ގިނަ އަދަދެއްގެ ޑްރަގް ހިފައިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅެނިކޮށް ހޯދައި އަތުލައިގަތް ބޯޓު ކައިރީ ރާއްޖޭގެ ކޯސްޓް ގާޑު ހަރަކާތްތެރިވަނީ. -- ފޮޓޯ: އެމްއެންޑީއެފް
10 ނޮވެމްބަރ 2025 - 10:27
މިދިޔަ ހުކުރު ދުވަހު ރާއްޖޭ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ސްރީ ލަންކާގެ މަސްބޯޓާ ގުޅޭ ތަހުގީގަށް ސްރީ ލަންކާގެ ހާއްސަ ޓީމެއް ރާއްޖެ ގޮސްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
ޑްރޯން ބޭނުންކޮށްގެން ހޯދައި އަތުލައިގަތް ބޯޓުގައި 300 ކިލޯގެ ޑްރަގް ހުރި ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކުރި ފަހުން ރާއްޖޭގެ ސިފައިންނާއި ފުލުހުން ވެސް ވަނީ، އަތުލައިގަތް ބޯޓުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ކަމަށް ބުނެފަ އެވެ. އަދި ލަންކާގެ ޓީމެއް އެކަމާ ގުޅިގެން ރާއްޖެއަށް އަންނާނެ ކަމަށް ވެސް ބުންޏެވެ.
ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ރާއްޖެއަށް އައީ ލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އަދި ސްރީ ލަންކާ ނޭވީ (އެސްއެލްއެން) ގެ ޓީމެކެވެ.
ލަންކާއިން ދިން އިންޓެލިޖެންސް މައުލޫމާތަކަށް ދިވެހި ސިފައިން ހިންގި ކަމަށް ބުނާ އޮޕަރޭޝަނުގައި އަތުލައިގަތް ބޯޓާއި ތަކެއްޗާއި އޭގައި ތިބި ފަސް މީހުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ރޭ ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފުން ކުރިން ބުނި ގޮތުގައި، ބޯޓު ފެނުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގަ އެވެ. އެ ބޯޓުގައި 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ހުރި ކަމަށް ލަންކާގެ މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް އެކަމާ ގުޅޭ ތަފްސީލެއް ރާއްޖޭގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތދތދގޔފޔގ
10 November 2025
ޑުރޯންއަރުވައިގެން ތީއެތި އަތުލީ އެންމެފުރަތަމައިނުންވެސް މަށަށްހީވަނީ ލަންކާއިން ދިން ޖާސޫސީ މަލޫމާތަށް ބިނާކޮށޭ. ދެން ސުރުޚީއަޅަނީ ޑުރޯން މޮޅުކޮށްފާ.
މުޑަނު
10 November 2025
ލަންކާ ސިފައިން ތިކުރީ ވަރަށް ދެރަކަމެއް، ބޯޓު ލަންކާގެ ސަރަހައްދަށް ވަންނަންދެން މަޑުކުރިނަމަ ތިޔަ ކުށް ކުރި ބަޔަކަށް ލަންކާގައި އަދަބު ދެވިދާނެ، މި ރާއްޖެއަކީ ތިވަރުގެ ބޮޑެތި އަދަދުން މަސްތުވާތަކެތި ގެންގުޅޭމީހުން ވަރަށް ފަސޭހައިން ސަލާމަތްވާ ތަނެއް