ކޮޅުވެއްޓި ބަންޑުން ޖަހާލި ސަރަހައްދުގައި ކޯސްޓްގާޑުން ހަރަކާތްތެރިވަނީ: އެ ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނޭ --- ފޮޓޯ/އެމްއެންޑީއެފް
03 ނޮވެމްބަރ 2025 - 12:55
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވިޔަފާރި ބަނދަރު ކައިރިން އިއްޔެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ދެ މީހަކު މަރުވި ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި އެވެ.
އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، ކަމާގުޅޭ ޑިޕާޓްމަންޓުތަކުން ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި ތަހުގީގުން ހާމަވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އިތުރު މައުލޫމާތު އާއްމު ކުރާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އިއްޔެގެ ހަވީރު ހިނގި ހާދިސާގައި އެންމެ ފުރަތަމަ ނިޔާވީ އެމްޕީއެލްގެ މުވައްޒަފެއްގެ ގޮތުގައި މަސަައްކަތްކުރާ ބަންގްލަދޭޝްގެ މަސޫދު ހޮސެއިނެވެ. އެ ކުންފުންޏާ އޭނާ ގުޅުނީ މީގެ ތިން އަހަރު ކުރިންނެވެ.
އެ ހާދިސާގައި އަނިޔާވި ދެވަނަ މީހާ ކަމަށްވާ ގއ. ގެމަނަފުށީ ދިލްބަހާރުގޭ، އަލީ އަފްލާހު އަބްދުﷲ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު އެވެ.
އެ އާއިލާގެ މީހަކު ބުނެފައިވަނީ އެ ހާދިސާގައި އަފްލާހުގެ "ފޫޅުން ތިރި އެއްކޮށް އޮތީ ޗިސްވެފައި" ކަމަށާއި އައިޖީއެމްއެޗަށް ގެންދިޔަ އިރުން ފެށިގެން އޮޕަރޭޝަން ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް ހާލު ސީރިއަސްވެގެން ރޭ ދަންވަރު ހިތް ހުއްޓިގެން މަރުވީ ކަމަށް އޭނާ ބުނެފައިވެ އެވެ.
އެ ހާދިސާގެ މައުލޫމާތު އެނގޭ މީހުން ކިޔައިދިން ގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލީ އެ އުޅަަނދަށް އަރުވާފައި ހުރި ބޮޑު ދެ ހައިމާކެއްގެ ބެލެންސް ގެއްލިގެންނެވެ.
"އެވަގުތު ހައިމާކުގެ ބެލެންސް ރަނގަޅު ކުރަން އެ އަށް އެރި މީހާ ހިފާލި ވަގުތު ހައިމާކް އަރިއަޅާލައިގެން ކޮޅުވެއްޓި ބަންޑުން ޖަހާލީ. އޭރު އަފްލާހު ތާށިވީ ކޮޅުވެއްޓި އާއި ހައިމާކާ ދޭތެރޭގައި،" އޭނާ ކިޔައިދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސައިބޯނި
07 November 2025
ތަނުގެ ހާލަތު ރަނގަޅުވޭތޯ ބަލާ ބަލަ، ތަހުޤީޤު ކުރަންވީ ތަނުގެ ކަންކަން ރަނގަޅު ކޮށް ހިންގުން ޚަރުދަނާ ކުރުމަށް
މިއީދޯ ޒިންމާދާރު ކުރެވުމަކީ،
03 November 2025
ތިގޮތަށް ޑިޕާރްޓްމަންޓް ގަ ހިންގަން ތިބި ދެމީހުން ފެއިލްވީމަ، އަދި ދެމީހުން ނަގާ އެތަނަށްލީ، ޖުމްލަ ހަތަރެއް، ސަޅި އެއްނު. ޕާޓީ ވީމަ ބޭނުން އެއްޗެއް، ނުވީމަ ވަކި ކޮށްބަލަ.
މުހައްމަދު25
03 November 2025
އެމްޕީއެލް ވާހަނުދެއްކީޔާ ރަނގަޅުވާނީ ، ސަލާމަތީގޮތުން އަޅާއެއްވެސް ފިޔަވަޅެއް އޮވޭބާޔޭ ހިތައްއަރާފަހަރުވެސްދޭ ، ބަޔަކު މަސައްކަތްކުރަންތިބެއްޖެޔާ ހެޔޮ ބޯޓް ކަނޑައްފެތުނަަސް ،ވެރިންނައް ހަމައޯކޭ ، ދެރަނިކަމެތި މީހާގެ އާއިލާއަައް ހުރިހާ ދެރަޔެއް، މަރުވެދިޔަ ޒުވާނާޔައް ހިޔޮރަހުމަތްލައްވާންދޭ.. އަދި އެބޭފުޅާގެ އާއިލާއައްވެސް އެމްފީއެލްގެ އެހީލިބެންޖެހޭނެކަމައް ގަބޫލްކުރަން..
ޓިނު
03 November 2025
ފުރަތަމަ ތިތަނުގެވެރިމީހާ ވަކިކޮށްފަ ދެންތިކަންކުރޭ
ހަނި
03 November 2025
އެމްޕޭއެލްގެ ވެރިންގެ ނާޖާއިޒު ފައިދާއަށް މާލެ ކޮމާޝަލް ހާބަރަށް ބޭލޭނެ މުދާތައްވެސް މިގޮތަށް ޑައިރެކް ޑެލިވަރީ ހަދަމުންދަނީ މިކަމުގެ ނުރައްކާތެރި ކަމަށްނުބަލާ މުވައްޒަގުންގެ ސޭފުޓީއަށްނުވިސްނާ ހިތާމެވެރިކަމެއް، ކުރިއަށް އޮތްތާގެވެސް މިގޮތަށް މިކަން ކުރާނަމަ މިއަށްވުރެވެސް ހިތާމަވެރިހާދިސާތައް ހިނގުންކައިރި
ސަދަސދދސ
03 November 2025
ކޮޅުވެއްޓި އަކީ އެފަދަ ތަކެތި އުފުލާއެއްޗެއްބާ؟ ދެދުވަހުން އެއްދުވަހު ކޮޅުވެއްޓި ބަންޑުން ޖަހާލާ މީހުން މަރުވާއިރު ބަލަން ތިބެންވީތަ؟ މީ ކިހާ ދެރަކަންކަން؟
ޗިލްކޭ
03 November 2025
ތަކުރާރުކޮށް ރިޝްވާނު ފެއިލް ވެއްޖެ މިހާރުން މިހާރަށް އިސްތިއުފާ ދޭންޖެހޭ
ރަދީފްއޮފިޝަލް / މުދާ ހުސްކުރުން
03 November 2025
ސޭފްޓީ ސްޓޭންޑަޑްސް އަށް ނުވިސްނާ އަލަށް ޖޮއިންކުރާ ޖޫނިއަރ ސްޓާފުން މިފަދަ ބަރު އުޅަނދު ލޯޑުކުރަން ހަވާލުކުރި ސުޕަވައިޒަރު ހިފާ ހައްޔަރުކުރަން ޖެހޭ."ކޮންޓްރޯލްޑް ލޮންޖިޓިއުޑްނަލް ވެއިޓް ޑިސްޓްރިބިއުޝަން" އަށް ނުބަލާ ފެނުގަ އޮންނަ އުޅަނދަކަށް މުދާ ބަރުކުރުން އެއީ ނުރައްކާތެރިކަމެއްކަން މާޒީގަ ހިނގާފަ ހުރި މިފަދަ ހުރިހާ ހާދިސާތައް ބުނެދޭ.ތިމަންނާމެން ރެކޯޑް މިންވަރަކަށް މުދާ ހުސްކުރީމޭ ބުނަން އުޅެ މެޑަލް ނުޖަހާ ސޭފްޓިއަށް ވިސްނަމާ.ވ.ވެދުން
ނަނަނަ
03 November 2025
ޢެމްޕީއެލް އަކީ ތަހުގީގީ އިދާރާއެއްތަ؟
ފުލި
03 November 2025
ކަމެއް ވާއިރަށް ތަހުގީގު ފަށައިފި ކަމަށް އަޑުއަރުވާނެ... ދުވަސްކޮޅެއް ނުވެ ހިންދާލާނެ... މީހުން ހަނދާންނެތޭހާ ދުވަސްކޮށްލާފަ ވާނީ ބަޙަބަރު