ވޯލްޑް ޓޫރިޒަމް އެވޯޑުގައި ޑރ. މުހައްމަދު ވަހީދު އެވޯޑާއި ހަވާލުވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
21 އޮކްޓޯބަރ 2025 - 13:56
ބެލްޖިއަމްގެ ބްރަސެލްސްގައި މިއަދު ބޭއްވި ވޯލްޑް ޓޫރިޒަމް އެވޯޑުގައި ރާއްޖެ އަށް ބެސްޓް ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ލިބިއްޖެ އެވެ.
ގްލޯބަލް ޓޫރިޒަމް ފޯރަމް އެނުއަލް މީޓިން 2025 ގައި ބޭއްވި އެ އެވޯޑް ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ ކުރީގެ ރައީސް އަދި ރައީސް މުއިއްޒުގެ މިހާރު ސްޕެޝަލް އެންވޯއީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ޑރ. ވަހީދު ވަނީ ރާއްޖޭގެ ރީތި ދޮންވެލި ބީޗްތަކާއި ސާފު މޫދާއި ކަނޑުގެ ދިރުންތައް ބައިނަލްއަގުވާމީ ފެންވަރެއްގައި ފާހަގަވެ، އެފަދަ އެވޯޑެއް ރާއްޖެއަށް ލިބިފައިވާތީ އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
މިއަހަރުގެ ގްލޯބަލް ޓޫރިޒަމް އެނުއަލް މީޓިން ބާއްވާފައިވަނީ "ރީޑިފައިނިން ޓޫރިޒަމް އިން އަ ޗޭންޖިން ވޯލްޑް" މި ޝިއާރުގެ ދަށުންނެވެ. މި ހަފްލާގައި ދުނިޔޭގެ ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ލީޑަރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ޓޫރިޒަމްގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެ، އެ ދާއިރާ ތަރައްގީ ކުރެވެން ހުރި ދާއިރާތަކުން ވަނީ މަޝްވަރާކޮށްފަ އެވެ.
ރައީސް އޮފީހުން ބުނީ ރާއްޖެއަކީ ކަނޑުފަޅާއި ގުދުރަތީ ދިރުންތައް ރައްކާތެރިކުރަން މަސައްކަތްކުރާ ގައުމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝަރަފުވެރި ބޢވހދ
21 October 2025
ޝަރަފުވެރި އެވޯޑާ ޙަވާލުވާން މި ފޮނުޥީ ރައްޔިތުން ކުރިމަތީ އަގުވެއްޓިފަވާ މީހެއް
ޢަލްޓިކޯ
21 October 2025
ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ނުކުރަންޔާ އެއީ ހާލަތެއްގަ ރައީސްކަން ފުރުއްވި ނާއިބު ރައީސް އެހެންނޫންތޯ..ކޮންމެޔަކަސް ޑރ ވަހީދު އެވޯޑާ ހަވާލު ވީތީ ޝުކުރިއްޔާ.
ދަގަތްފާނު
21 October 2025
ކައުންސިލަރަކު ބޭރަށް ދަތުރެއްކުރާއިރަށް ދަތުރު ހަރަދު އޮންނަނީ ހަވަރަށްދީފަ. މީނާ ތިތަނަކަށް ފޮނުވައިގެން ގައުމަށްވީ ކޮން ފައިދާއެއްތޯ ބަލަން އޮޑިޓެއް ހަދަންޖެހޭ
ޖަޕް
21 October 2025
މިބޭފުޅާ އެތަނަށް ގޮަސް އެވޯޑާ ހަވާލުވާންޖެހުނީ ކޮން ހައިސިއްޔަތަކުންތޯ؟ މި ޤައުމުގައި ޓޫރިޒަމް މިނިސްޓަރެއް ހުރޭ، އެމްއެމްޕީއާރްސީ ކިޔާ ތާކު ވެރިން ލާފަ ތިބޭ، ރައީސް އޮފީހުގައި ކުރާކަމެއް ނެތިފަ ތިބޭ އެޑްވައިޒަރުން ގިނަކަމުން ކޮންމެވެސް ތާކަށް ފޮނުވާފަ ޖެހޭދޯ މިބޭފުޅުން ހިތްޕުޅުހަމަޖައްސަން. ދެރަކަންކަން. އަދިވެސް މަދީ އެޑްވައިޒަރުން
އަކަ
21 October 2025
ތި ޢެވާރޑް ބަލާ ބްރަސަލްސް އަށް ދަތުރެއް
ޝަޖޫ
21 October 2025
ބައްލަވާ ލޮބުވެތި ރައީސް، ވަހީދު ނޫން މީހަކު ނޭނގުނު ފޮނުވާކަށް؟
ޖެރާ
21 October 2025
އުދުހެން ފަސޭހަ މީހަކަށް އަވަހަށްދެވޭނީ އެވޯޑާ ޙަވާލްވާން..