އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޫކުރާ އިންޖީނުތަކެއް މަރާމާތު ކުރުމުގެ މަސައްކަތްކުރަނީ.---ފޮޓޯ: ފެނަކަ
22 އޮކްޓޯބަރ 2025 - 12:36
އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ސިޓީއަށް ދެ ޖަނަރޭޓަރު ގެންދަން ފެނަކައިން ނިންމައިފި އެވެ.
ފެނަކައިން ބުނީ ކަމިންސް ބްރޭންޑުގެ 1.8 މެގަވޮޓުގެ ދެ ޖަނަރޭޓަރު މާލޭ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ ޖަނަރޭޓަރުތައް އައްޑޫއަށް ގެންދިއުމުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެެވެ.
ފެނަކައިން ބުނި ގޮތުގައި އެ ދެ ޖަނަރޭޓަރާ އެކު 1.6 މެގަވޮޓުގެ އިތުރު އާ ޖަނަރޭޓަރެއް ވެސް އައްޑޫއަށް ފޮނުވާނެ އެވެ.
އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މެދުނުކެނޑި ކަރަންޓު ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިތުރު ޖެންސެޓެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފެނަކައިން ބުންޏެވެެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެވެ. އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓު ނަމަވެސް ޖެނަރޭޓަރު ސެޓްތައް ހަލާކުވެ، ކަރަންޓުގެ މައްސަލަ ވަރަށް ބޮޑުވެ.
އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ އެކަމުގެ ޝަކުވާ ކުރަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެހެންވެ، މިދިޔަ މާޗު މަހު ވެސް ވަނީ 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ފޮނުވައިފަ އެވެ.
ކުރިން ފެނަކައިން ބުނެފައިވާ ގޮތުގައި ބައެއް ޖަނަރޭޓަރުތައް މަރާމާތުކޮށްގެން ބޭނުންކުރަމުން އަންނައިރު ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ވެސް ބައެއް ޖަނަރޭޓަރުތައް މަރާމާތުކުރަން ވަނީ ނިންމައިފަ އެވެ.
މި ޖެނެރޭޓަރުތައް ގެންދަން ނިންމާފައި ވާއިރު އަންނަ ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އަންނަ ހަފްތާގައި އައްޑުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ ފ
23 October 2025
ކަރަންޓް ހުރިއްޔާ ފެން ނުހުންނަ އައްޑޫ އަށް 2 ޖެނެރޭޓަރު ވިލެޖް ވޯޓާ ދިމާކޮށް ގެނެސްފަ ގެރިކޮށި އިންތިހާބާ ދިމާކޮށް 2 ފެންޕްލާން ލިބޭންކަމަށް ފެނެއެވެ. ދުވާކުރަން އަވަސް އަވަހަށް އިންތިހާބުތައް އަންނާނެކަމަށް އޭރުންތާ ގައުމުގަ ނުވެފަހުންނަ ކަންކަން ކޮށްލެވެނީ. ރިޝްފަތެއް ވާ ނުދޭ.
ހުސަ
23 October 2025
ބާދަނގަޑުތަކެއްތަ؟ އަނެއްކާ! އަޅެ މިކަން ރަގަނޅުކުރަންވެއްޖެއެއްނު! ތަންކޮޅެއް ކުރިން އަޑުއިވުނު އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި 30 މެގަވޮޓްގެ ޖަނަރޭޓަރ ސިސްޓަމްތަކެއް އާއިންޖީނުގެއް ޗައިނާ ކުއްފުންޏަކާއި ޙަވާލުކޮށް ކުރިއަށް ގެންދާކަމަށް! ކޮބާ މީގެ ޚަބަރަކީ؟
އައިއްކޮ
23 October 2025
ތީކީ ގދ. ތިނަދޫ ޕަވަރހައުސްގަ ހުރި ޖެންސެޓް ތަކެއްނޫންތޯ؟
ކޮސް
22 October 2025
ވޯޓު ނިމޭއިރަށް ތިޔަ ގެންގޮސްފާނެތީ ފާރަވެރިވާންވާނެ!
ޢަރުތަ
22 October 2025
"މިދިޔަ މާޗު މަހު ވެސް ވަނީ 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ފޮނުވައިފަ އެވެ". ކިތައްމަހުން އެއްފަހަރު ތިވަރުގެ ޖަނަރޭޓަރެއް ބޭނުންވާނެބާ! މިހާރު ތިފޮނުވާރޭޓުން ތިކަމަށް ހައްލެއް ނާދެ، އެހެންވީމަ ކޮންމެ ތިންމަހުން އެއްފަހަރު ތިވަރުގެ ޖަނަރޭޓަރެއް ފޮނުވައިގެން ނަމަވެސް ކަރަންޓް ކެނޑޭމައްސަލައަށް ހައްލެއް އައްނަން އެބަޖެހޭ.
އޮނަރަބްލް އަފީފު ދީދީ
22 October 2025
ކުރިއަށްއޮތް 20 އަހަރުދުވަހަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދޭވަރުގެ (8 މެގަވޮޓް ގެ) 15 ވަރަކަށް ޖެނަރޭޓަރ ސެޓް އައްޑޫ ސެންޓަރަލް ޕަވަރ ހައުސްގައި ބެހެއްޓާފައި މިހާރުގެ ނެޓްވޯކްތެރެއަށް ހުޅުމީދޫ އަވަށުގެއިތުރަށް، ކޮމާޝަލް ރޭޓުން ކަރަންޓް ވިއްކައިގެން ރަނގަޅު އާމްދަނީހޯދަން ޝަންގްރިލާޒް، ހެރެތެރެ، ސައުތް ޕާމްއަށް ކަރަންޓްދިނުމަށްޓަކާ މެރައިންކޭބަލް އަޅައިގެން އައްޑޫގެ އަނެއް ފަޅިއަށްވެސް ސެންޓްރަލް ޕަވަހައުސް އިން ކަރަންޓް ދެވޭނެގޮތް ހަދާންޖެހޭ.
ޣދުސިިއި
22 October 2025
ތިއުޅެނީ އެއްގަމުގަ ހުރި ގެޔަކަށް ކަރަންޓު އަޅާނެ ކޭބަލް ނެތިގެން. ކިހިނެއް ސަބްމެރިން ކޭބަލެއް އަޅަނީ. ހެހެހެހހެހެހެ
އޮނަރަބްލް އަފީފު ދީދީ
22 October 2025
އައްޑޫގައި 8 މެގަވޮޓްގެ 14 ޖެން ސެޓް ބަހައްޓައިފި ނަމަ ގަނޑިހަމަވުމުން ކުރާންޖެހޭ ސާވިސް އަދި އޯވަހޯލް ކުރުން ފަދަ ކަންކަންކުރުމާއި އެކު ކަރަންޓްކަޑާނުލާ އައްޑޫސިޓީއަށް ކަރަންޓް ދެވިދާނެ. އަދި މިހާރުހުރި 30 ޖެންސެޓް ހިންގުމަށާއި، އޯވަރހޯލްކުރުމާއި ހޯދާންޖެހޭ ޕާޓްސް ހޯދުން ފަދަ އަދި ނިސްބަތުން ތެލައްކުރާ ޙަރަދުވެސް 30 ގަނޑެތި ހިންގުމަށްވުރެން މިދެންނެވިގޮތަށް 8 މެގަވޮޓްގެ 14 ޖެނަރޭޓަރ ހިންގުމުން ބޮޑުތަނުން ޙަރަދު ކުޑަވެ ލިބޭފައިދާ ބޮޑުވެގެން ދާނެ.
އޮނަރަބްލް އަފީފު ދީދީ
22 October 2025
އައްޑޫސިޓީއަށް ބޭނުންވާ 75 Megawatt ކަރަންޓް އުފެއްދަން FENAKA ކުންފުނިން އައްޑޫ ސެންޓްރަލް ޕަވަރހައުސްގައި އެކިވައްތަރު އެކިފާޑުފާޑުގެ ބުރޭންޑެއް އުފެއްދި ތާރީޙް އިގެންނެތް 30 ގަނޑެތި މިހާރުވެސް ހުރިކަމަށް ފެނަކައިން ބުނޭ. މީގެތެރެއިން 8 ޖެންސެޓް މުޅިން ހަލާކުވެފައިވާއިރު ޕާޓްސް ނެތުމުގެސަބަބުން 4 ޖެނެރޭޓަރ ސެޓް ވަނީ ހިންގޭގޮތް ނުވެފައި. މިހާރު ހިންގަމުންދަނީ "ރައީސްގެ ހެޔޮފުޅުކަމުން މިދިޔަރޯދައަށް ފޮނުވި 2 ޖެނަރޭޓަރާއިއެކު ޖުމްލަ 18 ޖެނަރޭޓަރ.
އޮނަރަބްލް އަފީފު ދީދީ
22 October 2025
ކުންފުންޏަށް އެންމެބޮޑު އާމްދަނީލިބޭ އަދި ކުންފުނިން ކަރަންޓްދޭ ރަށްތަކުގެތެރެއިން އެންމެބޮޑު ފައިދާލިބޭ (ގިނަރަށްރަށަކީ ގެއްލުމުގައިހިދުމަތްދޭ ރަށްތައް) އައްޑޫސިޓީއިން ކަރަންޓް ކެޑޭއިރުވެސް، ކުންފުނީގެ ކަރަންޓްވިއްކުމުގެ ވިޔަފާރި އެންމެފުޅާކޮށްއޮތް އައްޑޫސިޓީގެ މުޅިއޮޕަރޭޝަނަށް ކުރާޙަރަދަށްވުރެން ބޮޑުހޭދައެއް ކުންފުނީގެ އެއްވެސް މަސައްކަތެއްނެތް ކ.މާލޭގައިހުރި އެރަށުމީހުނަށް ބޮޑުމުރާސަ ދޭންވެގެން ކ.މާލޭގައި ހަދާފައިހުރި ހެޑްއޮފީހަށް ޙަރަދުކުރޭ؟!
ޢަރުތަ
22 October 2025
ހެޑް އޮފީސް އުވާލީމަ ކިހިނެއް ވާނެ، ރައްޔިތުންގެ ވޯޓަކަށް ގޮސްގެން ނަމަވެސް ތިހާ ބޮޑު ޚަރަދެއް ހެޑްއޮފީހަށް ހިނގާކަމަށް ވާނަމަ ތިކަމަށް "ދާއިމީ" ހައްލެއް ގެންނަން އެބަޖެހޭ ނޫންބާ!
އޮނަރަބްލް އަފީފު ދީދީ
22 October 2025
ޢަރުތަ އަށް: ފެނަކަ ހެޑް އޮފީސް ކ.މާލޭގައި ބަހައްޓައިގެން އެތަނުގެ ގޮނޑި މޭޒު ހުރިވަރަށް ވުރެން 3 ގުނަ އިތުރަށް ބޮޑު މުސާރަ ލިބޭ މުވައްޒިފުން ވައްދައިގެން (އެންމެ ކުޑަމިނުން އައްޑޫ އިންޖީނަށް މައްސަލަ ޖެހުނީމާ ޓެކްނީޝަން ޓިކެޓް ކަޑާލާފައި ވައިގެ މަގުން އައްޑުއަށް ދަނީ) އެރަށުގައި ހެޑް އޮފީސް ބެހެއްޓުމުގެ ބަދަލުގައި ކުންފުނީގެ ހެޑް އޮފީސް އައްޑޫސިޓީ. ފުވައްމުލައް، ތިނަދޫ އަށް ބަދަލު ނުކުރާންޖެހޭ ސަބަބަކީ ކޮބާތޯ؟
ބަޓަފުލައި
22 October 2025
ވަކިވަކި ރަށްރަށުގެގޮތުގަ އޮންނަނަމަ ހުރިހާ ރަށަކުން އެއްފަހަރާ ކަރަންޓު ނުކެނޑޭނެ، ދުވާލަކު ރަށަކުން ކެނޑޭނީ. ސޯޓެއްވެގެން އެއްރަށުން މާބޮޑަށް ކެނޑެންޏާވެސް އަނެއްރަށުން ޖަނަރޭޓަރެއް ގެންދެވޭނެ.