އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު: އައްޑޫ ކައުންސިލް އެކުލެވޭ ގޮތް ބަދަލުކުރުމާ ބެހޭ ވޯޓަށް މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާނެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
18 އޮކްޓޯބަރ 2025 - 23:06
އައްޑޫ މީދުއާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ މެދު ފެންނަ ނުފެންނަ ގޮތް ބަލާ ނަގާ ވޯޓަށް ވާން ޖެހޭ އިދާރީ ތައްޔާރީތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮފްރާމްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު މިރޭ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ހިޔާލުހޯދުމުގެ ވޯޓަށް އެކުލަވައިލި ވޯޓާސް ލިސްޓްގެ ޑްރާފްޓް އާއްމުކޮށް، ޝަކުވާއަށް ހުޅުވާލާފައިވާ ކަމަށާއި އޮބްޒާވަރުންނާއި މޮނިޓަރުން ރަޖިސްޓްރީކުރުމުގެ ހުރިހާ ކަމެއް ވެސް ނިމިފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ ވޯޓުކަރުދާސް ޗާޕްކުރުމާއި އައްޑުއަށް ފޮނުވަން ޖެހޭ ވޯޓުފޮށިތަކާއި އެހެނިހެން ތަކެތި ހަމަކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތައްޔާރުވުުގެ ގޮތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވެސް ގާތްގަނޑަކަށް މިހާރު އެހެރީ ނިމިފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލައި، އިދާރީ ގޮތުން އެހެން ހުރި ހުރިހާ ކަމެއް ނިމި، އަނެއް ހެން ބުނަންޏާ އިދާރީ ގޮތުން އަޅުގަނޑުމެން ކުރަން ހުރި ހުރިހާ ތައްޔާރީތައް ވެ ނިމިފައި މިތިބީ،" ޒާހިދު ވިދާޅުވި އެވެ.
އައްޑޫ ރިފަރެންޑަމްގައި ވޯޓުލާން ރީރެޖިސްޓްރީ ވާން ހުޅުވައިލި މުހުލަތު މިއަދު ހަވީރު ވަނީ ހަމަވެފަ އެވެ. ޒާހިދު ވިދާޅުވީ އެ މުހުލަތު ހަމަވި އިރު ރީރަޖިސްޓްރީވާން ހުށަހެޅީ 255 މީހުން ކަމަށާއި އޭގެ ތެރެއިން 248 މީހުން ރީރަޖިސްޓްރީ ކުރުމުގެ ޕްރޮސެސް ނިމިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރީރަޖިސްޓްރީވާން އެ އަދަދަަށް މީހުން ހުށަހަޅާފައި ވުމުން ދޭހަވަނީ ހިޔާލު ހޯދުމުގެ އެ ވޯޓަށް ރަނގަޅު ތަރުހީބެއް އޮތްކަމެވެ.
"އެ ތިން ރަށު [ހުޅުދޫ މީދޫ އަދި ފޭދޫ]ގެ ރައްޔިތުން އެ ނިންމުމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި މިންވަރު އަޅުގަނޑުމެންނަށް ދޭހަކޮށްދޭ އޭގެން ވެސް،" ޒާހިދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައިވާ ގޮތުން ފޭދޫން 4،355 މީހަކަށް މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭއިރު، ހުޅުދޫން 2،874 މީހަކަށް އަދި މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
އައްޑޫގެ ތިން ރަށެއްގައި ވަކި ކައުންސިލްތަކެއް ހަދަން ފެނޭތޯ ހިޔާލު ހޯދަން ނަގާ ވޯޓުގައި ހިމެނޭ ސުވާލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ވަނީ މި މަހުގެ 12 ގައި އިސްލާހު ކުރައްވައިފަ އެވެ.
ފުރަަތަމަ ނެރުއްވި ގަރާރުގައި ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް ކުރިން ކަނޑައަޅުއްވާފައިވާ ސުވާލު ވަނީ އުނިކުރައްވައިފަ އެވެ. އާ ގަރާރުގެ ދަށުން އެ ވޯޓުގައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލާނީ ހުޅުދޫ އާއި މީދޫ އަދި ފޭދޫގައި ވަކި ތިން ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށެވެ.
އެ ވޯޓުގައި ހުޅުދޫގައި ތިން ވޯޓު ފޮށްޓާއި މީދޫގައި ތިން ފޮށި އަދި ފޭދޫގައި ފަސް ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި އެ ރަށްރަށުގެ މީހުން ވޯޓުލުމަށް މާލޭގައި ވެސް ހަތް ވޯޓު ފޮށި ބަހައްޓާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެހާރު7
19 October 2025
ކައުންސިލާ ވަކިކޮށްގެން ސައިރިކްސް ޝަރީފާ އިހުސާނަށް ދޭނެ ބިމުގެ ބޮޑު މިން ނިންމައިފިތަ؟
އަފްރާސިޔާބު
19 October 2025
އައްޑޫގައިމީހުން ހުވަދުއަތޮޅަށް ބަދަލުވާން ބޭނުންވޭތޯ ބެލުމަށް ބަލަން ވޯޓެއް ނަގައިދޭންވީނުން. ގަމުގައި ތިބެން ބޭނުންވާ މީހުންނަށް ގަމެއްވެސް ހުވަދު އަތޮޅުން ލިބެން އެބައޮތް. އަނެއްކާ އެއްއަތޮޅެއްގެ ގޮތުގައި ދުނިޔޭގައި އެންމެ ބޮޑު އަތޮޅުގައި ދިރިއުޅުމުގެ ފުރުސަތުވެސް ލިބޭނެ. އެއްފަސްކުރަން ބޭނުންވާނަމަ އެންމެ ބޮޑަށް އެއްްފަސްކުރެވޭނެ އަތޮޅުވެސްމެ. އެންމެގިނަ ރިސޯސް އޮތްއަތޮޅުވެސްމެ. ގައިމުން ހުވަދުއަށްދާން ބޭނުންވާ އައްޑޫ ރައްޔިތުން އުޅޭނެ.
އެޑިއު
19 October 2025
ވޯޓާސް އެޑިއުކޭޓުކުރުން ނިމިއްޖެތަ.
ނަތީޖާ.
19 October 2025
ފޭދޫ ސިޓީ އިން ވަކިވާން ދެކޮޅު. ހުޅުދޫ ވަކިވާން ބޭނުން، މީދޫ ބޮޑު އަޢުލަބިއްޔަތެއް ވަކިވާން ބޭނުން. މިއީ މީގެ 15 އަހަރު ކުރިން ސިޓީ ކައުންސިލް އުފެދުނީއްސުރެ މީދޫ މީހުން ޖަހާބެރެއް، މިކަމުން އަންނާނެ ބަދަލަކީ އެމީހުން ދުލުން ބުނާ ބަސް އެމީހުންގެ އަގަޔަށްވަނުން. އާދެ، އައްޑޫ ސިޓީ ވަކިން އިސްކޮޅަށް ތެދުވެލާއިރު، ހުޅުމީދޫ އެމީހުންބުނާ ބީދައިން އައްޑޫގެ ޓައުން ސަރަހައްދަށްވެނިމޭނެ. ރައީސް އަށް އޮތް ފައިދާ އަކީ ބްރިޖް އެޅުމުގެ ވައުދުން ރެކުން.
ޙަމްދީ
19 October 2025
ހުޅުދޫއިން ވަކި ނުވާން ވޯޓް ބުރަވާނީ. މީދޫ މީހުން އެކަނި ވަކި ވާން އެދުނަސް އެކަން ނުވާނއ
ބައިރޯ
19 October 2025
ވަކިވޭސުމާ އެހެން ކަމަށް ނިވިއަސް ހިތަދުން އަދިޖަވާބައް ނިލިބެއިއައު ކޭފެއި ދެއައް މައްތަނާގެން ހުޅުދޫ އޮފީހެ ތިބޭ މީހުއްނަށް ނިތިބޭހެއް!!
ގަލަމާ
19 October 2025
މާދުމައް މިވެރިން އޭނެއި މާލޭ ތިބި މިނިސްޓްރީން އަދިޖަވާބައް ނިލިބެއިއައު ކޭފެއި ދެއައް މައްތަނާގެން ހުޅުދޫ އޮފީހެ ތިބޭ މީހުއްނަށް ނިތިބޭހެއް އެއު ކޭފެއި ރާއްދެން ވަކިވެގެން އައު ގައުމަށް ހަދާއް ދީ. ސަފުން ކައްލަބަކަމަސް ހަމަ ބޮނޑީ
ބެއްޔާގެ އައްލާ
19 October 2025
މި ވޯޓުގެ ނަތީޖާ ނެރެވޭނެ ގޮތަކުން އެއް ސިޓީ އެއްގައި އެންމެ Gina މޭޔަރުން ތިބޭނެ ދުނިޔޭގެ ރެކޯރޑު ގާއިމު ވެގެންދާނެ!
ށަލްމާ
19 October 2025
އޮތީ އެންމެ ސަބަބެއް، ރައީސްގެ އައްޑޫ ބްރިޖް ވައުދު އޭރުން ނުޖެހޭނެ ފުއްދާކަށް. ތި ވޯޓް ކާމިޔާބު ވެއްޖެ ނަމަ.
ބައިރޯ
19 October 2025
ބުރިޖަކާ ކޮން ގުޅުމެއް، ރާއްޖޭގެ ކޮންމެ ރަށަކާ ވެސް އހެން ރަށަކާ ގުޅޭނެ ނޫން ދުވަހަކު ސިޓީއެއްނެތަސް
ގަލަމޭ
19 October 2025
ބުރިޖަކާ ކޮން ގުޅުމެއް ކަން ބައިރޯއަށް ނިއެނެގެނެމެއި ދޭހަވެނީ ތެވެރިން ތެޖަހާ ބެރަ ތެޖަހަނި ތިމާމެން އަތުން މިހެދޭ އެއްތާސް ނިއެނގިކަން. މީދޫ ވަކިވެގެން އައު ކައުންސިލު އުފައްދަގެން ފެރެތުމާއް ފާސްއެކެރަނީ ހިތަދޫ އެއި ބްރިޖަކުން ނިގުޅޭއް. އަތެޅެ ފަސާދަކޮށް އަމެއްލަ މުސްތަގުބަލި އަމެއްލަ ފައިތޮށިން ޖަހާކަލަސް ވޭނިވޭ ނިނެގި ތެތިބެނީ.
އޮނަރަބްލް އަފީފު ދީދީ
19 October 2025
ވޯޓްލުމުގެ ކުރިންވެސް ފޭދޫއަވަށު ރައްޔިތުންގެ ރޫޙް ހުރިގޮތުން ފޭދޫ އޮންނާންބޭނުންވަނީ ސިޓީގެ ތެރޭގައިކަން ޔަޤީންވެއްޖެ. އެހެންނަމަވެސް (މިސާލަކަށް) ފޭދޫ، ހުޅުދޫ، މީދޫގެ ރައްޔިތުން ސިޓީކައުންސިލުން ވަކިވާން ބޭނުންކަމަށް ވޯޓްގެ ނަތީޖާ ދައްކައިފިނަމަ، (މޭޔަރ ހޮވަން މެޖޯރިޓީ ވޯޓް ދިނީ މި އަވަށްތަކުން) އައްޑޫސިޓީގެ ހުރިހާރައްޔިތުން ވޯޓްދީގެން އިންތިހާބުކޮށްފައިވާ މޭޔަރުގެ ޤާނޫނީ ޙައިސީއްޔަތަށް ވެގެންދާނެ ގޮތެއްވެސް އީސީގެ ފަރާތުން ބުނެދޭން ޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
18 October 2025
ވޯޓްގެނަތީޖާ ނިކުންނަގޮތަކުން މަރަދޫ ފޭދޫ ދާއިރާއަށް، މަރަދޫއަވަށާއި ފޭދޫއަވަށު ރައްޔިތުންގެވޯޓުން އިންތިޙާބްކޮށްފައިވާ މަޖިލިސް މެންބަރު، މި ވޯޓަށްފަހު މަޖިލީހުގައި ތަމްސީލުކުރާނީ ފޭދޫ ރައްޔިތުންތޯ ނުވަތަ މަރަދޫ ދާއިރާގެ ރައްޔިތުންތޯ؟! ނުވަތަ މިއިންއެއްވެސް ދާއިރާއެއްގެރައްޔިތުން ތަމްސީލުކުރަން ފުރުސަތުނުލިބި މަޖިލީހުގައިހުރި އައްޑޫސިޓީގެ 7 ގޮނޑީގެ ތެރެއިން މި މެންބަރު ތަމްސީލުކުރާ ގޮނޑިގެއްލި މެންބަރުގެ މެންބަރުކަމަށް ވެސް ނިމުން އަންނާނީތޯ؟
އޮނަރަބްލް އަފީފު ދީދީ
18 October 2025
ޤަރާރުގައި އޮތީ "އައްޑޫގެ ވަރަށްގިނަ ރައްޔިތުން އެދިގެން" ރެފަރެންޑަމް ވޯޓްނަގާން ނިންމީކަމަށް! އެ ވިދާޅުވާ "ވަރަށް ގިނަ" އަކީ ކިތަށް މީހުންތޯ؟ ޤާނޫނީގޮތުން ބޮޑު މުޖުތަމައުއެއް ހިގަމުންއައިގޮތް މުޅިންބަދަލުކޮށް އެރައްޔިތުން އިންތިޙާބްކޮށްފައިވާ މަޖިލިސް މެންބަރުންނާއި، ކައުންސިލަރުން އަދި މޭޔަރުގެ ޤާނޫނީޙައިސިއްޔަތު ގެއްލިދާ ފަދަ ވޯޓެއް ނަގާން ތިހާ ފަސޭހަގޮތަކަށް ނުނިންމޭނެ. ސިޓީކައުންސިލުން ވަކިވާން އެދޭމީހުންގެ ލިސްޓް ވެސް އާންމު ކުރަންޖެހޭނެ.