އެމްޑީޕީން ބޭއްވި މުޒާހަރާގައި ޒާޔާ (ކ) ގައި ބައިވެރިވަނީ: އެމްޑީޕީން ބޭއްވި މުޒާހަރާއާ ގުޅިގެން އޭނާ އާއި އިތުރު ބައެއް މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ދަނީ ހިންގަމުން --- މިހާރު ފޮޓޯ/ނިޝާން އަލީ
21 އޮކްޓޯބަރ 2025 - 19:33
އެމްޑީޕީން މި މަހުގެ ތިންވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ ބައެއް މެންބަރުންނަށް ތުހުމަތުތަކެއްކޮށް، ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
ފުލުހުން ބަލަމުންދާ މައްސަލައާ ގުޅިގެން ހާޒިރުވާން އަންގާފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރެއް ކަމަށްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ) އާއި އިތުރު ދެ މީހަކަށެވެ. ޒާޔާގެ ފޯނު މީގެކުރިން ފުލުހުން ހިފަހައްޓާފައިވެ އެވެ.
ޒާޔާގެ އިތުރުން ދެން ޕޮލިހަށް ހާޒިރުކުރަނީ ޕާޓީގެ އާންމު ދެ މެންބަރުން ކަމަށްވާ މުހައްމަދު ހަމާއިދު އަބްދުލްޣަނީ އާއި އާއިޝަތު ނަޖުދާ އަލީ އެވެ.
އެމްޑީޕީން ބޭއްވި މުޒާހަރާއާ ގުޅިގެން ބައެއް މީހުން ފުލުހަށް ހާޒިރުވާން އެންގިއިރު، އެ މުޒާހަރާ ތެރެއިން ހަ މީހަކު ހައްޔަރު ވެސް ކުރި އެވެ. އެމީހުން 15 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ ޝަރުތުތަކާ އެކު އެ މީހުން ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ އާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން ބައެއް މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުން ދާއިރު، އެ ޕާޓީން ދަނީ އަންނަ މަހުގެ 17 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޯލް
22 October 2025
ބަޔަކު މުޒާހަރާއެއް ކުރުމުގެ ތެރޭގައި ހިންގާފައިވާ ކަމަކށް ފުލުހުންގެ އޮފީހަށް ހާޒިރުކޮށްގެން ތަހްޤީގް ކުރަންޖެހުމުން ސާބިތުވާކަމަކީ، ފުލުހުންނަށް މުޒާހަރާގެ ކަންކަން ނުބެލެހެއްޓުންކަން. ހިންގާ ކަމެއް ހިންގަނީ މީޑިއާއާއ ރައްޔިތުންގެ ކުރިމަތީ، އިތުރަށް މީހުން ހާޒިރުކޮށް ބަޔަން ނަގާގެން ދައުލަތުގެ މހިންމު އިދާރާއެއްގެ (ފުލުހުންގެ) ވަގުތު އިސްރާފުކުރުން ނޫން ކޮންކަމެއް ތިޔަކުރެވެނީ.
އަހުމަދޭ
22 October 2025
މުޒާހަރާކުރާ އަންހެނުންނާ ދެކޮޅަށް މިސަރުކާރުން ވަރަށް ޖައްސާލާދޯ. ވަރަށް ބިރުން އުޅެނީ މިސަރުކާރުން
ނައުޝާދު މުހައްމަދު
22 October 2025
ގައުމުގެ ހަމަނުޖެހުން އުފައްދަން ކުރި ކަމެއް އިދިކޮޅުން އެއީ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން އެއްވެސް ގޮތަކަށް.
އާދަމް ހަލީމް
22 October 2025
ލަސްވެސްވެއްޖެ. މިމީހުން ޖެހޭ ހާޒިރުކުރަން. ސަކަރާތް ޖެހި ޒަމާން ގޮއްސި މާޒީ ވެގެން
ޢަރުތަ
21 October 2025
މިހާރު ތިބޭނީ ބިރުން ހަމަ ވިރިވިރި، ދެން ނުކެރޭނެ ތީގެން އެއްވެސް މީހަކަށް މުޒާހަރާއަށް ނުކުންނާކަށް،
ދޮންކަރާ
22 October 2025
ތީގެ އިދިކޮޅަށް މިކަން ނިމޭނީ.. ކީއްކުރަން ހުޅު ނުފަޅައިގެން އުޅޭ އިދކޮޅު ހަރަކާތްތަކަށް ޕެޓްރޯލް އުކަންވީ؟ މިކަމުން ރުޅިގަދަވެ ގިނަމީހުން ތި މުޒާހިރާތަކަށް ނިކުންނާނީ.. މިކަން އޭގެ ޒާތުގައި ހުޅުކޮޅު ނިވެން ދޫކޮއްލިނަމަ މާރަނގަޅުވީސް.
ސަދަސ
21 October 2025
މުޒާހަރާއެއްނޫން... ޤާނޫނީ ސަރުކާރު ބަދަލުކޮށްލަން އެދުވަހު ގޮވީ؟
ކުޑަކަކޫއަލިފުޅު
21 October 2025
މަށަކީ އެއްގޮތަކަށްވެސް ޕާޓީފިކުރެއް ހުންނަމީހެއްނޫން. އެކަމަކު މިހާރު ފޮޓޯފެނިފައި ވަރަށް ދާހިތްވެއްޖެ.
ރަތަފައި
22 October 2025
ކަލޭގޮސްފިއްޔާ ބިރުންގޮސް މުއިއްޒު އިސްތިއުފާދޭނެ. ކޮންމެސް ކޮންމެސް ނުދާތި.
ާއިދްރީސް
21 October 2025
ރަނގަޅު ހާޒިރު ކުރަންވީ މާ ފަތަރާސީ ވެގެން އުޅޭ ބައެއް ތީ