މިއަދުގެ މެޗުގައި މާޒިޔާ އަށް ލަނޑެއް ޖަހައި ދިން ލުއިސް އަލްމޭޑާ: ގްރީންގެ މައްޗަށް މާޒިޔާ މޮޅުވީ ނުވަ ލަނޑުން
25 އޮކްޓޯބަރ 2025 - 19:04
ގްރީން ސްޓްރީޓްސްގެ މައްޗަށް 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ 15 ޕޮއިންޓާއި ފައިދާ 22 ގޯލުން މާޒިޔާ އަލުން އެއްވަނަ އަށް ޖެހިލައިފި އެވެ.
މި ނަތީޖާއަކީ މިފަހަރު ސީޒަނުގައި ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
ލީގުގެ ހަތަރުވަނަ ހަފުތާގެ ކުޅުން، މިދިޔަ އަންގާރަ ދުވަހު ނިމުނު އިރު އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ.
މިއަދުގެ މެޗާ ކުރިމަތިލިއިރު މާޒިޔާ އާއި ނިއު އަށް ވެސް އޮތީ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށެވެ. ދެ ޓީމަށް ވެސް 12 ޕޮއިންޓެވެ. އޭރު ނިއު އެއްވަނައިގައި އޮތީ ފައިދާ ގޯލްގައި މާޒިޔާގެ މައްޗަށް އެއް ލަނޑުގެ ތަފާތަކުން ކުރި ހޯދައިގެންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ސްޕެއިންގެ ފޯވާޑް ސާޖިއޯ އިގްލޭސިއަސް ވަނީ ހެޓްރިކް ހަދައިފަ އެވެ. އަދި ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން، ދެ ލަނޑު ޖެހި އެވެ.
އެ ޓީމުގެ އަނެއް ހަތަރު ލަނޑު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕް) އާއި ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް އައިސަމް (ޓޯނީ) އަދި ލުއިސް އަލްމޭޑާ އެވެ.
ގްރީން އަށް މާޒިޔާ ހިފަހައްޓާ ލެވުނީ ފުރަތަމަ 20 މިނެޓެއްހާއިރު އެވެ. މެޗުގެ 20 ވަނަ މިނެޓްގައި އިގްލޭސިއަސް ލަނޑު ޖަހައި ގްރީންގެ ގޯލް ހުޅުވި އެވެ.
ފުރަތަމަ ހާފު ވެސް މާޒިޔާއިން ނިންމާލީ ފަސް ލަނޑުގެ ބޮޑު ލީޑަކާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބާބޫ
26 October 2025
ޣައިރު ދުސްތޫރީކޮށް ބޭރުކޮށްލީމަ އަންނާނީ ވެސް ޣައިރު ދުސްތޫރީކޮށް....ނިއުއަކީ ދިވެހިފުޓްބޯޅައިގެ ކިންގު، ސިންގާ އަންނާނީ ދާވަރަށްވުރެ ގަދަކޮށް.....
މހއމ
26 October 2025
މަށަކީ ނިއުއަށް ވަރަށް ސަޕޯޓުކުރި މީހެއް. އެކަމު މިހާރު ޓީމު މަތިން މުޅިން ފޫހިވެއްޖެ. ޕޮލިޓިކްސް ވަދެ ހަމައާއި އިންސާފުން އެއްކިބާވެ ސިޔާސީ ނުފޫޒު ބޭނުން ކޮށްގެން ކަންކަން ކުރީމަ ފުޓުބޯޅައިގެ ރީތިކަން ވެސް މިހާރު ގެއްލި ހިނގައްޖެ. ދެން އޮތީ ފުޓުބޯޅައަށް އަލްވަދާޢު ކިޔުން. ފިންޔާއި ހޫނާ، ގިންޏާ ހިތާމައިން، މި މިތުރުނާ ވަކިވުން ނޫނީ ނެތޭ! ހިތާމައިން އޮހޮރޭ، ލޮލުން އައި ކަރުނަޔޭ!
ކަރިޝް
26 October 2025
ކީއްވެތަ މިހާރު ހަބަރު ނިންމާލަމުން ކުރިއަށް ކުޅެން އޮތްމެޗްގެ ވަަހަކަ ނުލިޔަނީ ؟
ސަފޯޓަރ
25 October 2025
މާޒިޔާ ކިތައްމެ ގޯލެއް ޖެހިޔަސް މި ފަހަރު ލީގެއް ނުލިބޭނެ. ނިއު އެއަށްނަނި ޖެހޭ ބަޔަކުވިއްޔާ ބަލިކުރަމުން ސަފޯޓަރުންގެ ފުރިހަމަ ސަފޯޓާއި އެކު. މިހާރު ދެން އެއްމެ ދެކެށް ބޭނުން ވަނީވެސް ނިއުއަތުން މާޒިޔާ ބަލިވާތަށް ފޯރި ހުންނާނެތާ. ޙަހަހަ
ބަކުން ނިންމާ
25 October 2025
ލީގު ނަގަންޏާ ފަސްޓް ޑިވިޝަނަށް އަރަން ހެދި ކަހަލަ ޑީލެއް ހަދަން ޖެހޭނީ، އެހެން ނޫނީ ނުލިބޭނެ. ތިޔަ ލީގުގަ ތި ކުޅެނީވެސް ފުރަތަމަ ޢައިރު ދުސްތޫރީކޮށް.
އެނަލިސްޓް.
25 October 2025
ކުލަ ޓައްޕު އުކާލާނީ.