އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އެޗްޑީސީއާ މިރޭ ހަވާލު ކުރުމަށް ފަހު، ހައުސިން މިނިސްޓަރު މުއްތަލިބާއި އެޗްޑީސީގެ އެމްޑީ ޒުހައިރު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް
05 ނޮވެމްބަރ 2025 - 23:26
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި 200 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ މިރޭ ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގަ އެވެ.
ހައުސިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެޗްޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
ރައީސް މުއިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނާ މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަޝްރޫއުގެ ދަށުން ހިތަދޫގައި 100 ހައުސިން ޔުނިޓް އަދި މަރަދު އާއި ފޭދޫގައި، ކޮންމެ ރަށެއްގައި 50 ހައުސިން ޔުނިޓް އަޅަން ވަނީ ނިންމައިފަ އެވެ.
ރައީސް އައްޑުއަށް ކުރައްވާ މި ދަތުރުފުޅުގައި ވަނީ އައްޑޫގެ ހުރިހާ ރަށެއްގައި ވެސް ގިނަ މަޝްރޫއުތަކެއް ފައްޓަވައި ދެއްވައި، އަދި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވައިފަ އެވެ.
ރައީސް މުއިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުންގެ ތާއީދު އެ މަނިކުފާނަށް އޮތް ކަން ހާމަކުރަން ޕޯސްޓަރުތަކެއް ދައްކާލަނީ.---ފޮޓޯ: ރައީސް އޮފީސް
ހިތަދޫގައި މިރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމަކީ އެ މަނިކުފާނުގެ އެންމެ ބޮޑު ވައުދު ކަމަށް ވާތީ، އައްޑޫގައި އަޅަން މިރޭ ހަވާލުކުރި 200 ހައުސިން ޔުނިޓްގެ އިތުރުން ވެސް އިތުރު ހައުސިން މަޝްރޫއުތައް މި ސިޓީގައި އަދި ފަށާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްޑޫމާލެކޫދަކާ
06 November 2025
އައްޑޫގަ މީހުން ގިނައިން ނޫޅޭތީ ފަޅުވާން ކައިރިވެފަ ހުރި ރަށްތަކުގަ ތި ހައުސިން ޔުނިޓު އެޅުން ކުއްވެރިކުރަން. އިސްރާފެއްމީ. އެހެން ރަށެއްގަ އަޅާދިންނަމަ.
އޮނަރަބްލް އަފީފު ދީދީގެ ކުދު ބެއްޔާ
06 November 2025
އެޗްޑީސީއާ އަކީ ގެދޮރު އިމާރާތް ކުރާކުންފުންޏެއް..... ހައްޖު ކޯޕަޜޭޝަނަކީ ވެސް އަދި އިސްލާމިކް މިނިސްޓްރީގެ އިތުރުން އެމްއައިޓީޑީސީ ، އެސްޓީއޯ އެމްޕީއެލް .. ފުލުހުންގެ ސިވެކް ޕޮލްކޯ ، ސިފްކޯ ....ސެޓލްކޯ..ފަންޑު މެނޭޖް ކިޔާނެކަމެއްނެތް .... މުޅި ސަރުކާރަކީ އިމާރާތްކުރާ...... ގެދޮރު އިމާރާތްކުރާ އަމިއްލަ ވިޔަފާރި ކުންފުނިތައް ފުނޑާލުން
އަނަރަބްލް ޓަގު ބުރޯ
06 November 2025
2 އަހަރުވެގެންދިޔައީ އައްޑޫ ސިޓީ ކަރަންޓު ކެނޑޭތާ ..އިންޖީނެއް ރަނގަޅު ނުކުރެވުނު ރަނގަޅު އާއިންޖީނެއް ހޯދާނުދެވުނު ސަރުކާރަކަށް 200 ފަންޖިފުޓި އަޅައިދެވެނޭ ކަމަށް ގަބޫލު ކުރާނީ ކާކު؟
ޒިދޫން
06 November 2025
އިދާރީ ގޮތުން ބަލާއިރު ތިޔައިގެ ތެރެއިން ހޮޅުދޫއަށް 100 ޔުނިޓް ހައްގުވާންޖެހޭ ބާކީ 100 ޔުނިޓް ދެން އޮތް އިދާރީ ސަރަހައްދަށް. އިޖްތިމާޢީ ގޮތުން ބަލާއިރު ހޮޅުދޫއަކީ ހުރިހާ ސަރުކާރެއްގައިވެސް ވަރަށް ބޮޑަށް އިހްމާލްވެފަ.
ގޫބޭޑް
05 November 2025
ތި 200 ޔުނިޓް ނިމުމުގެ ކުރިން އައްޑޫ މީހުން އައްޑުއަށް ބަދަލުކުރުން ބުއްދިވެރި. އެހެންނޫނީ ހަމަ ބޭކާރު ހަރަދުތަކެއް. މިހާރުވެސް ފަޅުގޯތިތަށް ވީރާނާވެގެން ދަނީ.
އޮނަރަބްލް އަފީފު ދީދީ
05 November 2025
އައްޑޫގެ ރައްޔިތުންނަށް ޓްއަރިޒަމް ސިނާއަތުގައި ބައިވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން އެމްޑީޕީ ސަރުކާރުން އައްޑޫސިޓީގައި ތަރައްޤީކުރި Addu city LONG BEACH މސަރުކާރުގެ ދަށަށް ބަދަލުކުރުމުގެ ބަދަލުގައި އައްޑޫގެ ރަށްވެހިންގެ ގޮތުގައިތިބި އައްޑޫ ވިޔަފާރި ވެރިންގެތެރެއިން ކޮންމެ ވިޔަފާރި ވެރިއަކަށް 5000 އަކަފޫޓްގެ ބިން ޙަވާލުކޮށް ކޮންމެ ބިމެއްގައި މަދުވެގެން 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ހަދަން އައްޑޫސިޓީ ރަށްވެހިންނަށް LONG BEACH ބިންތައް ދޫކުރޭ.