ރައީސް މުއިއްޒު އައްޑުއަށް އިއްޔެ ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ހިތަދޫ މޭލެކެޑެ ސަރަހައްދު ނުހިއްކަން އެދި ރައީސަށް ސިޓީއެއް ވަނީ ހުށަހަޅާފައި --- ފޮޓޯ/ރައީސް އޮފީސް
06 ނޮވެމްބަރ 2025 - 10:46
އައްޑޫ ހިތަދޫގެ ތެރެއަށް ވަދެފައި އޮންނަ ގޮންޏެއް ކަމަށްވާ "މޫލެކެޑޭ ފިށިމަތި" ސަރަހައްދު ހިއްކައިގެން މަގު ހަދަން ސަރުކާރުން ރާވާފައިވާ މަޝްރޫއު ހުއްޓާލަން އައްޑޫގައި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާއަކުން އެދިއްޖެ އެވެ.
އެ ސަަރަހައްދު ހިއްކަން ސަރުކާރުން ކުރިން ނިންމީ ލިންކް ރޯޑް ސީދާ ކުރުމާއި އެ ސަރަހައްދުން ނުބައި ވަސްދުވުން ފަދަ މައްސަލަތައް ހައްލުކުރަން އެދި ހިތަދޫގެ ބައެއް ރައްޔިތުން ޕެޓިޝަނެއް ހުށަހެޅުމުންނެވެ. އެހެން ނަމަވެސް އެތަން ނުހިއްކުމަށް "ތިމާވެށި ޕްރޮޖެކްޓް" ނަމަކަށް ކިޔާ ޖަމިއްޔާއަކުން އެދުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ރައްޔިތުންނާ އެމަނިކުފާނު ސަލާން ކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނާ ހަވާލު ކުރެއްވި ސިޓީއަކުންނެވެ.
އެ ސިޓީގައިވަނީ މަޝްރޫއު ހިންގަން އެދި ހިތަދޫން ރައީސަށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކޮށްފައިވަނީ ނިސްބަތުން ވަރަށް މަދު ބައެއް ކަމަށާއި އެގޮތުން، މޫލެކެޑެ ސަަރަހައްދުގައި 5،439 މީހުން ދިރިއުޅޭއިރު ޕެޓިޝަނުގައި ސޮއިކޮށްފައި ވަނީ އެންމެ 122 މީހުން ކަމަށް އެ ސިޓީގައިވެ އެވެ. އަދި އެ ސަރަހައްދު ހިއްކިޔަސް، ހިތަދުއަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި ނުބައި ވަސް ދުވުމުގެ މައްސަލައަށް އެ މަޝްރޫއުގެ ސަބަބުން ހައްލެއް ނުލިބޭނެ ކަމަށް އެ ސިޓީގައިވެ އެވެ.
"މަޝްރޫއުގެ ސަބަބުން ގަވައިދާ ހިލާފަށް ކުނި ނައްތާލުމާއި ތަން ތަގައްޔަރުވުމަކީ މާ ގާތް ކަމެއް،" ސިޓީގައިވެ އެވެ.
ތިމާވެށި ޕްރޮޖެކްޓުން ބުނީ ފިށިމަތި ސަރަހައްދަކީ އައްޑޫގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ތަން ކަމަށްވާ ނޭޗާ ޕާކާ ވަރަށް ކައިރީގައި އަދި އެ ސަރަހައްދުގެ "ބަފާ ޒޯނެއް"ގެ ގޮތުގައި އޮތް ތަނެއް ކަމަށެވެ. އެހެންވެ އެތަން ހިއްކުމާ ސްޓޭކްހޯލްޑަރުން ދެކޮޅު ހަދާފައިވާ ކަމަށެވެ.
ހިތަދޫ މޫލެކެޑެ ފިށިމަތި ހިއްކުމުގެ ބަދަލުގައި ތަރައްގީކުރެވިދާނެ ގޮތުގެ ތަސައްވުރެއް.
އެ ސަރަހައްދު ހިއްކުމުގެ ބަދަލުގައި ތަރައްގީ ކުރެވިދާނެ ގޮތުގެ ޕްލޭނެއް އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓްގައި ހިމަނާފައިވާ ކަމަށާއި އެއީ ތިމާވެށި ޕްރޮޖެކްޓް ޖަމިއްޔާ އާއި އެ ސަރަހައްދު ހިއްކުމާ ދެކޮޅު ރައްޔިތުން ގަބޫލުކުރާ ޕްލޭނެއްް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އެ ޕްލޭންގައިވާ ގޮތުން ފިށިމަތި ގޮނީގައި ހަދާނީ ހިނގާފައި ހުރަސްކުރާ، ތިމާވެށްޓަށް ގެއްލުން ނުލިބޭ ގޮތަށް އަޅާ ފާލަމެކެވެ.
ސިޓީގައި ހުށަހަޅާފައިވާ ކަންތައްތައްތަކަކީ ސިޔާސީ ހުށަހެޅުންތަކެއް ނޫން ކަމަށާއި އެހެންވެ، އެ މަޝްރޫއު ހުއްޓާލަން އެދޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލޭ
06 November 2025
އެއްބަޔަކު އެދެނީ ހިއްކަން. އަނެއް ބަޔަކު އެދެެނީ ނުހިއްކަން. ޕެޓިޝަނުގައި ސޮއިކުރީ 122 މީހުންނޭ ހިއްކުން ހުއްޓާލާށޭ ބުނާއިރު ތިޔަ ސިޓީގައި ކިތައް މީހުން ސޮއިކުރިބާ!.
އޮނަރަބްލް އަފީފު ދީދީ
06 November 2025
ލިންކް ރޯޑް ގައި ހުރި ވަަލުތަކަށް ސިމެންތި ކޮޅެއް އަޅާލަން އެތައް ސަތޭކަ މިލިޔަން ރުފިޔާ ޙަރަދު ކުރުމުގެ ބަދަލުގައި ދައުލަތުގެ ބަޖޭޓުންނާއި ޖެޕާން ސަރުކާރު ފަދަ ފަރާތެއްގެ އެހީ ހޯދައިގެން އައްޑޫސިޓީގެ ފުއްޓަރު ފަރާތު ރަށް ގިރުމުގެ މައްސަލައަށް ވެސް ހައްލު ލިބޭފަދަ ގޮތަކަށް ކޯއްޓޭ ކޮޅުން ފެށިގެން
އެކިބަނޑަބެއްުޔާ
06 November 2025
އޯކޭ މޫލެކެޑެ ކުނިވާން ބާއްވާފަ ހަންކެޑެ ހިއްކާލަންވީނު.
ޑުބްލިކޭޓް
06 November 2025
ފާއިތުވެދިޔަތަނުގަ ހިތަދޫ ރައްޔިތުން، އެމީހުންނަށް ހަޖޫޖެހި، ޔާމީން ފަދަ މީހުންނަށް ބޮޑުތަނުން ނޫނެކޭ ބުނިގޮތައް، އަންނަ ރިޔާސީއިންތިހާބުގަ މުއިޒު އަށްވެސް ހިތަދޫ ރައްޔިތުންގެ ވަރަށްބޮޑު ޢައުލަބިއްޔަތަކުން ނޫނެކޭ ބުނާނެކަން ޔަޤީން.
ޑރ ވާންޗޯ
06 November 2025
ތިޔަ ފާލަމުގެސަބަބުން ތިޔަތަން އިތުރަށްބެދި ކުނިވަސް އިތުރުވާނީ. ތީ އޮއެ ދައުރުނުވާގޮތަށް އޮތްތަނެއް ހިއްކާލީމަ މާރަނގަޅުވާނެ.
ހެހެހޭ
06 November 2025
މިއީ އެއްކަލަ މާލެ ދެފަޅިވެދާނެތީ ހަޅޭއްލެވި ޖަމްއިއްޔާ ފަދަ ޖަމްއިއްޔާއެއް. ބްރިޖް އަޅާތީ ވަރުނުލާ ރާޅުގަނޑު ގެއްލިގެން ހިނގައިދާނެތީ އުޅުނު ފަދަ ޖަމްއިއްޔާއެއް. އަނެއްކާވެސް ހަމަ އެކަހަލަ ކަމަކާ އެކަހަލަ ޖަމްޢިއްޔާއެއް މިއޮތީ ނުކުމެފައި.
ަސދަސ
06 November 2025
ސަޅިވާނެ އަހަރުމެނަށް ކުނި އުކާލަން ދާން ފަސޭހަ މަގެއް ތި އިނީ ކުރަހާލާފަ
ަސދފގހ
06 November 2025
ސިޓީއަަކަށްވީމަ ތިމާވެއްޓެއް ނޯންނާނެ…
ޖުމާ
06 November 2025
ކޮންކަމެއްތަ ކުރެވެނީ! ނުލާހިކު ރަނގަޅުތަންތަނުން ބިންދޫކުރެވެންއޮތްވާ ބިންދޫކުރިގޮތްވެސް އެހެރީ ފެންނަން. ރަނގަޅުހިސާބުހިސާބުންބިންދޫކުރަނީ އަޑިއަޢިންރައްޓެހިންނަށްއެކަނި. ކަރަންޓެއްފެނެއްނެތްތަންތަނުން ބިންދީފައިއެކަމެއްވެސްކޮށްދެނީއެއްނޫން.ކޮންކަމެއްތަ ސިޓީކައުންސިލަށް ކުރެވުނީ. ރުއްފަށާހަލާކުކޮށް ގަސްތައްކަނޑާހެދިއިރުތުލިބުނާޖަމިއްޔާއެއްއޮތީހުމާރަޖާއަޅައިގެންތަ؟މުއިއްޒުގެވެރިކަމުގަތިކަންވެސްކޮއްފާނެތީބިރުންތިއުޅެނީރިބަންކަނޑާނުލެވިގެން.
ޖާގަ
06 November 2025
އެމަނިކުފާނަކީ ސިޓީއެއް ލިބެއްޖިއްޔާ އެގޮތަކަށް އަމަލުކުރާނެ ބޭކަލެއް. ކުޑަވިވަރަކަށް މޮޅުވާނެ.