އިންޑިއާއިން ރާއްޖެ އައި މަނަވަރެއް: ދޭތެރެ ދޭތެރެއިން އިންޑިއާގެ މަނަވަރުތައް ރާއްޖެ ޒިޔާރަތްކޮށް، ހަރަކާތްތައް ހިންގާ
29 މާޗް 2017 - 12:36
އިންޑިއާގެ ތިން މަނަވަރުގެ ސިފައިންނާއި ދިވެހި ސިފައިންގެ ބޭންޑް ހަރަަކާތްތަކެއް މާދަމާ ޖުމްހޫރީ މައިދާންގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފުން ބުނީ އިންޑިއާ އާއި ދިވެހި ސިފައިންނާ ދެމެދު ގުޅުން އާލާކުރުމުގެ ގޮތުން ބާއްވާ މި ހަރަކާތްތައް ބަލައިލުމުގެ ފުރުސަތު ކޮންމެ އުމުރެއްގެ މީހަކަށް ވެސް އޮންނާނެ ކަމަށެވެ.
"މިއީ އެންމެންނަށް ވެސް ހުޅުވާލައިގެން ބާއްވާ ހަރަކާތްތަކެއް،" އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވި އެވެ.
"ފުދޭވަރެއްގެ ފޯރިގަދަ ރާގުތަކެއް ކުޅޭނެ. ދެން އެމީހުންގެ ސަގާފީ ބައެއް ކަންކަން ވެސް ދައްކާނެ."
އިންޑިއާގެ ތިން މަނަވަރު ރާއްޖެ އައީ މިދިއަ ހޯމަދުވަހު އެވެ. މި މަނަވަރުތައް ރާއްޖެ އިން ފުރާނީ އަންނަ ހުކުރުދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެރިލޯބި
25 October 2017
ދެރައީ ގުޅުން ރަނގަޅުކަމުން އިންޑިޔާ އިމިގްރޭސަނުން ނާ ޕޮލިހުން ދިވެހި އާމު ރައްޔަތުންނައް ކުރާޖެއްސުންބޮޑުކަމުން އެކަމަކާ ހުރެ ދިވެހިން މިސްރާބުހުރީ ލަންކާއައް.
ފަރުހާދު
29 March 2017
ޗައިނާ އާ ތުރުކީ ސިފައިން ޕާކިސްތާނުގެ ރިޕަބްލިކް ޑޭ ޕެރޭޑްގެ ބައިވެރިވީމަ ޖެލަސްވެ ކަޑަވެފަ އިންޑިޔާ
ޑޯން
29 March 2017
ހޫނ ދާނަން ނަޝާލަން...
ނިކާ
29 March 2017
ކޮން ގަޑި އެއްގަބާ އޮންނަނީ....