ރައީސް މުއިއްޒު އައްޑޫ ގަން އެއާ ސްޓޭޝަން މިއަދު ހުޅުއްވައި ދެއްވަނީ: މިއީ ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން.--- ފޮޓޯ: ރައީސް އޮފީސް
05 ނޮވެމްބަރ 2025 - 18:07
އެމްއެންޑީއެފްގެ އެއާ ކޯ ނުވަތަ ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން، އައްޑޫ ގަމުގައި ގާއިމުކޮށް، އެތަން މިއަދު ހުޅުވައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުގެ ދަށުން ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރާއި އިހުތިޔާރުގެ ދަށުން އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ ސްޓޭޝަންގެ އޮޕަރޭޝަން ފެށުމަށް އަންގަވައިފަ އެވެ.
އައްޑޫއަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެތަނުގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ އިފްތިތާހުކޮށްދެއްވައިފަ އެވެ.
އެމްއެންޑީއެފްއިން ބުނީ އެ މަރުކަޒު ހުރި ސަރަހައްދަކީ ތާރީހީ ގޮތުންނާއި ޖިއޮގްރަފީ އަދި ސްޓްރެޓީޖިކް ގޮތުން މުހިއްމު ސަރަހައްދެއްގައި ކަމަށެވެ. އެ މަރުކަޒުގައި 400 މީޓަރުގެ ޓެކްސީވޭއަކާއި 100 މީޓަރުގެ އެޕްރަންއަކާއި ޒަމާނީ ޓެކްނިކަލް ވަސީލަތްތަކާއެކު ސިފައިންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމްކޮށްފައިވެ އެވެ.
ގަން އެއާ ސްޓޭޝަންގެ މަސައްކަތްތައް ރައީސް މުއިއްޒު މިއަދު ބައްލަވައިލައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
އެމްއެންޑީއެފްގެ އެއާކޯގެ ޓީވީޓޫ އެއާ ކްރާފްޓްތައް އުދުހުމަށް ހާއްސަކޮށްފައިވާ އެއާ ސްކޮޑްރަން 2 އެ ވައިގެ މަރުކަޒު ފަރުމާކޮށްފައިވަނީ ކުރިމަގުގައި ސިފައިންގެ ބާރު ފުޅާވަމުންދާ މިންވަރަކަށް ތަރައްގީ ކުރެވޭނެ ގޮތަށް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ގަން އެއާ ސްޓޭޝަން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު މިއަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ވައިގެ މަރުކަޒު ގާއިމުކުރީ އިސްލާމްދީނާއި ދިވެހިންގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތީ ބާރު ނަގަހައްޓައި، ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވައިގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށާއި އަދި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން އޮޕަރޭޝަންތައް ހިންގުމަށެވެ.
މިއަދު ހުޅުވި ގަން އެއާ ސްޓޭޝަންގައި ބޭނުންކުރާ އަސްކަރީ ޑްރޯންއެއް.-- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި އަލަށް އަސްކަރީ ވައިގެ މަރުކަޒެއް ގާއިމް ކުރިިއިރު މިދިޔަ އަހަރުގެ މާޗު މަހު ވަނީ އެމްއެންޑީއެފްގެ އެއާ ކޯ އުފައްދައިފަ އެވެ. މީގެ ކުރިން އެކި ނަންނަމުގައި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ޔުނިޓުތައް ހިންގި ނަމަވެސް އޭރު އޮޕަރޭޝަންތަކުގައި ބޮޑަށް ބަރޯސާވީ ބޭރުގެ ގައުމުތަކަށެވެ.
ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ރެޔާއި ދުވާލު ހުއްޓުމެއްނެތި ރާއްޖޭގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށާއި ސިފައިންގެ ޒިންމާ އާއި ވާޖިބު ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމްކޮށް، އެ ސްޓޭޝަނުގެ ހިދުމަތް ފެށުމަށް ރައީސް އަންގަވާފައިވެ އެވެ.
އެއާ ކޯގެ ހިދުމަތް ފެށުމަށްޓަކައި އަސްކަރީ ޑްރޯން ނުވަތަ އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) މިދިޔަ އަހަރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެއީ ތުރުކީން ގަނެފައިވާ ތިން ޑްރޯން އެވެ. އަދި ބަޖެޓް ލިބޭ މިންވަރަކުން އިތުރު ސާމާނު ގެންނާނެ ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޗސ.
06 November 2025
ގައުމިއްޔަތު މިނިސްޓަރު ހުންނަނީ ޅެން ފަރުވާ އަށް އެކަނިތަ؟
އޮނަރަބްލް އަފީފު ދީދީ
06 November 2025
އަހަރުމެން އައްޑޫސިޓީގެ ހުރިހާ ރައްޔިތުން ކަޑައެޅިގެން ތިކަމާއި ދެކޮޅު. ތިކަމަކީ އައްޑޫސިޓީމީހުން އެމީހުންގެ "ހިތް" ކަމަށް ދެކެމުން އަންނަ އައްޑޫ GAN International Airport ގެ ދުވަސްދުއްވާލާ އެއަރޕޯޓްގެ މުސްތަޤުބަލަށް ދާއިމަށް ހުރަސް އަޅާ އައްޑޫސިޓީ ފަޅުކޮށްލުމުގެ މަކަރުވެރި ޙީލަތްތެރި ސިޔާސަތެއްގެދަށުން މާލޭސަރުކާރު ސިޔާސަތުކަޑައަޅާ ތަންފީޒުކުރާންތިބި އެރަށު ބޮޑުންތަކެއް ކުރާކަމެއް. ﷲ ގެ މިންވަރު ފުޅާއިއެކު އަދި އަހަރުމެން ތިކަން ބަދަލު ކުރާނަން.
އޮނަރަބްލް އަފީފު ދީދީ
06 November 2025
މިއީ ޤައްސާނު އިސްވެ ހުރެގެން އައްޑޫ ހަލާކު ކުރުމުގެ ގޮތުން ކުރި ކަމެއް.
ިހިރިގާ
06 November 2025
ތިތަނުގެ ނަން ބަދަލު ކުރަން އެބަ ޖެހޭ. މިނަަމަށް، " ގަން ވައިގެ މަރުކަަޒު"
އޮނަރަބްލް އަފީފު ދީދީ
06 November 2025
ކުރިއަށްއޮތް ރިޔާސީ އަދި މަޖިލިސް އިންތިޙާބުގެ ވޯޓްދިނުމުގައި އައްޑޫ ރައްޔިތުން އިސްކަންދޭންވާނީ އައްޑޫމީހުންގެ "ހިތް" ކަމަށް އެތައް ޒަމާނެއްވަންދެން ބަލަމުންއައި GAN International Airport ޙަޤީގީ މާނައިގައި ބައިނަލް އަޤުވާމީ އެވިއޭޝަން ބަނދަރެއްގެ ގޮތުގައި ހިންގަން ފުރުސަތުދީ، މިތަނުގެ ބިމުގެ ބޮޑުބައެއްގައި ފެންސްޖަހައި ޕިކްނިކް ހޯމް ހަދައިގެންތިބި މާލޭ ފުލުހުންނާއި ސިފައިން އައްޑޫގެ އެހެންސަރަޙައްދަކަށް ބަދަލުކޮށްދޭނެ ބަޔަކަށް ވޯޓް ދިނުމަށް.
ޑެބީ
06 November 2025
ޑެބީ ބުނީ ތިޔަތަނުގައި އެބަހުރިތަ މަތިން ދުއްވާ އެއްވެސް އެއްޗެއް ދުއްވަން ކޮލިފައިޑު ދިވެއްސެއް؟ މޯލްޑިވްސް އިންޑިއާ ޖޮއިންޓް އެއާ ސްޓޭޝަންގެ ނަމަށް ނަން ބަދަލުކުރަން ޑެބީއަށް ފެނޭ.
އެމެރިކާ
05 November 2025
އިންޑިޔާ ލެލިކަޕްޓަރު ފޮނުވާލާފަ ޗައިނާއިން އެލިކަޕްޓަރެއް ގަނޭ. އިންޑިޔާ ހެލިކަޕްޓަރުގެ ބޭނުން ހިފަންޏާ ޖެހޭނީ އިންޑިޔާ އެމްބަސީގަ އެދެން
ދިއްދާ
05 November 2025
ތި ލިޔެބަލަ އިނގިރޭސިން.... ދިވެހި ލަފްޒުތަކެއްނޫނޭ ލިޔެފަ ތިހުރީ....
އިކުލީ
05 November 2025
ހެހެހެ. ނަސީބެއް ނަސީރު އެތަނުގާ ނެތްކަން. ގައުމިއްޔަތޭހިތާ އޭނާ ރޫއީސްކަންނޭންގެ.
ޤައުމިއްޔަތު
05 November 2025
މިފަހަރުވެސް ހަމަ ދިވެހި އެންމެ ބަހެއްވެސް ނެތީއޭ! ދިވެހިން ލިޔުނީމާ އެ ދިވެއްސަށްވާނަމަ އެކެޑަމީ އުވާލަންވީނޫންތަ. އާދަމް ނަސީރަށް ސަލާމް. މުސާރަނަގައިގެން އޮފީސް ބޯއީސް އެއްކޮށް ސޭންޑްވިޗާ ބާރގާރ ކެޔަސް ކަމަކުނުދާނެ.
ގައުމިއްޔަތު އުތުރިއަރަނީ
05 November 2025
ތާނަ އަކުރުން، އެކަމަކު އިނގިރޭސި ބަހުން! ކޮބާތޯ ގައުމިއްޔަތު މިނިސްޓަރު!؟
އަފްރާސިޔާބު
05 November 2025
ބަލަ ދިވެހިބަހުގައެއް ނޯވެޔޭ ގޭން އަށް ކިޔާނަމެއް. ދެން ދިވެހި ބަހުގައެއްނޯވެޔޭ އެއަރ އަށް ކިޔާނަމެއް. ދެން ސްޓޭޝަނަށް ކިޔާނަމަކާއި އެއަރ ކޯރ އަށް ކިޔާނަމެއް. ނެތް އެއްޗެއް ދިވެހިބަހުން ނެރެވޭނެ ގޮތެއް ބުނެބަލަ. ދިވެހިބަހުން ނަސީރަށް ކިޔާނަނެއްވެސް ނޯވެޔޭ.
ކައުމިއްޔަތު
05 November 2025
އެބުނާހެން! "ގަމުގެ ވައިގެ މަރުކަޒު. ވައިގެ ބާރު. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު" މިހެން ލިޔަން ލަދުގަންނަންޏާ ކޮން ޤައުމިއްޔަތެއް؟