެން ބިންގާ އަޅުއްވާ ދެއްވާނެ.
އިކުރާސް
14 October 2025
އަރާވަޑައިގަންނަވާ ކޮންމެ ރަށެއްގަ އެ ހެޔޮ 200 މީހުން ތިއްބަސް، އެއާރޕޯޓު އަޅާނަމޭ ކިޔާ އަޅި ބުރުސުން ދެން ހަމަ ހުއްޓައެއް ނުލައްވާނަންތޯ!
ކުޑަހުވަދޫ 2.0
14 October 2025
ރައީސް ބުނެދީބަލަ ކުޑަހުވަދޫގެ މަގުތައް ހަދައި ތާރުއަޅައި ނިމޭނެ ދުވަހެއް. އެމްޑީޕީގެ 05 އަހަރު ވެރިކަމުގައި ކޮންމެވެސް ވަރަކަށް ދުވާރު ހަދާފައި ހުރީ. މިވެރިކަމަށް 02 އަހަރުވަނީ އަދި ހަމަ ހާކާލަ ހާކަލާ ތިބޭތަން ފެންނަނީ. އެވަރުންވެސް ސަރުކާރުން ނޫސްތަކަށް ފައިސާ ދީގެން ނޫސްތަކުގައި އެބަ ޖަހުވައޭ "ކުޑަހުވަދޫ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް" ކުޑަހުވަދޫ މީހުންގެ ލޮލަށް ހުރީ މިރުސްފެން އެޅިފައެއް ނޫނޭ.
އީސަ
14 October 2025
ހެޔޮނުވާނެ 400 މީހުންވެސް ނޫޅޭ ރައްތައް އެއްފަސް ކުރައްވާ.. ހާދަ ބޮޑެތި ހަރަދޭ ތިހުންނަނީ
ބޮޑުރަށް
14 October 2025
ބިލެތްފަހި އަކީ ބިން ބޮޑު ޜަށެއް. ތިބޭފުޅާވެސް ހަމަ ބިލެތްފަހިއަށް ހިޖުރަކުރަންވީ. ޢެއާޕޯޓު އެޅުމުން ލޯކަލް ޓޫއަރިޒަމްގެ އެންމެ ކާމިޔާބު ރަށަކަށް ވާނީ ބިލެތްފަހި.
ފެކްޓްް
13 October 2025
"ދެއަހަރާބައިން" ތިބޭނީ ކާނެވަރަކަށް ކައި، ނިމި، މި ސަރުކާރުގެ އެންމެން ބަނޑުދަމަން ގޭގައި ނޫންތޯ! ތިހެން ބުނި ތުޅާދޫ ކިޔާ ރަށަކަށް ގޮސްވެސް. އެކަން އޮތް ހާލު މިވެރިންނަށް އެނގޭހެން ހިއެއްނުވޭ. އަދި ރަސްމާލެ ހިއްކާ ނިންމަން ބުނި "8 މަސް" ގުނާގޮތް އެނގޭނީ ހެއްދެވި ފަރާތަށް. ވެދުން
ދިއްދޫމީހާ
13 October 2025
ދެއަހަރާ ބައިން ކަލޭމެންނަ ކުރެވޭނެކަމެއް އަހުން ބުނެފާނަން އެއީ ބަށިކޯޓެއް ތިޔަ ރަށުގައި އުޅުވުން އެއީ ބިލެއްފަހީގައި ނޫޅޭނެ ބަށިކުޅޭ އެއްވެސް ކަނބަލެއް.. ..
ކާނިި
13 October 2025
ދެއަހަރާ ބައިތިކިޔަނީ ބަންދުވަހަށް ކަނޑާފައިތޯ؟
ދިވެހިރާއްޖެ 2.0
14 October 2025
05 އަހަރަށް ކަނޑާފައި