ހުސެއިން ޝިފާއު: އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތު ވެއްޖެނަމަ 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ.
17 އޮކްޓޯބަރ 2025 - 13:34
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް، 23 ދައުވާއެއް އިއްވާފައިވާ ހުސެއިން ޝިފާއު ޖަލު ހުކުމުން ސަލާމަތްވާ ގޮތަށް ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހުން އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން ކޯޓުން އެ އެއްބަސްވުން ބަލައިނުގަންނަން ނިންމައިފި އެވެ.
ޝިފާއުގެ މައްޗަށް ކުރި 23 ދައުވާއަށް 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށާއި މި މައްސަލަތަކުގައި 123،844.54 ޑޮލަރު (1.9 މިލިއަން ރުފިޔާ) ހިމެނޭ ކަމަށް ޕީޖީން ކުރިން ބުނެފައިވެ އެވެ.
ނަމަވެސް ޝިފާއުއާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދީ ޝަރީއަތް ނިމި ހުލާސާ ބަޔާން ހުށަހަޅާ ހިސާބުގައި އޮއްވަ އެވެ. މި އެއްބަސްވުން ބަލައިނުގަންނަން ގާޒީ އަލީ ނަދީމް ވަނީ އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ނިންމަވައިފަ އެވެ.
ކޯޓަށް ހުށަހެޅި އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުން ޝިފާއުގެ މައްޗަށް އުފުލި 23 ދައުވާގެ ތެރެއިން ހަތް ދައުވާއެއް ފިޔަވައި އެހެން ހުރިހާ ދައުވާއެއް އަނބުރާ ގެންދާނެ އެވެ. އެއީ މަނީ ލޯންޑަރިންގެ ހުރިހާ ދައުވާއަކާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ހުރިހާ ދައުވާއެކެވެ. ކުރިއަށް ގެންގޮސް ސާބިތުކުރުމަށް އެއްބަސްވެފައި އޮތީ އަދަބު ކުޑަކޮށް ހުރި، މަކަރާއި ހީލަތްހެދުމުގެ ހަތް ދައުވާއެކެވެ. މި ދައުވާތަކަށް ޝިފާއުގެ މައްޗަށް އަންނާނީ 88 ދުވަހަށް ޖަލަށްލުމާ އެކު 184،600ރ. އިން ޖޫރިމަނާކުރުމުގެ އަދަބެއް ކަމަށް ވަނީ އެއްބަސްވެފަ އެވެ.
ދައުވާ ލިބޭ މީހާ ބަންދުގައި ހުރި މުއްދަތު، ޖަލު ހުކުމުން އުނިކުރަން ޖެހޭތީ މި ހުކުމާ އެކު ޝިފާއު ސަލާމަތްވާނެ އެވެ. އެއީ ހުކުމުގެ މުއްދަތު ކަމަށްވާ 88 ދުވަހަށް ވުރެ ގިނަ ދުވަހު ޝިފާއު ބަންދުގައި ހުރެފައި ވާތީ އެވެ. އެހެންވެ ޖަލު ހުކުމް ތަންފީޒު ނުކޮށް ދައްކަންޖެހޭނީ 184،600ރ. ގެ ޖޫރިމަނާއެކެވެ.
އެކަމަކު، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އިއުތިރާފުގެ އެއްބަސްވުން ބަލައި ނުގަތުމަށެވެ. ގާޒީ ވިދާޅުވީ މިއީ މި މައްސަލައިގައި ހިމެނޭ ކުށްތަކާއި ތަހުގީގު ރިޕޯޓުގައި ފުލުހުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމަކަށް ރިއާޔަތްކޮށްގެން ހަދާފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ.
ޝިފާއުގެ ފަރާތުން ގެއްލުންވި މީހުންނަށް އެ ގެއްލުންތަކުގެ ބަދަލު ލިބޭނެ ކަމުގެ ޔަގީން ކަމެއް ނުވަތަ ގެރެންޓީއެއް ވެސް އެއްބަސްވުމުގައިނެތް ކަމަށާއި އެހެންކަމުން އެއްބަސްވުން ޝަރީއަތަށް ބަލައިނުގަންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ މި މައްސަލަ މިހާރު ކުރިއަށްދާ ގޮތަށް ގެންގޮސް ހުލާސާ ބަޔާން ހުށަހަޅައި، މިހާރުވެސް ކުރިއަށްދާ ގޮތަށް ގެންގޮސް ޝަރީއަތް ނިންމާނެ އެވެ.
"ކިންގްޑަމް އޮފް ފުރުޓްސް" ނަމަކަށް ކިޔާ، އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް މެދުވެރިކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކާ އެކު މަކަރާއި ހީލަތުން ކުރި ވިޔަފާރީގެ މުއާމަލާތްތަކުގެ މައްސަލައިގައި 2023 ވަނަ އަހަރު ޝިފާއު ހައްޔަރުކުރުމަށް ފަހު ކޯޓުން ދޫކޮށްލުމުން އޭނާ ފިލައިގެން ރާއްޖޭން ބޭރަށް ދިޔަ އެވެ. އޭގެ ފަހުން އޭނާ ހޯދަން އިންޓަޕޮލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރުމުން އަމިއްލައަށް އޭނާ ރާއްޖެއަށް އައުމުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލީ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.
އޭނާގެ މައްސަލަތައް ކޯޓުގައި އޮއްވައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ވެސް އައްޔަންކުރި އެވެ. ނަމަވެސް މީޑިއާގައި އޭނާގެ މައްސަލަ ހާމަކުރުމާ އެކު މަގާމުން ވަކިކުރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލުތުފ
19 October 2025
ޕީޖީ އޮފީހުން މިކުރާ ކަމަކީ ބޮޑެތި ކުއްވެރިން، އެމީހުން ގަސްތުގައި ކޮށްފައިވާ ބޮޑެތި ކުއްތަކަށް ދޭން ކަނޑައަޅާފައިވާ ޙުކުމް ތަންފީޒުނުކޮށް، އެކަމުން ރެކިގަނެވޭނެ ދޮރުހުޅުވާދެނީ. ޕީޖީ އޮފީހުން ކޮށްގެންވާނެ ކަމެއްނޫން. އަދި ޤާނޫނުން ޕީޖީ އަށް ދީފައިވާނަމަ، އެބާރު ވީހާވެސް ބޮޑަށް ހަނިކުރަންވީ.
އިސްމާލި
19 October 2025
ހެއްކާ ގަރީނާ އަދި އިތުރަށް ބޭނުންވާ ފުރޭތައިގެ ދަތައް ދަންދެން ހަމަވެފައިވާ މައްސަލައެއްގައި، ކުއްލިއަކަށް "އިއުތިރާފު" ވެ ބޮޑު ހުކުންތައް އަންނަ ހުރިހާ ދައުވާއެއް އަނބުރާ ގެންގޮސް، މާ ބޮޑު ހުކުމެއް ނެތް، ވަގުތުން ޖަލުން ސަލާމަތްވާނެ 7 ދައުވާއާއިގެން ކުރިއަށް ދިއުމަށް ނިންމުމުގައި ޕީކީ އޮފީހުން އަމަލުކޮއްފައިވަނީ ގައުމީ ސަލާމަތާއި، ދުނިޔޭގެ ފެންވަރުގެ ބެސްޓް ޕްރެކްޓިސް ފޮލޯ ކޮއްގެން ކަން ހަގީން ކުރަމެވެ.
ކައްދަ އާދަނު
18 October 2025
އާދަނު ބުނަން އޮތީ ގާޒީ ކަންްކުރީ ރަނގަޅަށޭ. ކޮން އިއުތިރާފުގެ އެއްބަސްވުމެއް. މި ސޮރު އަދިވެސް އެކަން ކޮށްފާނެ. ޕީޖީގެ މައްސަލަ ވެސް އެބަޖެހޭ ބަލަން. މީތީ އިންސާފު ހޯދާ ގޮތަކީ؟
އަބްޑޫޅް +
18 October 2025
ޙޫމް. މަކަރުޖެހުމާއި، ރިސްވަތުގެ ކުނިވަސް އެބަ ދުވައެވެ.
ޕީޖީބެ
18 October 2025
މި ފަދަ އެއްބަސްވުމެއް ހެދި ސަބަބާއި އެކަމަށް ޕީޖީގައި އެދުނު ބަޔަކާއި ޕީޖީން ބެލި ބެލުންތަށް ރައްޔަތުންނަށް ހާމަ ކުރަންޖެހޭ. ޕީޖީ އަކީ ކުށްވެރިން ދޮވެ ސާފުކުރާ ތަނަކަށް ވެގެން ނުވާނެ. ޓެކްސް ފައިސާއިން މުސާރަދެނީ ކުށްވެރިން ދޮންނާކަށް ނޫން. މަޖިލިހަށް ޕީޖީ ހާޒިރުކޮށް ސުވާލު ކުރަންޖެހޭ މި މައްސަލަތަށް ވެސް އަނބުރާ ނުގެންދަނީސް.
ދިގަލި
18 October 2025
މީ ދެން އަޅެ ކިހިނެއް ހިނގާ ކަމެއްތަ؟ ބޮޑެތި ކުށްތައްކޮށް މީހުންގެ ޙައްޤުތަކަށް އަރައިގަނެ، އަދަބު ލިބުނީމާ ، އިއުތިރާފުގެ އެއްބަސްވުން ހަދާފަ ކުށުގެ އަދަބުން ބަރީޢަކުރުން. ޔޭ އަންދާ ޤާނޫނުހޭ، ނިކަމެތިމީހާ މަރުވަންދެން ޖަލުގަ. ދެން އެކަކުވެސް ޖަލަށް ނުލާ އިޢުތިރާފުގެ އެއްބަސްވުން ހަދާފަ ނިންމާލަބަލަ. ސަރުކާރަށް ސަލާމް
އަބްދުﷲ
18 October 2025
ތިޔަ ޝިފއު އަކީ މިސާރުކާރުން ސިޔާސީ މަގާމުތައް ދެމުން ދިޔަ ދުވަސްވަރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ ޕޮލިޓިކަލް ޑައިރެކްޓަރެއްގެ މަގާމެ ލިބުނު މީހެއް. އެފަދަ މަގާމުތައް ދޭއިރު ޕޮލިސް ރިކޯރޑު ވެސް ހުށަހަޅަން ނުޖެހޭ ކަމަށް ގަބޫލު ކުރެވޭ. ތިމީހާ ތިޔަ ފަދަ ޖަރީމާތައް ހިންގައިގެން ގެއްލުން ލިބުނު އެތަކެއް ސަތޭކަ ބަޔަކު ރާއްޖޭން ބޭރުގެ އިތުރުން މިރާއްޖޭގައި ވެސް އެބަތިބި. ތިމީހާ ސަލާމަތް ކުރަން ޕީޖީން އުޅުމަކީ ކުށްތަކަށް އަރައިގަންނަން ދެވޭ ހިތްވަރެއް.
ނަންރީތި
18 October 2025
ހުސެއިން ޝިފާއުއަކީ އެޗް.ޑީ.ސީގެ އިސްމަޤާމުގައި ހުރި ފަޒުލްގެ ބޮޑުދައްތަގެ ދަރިއެއް، ފަޒުލްއާ ހުސެންނަކީ ދެބޭންގެ ދެދަރިން އޭނާގެ މައްސަލަތައް ކޯޓުގައި އޮއްވައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ވެސް އައްޔަންކުރީ ފަޒުލް އެޗް.ޑީ.ސީގެ އެމް.ޑީ އަކަށް ހުރިއިރު އޭނަގެ މަޤާމު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން މިސަރުކާރުގައި އަދި މިނޫނަސް އެތައް މަޤާމެއް ފަޒުލް އޭނަގެ އާއިލާ މީހުންދިން.
އަބްދުﷲ
18 October 2025
ލަނޑަޔާ ވާނީ ލަނޑަޔާ އައްތާ.
އުސްމާނުބެ
18 October 2025
އެ ވަރައް ވައްކަންކޮއް ޖެއްސުން ކޮއް އުޅޭ އިރުވެސް އަދިވެސް ޕީޖީން އޭނަ ސަލާމައި ވާގޮތައް އެގްރިމެންޓް ހަދަނީ އެންމެނައް އިގޭ ގޮޑު ވަގެއް އެއީ ހަމަ
ހޮޓްކިންގ
18 October 2025
ތިމީހާ މިހާރުވެސް ހަމަ ތިފަދަ ލަނޑުދިނމުގައި އެމަސައްކަތުގައި އެބައުޅޭ. ދާދިފަހުންވެސް އެކަމުގައި ބަންގާޅީއަކާއިއެކު ޑީލްތައްހެދި. މަދަންނަ އިންޑިއާ މީހެއްއަތުން އަންނާރު ޝިޕްމަންޓެއް އޭނާ އެތެރެކުރީ އިސްލާމިކް ބޭންކްގެ ނަމުގައި ފޭކް ޓީޓީ ފޮނުވައިގެން. ދައުލަތުން އޭނާދޫކޮށް އިތުރު މީހުނަށް ލަނޑުދޭން ދޫކޮށްފައިހުރީ ކީއްވެތޯ؟