ހިޔާ ފްލެޓުގައި އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓުގެ ބެލްކަނި: އެ ހާދިސާގައި ބެލްކަންޏަށް ގެއްލުން ލިބިފައިވޭ.-- ފޮޓޯ: އެމްއެންޑީއެފް
22 އޮކްޓޯބަރ 2025 - 15:28
ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު ރޯވީ ބެލްކަނީގައި ހުރި އެކްޒޯސްޓަކުން ކަރަންޓް ޝޯޓްވެގެން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނީ ހިޔާ ފްލެޓްގެ 11 ވަނަ ޓަވަރުގެ ތިންވަނަ ފުލޯގައި ހުންނަ އެޕާޓްމަންޓެއްގައި ރޯވިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 11:30 ވަނިކޮށް ކަމަށެވެ. އެ ރިޕޯޓް ލިބުމާ އެކު، ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ސިފައިން ބުންޏެވެ.
އެ ހާދިސާގައި އެޕާޓްމަންޓުގައި އަލިފާން ރޯވީ ބެލްކަނީގައި ބަހައްޓާފައި ހުރި އެކްޒޯސްޓަކުން ކަރަންޓް ޝޯޓް ވެގެން ކަމަށް ވެސް ސިފައިން ބުންޏެވެ.
ސިފައިން ބުނީ އެ ހާދިސާގައި އެޕާޓްމަންޓުގެ ބެލްކަންޏަށް ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޫސީމޭ ނެޒަރު
24 October 2025
ހާދިސާ ހިނގިއިރު އެތާ އެމްއެންޑީއެފް ބޭކަލުން ތިބި. ޝޯރޓްވޭތޯ ބަލަން.
ނާސިހު
23 October 2025
"އެކްޒޯސްޓް"؟