ޚަބަރު / ފުލުހުން

އެއާޕޯޓް ޓާމިނަލުން ޑޮލަރު ފޭރުނު މީހުން ދިޔައީ ހުރައަށް، ބަލައިފާސްކުރަނީ!

ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުން ނިސްބަތް ވަނީ ގުރައިދު އަށް. އަނެއް ދެ މީހުންގެ ރަށެއް އަދި ސާފެއް ނުވޭ.

ހުރާގެ މަގުމަތި: ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުން ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މީހުން ދިޔައީ މި ރަށަށް.

27 އޮކްޓޯބަރ 2025 - 22:23

64 comments

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަށް ރޭ ފަތިހު ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފަކަށް ބިރުދައްކައި ސޫޓްކޭހުގައި ހުރި ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރިގަތް މީހުން ލޯންޗުގައި ދިޔައީ ކ. ހުރަ އަށް ކަން އެނގިއްޖެ އެވެ.

އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުން އެއާޕޯޓުން ފުރައިގެން ދިޔަ ލޯންޗު ވެސް ހޯދާފައިވާ ކަމަށް މިއަދު މެންދުރު 1:30 ވާން އުޅެނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި އެވެ. އެކަމަކު ފައިސާ ފެނުނު ކަމެއް ތަހުގީގީ އިދާރާތަކުން އަދި ނުބުނެ އެވެ.

"މި މައްސަަލައިގެ ތަހުގީގުކޮށް ވީހާ ވެސް އަވަސްކޮށް، ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ފުލުހުން ކުރި މަސައްކަތަށް ތައުރީފުކުރަން،" އިހުސާން ވިދާޅުވި އެވެ.

"މިހާރު" އާ މައުލޫމާތު ހިއްސާކުރި ފަރާތަކުން މިރޭ ބުނީ، ބީއެމްއެލްގެ މުވައްޒަފުންގެ އަތުން ޑޮލަރު ފޭރިގަތް މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުން ވެސް ހުރާގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނާ ގުޅުން ހުރި ގެއެއް ކޯޓު އަމުރެއްގެ ދަށުން މިހާރު ފާސްކުރަމުން އަންނަ ކަމަށް ބުންޏެވެ.

"އެ ހަތަރު މީހުންގެ ތެރެއިން ދެ މީހުންނަކީ ގުރައިދޫގެ ދެ މީހުން، އެ ދެ މީހުން ވަރަށް ގިނައިން ހުރައަށް ގޮސް އުޅޭ. އެއީ އެ މީހުންގެ ބޭބެއަކު ހުރާގައި ދިރިއުޅޭތީ. އަނެއް ދެ މީހުންގެ ރަށެއް ނޭނގޭ،" މައުލޫމާތު އެނގޭ މީހާ ބުންޏެެވެ.

އޭނާ ބުނިގޮތުގައި މޫނު ނިވާކޮށްގެން، ވަޅިން ބިރު ދައްކައި ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ ތެރެއިން ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ފޭރިގަތް މީހުން ދަތުރުކުރި 12 މީހުންގެ ޖާގައިގެ ލޯންޗު ހުރައަށް ދިޔައީ މިއަދުގެ ހެނދުނު 8:45 ހާއިރު އެވެ.

މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ހަތަރު މީހުން ހައްޔަރުކުރީ ހުރާގައި ތިބި ފުލުހުން ކަމަށް އެ މީހާ ބުންޏެވެ.

"އޭގެ ފަހުން ވަރަށް ގިނަ އަދަދެއްގެ ފުލުހުން މި ރަށަށް އައިސް އެބަ ހަރަކާތްތެރިވޭ. ފާސްކުރުން ކުރިއަށް އެބަގެންދޭ. އެ ލޯންޗު ވެސް އެބައޮތް ބަނދަރުގައި އަޅާފައި،" މައުލޫމާތު ހިއްސާކުރި މީހާ ކިޔައިދިނެވެ.

ބީއެމްއެލްގެ ދެ މުވައްޒަފުންނަށް ވަޅިން ބިރު ދައްކައި އެ ސޫޓް ކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިންނެވެ.

އެ ދެ މީހުން ވަރަށް ގިނައިން ހުރައަށް ގޮސް އުޅޭ. އެއީ އެ މީހުންގެ ބޭބެއަކު ހުރާގައި ދިރިއުޅޭތީ. އަނެއް ދެ މީހުންގެ ރަށެއް ނޭނގޭ،" މައުލޫމާތު އެނގޭ މީހާ ބުންޏެެވެ.

ސޫޓް ކޭހުގައި ހުރީ އެނގިފައިވާ ގޮތުގައި މިއަދުގެ ހެނދުނުގެ ތިން ފްލައިޓަކުން ފުރި ދިވެހިންނަށް ދޫކުރާ ޑޮލަރުތަކެކެވެ. އެ ފައިސާ ފޭރިގަތީ އާ ޓާމިނަލްގެ ޑޮލަރު ކައުންޓަރަށް ގެންދަނިކޮށެވެ.

ނަމަވެސް އެއްލައްކަ ޑޮލަރު ސޫޓް ކޭހުގައި ބީއެމްއެލްގެ ދެ މުވައްޒަފުން ގެންދިޔައިރު ފުލުހުންގެ އެހީތެރިކަން ހޯދާފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ޑޮލަރު ފޭރިގަތް ވަގުން ޓާމިނަލަށް ފޭބީ ކާރަކުން ކަމަށް ވެ އެވެ. އޭރު ހުޅުލޭ ޖެޓީގައި ތައްޔާރީ ހާލަތުގައި ހާއްސަ ލޯންޗެއް އޮތް ކަމަށް އެނގިފައި ވެ އެވެ. އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭކޮށް، ފައިސާ ސޫޓް ކޭސް ފޭރިގަނެގެން އެ މީހުން ދުވެ ގޮސް އެރީ އެ ލޯންޗަށް ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ވީއައިއޭގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަތް މައްސަލައިގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 4:45 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

64 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 13%
icon angry icon angry 25%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިމިނާ

29 October 2025

އެސޮރުމެން ވަރަށް ހަމަޖެހިލާފަ އަތްއުކައުކާފަ ވާހަކަދައްމުން ޕޮލިހުންނާއެކު ދިޔައީ. ބިޑިއެއްވެސް ނާޅުވަ. މިވަރު ބަޔެއް އެ ގޮތަށް ގެންދާނަމަ އެރަށު ޖެޓީއިން ލޯންޗަކަށް އަރައިގެން ހިނގައިދާނެނު.

The name is already taken The name is available. Register?

ކޮސް

28 October 2025

މޫނުބުރުގާ އަޅައިގެން ކޮންމެ ކޮންމެ ތަނަކަށް ވަދެވުމާއި ކޮންމެ ކޮންމެ ވަޒފާއެއް އަދާކުރެވޭ ގޮތަށް އޮތުމަކީ ބޮޑު ނުރައްކަލެއް.

The name is already taken The name is available. Register?

ދަންނަ ނުދަންނަ

28 October 2025

ވ އެނގިފަ ތިއޮތީ

The name is already taken The name is available. Register?

ށސ11

28 October 2025

ތިޔައީދޯ ކަލޭމެނަށް ނުވެގެން އުޅޭ ކަމަކީ. ބަޔަކު ވައްކަންކުރީއޭ ކިޔާފަ ނިވާވެގެން އުޅޭ އަންހެނުންގެ ހައްގުތަކަށް އަރާ އެމީހުނަށް އިހާނެތިކުރުންދޯ ވިސްނުމުގަ ތިއޮތީ. ވައްކަންކުރާ މީހުނާ ފޭރޭމީހުނަށް އޮތް ހައްގު އަދަބުދޭން ނުގޮވާ މޫނުބުރުގާ މަނާކުރަން ތިގޮވަނީ؟!

The name is already taken The name is available. Register?

ޢަލިކޮއެ/ހުޅުމާލެ

28 October 2025

ގަބޫލުކުރަން އުނދަގޫ ވިޔަސް މިއީ ތެދެއް

The name is already taken The name is available. Register?

ކޮސް

28 October 2025

މިހާރު މިއެނގުނީ ރާއްޖޭގެ ބިޔަ ބޮޑު ވައިގެ ބަނދަރުގެ ސެކިއުރިޓީ ހުރީ ވ. ގޯސް ހިސާބެއްކަން.

The name is already taken The name is available. Register?

ބުރàންތި

28 October 2025

މިމީހުންގެ ފޮޓޯ އާންމު ނުކުރަނީ ކީއްވެބާ؟؟

The name is already taken The name is available. Register?

އައިފާން

28 October 2025

ތި ފައިސާއެއް ދެން ނުފެންނާނެ. ދެން އަޑު އިވޭނީ މީހުން ދޫކޮއްލި ވާހަކަ. ކައުންސިލް އިންތިހާބާ ދިމާ ކޮއްފަ , ވަރައް ޝައްކު ކުރެވޭ ފަދަ ކަންކަން މި ވަނީ. އިތުރު ޑްރޯން ތަކެއް ވެސް ބޮޑު އަގުގަ އަނެއްކާ ގެނެއްސި .

The name is already taken The name is available. Register?

ހޯމް ލޭންޑް

28 October 2025

ޤައުމެއް ނެތޭ ދަރީންނޭ

The name is already taken The name is available. Register?

ހާނޖީ

28 October 2025

އަދަބު ނުލިބި ކުއްވެރިންތަކެއް މުޖްތަމައުގައި ގިނަވުމުގެ ސަބަބުން މިއަދުއެދިނީ ވަރަށް ނުރައްކާތެރި ސިގްނަލެއް. ރާއްޖޭގެ އަމާން ކަމަކީ ރާއްޖެއަށް ޒިޔާރަތްކުރާ މީހުން ބަލައިގަންނަކަމެއް. މާލޭގެ މަގުމަތިން ގޮސް މައިއެއާޕޯޓާ ހަމައަށް މިވަބާ ފޯރީމަ ޤައުމުދާ މިސްރާބް އެބަ އެނގޭ. މުޅި މާލޭގައި މަގުފޭރޭ މީހުން ވަންކަން ކުރާމީހުން. އެއްދޮރުން ވައްދާފަ އަނެއްދޮރުން ދޫކޮއްލާފަ އޮތީމަ ފެންނާނެ ނަތީޖާ ...

The name is already taken The name is available. Register?

ސަރ

28 October 2025

އިހުސާން އަދީ ޤައްސާން ގެ ފެއިލްވުމެއް.އިސްތިއުފާ

The name is already taken The name is available. Register?

ފަސްސި

28 October 2025

ދެރަ ކަންކަން، މީގެކުރިންވެސް ދިވެހި މުވައްޒަފެއްގައިގައި ގެސްޓަކު ތަޅައިގަނެގެން ތިޔާތަނުގް ސެކުއިރިޓީ އޮތީ ޕެރެލައިޒްވެފަ

The name is already taken The name is available. Register?

ހަސަންރަހާ

28 October 2025

ބޭފުޅުންނޭ، މިކަމާ ހައިރާންވާނެ ކަމެއް ނެތް. އަދި ކިރިޔާ މި ފެށެނީ. ދާދި އަވަހަށް މީހުން ވަގަށް ނަގާ އެމީހުންގެ އެތެރެ ހަށީގެ ގުނަވަންތަކަށް ދަންދެން ފަޅައިގެން ނަގާ ވިއްކައިގެން އެވިޔަފާރި ކުރުން ވެސް އޮންނާނެ ކަމަށް ބެލެވޭ. ތިޔަ ބޭފުޅުންގެ ގައުމު މި ހާލަތަށް ގެނައީ ހަމަ ތިޔަ ބޭފުޅުން...ވަރަށް ވެދުން...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454