ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް (ކ) އަދި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ނޫސްވެރިންތަކަކާ ވާހަކަ ދައްކަވަނީ: ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ ފައިސާގެ އަދަދުތައް މިއަދު ވަނީ އިއުލާނުކޮށްފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
29 އޮކްޓޯބަރ 2025 - 16:01
ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ކަނޑައަޅައި އިއުލާނުކޮށްފި އެވެ.
މީޑިއާތަކަށް ދޫކުރާ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް ވަނީ އާންމުކޮށްފަ އެވެ.
އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެ ޓީވީއަށް 3.8 މިލިއަން ލިބޭއިރު ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެ އެވެެ. އެއީ ޖުމްލަ 5.1 މިލިއަން ރުފިޔާ އެވެ.
ދެވަނައަށް އެންމެ ގިނައިން ލިބެނީ ސަން އަށެވެ. ސަން މީޑިއާ ގްރޫޕްގެ އެސްއެސްޓީވީއަށް 2.9 މިލިއަން އަދި ސަން އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެ އެވެ. އަދި ވީޓީވީއަށް ތިން މިލިއަނާއި އެ ވީނިއުސް އޮންލައިނަށް 1.1 މިލިއަން ލިބެ އެވެ.
● ވަން އޮންލައިން: 1.3 މިލިއަން ރުފިޔާ
● ވޮއިސް: 1.3 މިލިއަން ރުފިޔާ
● ދަ ޕްރެސް: 1.3 މިލިއަން ރުފިޔާ
● ދައުރު: 1.3 މިލިއަން ރުފިޔާ
● މިހާރު އޮންލައިން 1.2 މިލިއަން
● މިހާރުގެ ދަށުން ހިންގާ އިނގިރޭސި އެޑިޝަން އަށް 1.1 މިލިއަން
● އަދަދު: 1.1 މިލިއަން ރުފިޔާ
● ތީރު މީޑިއާ: 1.1 މިލިއަން ރުފިޔާ
● ދިޔަރެސް ނިއުސް: 1.1 މިލިއަން ރުފިޔާ
● ގާފު އޮންލައިން: 1 މިލިއަން
● މަލްދީފް އޮންލައިން: 899،197 ރުފިޔާ
● ތިލަދުން: 1.2 މިލިއަން ރުފިޔާ
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ.
އެ ފައިސާ ދެނީ އެކަމާބެހޭ އުސޫލުގައި ބުނާ ވަކި ޝަރުތުތަކެއް ހަމަވާ އަދި ވަކި މިންވަރަކަށް ޕޮއިންޓް ލިބޭ މީޑިއާތަކަށް އެކަންޏެވެ. މިއީ ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ކަނޑައެޅި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެދުރު1
30 October 2025
ސިޔާސީ ޕަާޓީ ތަކަށާއި މީޑިޔާތަކަށް ރައްޔިތުންގެ ޓެކްސް ފައިސާ އިން ދޭކަށް ނުޖެހޭނެ.
އެދުރު1
30 October 2025
ސިޔާސީ ޕާޓީތަކަށާއި މީޑިޔާ ތަކަށް ދައުލަތުން ލާރި ދޭކަށ
ހުސަ
30 October 2025
މިއީ ވަރަށް ދެރަވަރުކަމެއް! މިމީޑިޔާގައި ތިބި ބައެއް ފަރާތްތަކުން ދާދިފަހުން ފެނުނީ އެއްވެސްކަހަލަ އިހްތިރާމެއް ނުބަހައްޓާ ރައިސް ފަހަތުން ރައިސްގެ ގެކޮޅާއި ހަމަޔަށް ހިތައްއެރި އެއްޗެއް ގޮވަމުން ދިޔަތަންވެސް! މިވަރުގެ ބަޔަކަށް ދައުލަތުގެ ޓެކްސްޕޭޔަރުންގެ އަތުން ނަގާ އެއްޗެއް މިދެނީ! ރާއްޖޭގައި ވިޔަފާރުކުރާ މެދު ފަނަތީގެ މީހުންނަށްވެސް ހަމަ ފައިސާ ދޭންވީ ނޫންތޯ؟ އެމީހުން އެކުރާ މަސައްކަތް މާރަގަނޅު ގިނަގޮތްގޮތުން ބަލާއިރު!
އަލިކާ ދިއްދޫ
30 October 2025
ރައްޔިތުން ބަނޑުފުރާ މުއްތިކުރެވޭނެ ފަދަނެތި، ބޭސްފަރުވާއަށް ސަލާންޖަހަމުން ދުވެނަގާއިރު ގައުމުގެ މާލިއްޔަތު ބޭނުމެއްނެތް ބޭކާރުގޮތުގައި ކައިނަގަނީ އެބަޔަކު ބޭނުންވާގޮތަކަށެވެ. އެއްބަޔަކު ދައުލަތުން ވައްކަންކުރާއިރު އަނެއްބަޔަކު މަކަރާހީލަތުންނެވެ. ބަދަލުދިނުމާއި ކަރެޕުސަނުގެ މުޑުދާރު އަމަލުންނެވެ. ފަޅުތަކާއި ރައްތައްވެސް އެވެެރިންގެ އަމާބަފާގެ ހަރުމުދާފަދައެވެ. މީއަލޭފަހެ ގައުމެއްގެސިފަޖަހާ ގައުމެއްހެއްޔެވެ؟ކޮސްވެބަސްހުއްޓޭހާ ނުވޭހެއްޔެވެ؟
ބަރބޯ
30 October 2025
ސަންގު އޮންލައިން ކިޔާ ނޫހެއް އޮވޭތޯ؟ ދުވާލަހަކު ކިތައް ހިޓްސް ލިބޭ ނޫހެއްބާ؟ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބަލާ ކަމަށް ފެންނަނީ ރާއްޖެ ޓީވީ، އެ ތަނަކަށް އެކަށީގެންވާ ވަރަށް ޕޮއިންޓް ނުލިބެނީ ސަރުކާރުން ބޭނުންވާ ގޮތަށް ޚަބަރުތައް ކަވަރު ކުރާތީތޯއެވެ. ދެން ވެރިކަމުގެ ހުވާ ކުރެއްވި ކަމަށްވަނީ މިނިސްޓަރު ކަމާ ޓީވީ ސްޓޭޝަނަކާ ބަދަލުކޮށްގެން ކަމަށްވެސް ރަށުތެރޭ ކިޔާއުޅެއެވެ.
ޝުއާއުު
30 October 2025
މީޑީޔާތަށް ބާރުވެރިކޮށް ޒިންމާދާރުކުރަން މަސައްކަތް ކުރުމަކީ ބަރާބަރު ކަމެއް. އުންމީދަކީ މީޑިއާ ވިލެޖްވެސް މީގެތެރެއިން އަވަހަށް އައުން.
މަލަންބޭ
30 October 2025
ނޫސްވެރިން މިހާރު ވަރަށް މައިތިރިވެއްޖެކަމަށް ފެންނަނީ. ނުފެނޭ ކަންކަން ރަނގަޅުކުރުމުގެ ވާހަކަ ލިޔާތަނެއް.
ހުމައިދްް
30 October 2025
ރައީސް މުއިއްޒު މިކަން ބައްލަވާ އިންސާފް ގާއިމްކުރައްވާނެ. ޔަގީން
އަސްތާ
30 October 2025
ކަލޯ ކޮބާ މަގޭ ރާއްޖެ ޓީވީ؟ އެސޮރުމެންގެ ނަންވެސް ނެތް؟
ެައައްޔަ
30 October 2025
އެކަމަށް ފޮނިކަމުން ނޭދޭ
އެކޮއި
30 October 2025
މީޑިޔާތައް ބަނޑުދަށުލިއަސް ރައްޔިތުންގެ ތާޢީދެއްނުލިބޭނެ. އަދި މީޑިއާތަކަށް މިލިޔަނުން ފައިސާބަހާއިރު ނިކަމެތިރައްޔިތުން މިއުޅެނީ އަނގަޔާ އަތާދިމާނުވެގެން. ޑޮލަރެއް ގަންނަން މިލިބެނީ ވިހިތިރީހަށް. ޤައުމުމިދަނީ ދަރަނީގެ މައްޗަށް ދަރަނިއަރަމުން. ދައުލަތުގެ ތެރެއިންނާއި ބޭރުން ކުރަމުންދާ މާސިންގާ ބޮޑެތި ވައްކަންތަކުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. މިކީ އަހަރެމެން ރައްޔިތުން ބޭނުންވާ ސިސްޓަމަކަށް ވެރިކަންކުރަން ދަންނަބައެއްނޫން. އަމިއްލައެދުން