އައްޑޫ ހިތަދޫ މޫލެކެޑެ ސަރަހައްދު ހިއްކުމާ ދެކޮޅަށް ޒުވާނުން ބޭއްވި އިހުތިޖާޖު.-- ފޮޓޯ: އިއުޖާޒް އަލީ | ސަދަން އެމްވީ
23 އޮކްޓޯބަރ 2025 - 14:57
މަގު ހަދަން އައްޑޫ ހިތަދޫ މޫލެކެޑެ ސަރަހައްދުން ބައެއް ހިއްކަން އުޅޭތީ އެކަމާ ދެކޮޅަށް އިއްޔެ އަޑުއުފުލައިފި އެވެ.
ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އައްޑޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ޕްރޮޖެކްޓް ތިމާވެށި" އިން، އެ މަސައްކަތް ހުއްޓާލުމަށް ގޮވާލައި އިއްޔެ އެ ސަރަހައްދުގައި ބޭއްވި އިހުތިޖާޖުގައި 30 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވި އެވެ. އެ އެއްވުމުގެ ބައިވެރިން ޝުއޫރު ފާޅުކުރީ އެ ސަރަހައްދުގެ މޫދުގައި ޕެޑެލް ކުރަމުންނެވެ.
އައްޑޫ ހިތަދޫ މޫލެކެޑެ ސަރަހައްދު ހިއްކުމާ ދެކޮޅަށް ޒުވާނުން ބޭއްވި އިހުތިޖާޖު.-- ފޮޓޯ: އިއުޖާޒް އަލީ | ސަދަން އެމްވީ
ސަރުކާރުން އެ ސަރަހައްދު ހިއްކަން އުޅެނީ ލިންކް ރޯޑަކީ އެ ދިމާލުން ސީދަލަށް އޮންނަ މަގަކަށް ހެދުމަށެވެ. އެ ސަރަހައްދުން 2.5 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވެ އެވެ.
"ޕްރޮޖެކްޓް ތިމާވެށި" އިން ބުނީ އެ ސަރަހައްދުގެ ހޭޅިފަށުގައި މިހާރު ގިނަ އަދަދެއްގެ ރަނޑޫ ގަސްތައް ހެދިފައި އެބަހުރި ކަމަށާއި އެ ސަރަހައްދު ހިއްކުމުން އެ ގަސްތައް ނެތިގެންދާނެ ކަމަށެވެ. މިއީ އަނެއްކާވެސް އައްޑޫގެ ގުދުރަތީ ވެއްޓަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ރަނޑޫ ގަސްތަކުގެ ތެރޭގައި ކުޑަ ކުޅިއެއް ވެސް ހެދިފައި އޮވެ އެވެ.
ކަނޑުލާއި ރަނޑުލަކީ ރަށްރަށުގެ ހޭޅިފަށް ހިމާޔަތްކޮށްދީ، ރަށު ތެރޭގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން ވެސް ކުޑަކޮށްދޭ ގުދުރަތީ ނިޒާމެކެވެ.
"މި ކަހަލަ ފުރިހަމަ ގުދުރަތީ މާހައުލުތަކުން އަހަރެމެންނަށް ގެނެސްދޭ ހިތްހަމަޖެހުމަކީ ފައިސާއިން އަގު ނުކުރެވޭނެ ވަރުގެ އަގުހުރި ތަރިކައެއް. މިއީ ނެތިގެންދިއުމުން އަނބުރާ ލިބޭނެ އެއްޗެއްސެއް ނޫން،" އެ ޖަމިއްޔާއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުންޏެވެ.
އެ ޖަމިއްޔާއިން ބުނީ މިދިޔަ އަހަރުތަކުގައި ވެސް އައްޑޫން 260 ހެކްޓަރުގެ ބިން ހިއްކުމުގެ ސަބަބުން އައްޑޫގެ ވެށި ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އަދި އައްޑޫގެ ޒުވާނުންނާއި އާންމުންގެ ހިޔާލައި މަޝްވަރާއެއް ނެތި މިފަދަ ޕްރޮޖެކްޓުތައް ހިންގާތީ ވެސް އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރި އެވެ.
"ޕްރޮޖެކްޓް ތިމާވެށި" އިން ވަނީ ހިތަދޫ މޫލެކެޑެ ސަރަހައްދު ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއް ތައްޔާރުކޮށް، އޭގައި ސޮއިކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗިކަން
24 October 2025
ލޯބި ކުދިންކޮޅެކޭ ދޯ
އެއްކަލަ މީހާ ދޯ
24 October 2025
ތިޔަ ފަދަ ކަންކަމަށް އަޑު އުފުލުމަކީ ރަނގަޅުކަމެއް. އެކަމަކު ލިނކް ރޯޑް ހަދާއިރު ތިޔަތަން ނުހިއްކާ ދެން ހެދިދާނެ ގޮތެއްވެސް ތިޔަބޭފުޅުންގެ ޕްރޮޓެސްޓް ގައި ހިމަނާލިނަމަ ރަނގަޅު ވީސް!
އޮނަރަބްލް އަފީފު ދީދީ
24 October 2025
އައްޑޫ ލިންކްރޯޑް ދިގުކޮށް ކޯއްޓޭކޮޅުން ފެށިގެއް ވަށާލާފައި ފުއްޓަރު ފަރާތަށް މަގު ގެންދަން ސަރުކާރުން ބޭނުންވަނީ ޑރ މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް އައްޑޫގައި އަޅާ ހުޅުމީދޫ ހިތަދޫ ގުޅާލާ ކޯއްޓޭ ބުރިޖަށް ހިތަދޫ ކޮޅުން އަރާ ފޭބުމަށް ބޭނުންކުރާނެ މަގަކަށް އައްޑޫ ލިންކް ރޯޑް ވާނެތީ، ލިންކް ރޯޑަށް މިސަރަޙައްދުން ފެށިގެން ކޯއްޓޭ ވަށާލާފައި ފުއްޓަރު ފަރާތަށް އަޅާ ރިންގްފުޅާކޮށް ޓްރެފިކަށް ފަސޭހަކުރަން ކަމަށް މާލޭސަރުކާރު ވެރިން ބުނާ އަޑު އިވޭ.
އޮނަރަބްލް އަފީފު ދީދީ
24 October 2025
ނޮވެމްބަރ މަހު ފުރަތަމަ ހަފުތާގައި މޯލްޑިވިއަންގެ ބާމަތިފުޅާ ބޯޓް އެއަރބަސް A-330 ގައި ގިނަ އަދަދެއްގެ ވަޒީރުންނާއި އެކު ރައީސް އައްޑުއަށް ވަޑައި ގަންނަވާ ދަތުރުފުޅުގައި ޗައިނާ އެމްބެސެޑަރ ބައިވެރިވެ ވަޑައިގެން އައްޑޫ ހުޅުމީދޫ ހިތަދޫ ގުޅާލުމަށް އިންތިޙާބް ތެރޭގައި ރައީސް ވަޢުދުވި "ކޯއްޓޭ ބްރިޖް" އެމްއޯޔޫގައި ޗައިނާ ސަރުކާރާއި އެކު ސޮއި ކުރައްވާނެކަމަށް ޙަބަރު ލިބޭ. އެހެން ކަމަށް ވާނަމަ ބުރިޖާއި ގުޅޭ ހިސާބުން ލިންކްރޯޑް ފުޅާކޮށް ދިގު ކުރާންޖެހޭނެ.
އެތިކޮޅު
24 October 2025
ހަންކެޑެއަށް މާލޭމީހުން ކިޔަނީ ހަންކޮޅު.މޫލެކެޑެއަށް ކިޔާނީކީ ކޭބާ.؟
ތިތަން
24 October 2025
ތިތަން އޮންނަނީ ގިނަދުވަހު ހިކިފައި. ކުނިއަޅާ ގޮނޑުކޮށްފައި. ދުވާ ނުބައި ވަހުން ކައިރިން ނުދެވޭ
ކޮން
24 October 2025
ދިވެހި ރާއްޖެއިން ދިވެހި ވަންތަކަން ނަގާނުލާ، ބިން ހިއްކުން، ތާރު އެޅުން، ހިލަތޮށިލުން މިއީ ތަރައްގީއެއްނޫން.
އޮނަރަބްލް އަފީފު ދީދީ
24 October 2025
ކުދިކުދި 187 ރަށުގައި ދިރިއުޅުމުގެބަދަލުގައި ރާއްޖޭގައި މީހުންދިރިއުޅޭނީ ކެލާ، ފިއްލަދޫ، އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ހަނިމާދޫ، މާލެ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ.ގުޅިފައިވާ ރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ގަން، ވިލިގިލި، ފަރެސްމާތޮޑާ، ފުވައްމުލައް، އަދި އައްޑޫސިޓީކަމަށް ކަޑައަޅާ މިރަށްތަކުގެ ބިންހިއްކާ އާބާދުކުރަން އައްޑޫސިޓީ އިން ފަށައިގަތުން ރަގަޅުކަމަށް ދެކެން.
އޮނަރަބްލް އަފީފު ދީދީ
24 October 2025
މަތީގައިދެންނެވި ރަށްތަކުގެތެރެއިން ގިނަ ރަށްތަކަކީ ކ.މާލެއަށްވުރެން ޤުދުރަތީ ބިން ބޮޑު ރަށްތައް. އަދި ބިން ހިއްކައިފިނަމަ، އައްޑޫސިޓީއަކީ ކ.މާލެ ފަދަ 10 މާލެ ހަދާލެވޭނެ ވަރަށް ހިއްކެން އޮތް ތަނެއް. ދައުލަތުގެ ޙަޒާނާ އާއި ދައުލަތް ދަރަނިކޮށް އެތައް ބިލިޔަން ޑޮލަރުގެ ލޯނު ނަގައިގެން ކ.މާލެ ސަރަޙައްދުގައި "ކޮންކްރީޓް ގޮޅި ހަދައި، ދޫނިތަކެއް ފަދައިން، އެ ގޮޅި ތަކުގައި ދިވެހިން ބަންދުނުކޮށް" މިރަށްތައް ތަރައްޤީ ކުރަން ތިފައިސާ ހޭދަކުރަންވީ ނޫންތޯ؟
އޮނަރަބްލް އަފީފު ދީދީ
24 October 2025
އައްޑޫ ލިންކްރޯޑް ދިގުކޮށް ކޯއްޓޭކޮޅުން ފެށިގެއް ވަށާލާފައި ފުއްޓަރު ފަރާތަށް މަގު ގެންދަން ސަރުކާރުން ބޭނުންވަނީ ޑރ މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް އައްޑޫގައި އަޅާ ހުޅުމީދޫ ހިތަދޫ ގުޅާލާ ކޯއްޓޭ ބުރިޖަށް ހިތަދޫ ކޮޅުން އަރާ ފޭބުމަށް ބޭނުންކުރާނެ މަގަކަށް އައްޑޫ ލިންކް ރޯޑް ވާނެތީ، ލިންކް ރޯޑަށް މިސަރަޙައްދުން ފެށިގެން ކޯއްޓޭ ވަށާލާފައި ފުއްޓަރު ފަރާތަށް އަޅާ ރިންގްފުޅާކޮށް ޓްރެފިކަށް ފަސޭހަކުރަން ކަމަށް މސަރުކާރު ވެރިން ބުނާ އަޑު އިވޭ.