ޚަބަރު

ރާއްޖެ ސަރަހައްދަށް ވަން ލަންކާގެ ބޯޓަކުން އެއް ބިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

އަތުލައިގަތް ތަކެތީގެ ތެރޭގައި 344 ކިލޯގެ މެތު އާއި 124.6 ކިލޯގެ ކޮކެއިން ހުރި ކަމަށް ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާ.

ލަންކާގެ މަސްބޯޓުން އަތުލައިގަތް މަސްތުވާތަކެތި ކުޅުދުއްފުށި ބަނދަރުގައި؛ އެ ތަކެތި އަތުލައިގަތް އެމްއެންޑީއެފާއި ފުލުހުންގެ ޓީމް ފޮޓޯއަކަށް ހުއްޓިލައިގެން.

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީ ލަންކާގެ ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުހުން ދެންމެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ހދ. މަކުނުދޫގެ ބޭރުން ލަންކާ މަސް ބޯޓެއް އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ހިފެހެއްޓީ ރޭ ދަންވަރު 12:45 ހާއިރު ކަމަށެވެ.

އެ ބޯޓު ހިފެހެއްޓީ އެމްއެންޑީއެފަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، އެ ބޯޓުގައި ތިބީ ލަންކާގެ ފަސް ފިރިހެނުންނެވެ.

ކޯސްޓް ގާޑު ހިފެހެއްޓި ލަންކާގެ މަސްބޯޓު.-- ފޮޓޯ: އެމްއެންޑީއެފް.

ކޯސްޓު ގާޑާއި ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ހެނދުނު އެ ބޯޓު ހދ. ކުޅުދުއްފުށި ބަނދަރަށް ގެންގޮސް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދުގެ ހެނދުނު 9:30 ގައި އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ ބޭފުޅުންނާ އެކު، ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ފުލުހުން މި އުޅަނދު ބަލައި ފާސްކުރުމުން ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފައި،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ތަކެތީގެ ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާ ގޮތުގައި، އޭގެ ތެރޭގައި 344 ކިލޯގެ މެތު އާއި 124.6 ކިލޯގެ ކޮކެއިން އެބަހުއްޓެވެ. އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްޓްމަންޓް ޔުނިޓާއި ކުޅުދުއްފުށީގެ ޕޮލިސް ސްޓޭޝަން ގުޅިގެން މި މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ޕްރެސް ކޮންފަރެންސްގައި ފުލުހުން ވަނީ މިއަދު ހިފެހެއްޓި ތަކެތީގެ ވީޑިއޯ ފުޓޭޖުތައް ދައްކާލައިފަ އެވެ.

54 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 0%
icon angry icon angry 4%
icon wow icon wow 7%
icon inlove icon inlove 57%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

27 November 2024

"ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ފުލުހުން ގެ ބޭފުޅުން" ތަ؟

The name is already taken The name is available. Register?

ސޮބާހް އަހްމަދު

25 November 2024

ގައުމުގެ ޒުވާން ޖީލު ސަލާމަތްކުރަން ސަރުކާރުން ކުރާ މަސައްކަތް ފެނިގެން މިދަނީ. ސާބަހޭ

The name is already taken The name is available. Register?

ޖީހާން އަލީ

25 November 2024

އަދިވެސް ގޭންގްތަކާ މިސަރުކާރު ގުޅުވާތި އިދިކޮޅުން.

The name is already taken The name is available. Register?

ދޯބުރާލީ

25 November 2024

ދޭބަލަ ދެން ރާއްޖެއަށް ވަންނަން އޮތް އަސްލު ހަކުރުބޯޓު އަތުލަން. ސަޔަށް އަޅަން ހަކުރު ބޭނުން. ލަންކާގަ ހުރި ދިވެހި ހަކުރު ޑޮން އަތުލަނީ ކޮންއިރަކު. ތިހަކުރުތައް ދެން ސިވައިންގެ ތެރެއިން ލާފަ ހަކުރޭއިންނަށް ނުވިއްކިއްޔާ ރަނގަޅު.

The name is already taken The name is available. Register?

މޫސާ ޔައިޝް

25 November 2024

ހީޥޭ ކަމެއްހެން! އަހަރުމެންގެ ސަރުކާރުން ޑްރަގް ހުއްޓުވާނެ!

The name is already taken The name is available. Register?

އަހްނަފް ރަޝީދު

25 November 2024

ރައީސް މުއިއްޒްގެ ސަރުކާރުގައި މިކަންކަން މިދަނީ ބާރަށް ހުއްޓުވަމުން. ސާބަހޭA

The name is already taken The name is available. Register?

ސަދޫމް

25 November 2024

ބަރާބަރު. މިހެން މިކަން އަބަދުވެސް އޮންނަންވާނީ!

The name is already taken The name is available. Register?

އަހްމަދު އަރޫޝް

25 November 2024

އިދިކޮޅުން ބުނި ގޮތާ ހިލާފައް މިސަރުކާރުން މިދަނީ މަސްތުވާ ތަކެއްޗާ ދެކޮޅަށް އެތައް މަސައްކަތެއް ކުރަމުން.

The name is already taken The name is available. Register?

އަހްމަދު ސަލީމް

25 November 2024

މިހެންވެ ބުނަނީ ރައީސް މުއިއްޒްގެ ސަރުކާރު ތަފާތު ވާނެޔޭ. ކަންކަން ކުރާނެޔޭ.

The name is already taken The name is available. Register?

ކުޅިވަރެއްނޫން

25 November 2024

ބިލަން ރުފިޔާގެ މަސްތުގެ ވިޔަފާރި އެއްމެ ޝިޕްމެންޓަކުން ސަހަރޯ ދަރިޔާ! ތިޔަށް އަގުދައްކަން ޑޮލަރުވެސް ފޮނުވާނެތާ ޑޮލަރު އަގުބޮޑުވުން ވެސް ހުއްޓުވޭނެ ތިޔަ މަސްތުވާތަކެތީގެ ކަޅުބާޒާރު ހުއްޓިގެން، ނޫނީ އެމީހުންނަށް ހެޔޮ 25 ރުފިޔާއަށް ޑޮލަރު ގަނެގެންވެސް ތި ވިޔަފާރި ކުރާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454