ޑިފެންސްއަށް 2.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅަފައި -- ފޮޓޯ: މިހާރު
31 އޮކްޓޯބަރ 2025 - 13:58
އަންނަ އަހަރުގެ ބަޖެޓުން ރާއްޖޭގެ އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.
ސަރުކާރުން ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން، އަސްކަރީ ކަންކަމަށް ކަނޑައަޅާފައިވަނީ މި އަހަރުގެ ބަޖެޓުގައި އޮތް ވަރަށް ވުރެ ގާތްގަނޑަކަށް 450 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެފަދަ ކަންކަމަށް ކަނޑައަޅާފައިވަނީ 2.3 ބިލިއަން ރުފިޔާ އެވެ.
މިލިޓަރީ ހަރަކާތްތަކުގެ އިތުރުން ފުލުހުންގެ ދިފާއީ ހަރަކާތްތަކަށް ކަނޑައަޅާފައިވަނީ 42 މިލިއަން ރުފިޔާ އެވެ. އެއީ މި އަހަރަށް ވުރެ ހަތް މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
އަސްކަރީ ބަޖެޓުގެ ތެރެއިން ދިފާއީ ކަންކަން ބެލެހެއްޓުމަށް ވަނީ 247 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. މިއީ މި އަހަރާ ބަލާއިރު 161 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މި އަހަރުގެ ބަޖެޓުގައި، ދިފާއީ ކަންކަން ބެލެހެއްޓުމަށް 86 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެހެންވެ، އަންނަ އަހަރު ދިފާއީ ކަންކަން ބެލެހެއްޓުމަށް ކުރާ ހޭދަ ވަނީ 35 ޕަސެންޓް އިތުރުވެފަ އެވެ. ދިފާއީ ކަންކަން ބެލެހެއްޓުމަށް މިދިޔަ އަހަރު ކަނޑައެޅީ 16 މިލިއަން ރުފިޔާ އެވެ. މިދިޔަ ދެ އަހަރުން ދިފާއީ ކަންކަމުގެ ބަޖެޓު ވަނީ ގާތްގަނޑަކަށް 15 ގުނަ އިތުރުވެފަ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ގައުމީ ދިފާއީ ބާރުގެ ބަޖެޓުން ލޮޖިސްޓިކްސް ސަޕޯޓު ހިދުމަތްތަކަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ އަސްކަރީ ބަޖެޓުން އެންމެ ބޮޑު ހޭދަ އެވެ. ކޮމްބެޓް އެންޑް މެނޫވާ ފޯސަސް އަށް 910 މިލިއަން ރުފިޔާ ހޭދަކުރާ އިރު ކޮމްބެޓަންޓް ކޮމާންޑްސްއަށް 79 މިލިއަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފަ އެވެ. މި އަހަރުގެ ބަޖެޓާ އަޅާ ބަލާ އިރު އެ ތިން ބަޔަށް ޑިފެންސް މިނިސްޓްރީގެ ބަޖެޓުން ކުރާ ހޭދަވެސް ވަނީ ގާތްގަނޑަކަށް 20 ޕަސެންޓް އިތުރުވެފަ އެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 64.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި އަދާކުރަން ޖެހޭ އަހަރެވެ. އެގޮތުން އެއް ފަހަރާ 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަށީދު
02 November 2025
ކޮން ގައުމަކަށް ހަނގުރާމައަށް ދަނީ؟
ގައިސް
01 November 2025
ސިފައިންގެ އެކި ފޯރސަސް ގެ ކުދިން ކޮޅެއް އޭނަގެ ދުވަހުގެ މަސައްކަތް މިކޮމެންޓްގެ ރިޕްލައިގަ ލިޔެދީބަލަ. ބަޖެޓް ގޭ ބޭނޫން ބަލާކަށް ބޭނުމެއްވެސް ނޫން. ކުރާ މަސައްކަތް އެގިލަން ބޭނުންވަނީ.
ކައްކޫ
01 November 2025
މިއަންނަ އަހަރު ހަނގުރާމައެއް ކުރަންޖެހުނީތަ؟ މާ ބޮޑު ޚަރަދެއްކުރަމން މިޖެހުނީ!
އަބްދުﷲ
01 November 2025
މިރާއްޖެއަކީ މާތްﷲ ގެ ރަހްމަތް ފުޅުން އަވައްޓެރި ގައުމުތަކުގެ އިމާއި ހެދި ދެބަސްވެ ހަނގގުރާމަމަތީ ހާލަތަކަށް ތައްޔާރުވެ އޮންނަން ޖެހޭ ގައުމެއް ނޫން. ނަމަވެސް ގައުމީ ދިފާއީ ބާރު އޭގެ އެއްމެ ފުރިހަމަ ގޮަތުގައި ތައްޔާރުވެ އޮތުން މުހިއްމު. ގައުމީ ދިފާއީ ބާރުގެ ޚަރަދު ކުޑަކޮށްލެވެނެ ގޮތްތަކެއް ހޯދުން ރަނގަޅު ކަމަށް ފެނޭ. އެގޮތުން އޭވިއޭޝަން ކޮމާންޑާއި، ކަސްޓަމްސް، އަދި ފުލުހުންގެ ތެރޭގައި މަސައްކަތް ކުރުމަށް ސިފައިންގެ ބަޔަކު ބޭނުން ކުރަން ފެނޭ.
ޢަނޑި
01 November 2025
ފުލުހުންނާއި ސިފައިނަނަށް ތިޔަވަރަށް ހަރަދު ކުރުމަކީ ރައްޔިތުންގެ ފައިސާއަށްވާބޮޑު އިހްމާލެއް. ތިޔަ 2 މުވައްސަސާގެ މާބޮޑު ބޭނުމެއް ނުހިފޭ. ތިޔަ 2 ތަން ބޭނުންކޮށްގެން ސިޔާސީ މީހުންްނާއި އެތަންތަނުގެ ވެރިން ކުރަނީ ރައްޔިތުންގެ ފައިސާއިން ވައްކަން
ކޮރަލް
01 November 2025
މިއީ ހަނގުރާމަ އެއް ކުރާ ތަނެއް ނޫނެވެ. އުފެއްދުންތެރިކަން އޮތް ތަނެއް ނޫނެވެ. ކައިގެން ޑިއުޓީ ކުރުމެވެ. އަސްކަރިއްޔާ ގަ ޔުނިޓް އެއް ހަދާފަ ފަގީރު ރައްތުންގެ އިޖްތިމާއީ ކަންކަން ކޮށްދީ އެހީވާން ވީ އެވެ. ފަގީރު ނިކަމެތިން ނަށް ތަންތަން މަރާމާތު ކުރުމަށް އެހީވާން ވީ އެވެ. އޭރުން މަސައްކަތެއްވެސް ދަސްވާނެ އެވެ.
އަބްޑޫޅް +
01 November 2025
ފަލަސްތީނުގެ ޖިހާދަށް ތައްޔާރު ވަނީ ދޯ؟
ބަލާވެރިކަން
01 November 2025
ގައުމުގެ އެތައް މައްސަލައަކާ ގުޅިފައިވާ އެކަމަކަށް މުޅިގައުމުގެ ރައްޔަތުން އެދިއެދި ތިބި ބޯހިޔާވަހިކަމަށް 3.8 ބިލިއަން 2.8 ބިލިއަން އަސްކަރިއްޔާއަށް ގައުމު ހިންގަން މިތިބީ ހަމަ ހޭގަ ތިބިބައެއްތަ؟
ޢއއ2
01 November 2025
އަސްކަރިއްޔާ ކުރި އަރާނެ އެންމެ ފަސޭހަ ގޮތަކީ އެ ތަނުގައި އުޅޭ މީހުން އިސްލާހުވުން.. އެކަމަށް 2.8 ބިލިޔަން ބޭނުމެއް ނުވާނެ.. ފުރަތަމަ ސިފްކޯގެ ވައްކަން ބަލާބަލަ... ވަރަށް ސަލާމް..
ސޯޅަ
31 October 2025
ކޮބާ 100% ބޮޑުކުރަން ބުނި މުސާރަ؟
1828
01 November 2025
އަންނަނީ... އަންނަނީ... ދެން އަންނަނީ...