ޣައްޒާގެ ސުލްހަޔަށް ޖާމިނުވެ ގަރާރުގައި ސޮއިކުރުމަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެ ސޮއިތައް ދައްކާލަނީ. -- ފޮޓޯ: އޭއެފްޕީ
13 އޮކްޓޯބަރ 2025 - 22:40
ފަލަސްތީނުގެ ޣައްޒާގައި ދެ އަހަރު ވަންދެން ދިން ހަމަލާތަކަށް ނިމުމެއް ގެނައުމުގެ އެއްބަސްވުމަށް އެމެރިކާ، މިސްރު، ގަތަރު އަދި ތުރުކީން ޖާމިނުވެ ގަރާރެއްގައި ސޮއިކޮށްފި އެވެ.
"މި ލިޔުމުގައި ގަވައިދުތަކާއި އުސޫލުތަކާއި އަދިވެސް އެތައް ކަމެއް ހިމެނިގެންވާނެ،" މިސްރުގެ ޝަރުމުއްޝައިޚްގައި ކުރިއަށްދާ ޣައްޒާގެ ސުލްހައިގެ ސަމިޓުގައި މި ގަރާރުގައި ސޮއިކުރެއްވުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވި އެވެ.
ސޮއިކުރެއްވުމުގެ ކުރިން އޭނާ ވަނީ ޣައްޒާގައި ހަމަލާ ދިނުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެކަން ދެމި އޮންނާނެ ކަމަށް ދެ ފަހަރު ވިދާޅުވެފަ އެވެ.
މިސްރުގެ ޝަރުމުއްޝައިހްގައި ބޭއްވި ޣައްޒާގެ ސުލްހައިގެ ސަމިޓުގެ ބައިވެރިން. -- ފޮޓޯ: އޭއެފްޕީ
ޣައްޒާގެ ސުލްހައިގެ ސަމިޓުގައި ޓްރަމްޕު ވިދާޅުވީ ގައުމުތައް ގުޅިގެން ކުރި މަސައްކަތުން މިއަދު މި ވަނީ "މެދުއިރުމަތީގައި ސުލްހަ ގާއިމުކުރެވިފައި" ކަމަށެވެ. އަދި މިއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެތައް ބަޔަކު ބުނަމުން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެން ގުޅިގެން މި ވަނީ ނުވާނެ ކަމަށް އެންމެން ބުނި ކަންތައްތައް ހާސިލްކޮށްފައި. މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރެވިއްޖެ،" ސަމިޓުގައި ގައުމުތަކުން ބައިވެރިވެ ވަޑައިގަތް ލީޑަރުންނާ މުހާތަބު ކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.
ޣައްޒާގެ ސުލްހައިގެ ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު. -- ފޮޓޯ: އޭއެފްޕީ
ޓްރަމްޕާ އެކު މި ސަމިޓު އިންތިޒާމުކުރެއްވި މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ ވިދާޅުވީ ސުލްހައިގެ މި އެއްބަސްވުމުގެ ދަށުން މުޅި މެދުއިރުމައްޗަށް މުޅިން އާ ޒަމާނެއް ފެށުނީ ކަމަށެވެ.
ޣައްޒާގައި ދިން ހަމަލާތައް ހުއްޓާލުމަށް ވީ އެއްބަސްވުމުގެ ދަށުން ހަމާސް އާއި އިޒްރޭލުން ވަނީ އެއްބަސްވުމުގެ ފުރަތަމަ ކަންތައް ކަމަށްވާ އިޒްރޭލުގެ އަސީރުން މިނިވަންކުރުމާއި ފަލަސްތީނުގެ ގައިދީން މިނިވަންކުރުމުގެ މަސައްކަތް ފުރިހަމަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކައުންސެލަރު...
14 October 2025
ކޮން ޕީހެއްތަ؟ މެދުއިރުމަތީގަ ޕީސް ހަދަންދޯ ކަލޭ އިސްރާއީލަށް ހަތިޔާރުފޮނުވަނީ. ކޮބާ ލަދު؟
ހުސްނުބާނޫ
14 October 2025
އަރަބުސް އާ ފޫލްސް. އެމެރިކާގެ ގުއިރޯނުގަ އެމީހުން ކޮންމެފަހަރަކުވެސް ޖެހޭ. އަސްލުވެގެންއުޅޭގޮތަކީ އިޒުރޭލާއި އެމެރިކާގެ ހަތިޔާރުތައް ހުސްވަމުންދާތީ ސުޓޮކު އިތުރު ކޮށްލުމަށް ޖެހި މަޅިއެއްތިއީ. މިހާރުދެން ޔޫކުރޭނަށް އެހަތިޔާރު ދެވޭނެ. ވާވަރަށް ސުޓޮކު އިތުރުވީމަ ތިއަށްވުރެވެސް ވަރުގަދަ ކުރާނެ. އަރަބި ހުރިހާ ގައުމަކަށް ބޮންވެސް އަޅާނެ. ނިކަން ބަލަންހުރޭ.
ޙައެމެ މަރުހީ ޖާވާ
14 October 2025
ޓުރަމްޕުގެ ސޮއި ފެނުނީމަ މަ ހީކުރީ ސަމިޓުގަ ތިބި އެންމެންގެ ސޮއި ކަމަށް.
އަލީބެ
14 October 2025
ހަގީގަތުގަ އެންމެފަހު ވަގުތުވެސް އިޒްރޭލުން ފަލަސްތީން ދައުލަތް ބަލައިނުގަނޭ. ފަލަސްތީން ވާހަކަ ނުގެނެވި ، އެމެރިކާ އިސްވެ ފަލަސްތީނު އެތައް ބަޔެއް މަރާފަ އެކަން އެމެރިކާއިން ހުއްޓާލުމަކީ އެމެރިކާ ހީރޯއަކަށް ވާނެ ސަބަބެއްތޯ. އެހެންވާނެނަމަ މީހެއްގައިތަ ތަޅަތަޅާފަ އެކަން ހުއްޓާލީމަ އަނިޔާ ލިބުނުމީހާ ޝުކުރުވެރިވާނެއެވެ. އެއީވާނެ ގޮތެއްނޫނެވެ. ޣާޒާގަ އެމެރިކާއިން އެއުފެއްދީ ވަރުގަދަ ބަދަލުހިފުމަކާ ރުޅިވެރިކަމެއް. އަރަބިންނަށް ހަމްދަރުދީވާންޖެހޭ
އަލީމްބެގެ ކޮއްކޮ
14 October 2025
ތިޔަ ސަމިޓުގައި ހަނގުރާ ހުއްޓާލަން ސޮއި ތިކުރީ ހަގީގަތުވައި ހަނގުރާމަ ކުރި މީހުން. ޑްރާމާ މޮޅު
raajje
14 October 2025
ތީކީސުލްހަައިގެއެއްބަސްވުމެއްނޫން، ތީ އެމެރިކާއާ އިޒުރޭލަށް އިތުރަށްކުރެވޭނެކަމެއްނެތިގެން ބޭނުންވިއެއްވެސްކަމެއް ހާސިލުނުކުރެވޭނެކަންއެނގުނީމާ ހެދިބޮޑުމަކަރެއް، ދުނިޔޭގެ ގައުމުތަކުގެ ރައްޔިތުން ފަލަސްތީނުގެދިފާއުގާ ތެދުވަންފެށުމުންނާ ގައުމުތަކުގައި ހާއްސަކޮށްއެމެރިކާގައިވެސް އެމެރިކާއާއި އިޒުރޭލާދެކޮޅަށްކުރާ މުޒާހަރާތައްވަރުގަދަވާންފެށީމާ ބިރުން ސުލްހަވީޔޭކިޔާފަ ހާވާހަޑިއެއްތީ، ތިކަމަށް ސަޕޯޓުކޮށްއަތްޖަހާނީމޮޔައިން ނުވަތަ ޔަހޫދީން
ރިޝާނު
14 October 2025
ކޮން ޖާމިނެއްތަ. ކަލޭމެނަށް ހެޔޮ އަރަބި ބަހެއް ލިޔެވެނިކޮށް ކޯއްޗެއްކަން ކިޔާ ބަޔަކަށް ނޭގުނަސް.
ދަނޑުން
14 October 2025
الحمد لله
ސނީނު
14 October 2025
ޓުރަމްޕަކީ ދުނިޔޭގެ ކިންގް. މާތްﷲ އެމަނިކުފާނުގެ މަސައްކަތުގައި ބަރަކާތް ލައްވާށި.
މެސީ1
14 October 2025
ފަހަރުގަ ނަރަކައިގެ ވޭންދެނިވި އަޒާބުލިބޭ ކިންގް ކަމަށްވެސް ވުން އެކަށީގެންވޭ
ހަލީމް 2025
14 October 2025
ކޮން ކިންގެއް ކަލެޔަށް އޭނާ އަކީ ކިންގެއް ކަމަކު އަހަރެމެންނަށް އެއީ ބޮޑު މުޖުރިމެއް
ކިމް
14 October 2025
ސޮއި އެޔޮތީ މާ މަތީގަދޯ