ރިސޯޓްތަކުން އުކާލާ ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީން.-- ފޮޓޯ: ޕޮލިސް
07 ނޮވެމްބަރ 2025 - 10:05
ރިސޯޓުތަކުގައި ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރުމަށް ފަހު، އުކާލާ ތެޔޮ ވިއްކާ މައްސަލާގައި ބަންދުކުރި ހަތަރު ބިދޭސީންގެ ވިސާ ނެތް ކަމާއި ބަންދު ނުކޮށް ދޫކޮށްލި ބިދޭސީ މީހާއަކީ ދިވެއްސަކާ އިނދެގެން ވިސާ ލިބިފައި އޮތް މީހެއްކަން އެނގިއްޖެ އެވެ.
ފުލުހުން އިއްޔެ ބުނި ގޮތުގައި، އެމްޕީއެލް ކޮންޓެއިނަރު ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައިގެން ޕިކަޕަކަށް އަރުވަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ބަންގްލަދޭޝްގެ ފަސް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެން 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން ބަންދު ނުކޮށް، ޝަރުތުކޮށްފައި ދޫކޮށްލީ މޮހަންމަދު ހާރޫން ކިޔާ އުމުރުން 43 އަހަރުގެ ބަންގުލަދޭޝްގެ މީހެކެވެ. ޝަރުތުކޮށް އޭނާ ދޫކޮށްލަން ނިންމި ސަބަބުތަކުގެ ތެރޭގައި އެއީ ދިވެއްސަކާ ކައިވެނި ކޮށްގެން ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ މީހަކަށް ވުން ހިމެނޭ ކަމަށް އަމުރުގައި ބުންޏެވެ.
މޮހަންމަދު ހާރޫންއަކީ ޕިކަޕް ޑްރައިވަރެއް ކަމަށް ބަންދުގެ މަޖިލީހުގައި ބުނި ކަމަށާއި އެކަމަށް ބާރުދޭ ވާހަކަތަކެއް މި މައްސަލާގައި ތުހުމަތު ކުރެވޭ އެހެން މީހުން ވެސް ބުނެފައި ވާތީ، އޭނާ ޝަރުތުކުރުމަށް ފަހު ބަންދުން ދޫކޮށްލުމަށް ނިންމީ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
ރިސޯޓުތަކުގައި ބޭނުންކޮށް އުކާލާ ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ދެން ހައްޔަރުކުރީ އަލް އަމީން ބޮޔަޓި، ދުލާލް މިއާހް، މޮހަންމަދު ރަސެލް މިއާހް އަދި މަންވަރު ހޮސައިން އެވެ. އެ އެންމެންގެ ސައްހަ ވިސާއެއް ނެތް ކަމަށާއި ރާއްޖޭގައި އުޅެނީ އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް، ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައި ފާސްކުރި އިރު، ރިސޯޓުތަކުގައި ބޭނުންކޮށްފައި ހުރި 46 ހަން ތެޔޮ ފެނިފައިވާ ކަމަށެވެ.
ރިސޯޓުތަކުން އުކާލާ ތެޔޮ މާލޭގެ ކެފޭތަކާއި ރެސްޓޯރެންޓުތަކުގައި ބޭނުންކުރާ ކަމުގެ ތުހުމަތު އަބަދުވެސް ކުރެ އެވެ.
އެފަދަ ތަންތަނުން އުކާލާ ތެޔޮ، ހަލާލް ނޫން ކާބޯތަކެތިން ތަޣައްޔަރުވެފައިވާ ހުރެދާނެ ކަމަށާއި އެއީ ރައްކާތެރި އެއްޗެހި ނޫން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިދިޔަ މަހު 30 ގައި ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
08 November 2025
ދިވެއްސަކާ އިނުމަކީ ބަންގާޅީންނަށް އުޅޭނެގޮތަކަށްއުޅެ ކުރާނެކަމެއްކުރަން ލިބޭ ހުއްދައެއްތަ،؟.
ހަސީނާ
08 November 2025
ކޮންމެ ބަންގާޅީއަކުވެސް މިހާރު ބަލަނީ ދިވެހި އަންހެނަކާ ކައިވެނިކުރެވޭތޯ. ރަށުގައި އަންބަކު ރާއްޖޭގައި އަންބަކު ގެންގުޅޭ މީހުންވެސް އުޅޭ. މި މީހުންގެ ސަބަބުން ޤައުމަށްލިބޭ ގެއްލުން އިންތިހާއަށް ބޮޑުނަމަވެސް މި މީހުންނާމެދު ފިޔަވަޅެއް އެޅޭނޭ މުޢައްޗަސާއެއް މިޤައުމުގައިނެތް. ކިރިޔާ މީހަކަށް ވަދެވޭ ނުވަދެވޭ ތަންތަނުގައި އެމީހުން ރެސްޓޯޜެންޓް އެބަހިންގާ.ކާބޯތަކެތީގެވިޔަފާރިއަކީ ގިނަމީހުން ކުރާމަސައްކަތަށްވާއިރު އެވަރަށް މާކެޓްއޮވޭ.
އުސްމާނުބެ
08 November 2025
މިވަރުން މައްސަލަ ނިމެހްނޔާ ދެން ރަގަޅު ، އިތުރައް ބޭކާރު ވާހަކަނުދައްކާ މިމީހުންނަކީ ، އެކަމުގެ އެންމެ ފަހަރތު ގައި ތިބި މީހުން ، ރިސޯޓްތަކުންވެސް ޒިންމާ ނަގަން ޖެހޭނޭ ޒިންމާދާރު ގޮތެއްގައި އެއެއްޗެހި އުކާލަން ނުވަތަ ނައްތާލަން ވިޔަސް.....
ލޮބުވެތި މީ މަގޭ ޤައުމޭ
08 November 2025
ކޮށްވެރިވެގެން ނުވަތަ ކުށުގެ ތުހުމަތުގައި މިގޮތަށް ޢާންމުކުރާ ބިދޭނީސް ނިޞްބަތްވާ ކުންފުނިތަކުގެ ނަންތައް ހާމަނުކުރާތީ ދެރައީ. ވަނަވަރު ހާމާކުރާ ފޮޓޯތަކުގައި ކުންފުނިތަކުގެ ނަންތައް ހާމާކުރަންޖެހޭނެ ކަމަށް އަހަރެން ޤަބޫލުރަނީ. ދިވެއްސަކު މިގޮތަށް ކޮށެއްގެ ތުހުމަތުގައި ބަންދުކުރާއިރު އެއީ ކޮންރަށެއްގެ ކާކުކަން ހާމާކުރޭ. ބިދޭސީންގެ ނަންތަކުން އެނގޭނޭ މާބޮޑުއެއްޗެއްނޯންނާނެ. އެކަމަކު އޭނާގެ ޒިންމާވެރިޔާ ހާމާކުރުމުން އެއީކާކުން އެނގިދާނެ
އަޅި އަލީ
08 November 2025
ސައްހަ ވިސައެއްގައި އުޅުނީމަ ރިސޯޓޫންގެންނަ ތޮޔޮ ވިއްކުން ހުއްދަވީ ދެއްތޯ!
ޖީލް
08 November 2025
ތިޔަ ތެޔޮ ވިއްކާތާ މިހާރު ވިއްސަކަށް އަހަރު ވެއްޖެ. އެދުވަސްވަރު ފުޑް އެންޑް ޑްރަގު އޮތޯރިޓީއަށް ގިނަބަޔަކު ރިޕޯޓްކުރި ވީކަމެއް ހަރާން.
ފޫޑް
08 November 2025
އެއީ ހަމައެކަނި ރިޕޯޓް ނެރެން ތިބޭބައެއް
ޔަގީން، ޖީބު ފުރުން ނޫނީ އަދަބެއް ދޭން ޖެހޭނެ.
08 November 2025
ފުޑްކޯރޓަށް އެބޭފުޅުން ރޭގަނޑު ބުފޭއަކަށް ފޮނުވަންވީ.
ޖަދުވަލް2
08 November 2025
ބިދޭސީންގެ ދުއްޕާން ވަރައްބޮޑުވެއްޖެ ބަލާނެމީހަކު ބަލާނެ މުއަށްސަސާއެއްނެތް މަގުމަތިން ސައިކަލްގައި ހިތުހުރިގޮތަކަށް ދުއްވާފަދިޔަޔަސް ސައިކަލް ހުއްޓުވާފަ ބަލައިލަން ކެރޭވަރުގެ ޔުނީފޯރމް އެޅި ބަޔަކު މިގައުމުގައިނެތް އަބަދުވެސް ހިފަހައްޓާފަ ބަލާ ޗެކުކުރާތަން މިފެންނަނީ މަޑުންދުއްވާދާ އަންހެންކުދިން މިއޮތީވާ ގައުމެށް ހުރިހާކަމެއް ހައްދުންނައްޓާފަ
އޮނަރަބްލް ކުދުބެއްޔާގެ އަފީފު ދީދީ
08 November 2025
މޯލްޑިވްސް ފުޑްއެންޑް ޑުރަގު އޮތޯރިޓީ ދީނީ ފަތުވާދޭ މަޖިލީހަކަށް ބަދަލުކުރީ ކޮންއިރަކު ؟
މިސްޓަރ ޓިނޭ
08 November 2025
މަޖިލީހަށް ޝަރުތު ހަމަވޭ،
ގޮނުއަނގަ
07 November 2025
(ހަތަރު ބިދޭސީންގެ ވިސާ ނެތް ކަމާއި ބަންދު ނުކޮށް ދޫކޮށްލި ބިދޭސީ މީހާއަކީ ދިވެއްސަކާ އިނދެގެން ވިސާ ލިބިފައި އޮތް މީހެއްކަން އެނގިއްޖެ އެވެ.) ވިސާ ލިބުމުގެ ކުރިން ކައިވެނި ކޮށްދެއްވާ ގޮތައްތޯ ޤާނޫނު ބުނެދެނީ.