އައިޖީއެމްއެޗް: ގެއެއްގެ ވައިގޮޅިއަށް ވެއްޓުނު ކަމަށް ބުނާ މީހަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
04 ނޮވެމްބަރ 2025 - 20:26
މާލޭގައި، ގެއެއްގެ ހަ ވަނަ ބުރިން، އެ ގޭ ވައި ގޮޅިއަށް މީހަކު ވެއްޓުނު ކަމަށް ބުނާ މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މާފަންނުގައި ހުންނަ ގެއެއްގެ ވައި ގޮޅިއަށް މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު އިރުއޮއްސި 6:30 ހާއިރު ކަމަށެވެ.
އެ މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރުވި މީހާ އަކީ އުމުރުން 47 އަހަރުގެ، ބަންގްލާދޭޝް މީހެއް ކަމަށެވެ.
އެ މީހާ ވެއްޓެން ދިމާވި ސަބަބަކާ ބެހޭ ގޮތުން ފުލުހުން ވާހަކައެއް ނުދައްކަ އެވެ. ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެންގަބޯ
05 November 2025
ލަސްކުރަނޭ ކަމެއްނެތް އަވަހަށް ޕޯސްޓްމޯޓަމް ހަދަން ބޮޑު ހަރަދު ކޮއްފައި ބޭރަށް ފޮނުވާލާ އޭރުން ޑޮކްޓަރ ކަން ކިޔަވާ ކުދިންނަށް ހަށިގަނޑުގެ އެތެރޭގައި ހުންނަ ގުނަވަން ތައް ފެނި ޑޮކްޓަރ ނަށް ތަޖުރިބާ ލިބޭނީ އެއްގޮތަކަށް ވެސް ނޭނގޭނެ މަރުވި ގޮތެއް އެކަން ﷲ މޮޅަށް ދެނެވޮޑިގެންވަނީ ތި ކަރުދާހުގައި ބޭނުން އެއްޗެއް ލިޔެވިދާނެއެވެ ދެން އެނގޭނީ ސީސީޓީވީގެ ފުޓޭޖް ހަރުކޮށްފައި ހުރިކެމެރާއެއް ހުރިއްޔާ. އަހަރެން ގަބޫލެއްނުކުރަން ޕޯސްޓްމޯޓަމް ނަތީޖާއެއް
ޖަލީލީ
05 November 2025
ފުލުހުން ތަހުގީގު ކުރާކަމަށް ބުނެފިތަ ދެން އެވީ އެކަން ހަނދާން ނައްތާލަން. ދުވަހަކުވެސް ދެން ފަހުންވާ ގޮތެއް ނޭންގޭނެ. ފަސޭހައެންނުންނ ދޯ ޕޮލްކޯ އާއި ސިފްކޯ ހަދައިގެން ވިޔަފާރި ކުރަން ތިބީމަ ނިމުނީ. މުޅި އާއިލާއަށް ހެލްތު އިންސިއުރެންސް ދީފަ
މްމްސް
04 November 2025
ތިޔަ ތަހުގީގެއް ދުވަހަކުވެސް ނުނިމޭނެ، ފުލުހުން އަދި އެ އުޅެނީ ޔުމްނު ވެއްޓުނު ހާދިސާވެސް ތަހުގީގު ނުނިމިގެން، މިހާރު އެފަހުން އެތައް ބަޔަކު ވެއްޓިއްޖެ، ފުލުހުންނަށް ވާކަމެއް ހަރާން