ތެލެސީމިއާ ކުދިންނަށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 1،000ރ. ގެ އެލަވަންސެއް ދޭނެ ކަން ރައީސް މިރޭ އިއުލާން ކުރެއްވި. މިއީ ތެލެސީމިއާ ކުދިންނަށް ދައުލަތުން ދޭ ފުރަތަމަ އެލަވަންސް.
ރައީސް މުއިއްޒު މިއަދު ލ. ގަމަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
21 އޮކްޓޯބަރ 2025 - 22:50
އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް މިހާރު ދޭ އެލަވަންސް ކޮންމެ ކުއްޖަކަށް މަހަކު 3،000ރ. ރޭޓުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރިންގެ ތަރުބިއްޔަތަށްޓަކައި މިހާރު ދޭ އަދަދު 12،000ރ. އަށް ވުރެ އިތުރު ނުވާ ގޮތަށް ކޮންމެ ދަރިއަކަށް މަހަކު 3،000ރ. ގެ ރޭޓުން އިތުރު ކޮށްދިނުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.
އެ މަނިކުފާނަށް ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ގަމުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، އެ ވައުދު ފުއްދަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާނެ ކަމަށާއި އެގޮތުގެ މަތިން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންގެ ކޮންމެ ކުއްޖަކަށް 3،000ރ. ލިބޭނެ ކަމަށެވެ.
ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެއް ކުއްޖަކު ހުރި ނަމަ މިހާރު ލިބެނީ 2،000ރ. އެލަވަންސެކެވެ. އަދި އެއް ކުއްޖަކަށް ވުރެ އިތުރު ނަމަ ދެނީ ކުއްޖަކަށް 1،000ރ. ގެ ރޭޓުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓްގައި އެކަމަށް 211 މިލިއަން ރުފިޔާ ހަމަޖައްސާފައި ވާނެ ކަމަށެވެ. އެ އެލަވަންސް ލިބެންޖެހޭ 5،878 މީހުން އެބަ ތިއްބެވެ.
ރައީސް މުއިއްޒު ލ. ގަމު ކައުންސިލްގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސްގެ އިތުރުން ތެލެސީމިއާ ކުދިންނަށް 1،000ރ. ގެ އިނާޔަތެއް އަންނަ ޖެނުއަރީ މަހުން ފެށިގެން ލިބޭނެ ކަން ވެސް ރައީސް މުއިއްޒު މިރޭ އިއުލާން ކުރެއްވި އެވެ. އެ އިނާޔަތަށް 11.7 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ތެލެސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓަރީ ވެފައިވެ އެވެ. އަދި އެއީ އަލަށް ދޭން ފަށާ އެލަވަންސެކެވެ.
އެކަނިވެރި މައިން ނުވަތަ ބަފައިންގެ ބެލުމުގެ ދަށުގައި، މިދިޔަ މަހު އަލަށް 69 ކުއްޖަކު ރަޖިސްޓަރީ ވެފައި ވާއިރު، އެ ހާލަތުގައި ތިބި ކުދިންނަށް މިދިޔަ އޮގަސްޓް މަހު އެކަނި ވެސް 4.9 މިލިއަން ރުފިޔާ އެންސްޕާ އިން ދޫކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މީހާމީހާ
23 October 2025
ތީދެން މާމޮޅުގޮތެއްނު! ލާރިހޯދަން އަންހެނުން ވަރިވާން މިދުވަނީ ކޯޓަށް! އަނެއްކާ ސަރުކާރުން އެކަމަށް މި ހިއްވަރުދެނީ!
ޙައްލު
23 October 2025
ޙުސައިން ޒާހިރުމެން ހަމަ އިދެއިދެފަ ވަރިކުރަންވީ ދަރިން ބަލާނެ ސަރުކާރުން
މީވެސް ދޮގެއް ... ؟؟؟
22 October 2025
މައަޑުއެހިން ގައުމު ދާރާވިކިގެން ސަލާމަތް ނުވެވިގެން އުޅޭ ވާހަކަ.
ކޮވެލި
22 October 2025
އެކަނިވެރި މައިން އުޅޭ މުއްސަނދިންވެސް. އެމީހުންނަށްވެސް ހަމަ ތިފައިސާ ދޭންވީތޯ. ކުރަންވީ ކަމަކީ އެސެޓްސް އާ އާމްދަނީ އަށް ބަލާފައި ތަނަވަސްކަން ނެތް މީހުންގެ 16 އަހަރު ނުފުރޭ ކުދިންނަށް ވަކިވަރެއްގެ އެލަވަންސެއް ދިނުން. ޓެކްސް ފައިސާ ތިމާ ހިތަށް އެރުމުން ބަހަންވީކީ އެއް ނޫން.
ބޫގާ
22 October 2025
ޢެކަނި ވެރި މައިން އުޅޭގޮތް ފެންނާނެ ޓިކްޓޮކައް ވަދެލީމަ މި ގައުމުގަ އަދިވެސް ވަރި މަދީތޯ އެކަނިވެރި މައިންނައް ރުފިޔާ ދިނީމަ ޓިކުޓޮކައް އަޜާ ގިފުޓު އަޅަނީ
ޙަޤީޤަތް
23 October 2025
ދެމަފިރިންނަށް 2 ފްލެޓް ދެނީވެސް އަދިވެސް ވަރި މަދުވެ....، ކައިވެނި ކޮށުގެން އުޅޭ ޒުވާނުން ދެތިން ކުދިން ގޮވައިގެން 1 ކޮޓަރި ގަޑުގައި އުޅެއުޅެ ތިއްބާ ފްލެޓަށް ޝަރުޠުޙަމަވަނީ، ދަރިން ބޮޑުވެގެން (ބަލާނެ އިތުރު ކުޑަދަރި އެއްވެސް ނެތްޢުމުރުގެ) ކޮންމެ ކުއްޖަކު ގަނެގެން އުޅޭ ފްލެޓުން މައިން ބަފައިންނަށް ޚާއްޞަ ކޮޓަރީގަ ދިރިއުޅެމުންދާ 55 އަހަރުގެ މައިންބަފައިންނަށްް، މިރާއްޖެ ހަމަ ތަފާތު ވާނެ، ހެހެހެހެ
ކަތްދައްތަ
22 October 2025
އެކަނިވެރި ނޫންވާންވީ ސަބަބެއް ދެން ކިޔައިދީބަލަ؟ ދައުލަތުން ރުފިޔާ ވަރިކުރި ފުޅު އަތުން ރުފިޔާ ނުވިތާކަށް ބޭނުންކަމެއް ބޭނުން އިރަކު ކުރެވޭނެ. އަހަރެމެން ބޭނުންވާ މިނިވަންކަމަކީ މިއީ ނޫންތަ؟ ކީއްކުރަންތޯ އެހެން މީހަކަށް އަޅުދާސްތުވެގެން ތިބެންވީ.
3000 ރުފިޔާ ކޮންމެ ކުއްޖަކަށް
22 October 2025
މި ފައިސާ ހޯދުމަށް ކައިވެނި ރޫޅާލުމަށްފަހު، ކައިވެނި ބޭރުން އެކީގައި އުޅޭމީހުން ގިނަވާނެ
އިބްރާހިމް ބެއްޔާ
22 October 2025
2028ހުގަ ޖެހޭނެ މަސްވެރިންނަށް ކިލޯއަކަށް 100 ޖައްސާލަން. ދޮށީމީހުންނަށް 10،000ރ ކަރަންޓް ފެންބިލު 50% ކުޑަކޮށްލަން. އެއިރުން އެމްޑީޕީއަށްވެސް ގައުމު ހިންގާލެވޭނެ އިންޑިޔާގެ އެހީގައި. އަދި ސޯޝަލް ހައުސިންވެސް ހިލޭ ޖައްސާލާފަ!
ޗިލީ
22 October 2025
ތިޔަށް ވުރެ ރަނގަޅެއްނު ދެމަފިރިން ދަރިން ގޮވައިގެން އެކުގަ ދިރިއުޅޭކަމުގައި ވާނަމަ ވަންނާނެ ގެދޮރެއް ދެއްކުން. އިހައް ދުވަހުވެސް އެ ބަހާލީ ދެމަފރިންނަށް ދެފުލެޓު. އެކަން ހައްލުވީމަ ކައިވެނި ރޫޅުން މަދުވާނެ ކަމަށް ފެނޭ. މި ޕޮލިސީ އަނެއްކާވެސް ކުދިންތަކެއް ބިކަ ވާނީ
ތަފާތު ވާނެ
23 October 2025
ޒުވާން ދެމަފިރިން ދެތިން ކުދިންގޮވައިގެން1ކޮޓަރި ގަޑުގައި އުޅެއުޅެތިއްބާ ފްލެޓަށްޝަރުޠުޙަމަވަނީ، ދަރިން ބޮޑުވެގެން (ބަލާނެ އިތުރު ކުޑަދަރި އެއްވެސްނެތްޢުމުރުގެ) ކޮންމެދަރިއަކު ގަނެގެން އުޅޭފްލެޓުން މައިން ބަފައިންނަށް ޚާއްޞަކޮޓަރީގަ ދިރިއުޅެމުން ދާ55އަހަރުގެމައިންބަފައިންނަށްް، މިރާއްޖެލައްގާ ހުރައަށް ލެއްގީމަ ހައްލުވާނީ ކޮން ބޯހިޔާ ވަހިިކަމެއް، ޤާނޫނުވެސްް ހަދާފައޮންނަނީ ތެދުވެރިން ބާކީކޮށް ފޯމްގަ ދޮގު ލިޔަން ކެރޭ ދޮޣުވެރިންނަށް ފައިދާ ވަގޮތަށް
އަސަރަފަ
22 October 2025
ކިޔާ އެއްޗަކާ އަމަލަކާ ހަމަ އެއްގޮތަކަށްވެސް ދިމާ ނުވޭ