ސިނގިރޭޓް ވައްކަމުގެ މައްސަލާގައި އެންމެފަހުން ހައްޔަރުކުރި މީހާ.-- ފޮޓޯ: ޕޮލިސް
22 އޮކްޓޯބަރ 2025 - 20:20
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލާގައި އެންމެފަހުން ހައްޔަރުކުރި މީހާ އެ ވައްކަން "ކާމިޔާބުކުރަން" އެހީވި ކަމަށް ތުހުމަތުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަސްވަނަ މީހަކީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން، 52، އެވެ. އޭނާ ހައްޔަރުކުރީގެ ރޭގެ ވަގުތެއްގަ އެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހަސަން އަބްދުއްރަހްމާންގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ މިހާރު ދިރިއުޅޭ އެޑްރެހަކީ މި ވައްކަމުގެ ތުހުމަތުގައި ކުރިން ހައްޔަރުކޮށްފައިވާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)ގެ ގެއެއް ކަމަށްވާ ހ. އެޕޯލޯ ޓަވަރެވެ. މި ވައްކަން ރާވައި، ފަންޑްކުރުމުގެ ތުހުމަތު ދިގަލިއަށް ކުރެ އެވެ.
ހަސަން އަބްދުއްރަހްމާންގެ މައްޗަށް މި މައްސަލާގައި ތުހުމަތުކުރެވޭ ވަރުގެ ހެކި ލިބިފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
"ސިނގިރެޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް މީނާގެ ފަރާތުން އެހީތެރިކަން ލިބިފައިވާ ކަމަށް ފެނެ އެވެ،" ކޯޓު އަމުރުގައި ބުންޏެވެ.
ފުލުހުން މިދިޔަ އާދިއްތަ ދުވަހު ވަނީ ތިލަފުށީގެ ތަންތަން ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގައި، ވަގަށް ނަގާފައިވާ ސިނގިރޭޓް ދެ ކޮންޓެއިނަރުގެ ބައިތައް ހޯދައިފަ އެވެ. އެކަމަކު، ގެއްލުނު އެއްވެސް ސިނގިރޭޓެއް ފެނިފައިވާކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.
ސައުދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ހުރީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގަ އެވެ. އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި އެ ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް މިހާތަނަށް ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ.
އެއީ ހަސަން އަބްދުއްރަހްމާން އާއި ދިގަލީގެ އިތުރުން ލޮޓަސް އަހުމަދު އާރިފް (އާއްޓޭ)، 61 އާއި ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރަމުން އައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް، 40، އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ، 48، އެވެ.
އެމްޕީއެލް ހުޅުމާލޭ ޕޯޓުގައި ބަހައްޓާފައި ހުއްޓާ ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ހައްޔަރުކުރި ފަސް މީހުން.---ފޮޓޯ: ޕޮލިސް
އެ މައްސަލާގައި ދިގަލީގެ ބަންދަށް 10 ދުވަސް އަދި އާއްޓޭގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވެ އެވެ. ދިގަލީގެ ވެސް ތުހުމަތަކީ އެ ވައްކަމަށް ފަންޑުކުރުމެވެ.
މުއާޒުގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު ޒިވާރުގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. އެ މީހުންނަށް ކުރަނީ "ވަގަށް ބޭރު ކުރުމުގެ އޮޕަރޭޝަން"ގައި ބައިވެރިވުން އޮތް ކަމާއި އަމަލީ ގޮތުން އެކަން ރާވާއި ހިންގުމުގައި އެ މީހުން ބައިވެރިވިކަމުގެ ތުހުމަތެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައާ ގުޅިގެން 12 މީހަކު ފުރުން މަނާކޮށްފައިވެ އެވެ. އަދި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވެ އެވެ. އެކަމަކު، އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ވަގަށް ނެގި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ. އެ ތަކެތި އެތަނުގައި ބަހައްޓާފައި ހުރީ ތަހުގީގު ނުނިމޭތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޯޑީ
23 October 2025
ގާޒީންނަށް ވެދުންސަލާމަށްފަހު ދަންނަވަމެވެ. ތިބޭފުޅުން ތި ޖައްސަވާ ޙުކުމްތަކަކީ ފަހުޒަމާނުގެ ޢަލާމާތްތަކުގެތެރޭގައި ނުހިމެނި ނުދާނެ ޢަމަލުތަކެކެވެ. ވައްކަންކުރަން ރޭވިމީހުނާއިއެކަމަށް ޚަރަދުކުރިމީހުނާއި އެކަން ކުރި މީހުންގެ ބަންދުގެ މުއްދަތު 5 ދުވަސް 10 ދުވަސް ޖެހުމަށްފަހު އެކަމުގައި އެހީތެރިވި މީހުން މުއްދަތެއްނެތި (5-10 އަހަރުވެސް ވެދާނެ ތިބޭފުޅުންގެ ސްޕީޑުން) ބަންދުކުރުމަކީ އިންސާފުގެ އެންމެ މަތީ ހަރުފަތެވެ. ވަރަް އިހުތިރާމް. ހާދިމްކުމް ގޯޑީ.
ގުއިޖު
23 October 2025
ކޮބާހޭ އެ ސިގިރޭޓުތައް؟ އޭގެ ވާހަކައެއްވެސް ނުދައްކާ!
ޝަރީއަތް
23 October 2025
ތިކުރަން އުޅޭކަންތައް ވަރަށް ސާފު އާއްޓެ އާ ދިގަލި ކައުންސިލް އިންތިޙާބަށް ސަރުކާރައް ފަންޑުކުރަން އެއްބަސް ވުމުން އެމީހުން ދޫކޮއްލާނެ އިތުރުގޮތެއްހަދަން ވައަކަން ކުރިރޭ ތުރާކުނުގަ ހޭލާ ހުރިކަމައް ތުހުމަތުކުެވެއޭ އެމަގުންއެރޭ ދުވަންދިޔައޭ ކިޔާ ފާޑުފާދުގެ ތުހުމަތު އުފައްދަން ފަށައިގެން ތިއުޅެނީ މާގިނަ ދުވަހެއް ނުވެ ޙަބަރުގަ ޖަހާނެ އާއްޓެ އާ ދިގަލި ގެމައްޗައް ސާބިތުވާވަރައް ހެކިނެތިގެން ދޫކޮއްލިވާހަކަ.... މީ މިގައުމުގެހާލަތަކީ
ކުރި
23 October 2025
ލިޔާނެ ލިސްޓް ވަރަށް ދިގު ސާބިތު ނުހިފޭ ތުހުމަތުތަކުގަ މީހުން ހައްޔަރުކޮށް ފަހު ވަގުތު ދޫކޮށްލާ ތަން ފެނިގެން ދަނީ. ބައެއްގެ އަބުރު ކަތިލެވިގެން ދާއިރު ފަހު ދުވަހެއް އަންނާން އޮތްކަން ހަދާން ކުރަން ޖެހޭ. ކޮބާތޯ ސިހުރު ހާހޫރަ ހެދި މީހުން؟ އެބައެއްގެ އަބުރު ގެއްލުން ނޫން ކަމެއް ނުވި.
އެއާ
23 October 2025
ވައްކަން ރާވައި، ޚަރަދުކޮށް ހިންގިކަމަށް ތުހުމަތު ކުރެވޭ މީހުންނަށް 10، 15 ދުވަސް ބަންދަށް. އެހީތެރިވި ކަމަށް ތުހުމަތުވި މީހާ ޝަރީއަތް ނިމެންދެން ބަންދު. ތިވާގޮތުން ތިކަން ކުރަނިކޮށް ފެނުނު މީހަކު ގެންގޮސްފިއްޔާ އުމުރަށް ބަންދު ކުރާނެތާ؟
މިސްލިހާން
22 October 2025
ފުލުހުން ހީވަނީ ކުރާނެ ތުހުމަތުތައް ހުސްވެގެން އުޅޭހެން، އެހެންތާވާނީ ވެރިން ރުއްސަން ތުހުމަތު އުފަން ކުރުވަންޏާ މިކަހަލަ ކިތަންމެ ތުހުމަތެއް އަދި އުފަންވާނެ،
މުލޭ
23 October 2025
ވާނުވާ ނޭނގޭ މީހުން ކޮމެންޓް ނުކޮށްބަލަ މިކަހަލަ ކަންކަމަށް. ކަލޭމެންނަށް ރަނގަޅު އެއްގޮތެއް ވެސް ނޯވޭ.
މުލޭޓޫ
23 October 2025
މުލޭއަށް ވާނުވާއެނގޭނަމަ ބުނެދޭންވީނު؟ މައްސަލައަކީ ފަންޑުގެ ތުހުމަތަށް 10ދުވަސް. އެހީވީކަމުގެ ތުުހުމަތަށް ޝަރީއަތްނިމެންދެން ބަންދު. މިކަމުގެ ވާނުވާ މުލީއަށް އެގޭނަމަ ބުނެދިނީމާ ދެންތިބި މީހުންނަށް އެގޭނީ.
ޕައްލީ
22 October 2025
ރަނގަޅަށްވެސް މިހިރީ ނަގިލި ކަހާލާފަ. ކޮންމެވެސް އެރަރ އެއް އަރައިފި މިމީހުންނާ ސަރުކާރުފަޅިޔާ ދެމެދަށް.
ޮއޮޮއއwo
22 October 2025
އަސްލު ތިކަން ކުރި މީހުން ތިބީ ދޫވެފަ
މުއް ދަތް
22 October 2025
ރާވާ ހިންގާ ފަންޑުކުރި މީހުންގެ ބަންދަށް 10، 15 ދުވަސް ޖަހާފަ، އެހީތެރިވި މީހާ އަށް ޝަރީއަތް ނިމެންދެން. ކޮން ފޮތަކުން ބަލަގެން ގާޒީން ކުރާކަމެއްތަމީ. މީޙުންގެ މުއްސަދިކަމަށް ބަލާފަ މުއްސަދި ވާވަރަކަށް ކުޑަވާ މުއްދަތެއްތަމީ އަލޭފަހެ.
ވަރަށް ވެދުން
22 October 2025
ފަހުމީހާ ބޮލައް ކަޑާލީ