އެމްޕީއެލްގެ ބަނދަރު ސަރަހައްދުގައި މި މަހުގެ ދެ ވަނަ ދުވަހު ކޮޅުވެއްޓި ޖަހާލި ހާދިސާއަށް ފަހު މީހުން ސަލާމަތްކުރުމުގައި ސިފައިން ހަރަކާތްތެރިވަނީ.
06 ނޮވެމްބަރ 2025 - 15:59
މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް އާގުބޯޓަކުން ބޭލި ދެ އެކްސްކަވޭޓަރެއް އެރުވި ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ދެ މީހަކު މަރުވި ހާދިސާ ހިނގި އިރު، އެ އުޅަނދުގެ ކެޕްޓަނަކަށް ހުރީ އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށާއި ކޮޅުވެއްޓި ބަންޑުން ޖަހާލީ އޭނާ އެދިގެން އެކްސްކަވޭޓަރެއް އެއްފަރާތަކަށް ޖެއްސުމުން ކަމަށް އެމްޕީއެލުން މިއަދު ބުނެފި އެވެ.
އެމްޕީއެލް ބަނދަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓި ދުއްވުމަށް 100 ގްރޮސް ޓަނޭޖަށް ވުރެ މަތީ އުޅަނދު ދުއްވުމުގެ ކެޓަގަރީގެ ލައިސަންސް އޮންނަން ޖެހޭ ކަމަށް އެމްޕީއެލުން ބުނެ އެވެ. އެކަމަކު، ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލާދީ، އެމްޕީއެލުން ބުނިި ގޮތުގައި އެ އުޅަނދު ދުއްވި ކެޕްޓަންގެ އަތުގައި އެ ކެޓަގަރީގެ ލައިސަންސެއް ނެތެވެ.
މި މަހުގެ ދެ ވަނަ ދުވަހު، ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްޕީއެލުން ހިންގި އެތެރޭގެ ތަހުގީގަށް ފަހު، އާއްމުކުރި ވަގުތީ ރިޕޯޓުގައި ބުނީ މުދާ ބެހެއްޓުމުގައި އުޅަނދުގެ ސްޓެބިލިޓީ ކަށަވަރު ކުރުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށް ވާތީ ކޮޅުވެއްޓީގައި ދެ އެކްސްކަވޭޓަރު ފުރަތަމަ ބެހެއްޓީ އޭނާގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ.
ނަމަވެސް އެމްޕީއެލްގެ މުވައްޒަފުން އެ މަސަައްކަތް ނިންމާލި ފަހުން އެކްސްކަވޭޓަރު ހުރި ތަން ބަދަލުކުރި ކަމަށް ތަހުގީގަށް ވަނީ އެނގިފައި ކަމަށް ރިޕޯޓްގައިވެ އެވެ.
"އެހެން ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓްު ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު" ކަމަށް އެމްޕީއެލްގެ ރިޕޯޓްގައި ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ކޮޅުވެއްޓީގެ ސަލާމަތީ ސެޓްފިކެޓް އޮތަސް އެ އުޅަނދަށް ބަރު މުދާ އަރުވާއިރު އުޅަނދުގެ ސްޓެބިލިޓީ އަށް ކުރަން ޖެހޭ ވަރަށް މުހިއްމު ކަމެއް އޮތީ ނުކޮށެވެ. އެއީ ކޮޅުވެއްޓީގެ ޑެކުގައި ލަކުޑި ނާޅައި ހުރުމެވެ.
1- ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމި ކަމުގެ ސެޓްފިކެޓް ނެތް.
2- ލޭންޑިން ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ގަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރުކުރާ ޑެކްގައި ލަކުޑި އަޅާފައެއް ނެތް. އަދި ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތް. އެއީ ލޭންޑިން ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއް.
3- ޑައިރެކްޓް ޑެލިވަރީ [މުދާ އެތެރެކުރާ ފަރާތުން ފޮނުވާ އުޅަނދަކަށް ސީދާ ކާގޯ ބޯޓުން މުދާ ބޭލުން] އޮޕަރޭޝަންސްތަކުގައި އެ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރު ކުރުމުގެ ޒިންމާ މިހާރު ހުރި ގަވައިދުތަކުގައި ކަށަވަރު ކޮށްދޭން ޖެހޭ ފަރާތަކީ އުޅަނދު ކެޕްޓަން. އެ ފަރާތުން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ދެ އެކްސްކެވޭޓަރު ލޭންޑިން ކްރާފްޓްގައި ބެހެއްޓުމަށް ފަހު، ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ ހުއްދައާ އެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގި.
4- ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު.
5- ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމްޕީއެލްގެ 10 މުވައްޒަފުން ވަނީ މޫދަށް ވެއްޓި، އެކި ވަރުގެ އަނިޔާތައް ވެފައި. އެމްޕީއެލްގެ މުވައްޒަފުން އެ އުޅަނދުގައި އެ ވަގުތު ތިބީ މަސައްކަތް ނިންމާލުމަށް ފަހު، މުވައްޒަފުން އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ލޭންޑިން ކްރާފްޓް ގިރާކޮށްފައި.
އެމްޕީއެލުން ބުނީ ލޭންޑިންކްރާފްޓަށް ދެ އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންސްތައް އެ ކުންފުނިން ފުރިހަމަކޮށް، ނިންމާފައިވަނީ މިފަދަ އޮޕަރޭޝަންތަކުގައި މި ވަގުތު އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި، އެފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންތަކުގައި ކޮންސައިނީ [މުދާ ގެންނަ ފަރާތުން] މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިންގެ ފެންވަރު ވަޒަންކުރުމާއި ލައިސްނަސް ޗެކް ކުރުން ފަދަ ކަންތައްތަކަކީ އެމްޕީއެލުން އަމަލު ކުރަމުން އަންނަ ގަވާދުތަކާއި އުސޫލުގެ ތެރެއިން މި ވަގުތު ބަލަންޖެހޭ ކަމެއް ވެސް ނޫނެވެ.
"އެހެން ނަމަވެސް މި އުސޫލު މުރާޖައާކޮށް، މިހާރު ވަނީ ބަދަލުކުރެވިފަ އެވެ،" އެމްޕީއެލް އިން ނެރުނު ހޯދުންތަކުގެ ވަގުތީ ރިޕޯޓްގައި ވެ އެވެ.
އެ ކުންފުނިން ބުނީ ތަހުގީގަށް ރިޔާއަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ތަންފީޒު ކުރަމުން އަންނަ ކަމަށެވެ.
ލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި މަރުވީ އެމްޕީއެލްގެ ދެ މުވައްޒަފެކެވެ. އެއީ އެ ކުންފުނީގެ ދިވެހި މުވައްޒަފަކާއި ބިދޭސީ މުވައްޒަފެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
07 November 2025
ކުންފުނިތަކާ ސިވިލް ސާވިސް ގިނަ މީހުން އޮފީހަށް ދަނީ ސައި ނުބޮއެވެ. ސައި ބޯން ދަނީ އޮފީހަށް ގޮސް އެވެ. ދެން ސޯސަލް މީޑީޔާ ގަ އެވެ. ދެން ނޫސްތައް ބެލުމެވެ. ދެން ކޮފީގަ އެވެ. ކަންކަން ރަނގަޅު ކުރަން އޮފީސް ތަކުގަ ރަނގަޅު ޝެޑިއުލް އެއް އޮންނަން ވާނެ އެވެ. ބޭނުން ހާ ގަޑިއަކު ބޭރަށް ދެވިގެން ނުވާނެ އެވެ.
ނުވާނެ ރަނގަޅެއް
07 November 2025
ތިޔަ ރިޕޯރޓުން އެ ދެޒުވާނުންގެ ފުރާނަ އަނބުރާ ލިބޭތޯ؟ އިހްމާލްވިމީހުނަށް ފިޔަވަޅު އެޅުން މީ އޮންނަ ކަމެއް ނޫން. ފެއިލްވެ ޕާފޯރމަންސް ނުކުރެވޭ މީހުން ވަކިކޮށްބަލަ.
އޭނަ
06 November 2025
ހަގީގަތުގައި ދެއެކްސްކެވޭޓަރ ލުމާއި އެކު ކޮޅުވެއްޓީގެ ސްޓެބިލިޓީ ހުންނާނީ ގެއްލިފައި. ޢެހެންނޫންނަމަ މެދަށް ބަރުކޮއްފަ އިން އެއްޗެއް އެއްފަރާތައް ޖައްސައިގެން ކޮޅުވެއްޓި ބަންޑުން ޖަހައިގެން ނުވާނެެ. ސްޓެބިލިޓީ ރަނގަޅުތޯ ބެލުމަކީ ހިތުލަފަޔައް ކުރެވޭނެ ކަމެއްނޫން. އެކަމަކު އެއީ ކަލްކިއުލޭޓް ކުރެވެންޖެހޭ އެއްޗެއް. ކެޕްޓަން މިކަން ކުރުމަށްޓަކައި ބޭނުންވާ އަދި މިކަމަށް މަގުދައްކާ މެނުައަލްސް/ބުކްލެޓްސް/ޓެކްނިކަލް ޑޮކިއުމެންޓްސް ކެޕްޓަނަށް ފޯރުކޮއްދިނުމަކީ އެއުޅަނދެއްގެ ވެރިފަރާތުގެ ޒިންމާއެއް. އަދި މިފަދަ އަޕްޑޭޓަޑް ޑޮކިއުމެންޓް ހުރިތޯއާއި އުޅަނދުގެ ކެޕްޓަނައް މިތަކެތި ބޭނުންކުރަން އެނގޭތޯ ބެލުމަކީވެސް ސަލާމަތީ މިންގަނޑު ކަށަވަރުކުރާ ސަރުކާރުގެ އިދާރާގެ ޒިންމާއަަކައްވެސް ވާންޖެހޭ. ހަމައަކަނި ސްޓެބިލިޓީ ރަނގަޅުތޯ ބެލުމަކީ ކެޕްޓަން ބަލަންޖެހޭ އެއްޗެކޭ ބުނެ އެހިސާބުން ނިންމޭވަރު ކަމެއްނޫން މިކަމަކީ.މި ހިތާމަވެރި ހާދިސާ ދިރާސާކޮށް މިފަދަ ކަމެއް ދެން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މިކަމުގައި ޝާމިލްވި ހުރިހާ ފަރާތްތަކެއްގެ ވަރައްބޮޑު ޒިންމާއެއް. މިފަދަ ފިޔަވަޅުތައް ނާޅައިފިނަމަ މިއައްވުރެވެސް ހިތާމަވެރި ހާދިސާތައް ހިނގުމަކީ ވެދާނެ ކަމެއް.
މަހަށްދޭދޭބަލަ
06 November 2025
ސަރުކާރުގެ ކުންފުނި ތައް ހިންގަނީ އަމާބުނީތީ ފަރަށްދާ އުސޫލުންނޭ އެއްވެސް ކުންފުންނެއްގައި އެސްއޯޕީއެއް ލިޔެފައި ނޯވެއޭ އަދި ސޭފްޓީ އިންތިހާ އަށް ބޭނުންވާ ކަންކަމުގައި ސޭފްޓީ މެއިންޓެއިން ނުކުރެވޭ އިތުރުން ސޭފްޓީ އޮބްޒާރވް ކުރެވިފައި ނުހުރޭ އެލައިޑް އިންޝުއަރެންސް ވެސް ހިންގަނީ އާންމު ރައްޔިތުން ފެލާލަން ބޭނުންކުރާ ޓޫލެއްގެ ގޮތުގައޭ ތަމެން އިންޝުއަރެންސް ކުރާ އުޅަނދު ތައް އިންޝުއަރެންސް ކުރަނީ އަމާބުނީތީ ފަރަށްދާ އުސޫލުންދޯ ތަމެން ދެން މަހަށްދޭ
ޢެޑްމުންޑޯ
06 November 2025
ތިމައްސަލަ ތިހާހިސާބުން ނިންމާލައިގެން ނުވާނެ ، ލައިސެންސް ނެތް ވަގު ކެޕްޓަނެއްގެ އިރުޝާދުގެ ދަށުން 2 ފުރާނަ ގެއްލުވާލީ ، ފުލުހުންޖެހޭނެ ތިމައްސަލަ ތަހުގީގު ކުރަން ، ލައިސެންސް ނެތް މީހުންނަށް ކެޕްޓަންކަން ދިންފަރާތްވެސް ތިކަމުގެ ޝާމިލްކުރުވާ ފުރިހަމަ ތަހުގީގެއްހިންގާ މަރުވި ދެމީހުންގެ އާއިލާއަށް އިންސާފް ހޯދާ ދޭންޖެހޭނެ
އަބުދުގެ އައްލޫ
06 November 2025
އެމްޕީއެލް ކަހަލަ ބޮޑުކުންފުންޏެއްގައި ކޮންޕްލައަންސް މެނޭޖަރުންވެސް ތިބޭނެ، ތިބެންޖެހޭނެ؟ އޭނަ ކޮބަ؟ އޭނަގެ ބައި އަދާކުރިނަމަ ތީކަމެއް ނުހިގީސް!
ކުނިވަމުންދާ އެމްޕީއެލް
06 November 2025
މިއޮތި އެމްޕީއެލް ވަރަށް ބޮޑަށްވެސް އޯވާހައުލް ކުރަންޖެހިފައި. ކެޕްޓަން ހިސާބުން ހުއްޓިގެން ނުވާނެ، ޕޮލިސީ، ސިސްޓެމިކް އަދި އޮޕަރޭޝަނަލް ލެވެލްގައި ހިމެނޭ މީހުންގެ ފެއިލިިއާތައް ބަލައި މީގެފަހުން މިކަހަލަ ކަމަކާހެދި ފެއިލްނުވާވަރަށް އިންތިޒާމުތައް ހަރުދަނާ ކުރަންޖެހޭނެ. އެހެންނޫނީ ތިހެން ނޭރޭ ރިޕޯޓެއްގެ ފައިދާއެއް ނުކުރާނެ.
އޮނަރަބްލް
06 November 2025
އައުޓާހާބަރ މޯލްޑްވްސް ކަސްޓަމްސް އިން ބަލަހައްޓަން ޖެހޭ ބޭރުގެ ބަނދަރުން ބަންޑުންޖަހާލި އަމިއްލަ ފަރާތެއްގެ ކޮޅުވެއްޓިއަކަށް އެމްޕީއެލްގެ 10 މުވައްޒަފުން އަރަން ޖެހުނު ސަބަބު ވެސް ހޯދަން ޖެހޭ. އަދި ހުއްދަ ދިންފަރާތެއް ވެސް އޮނަން ޖެހޭނެ .
ޗަޕް
07 November 2025
ޚަބަރު ނުކިޔަންތަ؟ ތިސަބަބު އެބައޮތް ޚަބަރުގައިވެސް.
ޕެތެޓިކް
06 November 2025
މިފަދަ ބޮޑު ބިޔަ އޮޕަރޭޝަނެއް ރެޔާދުވާލު ކޮންމެ އަހަރު މިނެޓުން މިނެޓާށް ހިނގަމުން ދިއައިރު ކަލެމޭންގެ ކާކުހޭ ކުރީ މި ރިޕޯޓްގައި އެބުނާ އޮޕަރޭޝަނަލް ގެޕްސްތައް ހައްލުކުރަން. ކޮބާހޭ އޭނަ؟ އެގެޕްސްތައް އެގޮތައް ބަހައްޓައިންތަ މިހުރިހާ ދުވަހު މަސައްކަތް ކުރަމުން އައީ. ވަރަށް ބޮޑަށް ސަލާން.
ސިފާޒް123
06 November 2025
ކެޕްޓަން ގެ ޔޫރިން ޓެސްޓު ކޮށްލުން މުހިއްމު!!!