ސިނގިރެޓް ކޮންޓެއިނާތައް ވަގަށް ގެންދިޔަ އިރު ދޯނީގެ ކެޕްޓަނަކަށް ހުރި ކަމަށް ތުހުމަތުކުރެވޭ އާދަމް ވަހީދު. ފޮޓޯ: ޕޮލިސް
23 އޮކްޓޯބަރ 2025 - 20:25
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓާ ވަަގަށް ނަގައިގެން އުފުލި އިރު އެކަން ހިންގި ދޯނީގައި ކެޕްޓަނަކަށް ހުރިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް ހަފުތާއަކަށް ބަންދުކޮށްފި އެވެ.
ސިނގިރެޓް ކޮންޓެއިނާ އުފުލި އިރު ދޯނީގެ ކެޕްޓަނަކަށް ހުރިކަމުގެ ތުހުމަތަށް ހައްޔަރުކުރީ ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު 54، އެވެ. ހައްޔަރު ކުރި އިރު އޭނާ ދިރިއުޅެމުން ދިޔައީ އެމްޕީއެލްގެ މުވައްޒްފުންނަށް ހުޅުމާލެ2 ގައި އަޅާފައިވާ ޓަވަރުތަކުގެ ތެރެއިން ޓަވަރެއްގެ އެޕާޓްމަންޓެއްގަ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އެ ވައްކަމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭތީ އޭނާއަށް ކުރަނީ ޖިނާއީ ބޮޑު ކުށެެއްގެ ތުހުމަތެވެ. އޭނާގެ ބަންދުގެ މުއްދަތަށް އެންމެ ހަތް ދުވަސް ޖެހީ އެ އަމުރުގައިވާ ގޮތުން، ދިފާއީ ވަކީލާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ލިބިފައި ނުވާތީ ދިފާއީ ވަކީލު އެދިގެންނެވެ.
ސައުދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ހުރީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގަ އެވެ. އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި އެ ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް މީގެ ކުރިން ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ.
ދޯނި ކެޕްޓަން ހައްޔަރުކުރުމުން، އެ މައްސަލާގައި މިހާރު ވަނީ ޖުމްލަ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.
އެއީ އާދަމް ވަހީދު (ދިގަލި) ހަސަން އަބްދުއްރަހްމާނުގެ އިތުރުން ލޮޓަސް އަހުމަދު އާރިފް (އާއްޓޭ)، އާއި ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރަމުން އައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް، އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ، 48، އެވެ.
އެ މައްސަލާގައި ދިގަލީގެ ބަންދަށް 10 ދުވަސް އަދި އާއްޓޭގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވެ އެވެ. ދިގަލީގެ ވެސް ތުހުމަތަކީ އެ ވައްކަމަށް ފަންޑުކުރުމެވެ.
މުއާޒުގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު ޒިވާރުގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. އެ މީހުންނަށް ކުރަނީ "ވަގަށް ބޭރު ކުރުމުގެ އޮޕަރޭޝަން"ގައި ބައިވެރިވުން އޮތް ކަމާއި އަމަލީ ގޮތުން އެކަން ރާވާއި ހިންގުމުގައި އެ މީހުން ބައިވެރިވިކަމުގެ ތުހުމަތެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައާ ގުޅިގެން 12 މީހަކު ފުރުން މަނާކޮށްފައިވެ އެވެ. އަދި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވެ އެވެ. އެކަމަކު، އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ވަގަށް ނެގި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ. އެ ތަކެތި އެތަނުގައި ބަހައްޓާފައި ހުރީ ތަހުގީގު ނުނިމޭތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިކުނޑި
25 October 2025
މިހާރު އެމްޕީއެލްއިން އޮޑިޔަށް އަރުވަނީ ކެޕްޓަން ބުނާ ކޮންޓެއިނަރުތަ؟ މިދެން ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް!
ހަސަންދި
24 October 2025
މި ކަމާއި ގުޅޭ ގިނަ ލިޔުންތައް މަށަށް ކިޔަލެވިޖެ. އެކަމަކު ތި ކޮންޓެއިނާ އެތެރެކުރީ ކޮން ބައެއްކަން ، އެއްވެސް ނޫހަކުން މިހާތަނަށް ބުފައެއް ނެތް. ކޮންޓެއިނާ އެތެރެ ކުރި ފަރާތް ލިޔަން ޖެހިލުވަނީ ކީއްވެތޯ ސުވާލު އުފެދޭ.
ބިންލާދިން
25 October 2025
ސައުދީ ބިންލާދިން އިން އެތެރެ ކުރި އެއްޗެކޭ އެބައޮތް ނޫސް އާޓިކަލް ގައި. ދެން އިތުރަށް ކޯއްޗެއް ނޭނގެނީ
ނަން..
24 October 2025
ތި ކެޕްޓަން އެކައުންޓް ބަލާބަލަ އަންހެނުންނާ ދަރިންނާ ވެސް. ނުހުންނާނެ ފައިސާއެއް ރަގަޅަށް ބެލީއާމު ތި ކެޕްޓަން އަކަށް ނޭގެނެ ވަގަށް ކަމެއް ތި އެރުވީވެސް. ކެޕްޓަންގެ ވަޒީފާއަކީ ދޯނި ދުއްވައި ފަޅުވެރިން ނާއި ދަތުރުވެރިން އަދި އުފުލާ މުދާ އުޅަނދާއެކު ސަލާމަތުން ގެންދިއުން. ވެރި މީހަކު ގުޅާފަ ބުނީމަ ކުރާނެ. ހަމަ ރިހާކުރު ފުޅި ގެންދިޔަ މީހާއައް ހައްޔަރު ކޮއް ހުކުމް ކުރިޔަސް ރަގަޅެއް ނުވާނެ. މިގަމުގައި ގިނެންކޭމަ ރަގަޅު.
ހަމަދު ސަލީމް
24 October 2025
ދެން ސިގަރެޓްތައް ވަގަށްނެގީ ތި ކެޕްޓަންކަމަށް ނިންމާފަ ދެން ތިކަމުގަ ބައިވެރިވާ ބޮޑެތި ވިޔަފާރިވެރިންނާ ސަރުކާރުގެ އިސްވެރިން ސަލާމަތް ވާނެ.
އަފްރާސިޔާބު
24 October 2025
އާނ! އޭނާގެ ބޮލުގައި ތިޔަކަން އަޅުވާލާފައި އެހެންމީހުންގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ނިންމާލާ.
އަހުމަދުބިންސުލައިމާން
24 October 2025
ތި އެއްޗެހި ގެނައި ކުންފުނި ވެސް އެގޭ. ބިންލާދީން ކުންފުނި ނަމުގަ ގެނަޔަސް އަސްލު ގެނައި މީހުން ވެސް އެގޭ. ޢެމީހުންގެ މުދާ ކުލިޔާ ކުރާ ބާރުގަދަ ކުންފުނި
އަފްރާސިޔާބު
24 October 2025
އަސްލު ވަރުގަދަ މީހަކު ތިކަމުގައި ބައިވެރިވާތީ ކޮންމެވެސް މީހަކު ކަތިލަންޖެހޭ. ތީގައި މަށަށް ނިސްބަތްވާ މީހާއާއި ބައިވެރިން ސަލާމަތްކުރަންޖެހޭ. ފަޅުވެރިން ތިކަމުގައި ކުށްވެރިވާނީ.
ދައުލަތު
24 October 2025
ބަޔަކު ގެނައި މުދަލެއް ހިފަހައްޓައި ފޭރިގަނެގެން ތިބީ ދައުލަތުން.
ފަޅުމަސް
24 October 2025
ކެޕްޓަނެއްވެސް ނޫން ގެންދަންވީ.. ފަޅުވެރިން.. ގެންގޮސްފައި، ތިކަމުގައި ހިމެނޭ އެންމެ ދެރަ ނިކަމެތި މީހާގެ ބޮލަށް ކަނޑާލާފަ، އެހެން އެންމެން ދޫކޮށްލާ.. އޭރަށް ހުންނާނީ ހުރިހާ ކަމެއް ނިމިފަ.. އެވާހަކަ ބުނެލަން ވެގެން.. ވަރަށް ސަލާން..
އަބްޑޫޅް +
24 October 2025
ބަލަ، އޮޑި ދޯނި ފަހަރާއި ބައްތެލީ ގައި ކެޕްޓަނުންނެއް ނުތިބޭނެ ޔޭ. ތިބޭނީ، ނެވީންނާއި ނިޔަމީން ނޭ. ކަލޭމެންނަކީ، މައް، ބީރަށްޓެހީންނޭ. ޙޫމް.
އަބްޑޫލްގެ އެދުރު
24 October 2025
ނިޔަމީން ނަކީ މާލިމީން.. ހުންގާނުގައި ތިބޭ މީހުން.. އެއީ އަދި ދޯނި ފަހަރުގެ ކެޕްޓަނުންނެއް ނޫން.. ކެޕްޓަނުންނަކީ ނެވިން.. ދެންތިބޭނީ ފަޅުވެރިން...
ބަތްކައްކާ
24 October 2025
މިބޭބެ އަތުގަ މިލިއަނުން ފައިސާނެތީމަ ބޮޑުހުކުމެއް އަންނާނެ. އެހުރިހާ ސިނގިރެޓްގެ ވެރިފަރާތް މާމުއްސަނދި ބަނާނާ ރިޕަބްލިކް ކޯޓަކުން މައްސަލަބަލާވަރަށްވުރެ